މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ޓީމަށް އެހީވުމަށް ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން، މަރު ކޮމިޝަނާއެކު މަސައްކަތް ކުރަން ފައްޓަވައިފިއެވެ.
އާއިލާގެ ފަރާތުން އެދިފައިވާ ގޮތަށް ރިލްވާންގެ މަރުގެ ތަހުގީގު ބޭރުގެ މާހިރަކު ކުރަމުން އަންނަކަން މަރު ކޮމިޝަނުން ވަނީ ކަށަވަރު ކޮށްދީފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން މަރު ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ބޭރުގެ މާހިރަކު ރާއްޖެ ވަޑައިގެން އެބޭފުޅުންނާއި އެކީ ރިލްވާންގެ މަރުގެ ތަހުގީގު ކުރިއަށް ގެންދަވާ ކަމަށެވެ.
މިސްބާހު ވިދާޅުވީ، އެ މަސައްކަތް ކުރައްވަމުން އަންނަތާ މިހާރު ދުވަސްކޮޅެއް ވެދާނެ ކަމަށެވެ.
އެކަމާއި ގުޅިގެން އިތުރު ތަފްސީލެއް މިސްބާހި ހިއްސާ ކޮށްފައެއް ނުވެއެވެ.
ރިލްވާންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް އާއިލާއިން ބޭރުގެ މާހިރެއްގެ އެހީއާއި އެކު ކުރިއަށް ގެންދިއުމަށް އެދިފައިވަނީ އެކަމާއި ގުޅިގެން އެކި ގޮތް ގޮތަށް ވާހަކަ ދެކެވެމުން އަންނާތީއެވެ. ރިލްވާންގެ އާއިލާއިން ބުނެފައިވަނީ އެމައްސަލާގައި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން އޭނާ ވަނީ މަރުވެފައިކަން އާއިލާ އަށް އަންގާފައި ނުވާ ކަމަށެވެ.
ބޭރުގެ އިންވެސްޓިގޭޓަރެއްގެ އެހީގައި ތަހުގީގުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ފެށިކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިއުލާން ކުރެއްވީ މިިދިޔަ އޮގަސްޓް މަހު އަށް ވަނަ ދުވަހު އެވެ. އެއީ ރިލްވާންގެ ގެއްލުނުތާ ހަ އަހަރު ފުރުނު ދުވަހުއެވެ.
އޭގެ ފަހުން ސެޕްޓޭމްބަރު މަސް ތެރޭ ބޭރުގެ މާހިރު ކޮމިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.
އަނެއްކާ މީހަކަށް ލާރިގަނޑެއް ދޭންވީ ދޯ.. ވަގު ސަރުކާރު އިސްތިއުފާ
އިމްރާނު އިސްތިއުފާ
ބޭރުގެމާހިރުން ކީއްކުރަން ބޭކާރުފައިސާދީގެން ތިޔަގެންނަނީ ކިތަންމެ ވަރެއްކުރިޔަސް އަސްލާހަމަޔަށް ނާދެވޭނެކަން މިހާރުޔަގީނެވެ. މިއީ ސިޔާސީ ހަތިޔާރަކަށް މިސަރުކާރުގެ ވެރިން ހެދި ކަމެކެވެ.
