ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ މެމްބަރުން "ހުސް ބުޅީގައި" ގަންނާނެ ކަމަށް އުންމީދުކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 11 މެމްބަރުންގެ ސޮޔާއެކު އިދިކޮޅު ފަރާތްތަކުންނެވެ. އެ މައްސަލަ މަޖިލިހުން ބަލައިގެންފައިވާ އިރު، އިމްރާނަށް މިއަދުގެ ވަގުތެއްގައި މައްސަލައާ ގުޅޭ ނޯޓިސް ފޮނުވާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަށް އިމްރާންގެ އިތުބާރު ނެތް ކަމުގެ އައިސްފައިވާ ކަން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރެއްވުމާ އެކުގައި ނިޒާމީ މައްސަލައެއް ނަންގަވައި އާޒިމް ވަނީ އެ މައްސަލަ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީން އަބްދުވެސް ކަމަކަށް ނުކުންނަ އިރު އެޖެންޑާއެއް އޮންނަ އިރު، އެ ޕާޓީން މަސައްކަތް ކުރަނީ އެޖެންޑާއާ އެއްގޮތަށް ކަމަށެވެ. އަދި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުމެއް އޮންނަ ކޮންމެ ފަހަރަކު އެއީ "ހުސްބުޅީގައި އަޅުގަނޑުމެން ގަންނާނެ" ކަމެއް ކަމަށް އުންމީދުކޮށްގެން ނުވާނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު އެޖެންޑާއާ ހިލާފަށް އެމްޑީޕީގެ މެމްބަރުން ކަންކަން ކުރައްވާނެ ކަމަށް އުންމީދުކޮށްގެން ހުސް ބުޅީގެ ވިސްނުމުގައި މަޖިލިހަށް ކަންކަން ހުށަހަޅައިގެން ކުރިއަށް ގެންދެވިދާނެ ކަމަށް ގަބޫލުކޮށްގެން ނުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

"އެމްޑީޕީ މެމްބަރުންގެ މެދުގައި ސަރުކާރާ މެދުގައި ފުރިހަމަ އިތުބާރު އެބައޮތް. ވަކިން ހާއްސަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ކުރައްވަމުން ގެންދަވާ މަސައްކަތް އަޅުގަނޑުމެން އެންމެން ވެސް ބަލައިގަނެ އެކަމަށް އަޅުގަނޑުގެ އިތުބާރު އެބައޮތް،" އާޒިމް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ އެމްޑީޕީ އާއި ސަރުކާރާ ދޭތެރޭގައި އިތުބާރު ނެތް ކަމަށް ދައްކަން ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން އެފަދަ ކަންކަން ނުކުރެއްވުމަށް އާޒިމް އެދިވަޑައިގެންނެވިއެވެ.

ގާނޫނުއަސާސީގައި އޮންނަ ގޮތުން 10 މެންބަރުންގެ ސޮޔާއެކު ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެއެވެ. އަދި އެ ވަޒީރަކަށް ޖަވާބުދާރީވާން 14 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. ވަޒީރުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 މެންބަރުންގެ ވޯޓު ލިބިގެންނެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި މިވަނީ، ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައަށް އިޝާރާތް ކުރައްވައި އެ ސަފާރީގައި އެ ދުވަހު ހިނގައިދިޔައީ އާދައިގެ ކުޑަ ކަމެއް ކަމަށް ވިދާޅުވުމުން އެ މައްސަލަ ގަނޑުގެ ތެރޭގައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އިމްރާން ވިދާޅުވެފައިވަނީ ސަފާރީގައި ހިނގައިދިޔަ ކަންކަން ކަމަށް އާންމުންގެ ތެރޭގައި ދެކެވެނީ ހަގީގަތުގައި ހިނގި ކަންކަމަށް ވުރެ މާ ބޮޑު ކޮށްލައިގެން ކަމަށެވެ. ސަފާރީގައި ރޭޕްގެ ކަމެއް ނުހިނގާ ކަމަށާއި އެއީ އާންމު ތަނެއްގައި ކޮންމެ މީހަކަށް ވެސް ކުރެވޭނެ ވަރުގެ އާދައިގެ ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިމްރާންއަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވުމުން، އިމްރާން ވިދާޅުވެފައިވަނީ އޭނާ ދެއްކެވި ވާހަކަތައް އޮޅޭ ގޮތަށް ދިވެހި މީޑިއާތަކުގައި ފަތުރާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. ޑޯޒް

