ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނުގެ އަމުރަށް ޖަލުގައި އެތައް ޒުވާނުންނެއް މެރިކަމަށް ރައްޔިތުން މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ވިދާޅުވުމުން ރައީސް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން އޭނާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް މައުމޫންގެ އަމުރަށް ޖަލުގައި އެތައް ޒުވާނުންނެއް މެރިކަމަށް އަނދުން ހުސޭން ވިދާޅުވީ ސަރުކާރުން ގެންގުޅޭ ޒުވާނުންގެ ސިޔާސަތައް ޣައްސާން ފާޑުވިދާޅުވުމުންނެވެ.

2003 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ޖަލުގައި ހިނގި ބަޑިޖެހުމުގެ ހާދިސާގައި ޒަހަމްވި ބައެއް މީހުންނާއި އީވާން ނަސީމްގެ ފޮޓޯތަކެއް ހިމެނުމަށްފަހު އަނދުން ހުސޭން ކުރި ޓްވީޓްގައި ވަނީ ޣައްސާނަށް އެފޮޓޯތައް ފެނުނުތޯ ސުވާލު ކޮށްފައެވެ. "ކަލޭގެ ބައްޕަ މައުމޫން ވަނީ މިޒުވާނުން މަރަން އެމަނިކުފާނުގެ ވެރިކަމުގައި އަމުރު ކޮށްފައި." ރައީސް މައުމޫން ވެސް ޓެގް ކުރުމަށްފަހު އަނދުން ހުސޭން ކުރި ޓްވީޓްގައި ވިދާޅުވިއެވެ.

އެޓްވީޓަށް ރައްދު ދެއްވަމުން ޣައްސާން ވިދާޅުވީ ތިއީ "ދޮގެއް!" ކަމަށެވެ. "މިހާރު އެމްޑީޕީ އަށް މިއޮތީ ދެވަނަ ފަހަރަށް ވެރިކަން ލިބިފައި. ތިއީ އަމިއްލައަށް ތިމަންނަމެންނީ ޑިމޮކްރަސީ އާއި އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނުން ކަމަށް ބުނާ ޕާޓީ. ކަލޭމެން ތިދައްކާ ވާހަކައިގެ ކުޑަކުޑަ ތެދެއް އޮތްނަމަވެސް ތިޕާޓީން ނުވަތަ ސަރުކަރުން ތިކަމުގައި ޤާނޫނީ ފިޔަވަޅު ނާޅައި ތިތިބީ ކީއްވެ؟" ޣައްސާން ސުވާލު ކުރެއްވެވިއެވެ.

ޣައްސާންގެ ޓްވީޓްގައި އަނދުން ހުސޭންގެ އިތުރުން ރައީސް މައުމޫނާއި، ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އަދި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވެސް ޓެގް ކުރައްވާފައި ވެއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި އިންސާނީ ޙައްޤުތަކާއި ހިލާފު ކަންކަން ކުރިކަމަށާއި އެކަންކަމުގެ ޒިންމާ އެމަނިކުފާނު އުފުއްލަވަން ޖެހޭނެ ކަމަށް ދޭތެރެ ދޭތެރެއިން އެމްޑީޕީގެ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް އެމްޑީޕީއަށް ދެފަހަރަށް ވެރިކަން ލިބިފައި ވާއިރު އަދިވެސް އެއްވެސް މައްސަލައެއްގައި ރައީސް މައުމޫންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ވެސް ހިންގާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

 1. ސަލާހު

  އަނެއްކާ ތިއުޅޭނީ ބައްޕާފުޅަށް ލޮޓިއެއްދޭން އުތަ؟

  8
  26
 2. ވިސްނާމީހާ

  ސާބަސް ޣައްސާނަށް
  ތިހެން ތިބޭނީ ފިރިހެނުން. ތިޔައީ ފިސާރި ފިރިހެނެއް ހިތްވަރު ބަލިނުކުރައްވާތި؟