ރާއްޖޭއިން މިފަދަ ގޮތަކަށް ގެއްލުނީ ރިޟްވާން އެކނި ތަ. މީބާ ހަމަ ހަމަ ކަމޭ ކިޔައިގެން ދަޢުވާ ކުރާ ބައިގަނޑ ގެ ފެންވަރަކީ
ޜިޟުވާނުގެ އާއިލާ މީހުނެއްނު ދޭތެރެ ދޭތެރެ އަކުން ނުކުމެ އަޑު އުފުލަނީ ބުނޭނު ނުރޯ ދަރިއަަށް ކިރެއް ނުލިބޭނެޔޭ އެއީ އެވީ ގޮތަކީ
ގެރި މޯދީ ފޮނުވި ކުދިން ކޮޅެއްބާ
މިސްބާހު ކީއްވެތޯ އުސްފަސްގަނޑުގަ އަފްރާސީމް މަރަން ލިޔެފައޮތްވާހަކަ ސީއެންއެމްގަ މިސްބާހު ލިޔެފައޮވެމެ ކޮމިސަނުގަ އިދެ އެލިޔުމާއި ބެހޭ ބަޔާން ނުދިނީމަ މިފަދަ މީހަކަށް އިންސާފްވެރި ވެވިދާނެތަ؟ރިޒްވާނު ގެ މައްސަލަ ކިތަންމެ މޮޅު މީހަކުގެނަޔަސް މިނިވަންނޫހާ އައިރިސްޓައިމްގަ އަހްމަދު ރިޒްވާން ލިޔެފާހުރި ނަސީދުގެ ލާދީނީ ލިއުމާ ނުގުޅުވާގެންގޮސްގެން ނަތީޖާ ނުނެރެވޭނެ.ތުހުމަތުގަ ހައްޔަރު ކުރެވުނު ގދ.ވާދޫ މީހަކީ ނަސީދުގެ ބޮޑީގާޑެއް.ރަތްކާރުގެ ވެރިޔަާ ރައޫފަކީ އެމްޑީޕީގެ ބޮޑުން ހަރަދުކުރާ އަފްރާސީމް މަރާލިގްރޫޕެއްގަހިމެނޭ ނަސީދުގެ އަރިސް މީހެެއް.އައިރިސްޓައިމާ މިނިވަންނޫހުގަ ރިޒްވާން ލިޔެފައިވާ ލިއުން ރިޒްވާންވަގަށްނެގިފަހުން ކުއްވެރިކޮށް ނަސީދު ބަޔާނެއް ނެރުނު.ރިޒްވާން ވަގަށްނެގީ ރިޒްވާނު އަތުގާހުރި ނަސީދުގެ ލިއުންތައް ހޯދުމަށް.މިއީހަގީގަތަކީ.
އަސްލާ ހަމަޔަށް ދެވޭނީ ނަސިދު ހަެއްޔަރުކޮށް ކުރެވޭ ތަހުގީގަކުން
ތީހަމަ ވައްކަން ކުރާނެގިތެއް ނޭނގިގެން ކުރާބޭކާރު ކަމެއް ތިކަމުން އާއިލާޔަށް ލިބޭނެ އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެ ވެރިކަމަށްގަދަކަމުން އަރަންވެގެން ސަލާންޖަހައި އާދޭސްކުރަމުން ދިޔައިރުވެސް އާއިލާޔަށް އެތައް އެތައް ހުވަފެނެއް ދެއްކި ނަމަވެސް 2 އަހަރުވެގެން ދިޔައިރުވެސް ވީކަމެއްހަރާން ދެންވެސްވާނީ ހަމައެހެން ދޮގާމަކަރު އަދި ހީލަތުން ހުރިހާކަމެއް ކުރަނީ
ޗަރުކޭސް
ތީ އިސްތަށި ބާލަން ގެނާ މީހެއްބާ
ބަލަންތިބޭތިމިކަލޭގެއަށްއުޖޫރަދޭބަޔަކުބުނިގޮތަކަށްހަދާފައިސާހިތަކުމީނަހިގައިދާނެ
ސަހީދު 19 ދިވެހިން މުހިން މު ނުވާބަޔަކައް ރިލްވާނު މާމުމު މުހިން މު ވާސަބަބެއް؟؟ ކޮންމެ ޗަރުކޭހެއް ޖެއްސިޔަސް މިވެރިކަން ނިމޭމެ، ލަހެއްވެސްނުވާނެ. ލާރިކޭވަރުވެސް ބެލޭނެ. އިންޑިޔާ ޖެހޭނީ ހަމަބަލަން އޮންނަން
ސިޔާސީ ސްޓަންޓެއް ގެރޭ.....އިންތިހާބު ކައިރިވީ...