  ޢަ ދީބު ގަނެލީ ބޮޑު ކަންނެލީގެ އަގުގަ... އޭރު ބުޅީގަ ޖެހީ ފައިސާ

  48
 2. ހުސޭނުބޭ

  އެމްޑީޕީ މީހަކަށް ވެވޭނީވެސް ގިނަގިނައިން ހުސްބުޅީގައި ގަތީމާ! މިސާލަކަށް ޢަބްދުﷲ ޝާހިދު

  49
 3. ބެއްޔާ

  ދެން ފައިސާބަހާނެ ބްރޯއެއް ނުހުންނާނެ. އިންޑިޔާއިން އެތިކޮޅެއް ލިބޭތޯބަލާ. އިދިކޮޅަކުނެތް ފައިސާއެއް.

  40
  2
 4. ސޭޙް

  ކޮންމެ ވެސް އެއްޗެއް ދިނީމަ ގަންނާނެ ވާހަކަ އެބުނަނީ

  46
 5. ވަތުކިބަ

  ވަރަށް ރަނގަޅު ވާހަކަ އެ އް ސާތަށީގަވެސް ފޮނިރަހަ ލަނީ އެއ އަށް ހަކުރު އެޅި ވަރަކުން

  37
  2
 6. ކޮވިޑް

  މިފަހަރު އެނގިގެންދާނެ އަނެއްކާ ވ ވ ފައްކާ ކަމެއް... އީވާ ، ޖީހާން ،ހިސާން ، މެންގެ އަސްލު ފެންނަން ކުޑަތަން ވަނީ... އަނިޔާ،މަރު،އަންހެނުންގެ ހައްގު،ޖިންސީ ގޯނާ، ގޮވަން ވަގުތައް ހިސޯރު ކުރި މީހުންގެ ހަގީގައި ބަލަން މިތިބީ...ރިލުވާން، ޔާމީން، ގެ މަރު އަށްޑަނަ އަކަށް ހަދައިގެން އުފަން ދުވަސް ފާހަގަ ކުރާހެން މި ދެކުދިން މަރުވިފަހުން އަހަރު ވާއިރަށް މަގު ތަކަށް ނުކުމެ ހައްގޭ ،ހައްގޭ ގޮވި މީހުން މިފަހަރު ފެންނާނެ ތާ؟

  42
 7. Anonymous

  ތި ކިޔާ އެޖެންޑާ އަކީ ލަދީނި އެޖެންޑާ

  45
  2
 8. އައި

  އަދީބު ބުރޯގެ ފައިސާ އަށް ވިކުނު ގުރޫޕް ކަން އެނގޭ..

  42
  2
 9. ސާމިޔާ

  ތިބުނިބަހުގެމައުނައީ ކޮރަޕްޝަނަށް ވަރަށްފަސޭހައިން ހެއްލޭނެއޭ ދޯ ؟ވޯޓުވިއްކަންމަރެއްފަދައޭ ؟،

  44
 10. އަންނި

  ރަންގަޅައް ތިޔަ ބުނުއްވީ އާޒިމް އެމްޑީޕީ މެމްބަރުން ހުސް ބުޅީގައެއްނޫން ގަންނާނީކީ ޑޮލަރުން ފުރި ބާރުވެފަވާ ކޮރަޕްސަނުން ފުރިންގެންވާ ބުޅިތަކުގަ ގަންނާނީ.

  41
 11. އަލިބެ

  ޑީ.އާރު.ޕީ މެންބަރަކު އެމްޑީޕީ އޭ ކިޔައިގެން މޮޅެތި ވާހަަކަ ދެއްކީމާ އަންނަނީ ހިނި..

  24
  2
 12. ތާކިހާ

  ހުސްބުޅީގައި ހިބަރު ވަދުގައި މާމޮޅު ބަސްތައް ބޭނުންނުކުރައްވާ. ވޯޓުން ސައިޒު ކުރާނަން ވަރަށް އަވަހަށް

  40
 13. ފިލިޖެހުމުން ގަނެވޭ

  އެބުނީ ހެޔޮކޮށް...ހުސްބުޅީގަ ނުގަނެވޭނެ ފިލި އަޅަ އިގެން ގަނެވޭނީ... އެގޮތުން ފިލި އެޅީމަ ބިންވި އްކޭ ބިލާ ނާ އިބުރަ އީސްގެ އުމުރުބަދަލުކުރަން ފާސްކުރި ބިލުތަކަށް އާޒިމުމެން ވޯޓުދިނީ...ޝުކުރި އްޔާ އާޒިމު ތެދުހާމަކުރީމަ..