  33
  5
  • ޙައްގުބަސް

   އަޅުގަނޑު މީގެ 10 ވަރަކަށް އަހަރުކުރިން ފެށިގެން އަޑުއަހަން އަދުން ހުސޭނޭ ކިޔާ ބޮޑު ވަގަކު މާލޭގެ ހެންވޭރު ސަހަރާކައިރީގައި ދިރިއުޅޭ ވާހަކަ!! އޭރު އެހިސާބު ގަނޑު މީހުން ވަރަށް ބިރުން އުޅޭ ވާހަކަވެސް އަޑުއަހަން!! މިބުނާ ވަގުކަލޭގެ ކުރާކަމަކީއޯ ގަރާޖެއް ހުޅުވައިގެން އުޅެމުން އެހިސާބު ގަނޑުގައި ޕާކްކޮށްފައި ހުންނަ ސައިކަލްތަކާ ކާރުތަކުގެ ފުރޮޅުގެ ހަންފަޅަމުން އުޅޭ ވާހަކަ!! މިދެންނެވި އުޅަނދު ފަހަރުގެ މީހުން ހެނދުނު ހޭލާއިރު ހުންނަނީ ހަން ފަޅާލާފަ!! ދެންޖެހެނީ ހަން ބަދަލުކުރުމަށާ ހަން ބައްދަން މިބުނާ ކެލޭގެ ގަރާޖަށްދާން!! ދެން ގަރާޖަށް ގެންދާ ވެހިކަލްތަކުގައި ހުންނަ އާ ސްޕެއަރ ނަގާފަ ބާ އެއްޗެހި އަޅުވާހަދާކަމަށްވެސް ވޭ!! މިހެން ވައްކަންކޮށްގެން އުޅުނު އަދުން ހުސޭނެއްގެ ވާހަކަ އަޑުއެހިން!! އަނެއްކާ މިހާރު މަޖްލިސްތެރެއިން މިއުޅެނީ އެހެން ވައްތަރެއްގެ އަދުން ހުސޭނަކު ފެނިގެން!! މީނާގެ ފެންވަރު ދިވެހި ރައްޔިތުންނަށާ ބޭރު މީހުންގެތެރެއިން އިނގިރޭސި ބަހުން ލިޔެފައި އޮންނަ އެއްޗެއް ކިޔާ އޭގައި އެބުނާ އެއްޗެއް ދޭހަވާ މީހުންނަށް އެނގޭނެ މީނާގެ އަޚްލާގީ ފެންވަރު ހުރިވަރު!! މިކަހަލަ މީހުން ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖްލީހަށް ދިވެހި ރައްޔިތުން ހޮވާތީ ހަމަ ދެރަވޭ!!

   28
   1
 3. އަބްދޫ

  އަފްރާސީމާ ރިޒްވާނު މައްސަލާގަ ތުހުމަތު ކުރެވެނީ އެމްޑީޕީ އަށް އަދި ބެލޭނެ

  25
  4
 4. ހުސްއަނގަ

  މީ ހާދަ ގޮތެއްނެތިގެންއުޅޭ އަނދުން ގަނޑެކޭ އަނގަތެޅިޔަކަސް ތިމާ މާމޮޅުމީހަކައް ނުވާނެ މިއޮތީ ތިއަނދުން ގުޅައިގެ ސަރުކާރު ތިހުރި ވަރެއްދައްކާފަ ސާބިތުކޮއްދެންވީނު ނުކުރެވޭނެ ތެޅޭނީ

  24
 5. އަދުން

  މީހާގެ ފެންވަރު އެބަ އަގޭ

  20
  1
 6. އައިސް

  އަނދުން ބީތާ؟؟...

