އދ. ގެ އާންމު މަޖިލިހުގެ ރައީސް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެނައުމަށް ސައުދީ އަރަބިއްޔާ އިން ތާއީދުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ސައުދީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާދިލް ބިން އަހުމަދު އަލް ޖުބައިރު ވަނީ ޝާހިދު އެ މަގާމަށް ގެންނަން ތާއީދުކުރާ ކަން ހާމަކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީ އަށް ސިޓީއެއް ފޮނުވައިފައެވެ.
އދ.ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭން ކުރިމަތިލާން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައިވާއިރު، ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓުގައި، އެ ކެމްޕޭނަށް 4.35 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
އދ. ގެ 76 ވަނަ އާންމު މަޖިލިސް އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ބާއްވާ އިރު، އދ.ގެ އާއްމު މަޖިލީހުގެ ރައީސަކު އިންތިހާބު ކުރަނީ މެންބަރު ގައުމުތަކުގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މިދިޔަ ޖޫން މަހު އެ މަގާމަށް އިންތިހާބުކޮށްފައި ވަނީ ތުރުކީގެ ވޮލްކަން ބޮޒްކީރްއެވެ. އޭނާގެ މުއްދަތު 2022 ވަނަ އަހަރު ހަމަވާނެއެވެ. މީގެ ކުރިން އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުން ވަނީ އދ. ގެ އާންމު މަޖިލިހުގެ ރައީސްކަން ކޮށްފައެވެ.
އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު ގެންނަން އިންޑިއާ އިން ވެސް މީގެކުރިން ތާއީދުކޮށްފައިވެއެވެ. އެ ގައުމުން އެކަން ހާމަކުރީ، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިދިޔަ ހަފުތާގައި ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުގައެވެ.
މީގެއިތުރުން ރާއްޖެއިން ވަނީ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފައެވެ.
އުދުހޭ ކާޕެޓެއް ނެތްތަ
ޝާހިދު އދ ހޮވަން ކެމްޕޭން ކުރަންވެސް ބަޖެޓްގައި ރައްޔިތުން އަގަޔާއި އަތާއި ދިމާނުވެގެން ކޮރޯނާ ގެ ފަޤީރުކަމުގައި މޮޅުބަޔެއްތާ ؟
ޢދގެ އާމު މަޖިލީހުގައި ދިވެހިރާއްޖެ ތަމްސީލުވެ ރާއްޖޭގެ ބޭފުޅަކު މަޖިލީހުގެ ރައީސްކަމަށް އަނުން ރަގަޅު ނަމަވެސް މުހާ ރު ރާއްޖޭގެ މާލީ ހާލަތު އޮތްގޮތުން މިޚަ ރަދުކުރުމަކީ ބޭކާ ރުކަމެއް މިސަ ރުކާ ރުގެ ވެ ރިން ނޭފަތުކު ރިއަށްވު ރެން ދު ރަށް ނުވިސްނާ ލޯނު ނަގައިގެން ކު ރަން ހެއުވާވަ ރުގެ ކަމެއް ނޫން މީ!
ތިމޤާމަށްތީނަހޮވުމަށް ކެންޕޭނަށްކަޑައެޅިފައިސާއަށްހާލުގަޢިޖެހިފާތިބިމީހުންނަށްބެހުންމާރަގަޅުވާނެ
ޝާހިދު ގެކެންޕެއިނަށް ދިވެހި ބަޖެޓުން ޚަރަދު ކުރުން އެއީ ކޮންކަހަލަ ކަމެއްބާ!!!
ޝާހިދު އދ ގެ އާއްމު މަޖިލީހަށް ހޮވުމަށް ބަޖެޓެއް ކަނޑައަޅައިގެން ނުވާނެ ތިޔަމަށްސަލަތަހުގީގުކޮށް ބަލަންޖެހޭނެ ރަށްޔަތުންބަނޑަށް ޖެހިފައިވާއިރު ޝާހިދުހޮވުމަށް ރުފިޔާހަރަދުކުރުމަކީ ސަރުކާރު ކުއްވެރިވާނެކަމެއް.
ހިބަރު ވަދުން ދޯ ކެންޕެއިންކުރަނީ ތިޔަ. ސަޅި ބެ
އޭރުން ދެން ކިހިނެކޯ ވާނީކީ؟