މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު އިރު އެ ޖަމިއްޔާގެ ރައީސަކަށް ހުރީ މިހާރުގެ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކަމަށް އެމްޑީއެންގެ އެގްޒެކްޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް ބުނެފިއެވެ.

ޝަހިންދާ މިހެން ބުނެފައި ވަނީ އެމްޑީއެންގެ ޗެއާޕާސަންގެ މަގާމުގައި މީގެ ކުރިން ހުރި މިހާރުގެ ރައީސް އޮފީހުގެ ކައުންޓަރ ޓެރޮރިޒަމް ކޮންސަލްޓެންޓެއްގެ މަގާމުގައި ހުންނަވާ އާއިޝަތު ނޫސިންއަށް "އެމްޑީއެން ނޫޝިން"އެ މުހާތަބުކޮށް "ދިޔަރެސް" ނޫހުން ލިޔެފައިވާ ހަބަރަކާއި ގުޅިގެން ނޫޝިންގެ މަންމަ ވަސީމާ މުހައްމަދު ދެއްކި ވާހަކަތަކާއި ގުޅުވައިގެންނެވެ.

ވަސީމާ ކޮށްފައިވާ ޓްވީޓުގައި ބުނެފައި ވަނީ، "ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި ދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ރިޕޯޓަކީ އޭނާގެ ދަރިފުޅު ނޫޝިން ޝާއިއުކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓު ނެރުނު އިރު ނޫޝިން ހުރީ ޗެއާ ޕާސަންގެ މަގާމުގައި ނޫން ކަމަށް ވެސް ވަސީމާގެ ޓްވިޓުގައި ބުނެފައި ވެއެވެ.

ނޫޝިން އެމްޑީއެންގެ ޗެއާ ޕާސަންގެ މަގާމުން އިސްތިއުފާ ދިނީ މިދިޔަ އަހަރުގެ އޮގަސްޓު ހަތް ވަނަ ދުވަހު އެވެ.

"ތި ފާޑަށް އަޅުގަނޑުގެ ދަރިފުޅާއި ބެހޭގޮތުން ދޮގު ވާހަކަ ފަތުރަންޏާ ގާނޫނީ ފިޔަވަޅު އަޅާނަން" ނޫޝިންގެ މަންމަ ވަސީމާ ބުނެފައި ވެއެވެ.

މި ޓްވީޓަށް ކޮމެންޓުކުރި މީހުންގެ ތެރެއިން އެކަކު ވަނީ ރިޕޯޓު ނެރުނު އިރު އެމްޑީއެންގެ ރައީސްގެ މަގާމުގައި ހުރީ މިހާރުގެ ޕީޖީ ޝަމީމް ތޯ ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދީ ޝަހިންދާ ބުނެފައި ވަނީ ޕީޖީ ޝަމީމް އަކީ ރިޕޯޓު ނެރުނު އިރު އެމްޑީއެންގެ ރައީސް ކަމަށެވެ.

 

ޝަހިންދާ އިސްކޮށް އުޅޭ އެމްޑީއެންއިން ނެރުނު ރިޕޯޓުގައި ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތައް ޝާޢިއުކޮށްފައި ވެއެވެ. އެގޮތުން އިސްލާމް ދީނަށާއި ރަސޫލާ (ސ.އ.ވ) އަށް ފާޑުކިޔައި ރަސޫލާގެ އިސްރާ މިއުރާޖް ވާހަކަ އަކީ ބުއްދި ޤަބޫލުނުކުރެވޭ ވާހަކައެއް ކަމަށާއި އަދި އިސްލާމް ދީނުގެ ބައެއް އަސާސްތަކަކީ ހަރުކަށި ކަންކަން ގޮތުގައި އެރިޕޯޓުގައި ވަނީ ސިފަކޮށްފައެވެ.

މީގެ އިތުރުންވެސް އެރިޕޯޓުގައި ވަނީ ރާއްޖޭގައި ތިބި ގިނަ ދީނީ އިލްމުވެރިންގެ ނަންތައް ފާހަގަކޮށް އެފަރާތްތަކަކީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރައި އެފަރާތްތަކަކީ ސީރިއާ އަށް މީހުން ފޮނުވުމަށް މަސައްކަތް ކުރަމުންދާ ބައެއް ކަމުގައި ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ސައިފް ބިން ޒީއަޒަން

    ބުއްދި ގަބޫލް ކުރެވޭ ޒާތުގެ މީހަކު ޕީޖީ އަކައް ހަމަޖެއްސުމަކީ މިވީގޮތުން އެމް.ޑީ.ޕީގެ ޒިންމާއެއް