  20
  2
 7. Anonymous

  އަންހެން ކު ދިން ލޮލުގަ އަނ ދުން އެޅުވޭތޯ ބަލާ، ގައުމަށާ ރައްޔިތުންނަށް ފައި ދާވާނެ އެއްވެސް ކަމެއް ނުކޮށް ކޮންމެވެސް މީހަކާ އަޅައިގަނެގެން އުޅުން ނޫންކަމެއް ނުކުރޭ، މިހާވަރުގެ ޖައްބާރު މަކަރުވެރި ބައެއް ނުތިބޭނެ، މިއީ އިންސާނުންގެ ތެރެއިން އުފެ ދުނު ފަހުޒަމާނުގެ ދައްޖާލުންތަކެއް.

  24
  1
 8. ޔާމީން

  އެއީ ތެދެއް. ކަލޭމެން ލާރި ވެރިން ގެ ކަންކަން ނުބެލޭނެ. ލަދެއް ނުގަނޭތަ ވާހަކަ ދާކަން.

  17
  1
 9. ސަޓޯ

  އަނދުން ހުސޭނު މިއީ ގިތިލެއްތަ ؟؟؟

  20
  2
 10. ޢަހުމަލް

  ރަނގަޅު ސުވާލެއް. ޜައީސް މަޢުމޫން ވެރިކަމުގަ އާއިލީ ވެރިކަމޭ، ހުދުމުހުތާރު ވެރިކަމޭ، އަނިޔާވެރި ވެރިކަމޭ ކިޔައިގެން ރީނދޫ ބައިގަނޑު މުޅި ދިވެހި އުންމަތް ބައިބައިކޮށް ފިތުނަވެރިކޮށް އެކުވެރިކަން ގެއްލުވާލި. ޢެއްކަމެއްވެސް ސާބިތުނުވި. ޥެރިކަމަށް އާދެވުނީ އެ އަނިޔާވެރި ރައީސްގެ ތާއީދުވެސް ލިބިގެން.

  26
  1
 11. އަހްމަދު

  ކަލޯސޮރާ މައުމޫމު އަނގައިން ބުނީ ޖައްވަ ފަޒާއަށް އެވަރުން ނުވެގެން ގަޔަށް އުންޑަ އަރާގޮތައް ހަތިޔާރުގަ ބޭނުން ކުރަން ޖެހިނުކަމަށް. އޭރު ސިފައިންގެ ވެރިޔަކީ މައުމޫނު ހައިކޯޓަކީ މައުމޫނު ދެން ކިޔާނެކަމެއްނެތް ހުރިހާ އެއްޗަކީވެސް މައުމޫން ދެން ބަޑިޖަހަން އަމުރު ކުރާނީ މައުމޫނު ނޫންދެން ކާކު؟

  3
  33
 12. އާސިދާ

  އަނދުން ހުސެން މެނަކީ ލާރިއޮތަސް އަގެންނެއއް ބައެއް .. ދައްކާވާހަކައިގަ ބުރަދަނެއް ނުޖުންނާނެ..

