ރާއްޖޭގެ ރައްޔިތަކާއި ކައިވެނިކުރާ ބިދޭސީންނަށް އަދި، ބިދޭސީ އިންވެސްޓަރުންނަށް ރެސިޑެންޓް ވިސާ ދިނުމަށް ރައްޔިތުންގެ މަޖިލީީހުން ފާސްކުރުމާއި ގުޅިގެން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ފާޑުވިދާޅުވެއްޖެ އެވެ.

ރެސިޑެންސް ދިނުމަށް ގެނައި އިސްލާހް ފާސްކުރުމާއި ގުޅިގެން ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީލުން 250 ހާސް ޑޮލަރު އެކައުންޓުގައި ހުންނަ ބިދޭސީންނަށް އިތުރު އެއްވެސް ޝަރުތަކާއި ނުލައި ދޭން ތައްޔާރުވަމުން އަންނަ ރެސިޑެންޓް ވިސާ އަކީ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެކަމުގެ އަޑީގައި ކޮންމެވެސް ކަމެއް ވާކަމަށެވެ.

އަދި ރެސިޑެންޓް ވިސާ ދޭން ޖެހޭނީ މަދުވެގެން އެއްމިލިއަން ޑޮލަރު އިންވެސްޓުކުރާ ބިދޭސީންނަށް ރަނގަޅު ގަވައިދާއި އުސޫލުތަކެއްގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ.

ނާދިރާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގައި މެދު ފަންތީގެ ވިޔަފާރި ކުރާ މީހުންވެސް 250 ހާސް ޑޮލަރު އިންވެސްޓުކުރާނެ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން މި ޤައުމަށް އަންނަ ބިދޭސީންވެސް އެ އަދަދަށް ފައިސާ ދެއްކުމުން ރެސިޑެންޓް ވިސާ ދީގެން ކުރަން މިއުޅެނީ ކޮން ކަމެއްތޯ ސުވާލު އުފައްދައި ނާދިރާ ވަނީ ފާޑު ވިދާޅުވެފައެވެ.

ރާއްޖެއިން ބިދޭސީންނަށް މިހާރު ދޫކުރާ ވިސާގެ އިތުރަށް ކޯޕަރޭޓިވް ވިސާގެ ނަމުގައި އާ ވިސާއެއް ތައާރަފް ކުރުމަށް މިހާރު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އެ ވިސާއަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ފޮރިން އިންވެސްޓްމެންޓްގެ ވެރިންގެ ގޮތުގައި ތިބޭ ބިދޭސީންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް ހުއްދަ ދެވޭ ވިސާއެކެވެ.

ފަސް އަހަރުގެ މުއްދަތަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި 250،000 ޑޮލަރު އިންވެސްޓް ކުރާ ބިދޭސީއަކު އެ ވިސާއަށް އެދުމުން ދޫކުރާނީ ފަސް އަހަރުގެ މުއްދަތަށެވެ. އެ ހާލަތު އޮންނަހާ ހިނދަކު ފަސް އަހަރަށް ފަހު ވިސާ އާ ކުރަން ޖެހޭއިރު ބައެއް ކަންކަމަށް ބަލައި ވިސާ އާކޮށްދިނުމަށް އެ ބިލުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މުފައްކިރު.

    ފޭހުނު އިލޮށި ލޮލަށް ހެރުނީމަ ދޮންކޮން ފާޑައެއްތޯ ނާދިރާ ކިޔަނީ . މައުމޫނު ހުރީ ހަނު ހިމޭނުން. ގައުމު ދެކެލޯބިވާ މީހެއްނަމަ ހޭވުނު ހަޑި ގަބޫލްކޮށް ގައުމަށްޓަކާ ނިކުންނަންވީ ނޫންތޯ؟

    88
    3
  2. މާމީ

    ދެން ހުރިހާ އަންހެނުން މަތިމަސް ބޮޑެތި ގައުމުގެ މީހަކު ހޯދާ އެއީވިއްޔާ ކުރަން އުޅޭކަމަކީ....

