ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަޑައިގެންނެވީ ނުއަނގުގައި ދޫކުރި ރަށްތަކުން ލިބުނު ފައިސާކޮޅުވެސް ހިއްޕަވައިގެން ކަމަށާއި، އެ ފައިސާ ހުރިނަަ މި ދަތިވަގުތުގައި ބޭނުން ކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓު ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިއަދު ވިދާޅުވީ، ރައީސް ވިދާޅުވީ، މިހާހިސާބަށް އައިއިރުގައި ކުރީގެ ވިއްކާފައި ހުރި 85 ރަށުގައި ރިސޯޓު ނުހެދި އެބަ ހުރި ކަމަށެވެ. އަދި އެކަމުން ދައުލަތަށް އާންމުދަނީއެއް ނުލިބޭ ކަމަށް ރައީސް ވިދާޅުވިއެެވެ.
"އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް ދޫކޮށްފައެއް ނޯންނާނެ. އަދި އެ ހިސާބުން ނިމުނީއެކޭ ނޫން އިނގޭތޯ، ރައީސް ޔާމީންްގެ ވެރިކަމުގައި ދޫކުރި ރަށްތަށް ނުއަނގުގައި ދޫކޮށް އެ ލިބުނު ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ، ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ، އެވެސް ބަޖެޓުގައި ހުރިނަމަތާ މި ދަތިހާލަތުގައި އޭގެން ހަރަދު ކުރަނީ". ރައީސް ވިދާޅުވިއެވެ،
ރައީސް ވިދާޅުވީ، މި ސަރުކާރުގެ އަމާޒު ވަރަށް ސާފު ކަމަށާއި، މިތިބީ ރައްޔިތުންނަށް ހިދުމަތް ކުރަން ކަަމަށެވެ. އަދި މި ދަނޑިވަޅުގައި ސަރުކާރަކުން ކޮށްދޭން ޖެހޭ ކަންކަންކުރަމުންދާ ކަަށް އޭނާ ވިދާޅުވިއެވ
ރައީސް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތް އިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގަތް އިރު ދައުލަތުގެ ދަރަނި ވަނީ 60 ބިލިއަނަށް އަރާފައި ކަމަށް ރައީސް ސޯލިހް ވަނީ ފާހަގަކުރައްވާފައެެވެ.
ރައީސް ވިދާޅުވީ އެ ސަރުކާރާއި ހިލާފަށް މި ސަރުކާރުން އަދި މިހާތަނަށް ނަގާފައިވާނީ 15 ބިލިއަން ރުފިޔާގެ ދަރަންޏެއް ކަމަށެވެެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން 2008 ވަނަ އަހަރު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތް އިރު ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގައި ކަމަށާއި، ތިން އަހަރު ވެރިކަން ކުރުމަށް ފަހު އެމްޑީޕީ ސަރުކާރުން ވެރިކަމުން ފޭބި އިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިއަން ރުފިޔާގައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންވީމަ ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. މިއަހަރުގެ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައި އެއޮތް ހަތަރު ބިލިއަން ރުފިޔާ އަކީ ކުޜިގެ ސަރުކާރުތަކުން ނަގާފައި ހުރި ދަރަނި ދައްކަން ޖަހާފައި ހުރި ފައިސާ. މިއީ އަޅުގަނޑު މިއަދު ތިބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ވާހަކަ އަކީ" ރައީސް ސާލިހް ވިދާޅުވިއެެވެ.
ރައީސް އިތުރަށް ވިދާޅުވީ ފައިސާ ހޯދަން ޖެހޭނެ ކަމަށާއި، މި ސަރުކާރުން ވެރިކަަމަށް ވަޑައިގަތް އިރު ދައުލަތުގެ ރިޒާވްގައި ފައިސާއެއް ނެތް ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައި އިރު ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި، މި ދަތި ހާލަތުގައިވެސް ރިޒާވްގައި އެވަރު ހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފައިނޭންސް މިނިސްޓްރީގެ ޓީމަށް ފުރިހަމަ އިތުބާރު އެބަ އޮތް، އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނަން. އިރާދަކުރެއްވިއްޔާ ހަރުމުދާ ވިއްކައެއް ނުލާނަން، މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން". ރައީސް ވިދާޅުވިއެވެ.