    61
    1
    • ޙައްގުބަސް

      މިއުޅެނީ ހަމަ ހަތްތާވެސް ކުލަ ބަދަލުކޮށްގެން އުޅޭ ގުންޑާ ބޯވަތަކެއް!! ހުރިހާ ތަނެއްގައި މިއުޅެނީ މިބޯވަތައް! މިކަމުން ސަލާމަތްވާން އޮތީ ރައްޔިތުން ނިންމާ ނިންމުންތަކުން!! މިބޯވަތައް ހިފާ މިބޯވަތަކުގެ ކިބައިން މިގައުމާއި އިސްލާމްދީން ހިމާޔަތްކުރަން މަގުމައްޗަށް ނުނިކުމެ ގޭގައި ރައްޔިތުން ތިބޭހާ ދުވަހަކު މިކަމުން މިންޖުނުވާނެ!! އެނގޭ ބޯވަތައް ހިފަން މަގުމައްޗަށް ނިކުންނަ އިރަށް ގުންޑާ ފޯސް ނިކުމެ މީސް މީހުންގެ އަތް އަނބުރާ، ފުއްކިބައިގައި ތަލާ، ބިންމައްޗަށް ވައްޓާލާ އަތުގައި ދަގަނޑު އުޅާ އަޅުވައިގެން ލޮރީތަކަށް އަރުވައިގެން ގެންދާނެކަންވެސް! މިއީ އަނިޔާ ކުރުން! ބިރު ދެއްކުން! މިހާރު މިއުޅޭ ވަލުޖަނަވާރު ކޮށީގައި ހަމައެއް ލަމެއްނެތް! ޖަނަވާރުންގެ އުސޫލަކީ ޑިމޮކްރަސީއާއި ދުރު ފެންނަ އެއްޗެއް ކައި ހުސްކުރާ ގޮތްކުޑަ އެއްޗެއް!! ރައްޔިތުން އެބަޖެހޭ މިޖަނާވާރުތައް ދައްކާ ބިރަށް ނޫނެކޭ ބުނެ ކެރިގެން ގެއިން ނިކުމެ ޖަނަވާރުތަކާއި ދެކޮޅަށް ނިކުންނަން!! އަވަށްޓެރި ގެރިތަކުން މަންފާ ލިބި މިޖަނަވާރުތައް ކައިބޮއެ އުޅެނީ!!

      5
      1
  2. ސްޕައިޑާ

    ފިލްމުގެ މުޅިން އާބާބެއް މިފެށުނީ.... އިޔާޒުމެން ދެން ކޮންފަތުވާއެއް ނެރޭނީ... ދީނާ ޤައުމަށްޓަކައި އިލްޔާސްމެން ދެން ކީކޭ ކިޔާފަ ޓްވީޓް ކުރާނީ... މިބައިގަޑު މުޅި ޤައުމުގައި ވަކި ހިއްޕާލާފި.. އިމްރާނެން އެތިބޭ ފައްޅިތަކުގެ އަތްދަށުވެ ސަލާމަތް ނުވެވޭ ހިސާބަށް ގޮސްފައި... ޤައުމެއްވާ ނެތް..

    73
    6
    • ޤަބޫލު

      ޝަހިންދާ ދައްކާ ވާހަކަ ކަލޭވެސް ޤަބޫލުކުރަން ފެށީ؟؟ އޭނާ ދައްކާހާ ވާހަކައެއް ޤަބޫލުކުރަންޏާ އެރިޕޯޓާ އޭނާގެ ލާދީނީ ވާހަކަތައްވެސް ޤަބޫލުކުރާނެ

      1
      1
  3. މަބޭ

    މިގައުމުގެ ޖުޑިސަރީގެހާލަތުދެންވިސްނަވާ ދެންދާނެމިސްރާބު

    63
    4
  4. އ . ޖ . އ

    ޔާމީން އަބްދުލް ގައްޔޫމް ކިޔާ ބޭފުޅެއް އޭނާގެ އަޑީގަ ހުރީ..

    7
    94
    • Anonymous

      ހަހާ. ޔޫ ވިޝް ރީނދޫ ގުންޑާ

      31
      3
    • ޤައުމަތު

      ސިޔާސީ ހިތްދަތިކަމުގައި ބުއްދި ތައައްޔަރުވެފައި ތިބި މީހުންގެ ތެރެއިން މީހެއް.

  5. ކެޔޮޅު

    ހައްޔަރުކުރޭ ވަގުތުފާއިތު ނުވަނީސް.

    59
    2
  6. ތުނިޔަ

    ޢަދި ޕީޖީ ޝަމީމަކީ ޝަހިންދާގެ ކުރީގެ ފިރިމީހާވެސްމެ..

