ޕޯސްޓުގެ ޒަރީއާއިން ރާއްޖެ އަށް އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އަތުލައިގެންފައި ވަނީ ތަފާތު ބާރަ ފަހަރެއްގެ މަތިން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް ކަމަށެވެ. އެތަކެތި އަތުލައިގެންފައި ވަނީ މިދިޔަ ޖޫން މަހުގެ 28ވަނަ ދުވަހުން ފެށިގެން މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޕޯސްޓު މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕާރުސަލްތައް ބަލާ ފާސް ކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމަސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ އެތަކެތި އެތެރެކޮށްފައި ވަނީ ތިން ގައުމަކުން ކަމަށެވެ. އެ ތިން ގައުމަކީ ނެދަލެންޑާއި އިތޯޕިއާ އަދި ގްރޭޓް ބްރިޓަން އިންނެވެ.

ޕޯސްޓު މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި:

  • ކެޓަމިން: 12 ގްރާމް
  • އެކްސްޓެސީ: 12 ގްރާމް (42 ޓެބްލެޓް)
  • ކެނަބިސް: 1 ގްރާމް (14 ކެނަބިސް އޮށް)
  • އެކްސްޓެސީ: 47 ގްރާމް (116 ޓެބްލެޓް)
  • ކޮކޭން: 248 ގްރާމް (ޕައުޑަރު)
  • އެކްސްޓެސީ: 10 ގްރާމް (ޕައުޑަރު)
  • ކެނަބިސް: 128 ގްރާމް
  • އެކްސްޓެސީ: 17 ގްރާމް
  • އެކްސްޓެސީ: 16 ގްރާމް
  • ކެނަބިސް: 6 ގްރާމް (1 ދަޅު)
  • ކޮކޭން: 3 ގްރާމް (3 ޕެކެޓު)
  • ކޮކޭން: 3 ގްރާމް (3 ޕެކެޓު)

ކަސްޓަމްސް އިން ބުނީ މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 503 ގްރާމް ހުންނަ ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީގެ އަގު 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ އަށް އަރާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހަވާލު ކުރެވިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިފަހުން ފުލުހުން ވެސް ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އަދި ގިނަ އަދަދެއްގެ މީހުން މި މައްސަލަތަކުގައި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކކކކކކކކކކ

    ތިގިނަ ވާނެ. އަބަދަކު އެންމެން ހަމާގަ ތިބޭކަށް ނުޖެހޭނެ ކަމަށް ބުނާ ބަޔަކު އެބައުޅޭ

    23
  2. ގޫސްޕޮ

    އެއްވެސް ތަނެއްދޮރެއްނުބަލާ މަގުމަތީ އަގޭ ކަންމަތީ އަގޭ މި އާލާތުން ކިޔާތީ ހައިރާންވޭ.. އަސްލު އަގު ލައްކަ އަށްވެސް ނާރާނެ

  3. Anonymous

    ތިޔައަކީ މަޖިލީހުގައި ބާރައް ހަޅޭލަވާ އެމް.ޑީ.ޕީ މަޖިލިސް މެންބަރެއްގެ ކަމެކޯ ފުލުހުންގެތެރެއިން މީހަކު ނަންހާމަ ނުކުރުމައް އެދި ކިޔައިދިން.