ތިވަރުގެދޮގެއް 3 ދޮގުހެދިކަލޭގެވެސް ނަހަދާ
ޢެއީ ތެދެއްކަން ކުޑަކުއްޖަކަށްވެސް އެގޭނެ.
ކޮބައިތަ އަދީބު އަތުން ލިބުނު 37 މިލިއަން ރުފިޔާ! އެއީ ޞަދަގާތުގެ ގޮތުގައި ލިބުނު އެއްޗެއްދޯ!
ޓްރަމްޕަކަށް ވަކި ދުލެއްނުކުރޭ އުތަ!
މީ ކޮންކަމެއް ދޮގު ހަދަންވެސް އަ ރާ ތިހު ރެވުނީ. ބަސް ނުވިކޭ އޮޑީ ދި ރުބާ ކޮޅަށް، މިއުޅޭ ދުވާ ދެއްވި ފައިވާ ބޭ ކަލުން ގެ ހާލަތު. ފޮނުވަންވީ އޮލިންޕިކަށް. ޢުސޭން ބޯލްޓު ވެސް ބަލި ކޮއްލާނެ
އެފައިސާ މިފައިސާ އެހެން ނުކިޔާ މިއަހަރުގެ ބިޔަ ބޮޑު ބަޖެޓޭ ވީނުވީއެއް ނޭގި ޢައިބު ވެއްޖެއޭ އެކަން މެނޭޖް ކުރެވުނު ނަމަ މިދަތި ދަނޑިވަޅުގައި އިޤްދިސޯދު ކުރެވޭނެއޭ ބުނިނަމަ ވަރަށް ތާހިރު ވާނުވާ ނެގޭ ގަމާރުން ދައްކާ ކަހަލަ ވާހަކަ ގައުމެއްގެ ރައީސަކަށް ހުންނަ މީހަކު ދެއްކީމަ އެކަން ވަނީ ޖޯކަކަށް ކަލޭމެން ވެރިކަން ބަދަލުކުރިއިރު ރިޔާސީ ކޮމިޝަނެއް އުފައްދައި އެކޮމިޝަނުގެ ބެލުމުގެ ދަަށުން ބޭނުންވި ހުރިހާ ކަމެއް ބޭނުން ކަމެއް ކޮށްގެން ހިތްހަމަ ޖެހިގެން ވެރިކަމާއި ހަވާލުވީ ދެން މިހާރު ތިދައްކަނީ ތާކުންތާކު ޖެހޭ ވާހަކައެއްނޫން ގައުމު ހިންގަން ނޭގުނީމަ ދެން ކިޔާނެ އެއްޗެއް ނޭގުނީމަ ޔަމީނުބޮލަށް ހުރިހާ ކަމެއް ޖަހަން ނަހަދާ މިހާރުވެސް ކެރެންޏާ ޔާމީނުއާއި ގައުމު ހަވާލުކޮށްލަބަލަ ކަލެއަށް އެގޭނެ އޭރުން ކަލޭ ކަހަލަ ބީތާއެއް މަނުދެކެން މިވީހާތަނަކަށް ކަލޭ މިގައުމުގެ ރައީސްކަމާއި ހަވާލުވިއިރު މިގައުމުގެ ރިޒާވްގައިހުރި ޑޮލަރަށް ވީގޮތް ނިކަން ތަފްސީލުކޮށް ރައްޔިތުންނަށް ކަލޭގެ ދުލުން ކިޔައި ދިނުމަށް އަހަރެން ވަރަށަ ބޮޑަށް އެދެން ޕްލީޒް
ބޮޑުކައްޒާބު ލަދުގެ ކަންފުޅެއްވެސް ނެތޭދޯ އަނގަފޭކުރަން
ރީދޫ ހުން ޖެހެނީ މީމީހުންގެ ބޮލަށް. ދެން ލަދުގެ ބައި އަރަނީ ވަޔަށް. ޢަރާ އެބައި ގެއްލެނީ