  28
  1
 14. ހަސަނުގެ ދަރި ލަތީފް

  މަމެންނަށް މާކުރިންވެސް އެނގިފަޔޭ އޮތީ ތިޔަގްރޫޕް ކުރިންވެސް ގަތީ ހުސްބުޅީގަ ނޫންކަން އެހެންވެތާ އަދީބުވެސް ޖަލަށް ނުލެވިގެން އެއުޅެނީ ، ބުޅީގަ ފައިސާ ލާފައި ދުކުރީމައި ގަތްމީހުންގެ ނަންތައް ފަޅާއަރުވަލަފާނެތީ ، އަމިއްލަޔަށް ބޭޒާރުވެވޭ އިރުވެސް މަބައިގަނޑު ރޭކާވެސް ނުލާ ، މިހާރުވެސް ފައިސާ ދިފިނަމަ ގަންނާނެވާހަކަ ތިޔަ ބުނެވެނީ

  34
  1
 15. އަޙްމަދު

  ހުސްބުޅީގަ ނޫން ގަނުވާނީ އެން އަޅައިގެން ގަނުވާނީ

  17
 16. ނާޒީ

  ކަލޭމެން ހުސްބުޅިއަކު ނޫނޭ ބާނާނީ. ބުޅީގައި ރުފިޔާ އަޅުވާފަ ކާރުވައިލީމާ ކޮރަކަލި ފަދައިން ކަލޭމެން ބުޅިއަށް ކަވާނެ! މީގެކުރިންވެސް އެގޮތް! ދެންވެސް އެގޮތް!

  16
 17. މމބރ

  އެމްޑީޕީ މެމްބަރުން ރައިސް ނަޝީދު ދެކޮޅަށް ހިޔާލެއް ފާޅުކޮށްފި ނަމަ ވަރުގަދަ ވޯނިން އާދޭ.... އަންނި ވިދާޅުވި އެއްޗަކަށް 'އާދެ' ކިޔައިގެން ހުންނަން ޖެހެނީ...އަންނިގެ ހިޔާލާ އެއްގޮތަށް ހުރިހާ ކަމެއް ކުރަން ޖެހުމުން ޑިމޮކްރެޓިކް އެއް ނޫން... Autocracy

  12
 18. ވަޙީދުބެ

  އަމިއްލައަށް ކޮސްގޮވައި ކަރުގައި ދަންމަޅި ބެ ދޭގޮތަށް ވާހަކަ ދެއްކޭއިރު ހަމަހޭގަބާހުރީ. އަ ދީބު ކަލޭމެންގަނެލީ ކިހާރުފިޔާއެއް ދީގެން. އޭރު ލާރި ދީގެން
  ދިން މީހާއެ ދުނު ގޮތަށް ވޯޓް ދިންކަމަށް ތި އެއްބަސްވެވުނީ.

  15
 19. މޫސަ

  ހުސް ކަންވާރުގަވެސް ގަންނާނެ. ނިމި ދިޔަ މަޖިލީހުގަ ވެސް ހުރީ ދަހިކޮށް ގަނތްފަ.

  15
 20. ޖާބިރު

  ރަނގަޅު ވާހަކައެއް. އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ވޯޓް ބޮޑުއަގުދީފާ ޖެހޭނީގަންނަން. އަދީބު ނައިބުރައީސްކަމަށް ވޯޓްހޯދީވެސް ބޮޑު އަގުދީފާ. ހުސްބުޅީގައި ނުގަންނާނެކަން އެގޭތީ.

 21. މަރީ

  މަޖުލިސްތެރޭ ހުރެގެން ފައިސާއަށް ސަލާން ޖަހަނީ، ލަދުކޮބާ

 22. ތެދު

  ޢާޒިމް ތެދުބަސް ހާމަކުރުމުން ޝުކުރިއްޔާ.

  ޙުސް ބުޅީގައި ނުބޭނޭނެކަމަށް ތިބުނީ އެން ރަނގަޅުނަމަ ބޭނޭނެތީތާ. ނޫން ނަމަ ބުނާނީ ނުބޭނޭނެއޭ.

 23. Anonymous

  ތީ ފުރޭވަރަށް ނުދޭތީދައްކ ކާ ވާހަ ކަ. ޢެވަރަށް ދޫފިނަމަ ބުޅި ނެތަސް ގަންނާނެ. މިހާތަނަށް ގަނެދަހުރީވެސް.

 24. އަޙްމަދު

  ހުސްބުޅިއަކުނޫނޭފައިސާއަށޭވިކެނީ