  22
  1
 13. ޢަދުރޭ

  އެމްޑީޕީން ކުރި ކަމަކީ މި ރާއްޖެ އަޚްލާޤީ ގޮތުންނާ އިޖްތިމާޢީ ގޮތުން އަދި އަދަބިއްޔާތާއި ތާރީޚީގޮތުން މުނިފޫހި ފިލުވުމާއި ކުޅިވަރުގެ ގޮތުން ޤައުމެއްގެ ގޮތުގައި ކުރިއަށް އައި ފާލަން ބިންދާލީ މެދުން އެހެންކަމުން މި ޖީލަށް އުފެދުނު ޒުވާނުން ތިބީ ބިރުފަހަނައަޅާ ގޮއްސަ .ކުރާކަށް ވަކި ކަމެއްނެތް . ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްކުރާނެ ކަމެއްވެސް ޤައުމުގައި ނެތް . ފުޓްބޯޅަ .ކްރިކެޓް. ޓީޓީ. ބާސްކެޓް މި ނޫންވެސް ކުޅިވަރުތައް ފޯރީގައި ޒުވާނުން ކުޅެމުންދިއަ މިހާރު އެ ހުރިހާ ކުޅިވަރެއް ވެސް ނައްތާލާފާ މަޖުލިސްތެރޭ ގޮނޑި އަޅައިގެން ކުޅޭކުޅިވަރެއް މި އޮންނަނީ . އެންމެންގަނޑު އެއަށް ނަޒަރު ހުއްޓުވާފައި މި ތިބެނީ ކޮންމެސް މުށައްވައެކޭ ކިއައިގެން . ނަތީޖާއެއްގެ ގޮތުން ނަފްސާނީ ބަލި އިންތިހާއަށް ރާއްޖޭގައި ގިނަވަމުން މި ދަނީ 500 މީހުންނަށްވުރެ ގިނަ މީހުން އެބަތިބި މިހާރުވެސް އައިޖީ އެމް އެޗް ނަފްސާނީ ކްލިނިކަށް ދައްކަން ކިއޫގައި . މައުމޫނޭ ..ޔާމީނޭ ކިއައިގެން ެެެެަެެެެަެެެެަެެެެެެެެަެެެެަެެެެަެެެެެެެަެެެެަެެެެަެެެެެެެެަެެެެަެ ޒިންމާއިން ނުކުރެވޭނެ . ކަލޭމެންވީ ވަޢުދުތަށް ފުއްދާފައި އެހެން ސަރުކާރުތައް ބަދުނާމު ކުރެވޭނީ .

  25
  1
 14. ޢަފްލާ

  އަނަދައަނދަ އޮއްވާ އަނދުން ހުސެއިނަށް މަޖިލީހުގެ ގޮނޑިއެއްލިބުނީމަ އެއުޅެނީ ކުރާނެ ކަމެއްނޭނގިގެން މަޖިލީހުގަ އެންމެ ހަޑި އަނގަތަޅާ އެއްރޯނު މިހުސެއިންއަކީ

 15. ވަށަފަރު މުދިމު

  މީ އަނެއް ކާ އެ ދެމަފިރިންގެ ދަރިޔަކު ތޯ މިހާރު ޞައްކު އުފެދޭ އެބަ

  2
  12
 16. އޭރުކޮބާ؟

  އަސްތާ، ބައްޕާފުޅަށް މީހަކު އެއްޗެކޭ ބުނީމައި ކެތްނުވި ޣައްސާން އޭރު ކޮބާހެއްޔެވެ؟ ޙުކުމެއް ނެތި، ބައްޕާފުޅު ގެންގޮސް ޖަލަށް ލައްވައިގެން އުޅުނުއިރު ތި ޣައްސާނެއްގެ ޚަބަރެއް ވެސް ނުވެއެވެ.

  1
  5
 17. ފަރާޝް

  ރައީސްމައުމޫނާބެހޭގޮތުންވާހަކަދައްކަންތިޕާރޓީމީހުން ލަދެއް ވެސް ނުގަނޭބާއޭހިތަށްއަރާ. ވެރިކަމަށްމިފަހަރު އެމް.ޑީ.ޕީ އަށް އާދެވުނުގޮތްވެސްހަނދާނެއް ނެތްތަ. ކިތަންމެވާހަކައެއް ދެއްކިއަސް ޣައްސާން އަކީހުރިހާގޮތަކުންވެސްމާތަޢުލީމީޤާބިލް ބޭފުޅެއް. މަޖްލިސް ތެރޭގައާއިބޭރުގަބޭކާރުއަގަތައް ނުތަޅާ ރައްޔިތުންނަށް ކަމެއްކޮށްދެވޭތޯބަލާދީބަލަ. އަބަދުވެސް ކޮންމެވެސްމީހަކާހަސަދަލައިގެންއުޅުމުގެނުބައިއާދަދޫކޮށްލާ ރަގަޅުކަމެއްކުރެވޭތޯބެލުންރަގަޅުވާނެ. ހައްގުބަސްގެކޮމެންޓްގަ އެއީތެދެއްކަމުގަވާނަމަހިތާމައިގެކޮޅެއްނެތް.