ތިބޭފުޅާ ދިވެހި ދައުލަތުގެ ފައިސާ ފަރިއްކުޅުވިވަރު ބަލާނެދުވަސް ކުރިޔަށް އޮތް ކަން ދަނެގެން ހަޑިހާވާށެ
އިބުރާހިމް ތިޔަ ދެއްވި މެސެޖަކީ އިބުރާހިމުގެ ވެރިކަމުގަވެސް ކޮންމެ ރައްޔަތަކު ކުރާ ވައްކަމަކީ އިބުރާހިމު ޒިއްމާނަގަންޖެހޭނެ ކަމެކޭ
މަނިކުފާނަކީވެސް އެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް. މިހާރު ބާރުއޮތީމަ އެކަން ހިންދާލައިގެން ތިހުރީ.ހުރިހާކަމެއް ބާރެއް ނެތް މީހެއްގެ ބޮލުގަ ތިއަޅުވަނީ. ބަޖެޓު ހެސްކިޔާފަ ބޮޑުކޮށް ފާސްކޮށް ވައްކަންތިކުރަނީ. ޔާމީނު ކުރިކަންތައްތަކުން މިހާރު ގައުމު ތިހިންގަނީ. ބޮޑުއަގުގަ ގައުމުގެ ހަރުމުދާ ތިވިއްކަނީ. ވެރިކަންކުރަންނޭގި ގައުމު އަނދަވަޅަކަށް ވެއްޓިފަމިއޮތީ. އަނގައެއް އޮތީމަ ވާހަކަ ދެއްކިދާނެ. ހުރިހާ ނޫސްތަކެއް ބޮޑުއަގުގަ ގަނެގެން ޕްރޮޕެގަންޑާ ތިފަތުރަނީ. ކަންކަން ފަޅާއަރާނެ ދުވަހެއް އަންނާނެ.
ކަލޯ ޤައުމު ހިންގަން ނޭނގުނީމަ ޔާމިން ބޮލައް ނުޖަހާ އިސްތިއުފާ ދީފަ ދިޔާމަ ނިމުނީ ކަލޭގެ ސަރުކާރުން 32 ބިލިއަން ރުފިޔާ ކާލާގެން ރައްޔިތުން ބިކަވީ ލަދެއް ހަޔާތެއް ނެތް...
ލަދުގެ ކަންފުޅެއް ހުރި މީހެއްނޫން މީ، ބަލަ މި ޤައުމަށް ތަރައްޤީ ގެނެސް ވެއްވި ރައީސް އަކީ ރ ޔާމީން، ކަމެއް ކުރަން ނެންގި ބއިތުލްމާލަށް ލިބުނު ފައިސާ ހުސްވި އިރުވެސް ރައްޔިތުންނަށް ކޮށްދެވުނުކަމެއް ބެތް، އެހެންވެ އަނެއްކާވެސް ރައްޔިތުންނަަސ
އަނެއްކާ ވެސް ރައްޔިތުން ނަށް އޮޅުވާލުމުގަ މަކަރާ ދޮގު ހަދަން ފޫގަޅާފަ ތިޔަހުރީ، ބަލަ މި ޤައުމަށް ތަރައްޤީ ގެނެސްދެއްވީ ރ ޔާމީން ، ތިޔައީ ބައިތުލް މާލަށް ލިބުން ފައިސާ ހުސްކޮށް ރައްޔިތުންނަށް ކަމެއް ކޮށްނުދީ ދެން އެކަން ފޫބައްދަން ދަކާ ވާހަކަ ލަދުކުޑަ ބައިގަނޑެއް މީ.