    72
    • ހުސޭނުބޭ

      ކެކެކެކެކެ..... ހާސްނުވޭ! ކާގޯ ފެރީ ފުރާ ކިލޯ ކިރާލެވޭވަރަށް ތިކިޔާ މަތިމަސްތައް އެބަ އާދޭ!

      46
    • ާއަސޭލަރ

      ޙާދަ ޖޭ ވަސް ދުވަޔޭ

  3. ގޫބެރާ

    އެމްޑީޕީ އަކައް ދެންއަންނަ އިންތިހާބެއް ކާމިޔާބު ނުކުރެވޭނެ ހަނދާން ނައްތާލާ

    62
    2
  4. ރަބަރޭ

    ކަބުލޯ ދެން އަތްޖަހާލަ ޖަހާލާ އިދޭ ކަބުލޮގެވެސް ބާއިވެރިވުމާއި އެކު ތިކަންކޮށްފަ ތިއޮތީ

    ‎އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    51
    1
  5. މުބީނު މާރނީ

    ނާދިރާ އަކީ އިކޮނޮމިސްޓެއް ތޯ ؟ ކޮންމެހާ ކަމަކަށް ފާޑުކިޔާ އެބަ. އިކޮނޮމިކްސް ކިޔަވައިގެން ތިބި މީހުންނަށް އެބަ ތިބި މި ދިވެހިރާއްޖޭގައި. އަނީސާ އަޙްމަދު ވެސް އައިންތު ގެ ކާރު، ބާރަ ފަހަރަށް ތަޅާ ސުންނާފަތި ކުރިޔަސް ޓްވީޓެއް ނުކުރާނެ. ކެންޔާ އަންހެނެއް ގައިގައި އިނގިލިފުށްކުރި ޖައްސާލާފަވެސް ނެތޭ ބުނާ އިރަށް އެވީ ޓްވީޓް ކުރަން. ދުންޔާ އަށް ވެސް އައިންތު އަށް އެހީ އެއް މީހަކު ދިއްކޮށްލާފާނެ އިބާރަތަކުން ޓްވީޓެއް ނޭންގުނު ކުރާކަށް. ފޮރިން މިނިސްޓަރު ކަން ކޮށްފަ ތިބި އާސިމް އަށާއި ނަސީމު އަށް ދެރަ ބަސް ދީފަ ޓްވީޓް ކުރެވޭ ހެސްކިޔާފަ.

    12
    8
  6. ޢަނގަ ނާރުވާ

    ރާކަނިމަސް ކެވުނު؟

    26
  7. ބޯޖަލީލު

    ހިސާބަށްވުރެ އަނގަ ބޮޑީދޯ ދެން ރާކަނިމަސް ކާލާ ކެނެރީގޭ ނަސީދު އާ ރީނދޫ ގުރޫޕު ކަލެޔަށް ހާދަ އަލޭދޯ....

    24
  8. ދަރަނި ދަންތުރަ

    އިބޫއަށް ވޯޓުދިން މީހުން ބޯން އުޅުނު ބޮނޑި ތިޔައޮތީ ބޮވިފައި ދެން ބާރަށް އަތްޖަހާ...

    43
  9. ގުއިދައިތަ

    ނާދިރާ ވެސް ބޭނުންވި ގޮތް.

    17
  10. ވަހީދުބެ

    ހާދަ ވަރެއްއަރުވަާފަ އުޅުނުމީހެ ކޭމީ. މިހާރު މިގޮވަނީ ކޮން ގޮވެއްޔެއް؟ ތިއޮތީ ބޯންއުޅުނު ބޮނޑިބޮވިފަ.

    19
  11. ދެން

    ދެން ކޮންވާހަކައެއް ދައްކާކަށް ތި މިޤައުމަށް ޤައްދާރުންގެ ލިސްޓަށްއިތުރުވީ މީހެއް. މައުމޫނު އިމްރާން ގާސިމް އީސީ ޟަރީފް މި ހައްތާވެސް ޤައްދާރުން މި ޤައުމަށް ހިޔާނަތް ތެރިން