ހެލްތު މިނިސްޓަރ އަބްދުﷲ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ މެދު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ބާއްވަން ތާވަލުކޮށްފިއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް "ވަގުތަށް" ވިދާޅުވީ މިއަދު މެންދުރު ފަހު ތިނެއް ޖަހާ އިރު، މި މައްސަލައިގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ބައްދަލުވުމުގައި އަމީންގެ އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހަޅާނެތޯ ނުވަތަ ނޫންތޯ ނިންމާނެއެވެ.

ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު މަޖިލިހަށް ހުށަހެޅޭނީ 10 މެމްބަރުންގެ ސޮއި ލިބިގެންނެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަމީންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމާ މެދު އެމްޑީޕީ މެންބަރުން މިއަދު ގޮތެއް ނިންމަވާނެ ކަމަށެވެ.

"އަމީންގެ މައްޗަށް ގަލޮޅު ދެކުނު ދާއިރާގެ އިތުބާރެއް ނެތް،" އަމީން ވަކިކުރަން މީކާއީލް ތާއީދު ކުރައްވާކަން ހާމަކުރައްވައި ލިޔުއްވާފައިވެއެވެ.

އަމީން ވަކިކުރުމާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް މިއަދު ބައްދަލުވާއިރު، އަމީން ހިމެނޭ ގޮތަށް ހެލްތު މިނިސްޓްރީގެ 11 ބޭފުޅަކުގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ވަނީ ނިންމައިފަައެވެ.

އަމީން ހިމެނޭ ގޮތަށް އެ 11 ބޭފުޅަކުގެ މައްޗަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން އިން ފޮނުވީ ކޮވިޑް-19 ގެ ބަލީގެ ފަރުވާއަށް ބޭނުންވާ ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެކަމަކު އެއިން އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާާ ނުކުރަން ނިންމި ސަބަބަކީ ޝަރީއަތުގައި ދައުވާ ސާބިތު ކުރެވޭޭ މިންވަރަށް އޭސީސީއަށް ހެކި ދެއްކިފައި ނުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާމި

    ކޮބާ އެއްކަލަ ބޮޑު ކޮޓަރި؟

  2. ހުސާމް

    ދެބޯގެރި ދުއްވަން ނަހަދަބަލަ، ސަމީމް ބުބަނަނީ ސާބިތުހެކިނެތްކަމަށް، މައްސަލައިގަ ވަކިކުރަންޖެހެނީ އަމީން އެކަނިތަ؟ ކޮބާލާރި ދޫކުރިފަރާތް،

  3. ސާލިހް

    އަމީނަށްވުރެ ބޮޑަށް ތިކަމުގެ ޒިންމާ ނަގަންޔާމު އަމީރު ނަގަންޖެހޭ. ފިނޭންސުން އެވަރުގެ ބޮޑު އަދަދެއް އެގޮތައް ފަސޭހަ ކަމާއި އެކު ދޫކުރުން އެއީ ޒިންމާދާރުކަމެއް ނެތުމުގައި ހައްދުފަހަނަ އަޅާފަވުން ނުވަތަ ލިބޭ މަންފާ ބޮޑުވީމަ އެކަން އެގޮތައް ކޮށްލުން. އަމީންއަކީ މިހާރު ދުއްވާލަން ފަސޭހަ ވަޒީރެއްވީމާ ދުއްވާލަނީ. ގާސިމްގެ ބެކިން ވެސް އަމީނަަށް ކުޑަވީމަ. ހުރިހާ ގަޑެއް މީގަވެސް ގަނެފައި ހުރި ނިޝާމާމެންނަށް ރައީސް އޮފީހަށް ވައްދާފަހުރި ޖޭޕީ ސަމީރު ބިޓުވީމަ ރައީސް އޮފީސް ތެރެއިން ބެކިން ލިބޭ. ބޮކިމެން އަމީނަށް ބަވަނީ މިހެންވެ. ސަމީރު ތިމަންނަ ގާސިމް ކޮންޓްރޯލް ކުރަމޭ ކިޔާތީވެ ނިޝާމާމެން ހިމާޔަތްކޮށްދީފައި އެމްޑީޕީ މީހުން އަމީން ދުއްވާފައި އެމްޑީޕީއެެއް ލެވޭތޯ މިއުުޅެގަތީ.

  4. ސުވާލު

    މީކައިލުމެން ޑިމަކުރެސީ އޭ ކިޔަސް އެމްޑީޕީ އިސް ސަފުގައި ތިބެނީ މުނާފިގުން. ތިކަމެއް ނުވާނެ. ވެންޓިލޭޓަރު ލާރިން އެތިބެނީ ގިނަ އެމްޑީޕީ އާއަލާތައް މި ކޮވިޑްތެރޭ ވަޒީފާ ގެއްލި ކައިގެން ބޮއެގެން.

  5. ވަހީދު

    ނަޝީދުގެ ތަރި އޮއްސެނީހެން ހީވަނީ