މުޅި ޤައުމު ވިއްކާ އިންޑިއާ އަށް ވިއްކާ ހުސްކޮށްފަ ކޮން ވާހަކަ އެއް ދައްކާކަށް
ފިޔަވަޅު އަޅާބަ އައި ދެރަ ނުކޮއް
ތިވަރުގެ ނާގާބިލު ރައީސެއް މިދުނިޔޭގަވެސް ނެތް، ވެރިކަ މަށް އައިސް ކަންކަންކުރު މުގެ ގާބިލިއްޔަތު ކަ މެއްނެތީ މަ ޔާ މީނު ބޮލުގަ ހުރިހާ އިލްޒާ މެއް އެޅުވު މަކީ ތި މާގެ ހުރިނުކުޅެދުން ތެރިކަން،
ގާބިލުވުމަކީ ހުރީހާ ފަޅުރަށެއް ދިރުވާލައިގެން ޖަލުގައޮތުންތޯ.
ކިތަން މެ ރުޅިއަޔަސް އިބޫ އަކީ އެއްވެސް ކަ މެއްކުރަން ނޭނގޭ ވަރުގަދަ ކޮހެއް.
އެރައްތަށް ވިއްކަގެން ލިބުނުލަރިން 35މިލިޔަން ދިންކަަށް އަދީބު ބުނި އަނގަ ނުހުޅުވާ 950މ ޑޮލަރު ހުރި ޔާމިން ދިޔައިރު ހަމަބބަނޑު އަޅާލީ ބޯ ބުރާން މޮނިޔުމަންޓެއްތީ ތި އެއާއާ ޕޯޓަކީވެސް ޔާމިނުގެ ކޮންސެޕްޓެއް ތިތަންހިއްކީވެސް ޔާމިނުގެ ގެނައި ޖައްރާފުން އަނގަ ފުޅާކުރަންލަދެއް ހަޔާތެއް ވެސް ނެއް
ތިގޮތަށް ކުރީގެ ސަރުކާރު ކިޔަންޏާ ބޮއްޅަބޭ ވެރިކަމުގަ ދައުލަތުން އަންދާލި ހަރުމުދާތައްވެސް ކިޔާބަލަ. މިވެރިކަން ނިމުމުން ކަލޭމެންނަށް ބޯދަމައިނުގަނެވޭނެ މިގައުމު އިންޑިޔާ މިލްޓަރީން ގެނެސް އަޅުވެތި ކުރަން ތިކުރާކަންކަމުން
ހުސްދޮގު.
ނަސީދު ހަވާލުވީ 9.5 ބިލިއަން ގެ ދަރަންޏާ.3 އަހަރު ތެރޭ 28 ބިލިއަނަށް ދަރަނި އެރުވި 18.5 ބިލިއަން ދަރަނި ހެއްދެވީ ފިނޭން ޖަމާކުރި 2.5 ބިލިއަން ގެ ބިލް ތަކަކާއެކު.އެއީވެސް ދަރަނި ބިދޭސީންގެ ޑިޕޮޒިޓް 11 މިލިއަން ޑޮލަރަކީވެސް ދައްކަންޖެހުނު ދަރަންޏެއް.ކައުންސިލްތަކުން ނަސީދު ނެގި ރައްޔިތުންގެ ފައިސާއަކީވެސް ދައްކަން ޖެހޭނެ ދަރަނި. ނަސީދުގެ 3 އަހަރުގެ ވެރިކަން ދަރަނިީގެ މިންވަރު 50 ބިލިއަނަށް އަރާނެ.މިގައުމު ދަރަނީގެ ހާއްޔަކަށް ހެދި މީހަކީ ނަސީދު.