    86
    2
  7. މާލޭ ސިޓީ ރައްޔިތުމީހާ

    ސޭހު އިލްޔާސް
    ސޭހު އިޔާޒު
    ސޭހު ޒައިދު
    ތި ތިން ޕަޕެޓުންނަށް ނުފެންނާނެ ހިންނަވަރު ބުއްޅަހުއްތު ދީނަށް ފުރައްސާރަ ކުރާ މީހުނަށް ބޮޑު މުސާރަ ލިބޭ ބޮޑު ވަޒީފާ ދީފަ ތިބޭއިރު. އެ ބައިގަޑު ގެއަށް ގެންދަ ބޮޑު މުސާރަކޮޅު ދެނީ ސީދާ ރައްޔިތުންގެ ބަޖެޓުން ރައްޔިތުންގެ ޓެކްސް ފައިސާއިން.

    82
    5
    • ގައުމީ ލޯބި

      މާލޭ ސިޓީ ރައްޔިތުމީހާ މެންނަށް ޝޭހުން ފެންނަނީ މިކަހަލަ ހާލަތުގައި ދޯ؟

      މާލޭގެ މީހުން ދޯ އަން ނި ހޮވީ،
      މާލޭ މީހުން ދޯ ޑރ. އިޔާޒު މަޖިލީހަށް ކުރިމަތިލީމަ ނުހޮވާ، ގްރޭޑް 7ގެ ފެންވަރުގެ އަޑުގަދަ މާލޭ މީހަކު ހޮވީ.

      މިހާރު ދެން ކޮން ޝޭޚެކޭ ކިޔާކަށް..؟

      40
      9
  8. ގައުމީ ލޯބި

    ދެން ކިހިނެއްތޯ ލާދީނީ ގްރޫޕް ގެ މައްސަލަ ބަލާނީ. އެކަމުގެ އިސްވެރިން މިތިބީ މައްސަލަ ތަހްޤީގު ކުރަން އޭގެ ފަހުން ދައުވާ ކުރަން އައި މައްސަލަ ޔަށް އިންސާފުކުރަން. އެންމެ އެތެރެއަށް މޫލާފައި މިއޮތީ..

    އެމީހުންގެ މަސްލަހަތު ހިމެނޭކަންކަމުގެ މައްސަލަ ދުވަހަކުވެސް ނުބެލޭނެ ނޫންތޯ؟

    ކްރިމިނަލް ދައުވާގެ ނިޒާމު ކޮންޓްރޯ ކުރަނީ ތިޔަވިދާޅުވާ (ވާހަކަކީ ތެދުފުޅެއްނަމަ) އެމްޑީއެން ގެ އިސްވެރިން ދޯ؟

    މައްސަލަ ތަހްޤީޤުކުރާ ފަރާތް - ޕޮލިސް ހެޑް އޭގެ އިސްބޭފުޅެކޯ
    ދައުވާކުރާ ފަރާތް - ޕީޖީ އޭގެ އިސްބޭފުޅެކޯ
    ދައުވާ ބަލާ ހައިކޯޓު - ރެޖިސްޓަރ އޭގެ ބޭކަނބަލެކޯ
    އެންމެ މަތީ ކޯޓު ސްޕްރީމް ކޯޓުގެ ފަނޑިޔާރު - އޭގެ ކަނބަލެކޯ

    މުޅި ނިޒާމު އެބުނާ އެމްޑީ.އެންގެ ބާރުގެ ދަށުގައި ދޯ މިވަނި.. ތިވާހަކަ އަކީ އަސްލެއް ނަމަ.

    ދެން ކޮންމެ ފަދަ ޖަރީމާއެއް އެފަރާތުން ހިންގިޔަސް ބެލޭނެ އެއްވެސް ގޮތެއް މިރާއްޖޭގައި ނޯންނާނެ.. ދޯ؟

    48
    4
  9. ހަނި

    ޕިޖި ސަ މިމ މް އިސްތިއުފާ އަވަސް އިސް ތި އުފާ

    42
    3
  10. ކޮވިޑް

    " gaanoonee fiyavalhu alhaanan."މައި ކަލާކޯ ހާދަ ބާރުދަގަ މީހެއް މީ؟ސީދާ އެ ބުނަނީ ގާނޫނީ ފިޔަވަޅު އަޅާނަމޭ !!!!!!!!

    34
    1
  11. ޢޮޅުވާލުން

    ދިވެހިންނަށް އޮޅުވާލައިގެން މޑޕ އޭކިޔައިގެން ވެރިކަމަށް އަރައިގެން މިއުޅެނީ މޑނ ދޯ.

    49
    2
  12. ކޮވިޑް

    މި ރާއްޖޭގައި މިކަހަލަގެ ކޮންމެ ނުބައި ނުލަފާ ކަމެއްގާ މި ސަމީމް ގެ ނަން އާދޭ.... އެހެންވެގެންބާ އެމް.ޑީ.ޕީ ގެ މަޖިލީސް މެންބަރުން ސަމީމް އަށް ރުހުން ދިނީ؟

    63
    4
  13. އަންނި

    ނިކަން ސާބިތު ކޮއްދީބަލަ.