ނުއަގުގަ ވީމަ ކުޑަ އެއްޗެއްތާ ލިބޭނީ. ކަލޭ ދަރުމަވަންތަ ހޮސްޕިޓަލް ބަނޑު އަޅަން ވެގެން އުޅޭކަން އެނގޭ އަނގަ ނުގެޅިޔަސް. ހޭރިގަނެފަ ފައިބައިގެން ދޭ. ނޫނީ މިރަށުން ބާލާނަން.
ފެންނަން ހުރި ކަންތައްތަކުގައި ބޮޑެތި ބުހުތާން ދޮގުހަދާ ޤައުމެއްގެ ވެރިޔަކު އިބުރާހިމް މުހައްމަދު ޞާލިހު ނޫނީ މަށަކު ދުވަހަކު ވެސް ނުދެކެން. ރައްޔިތުންގެ ކުރިމަތީ މިވަރުގެ ދޮގު ހަދާ މީހަކު ކޮށްފަ ނުކުރާނެކަމެއް ނޯއްނާނެ.
އިބު ކަލެތިހަދަނި ހުސްދޮގް އަހަރެ މެން ކަހަލަނިކަ މެތިންޖ ިމ
މިވެެރި ކަމެއްގަ ނެތް އެއްޗެއް ކައިފަކަ ދައްއުލަތް ހިންގެންނެތް ރަހުނު ނުނަގާ.
ކަލޯ ހިންގަންނޭނގެ މިހުން ވެރިކަމަށް އަރާ ދައްކަންޖެހެނީ އެހެންމީހުންގެ ވަހަކައެއް ނޫން ތިމާގެ ފެންވަރު ނެތްވާހަކަ ދައްކަބަލަ އަމިއްލަ ނާގާބިލު ކަމުގެ ވަހަކަ ދައްކަބަލަ
އެމް.ޑީ.ޕީގެ ވެރިކަން ނިމޭ ދުވަސް، ރިޔާސީ އިންތިހާބުގެ ވޯޓުލާދުވަސް ގާތް ވާވަރަކަށް ރައީސް ޔާމީނަށް ކުރާ ތުހުމަތުތައް ގިނަވެ، އެ ތުހުމަތުތަކުގެ ކުއެލިޓީވެސް މޮޅުވާނެ. ހަގީގަތަކީ އެމް.ޑީ.ޕީގެ ވެރިކަމުގައި ރައްޔިތުންނަށް ފައިދާހުރި އެއްވެސް ތަރައްގީގެ މަޝްރޫއެއް ނިންމާނުލެވޭކަން. ނިންމާނުލެވޭތާގައި ރައީސްޔާމީނުގެ މަޝްރޫތަކުންވެސް ރައްޔިތުން މަހުރޫމު ކުރަނީ. ކަމެއް ކުރަން ނޭގޭ ނަމަ އިސްތިއުފާ ދީ! އިސްތިއުފާ!
ތިމާއަށް ކަންކަން ނުވެ ވީވަޢުދުތައް ބިލާހަށްވެ ރައްޔިތުންގެ ނުރުން އަމާޒުވީމާ، ދެން އެކަން ފޮރުވަން ތަރައްޤީގެ ބާނީ ރައީސް ޔާމީނަށް ވަގަށް ގޮވުމަކުން ތިމާއަށް ކަންކަން ކުރެވުނު ކަމަކަށް ނުވާނެއެވެ. ތިމާމެންގެ ޤާބިލްކަމެއް ނެތުމުގެ ސަބަބުން އަމިއްލަށް ފެއިލްވުމުން ކޮންމެހެން އެރުޅިގަނޑު ރައީސް ޔާމީނަށް ބާލާނެ ކަމެއް ނެތެވެ. ތިޔަތިބީ ހަތަރު ދިމާލުން ފެއިލްވެ ގޮތް ހުސްވެފައެވެ.
ޢިބުރާހިމާ ތި ރައްޔިތުންނަށް ކުރިމަތިވި މުސީބާތެ ފައިބަން އުޅޭ
ނުޙައްގުކަންތައްތައް ޔާމީން ބޮލުގަ އެޅުވުމުން ސަރުކާރު ފެއިލްވުން ނޫން ކަމެއްނުވާނެ. މިއަދު ރައްޔަތުން ނަށް ވެސް އެގޭ ޔާމީނަކީ ވަގެއްނޫންކަމާއި ވައްކަމަކީ ސިޔާސީ ބޭނުމެއް އުފެއްދި ކަމެއްކަން. އަދި މިވަރުގެ ތެދުވެރިއެއްނަމަ ހެލްތްމިނިސްޓްރީގެ ބޮޑު ވައްކަމާ މިނިސްޓަރަކު ޖިންސީ ފުރައްސާރަ ކޮށްގެން ރޮމުން ރައީސް އަރިއަހަށް ގޮސް ދެއްކި ވާހަކަ އަށް އެކަށީގެންވާ ފިޔަވަޅު ނޭޅުނީ.
ދުޢާދެއްވި ވެރިއެއްގެ ފެންވަރު ފެނިއްޖެ.
ރަނގަޅު މީހަކު ނަމަކާ އަނެއް މީހަކާއި ދިމާލަށް އެއްޗެއްސެއް ނުކިޔާނެ. ކަންކަން ކުރެވޭތޯ ބަލާނީ ހުރި ވަސީލަތެއް ބޭނުންކޮށްގެން. މީގެ ރީތި މިސާލެއް ވ. ގާތުންފެނުނު. ކުރީގެ ހެލްތު މިނިސްޓަރެއް އެބޭފުޅާ ނެރުއްވާ ދުވަހު ނޫހުގެ މަސައްކަތް ޕުޅު ބައްލަވަން ވަޑައިގެންނަވާނެ. މަސައްކަތަށް ޙާޒިރު ނުވާ މުވައްޒަފުންގެ ވާހަކަ ވިދާޅުނުވާނެ. ޙާޒިރުވި މުވައްޒަފުން މަސައްކަތްކުރިއަށް ގެންދަން ވިދާޅުވާނެ. ހެޔޮލަފާ ނަމޫނާ ބޭފުޅެއް. ﷲ ރަޙްމަތް ލައްވާށި އާމީން
ވަގުތު ނޫހުގެ ރާގު ބަދަލުވެއްޖެ..
ރާގު ބަދަލުވާނެތާ އެހެން ނޫނީ ޖެހޭނީ ޖުރްމަނާ ދައްކާލަ ދައްކާލާ ތިބެން ވިއްޔަ ، އަހުންގެ ރައްޓެހި ނޫހެއްގެ އެޑިޓަރަކު ކައިރީ ގައި ބުނިން ނޫހުގައި ޖަހައި ދީ ބަލާށޭ މަގުމަތީ ކާނުގަ ފެންގަނޑުބޮޑުވެފަ ނަޖިސް އަރާފަ ހުންނަ ވާހަކަ ، ޖަވާބަކީ " މަ ބޭނުމޭ ނޫސް ހިންގަން "
ގައިމު ހުވާކުރެއްވިދުވަހު ވިދާޅުވި ދައުލަތުގެރިޒާވްގާ އައްސަތޭކަކޮންމެސް މިލިއަނެއްހުރިވާހަކަ ތިމަންމަނިކުފާނުންގެ އުއްމީދަކީ ދައުރުނިމޭއިރު އެއްބިލިއަންއައް ރިޒާވްމަތިކުރުމޭ ދެންމިހާރު އެރިޒާވްގަހުރިއެއްޗެހި ކޮންތާކައްދިޔައީ އަދިމިވީ ދެއަނހަރު
ކިތަން މެ ރުޅިއަޔަސް އިބޫ އަކީ އެއްވެސް ކަ މެއްކުރަން ނޭނގޭ ވަރުގަދަ ކޮހެއް.