    7
    31
  14. Anonymous

    އެއީ ތެދެއްކަމަށްވާނަމަ ވަގުތުން ވަގުތަށް ޕީޖީ ޝަމީމު އިސްތިއުފާ ދޭންޖެހޭ.

    23
  15. ސައިފް ބިން ޒީއަޒަން

    އަދީބުގެ ބޮޑު ހިޔާނާތުގެ އިސްވަކީލު ޕީޖީ ޝަމީމް
    ބޮޑު ލާދީނީ ރިޕޯރޓް އެމް.ޑީ.އެން ގެ ރައީސް ޕީޖީ ޝަމީމް
    ޤައުމު ފަސާދަ ކުރުން ފެށެނީ ބޯގަން ވިލާ އިން ސަކިންދާގެ ފިރި ޕީޖީ ޝަމީމް

    24
  16. އައްޑޫ މީހާ

    ތިޔަ ޝަމީމް އައްޑޫގައި ފުލުހުންނަށް ބޭއްވި ޤާނޫނު ކިޔަވައިދޭ ކުލާހެއްގައިވެސް އިސްލާމް ދީން ހިމާޔަތް ކުރާނަމޭ ކިޔާފަ ކޮންވާގަކަތަކެއްތޯއޭ ދައްކަނީ ކިޔާފައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވަރަށްގިނަ ވާހަކަތަކެއް ދެއްކި މިބުނާ ކްލާސް އޮތީ އައްޑޫގެ ކުރީގެ ސީސީގައި

    12
  17. ދައްފަތަރު

    މާލޭ މީހުން ދޯ ޑރ. އިޔާޒު މަޖިލީހަށް ކުރިމަތިލީމަ ނުހޮވާ، ގްރޭޑް 7ގެ ފެންވަރުގެ އަޑުގަދަ މާލޭ މީހަކު ހޮވީ. ބަލަ މާލޭ މީހުން ވޯޓް ލައިގެންނެއްނޫން ބޯހަމަ ކުރީކީ އަންސަންސޫކީ ހޮވާކައް ދަފްތަރޭ ކިޔާ އެއްޗެއްގައި ޖައްސާފަ ތިބޭ އަސްލް ރެފުއުޖީން ތަންތަނައް ބަދަލްކޮއްގެން ވޯޓް ލައްވައިގެން ކަމެއް ވާއިރައް މާލޭގެ ރައްޔިތުމީހަޔާ އަޅާގަނެގެން ނެއްޓި ގަނެން ކޮމެންޓް ކުރިޔަކަސް ނުވާނޭ ކަމެއް ރަގަޅެއް ދިޔަ ދަފްތަރޭ ކިޔައިގެން އުފެއްދި އެއްޗަކީ މިބޭނުމުގައި އެދިގު 30 އަހަރުގެ ސަރުކަރުން އުފެއްދި އެއްޗެއް މިއަދު ހުރިހާ ސަރުކާރު ތަކުން މިސަގާފަތް ދަމަހައްޓަނީ ރައްޔިތުން ގުނބޯ ހައްދައިގެން

    5
    1
  18. މިއަދު

    ކޮބާހީވޭ ކޮނުނު ވަރަކަށް ފަސްގިނަވާނެ މަމީ އިބުރާހިމްމުޙައްމަދު ސާލިހުނަމަ މިހަރު ރައިސްކަމުގެ މަޤާމުން އިސްތިއުފާދީފީމުސް މިފަދަ ބަޔަލު ގޮވައިގެން އުޅެންޖެހުމުން އެފަކީރު މުޅިން ބަދުނަމުވެނިމުނީ އެވެރިން ދޫކޮށްލެވޭކަށްވެސް ނެތް ދޫނުކޮށް ވާކަށްވެސް ނެތް މުޅިދައުލަތުގައި ލާދީނީ މީހުން ރައިސް އޮފީސްތެރޭގަވެސް މަޖިލިސްތެރޭގަވެސް ޝަރުޢީކޯޓްތަކައި ކެބިނެޓްގަވެސް މިހެން ގޮސްބަލާއިރު މުޅިދައުލަތުގަ މިބައިގަނޑު ދެންތިބެގެން މިކިޔަނީ ކޮރަޕްޝަނޭ ވައްކަމޭ ޙިޔާނާތޭ މިއިވާދެން ފުކެއްބޮޑުވަރު

    15
    1
  19. ޒާ

    މީނާގެ ފޭސް ރީޑްކޮށްފާ ދެން އެއީ ކޮންކަހަލަ މީހެއް ކަން ބުނެދީބަލަ.

    12
    1
  20. ޟަރ

    ޚަބަރުގަ ލިޔެލަންވާނެ ދޯ ޝަމީމަކީ ޝަހިންދާގެ ކުރީގެ ފިރިމީހާ ކަންވެސް