ހަގީގަތާ ގާތްވެސް ނުކުރާ ގޮތަށް ދރަނީގެވާހަކަ ވިދާޅުވީ.އިންޑިޔާއިން ނެގި 2 ބިލިއަން ޑޮލަރުގެދަރަނި އެއީވެސް 31 ބިލިއަން ދިވެހިރުފިޔާ. އހެނިހެން ގައުމުތަކުގެދަރަންޏާއެކު ނަސީދުބުނީ 172ބިލިއަން ދަރަނިވީކަމަށް.އެހެންވާނަމަ އެއީ އިބޫގެ 123 ބިލިއަން ދަރަނި
މިހާރު ތިޔަ ކިޔަނީ ނުއަގުގަ ރައްތައް ދިންވާހަކަ ރަށްތަކުގެ ހަނަ އަގު ބުނެދީބަލަ.ކުރިން ކިޔަމުންއައީ ބާނާމަހަށް ހަމަ އަގު ހޯދާދޭ ވާހަކަ.މިހާތަނަށްވެސް މަހުގެ ހަމަ އަގު ބުނެދޭން ނޭގުނު.ހިސާބުކޮށްގެންވެސް ހަމައަގު އެގޭ ހިސާބަކަށް ނުދެވުނު.ކަނޑުއަޑީ ކެބިނެޓަށް ކަނޑު ރަސްގެފާނު ވަޑައިގަތީމާ ކުރި ސުވާލަށް ވެސް ހަމަ އަގު ބުނެދޭން ނޭގުނު.
ފަޅުރައްތައް ވިއްކައިގެން ލިބުނު ލާރި އަދީބު ބެހީ މެންބަރުންނަށް . އެހެރީ ޕީޖީގައި ފެންނަން އެ ފައިސާ ޚަރަދު ކުރިގޮތް އަދީބުގެ ދުލުން ކިއައިދީފަ . މަނިކުފާނޯވެސް އެބަ ކިޔާ .
ހަމަ އަގުގައާއި ނުއަގުގައި ރައްތަކެއްދޫކުރިނަމަ އެއިން ލިބުނުފައިސާ ގެންދިޔަ އެކަކީ އިބްރާހިމް މުޙައްމަދުސާލިހް ވެރިކަމަށް އައީ އެފައިސާގެ ބޭނުން ހިފައިގެން ވޯޓުއޮޅުވާލައިގެން ބާކީ 9 މިލިއަންރުފިޔާ ހުރީ ބަހައްޓާފައި ވެރިކަމަށްއައިސް އެވެސް ދަވާލީ ހަމަތިރައިސް
2އަހަރުނިމުނުއިރުވެސް ޔާމީނުސަރުކާރުގެ ސަބަބުން ކަމެއްނުކުރެވުނުވާހަކަ މި5އަހަރު ނިމޭއިރުވެސް ހަމައެއްވާހަކައެއް ދައްކަދައް ހަމަތިިބެން ޖެހޭނީ އެއްކަމެއްވެސް ނުވާނެ ތިބައިގަޑަކައް.. ދެންކޮބާ މިއަހަރައް ދިންބަޖެޓް މިއޮގެން އަހަރުވެސް ނިމުނީ ކޮންކަމެއް ކޮއްދިނީ ...މިއަހަރުވެސް އެއްކޮއް ކާހުސްކޮއްލާފަވެސް ޔާމީނު ބޮލުގަ.. ތިމާޔައް ކަމެއް ނުކޮއްދެވުނީމަ ޔާމީނު ބޮލުގަ....
މިކަލޭގެ ދެއަހަރުތެރޭ ކުރިވައްކަން ދުލުއަޅައި ބުނަންނަުވާނެ މީ ވެޓިލޭޝަން ވައްކަން ކުރަން ބައިވެރިވި ރައީސް
އެރައީސް ކައްވާލީ މި ރައީސް ކައްވާލީ، މި ނޫންކަމެއް ތިވެރިންގެ ފަރާތުން އަޅުގަނޑުމެންނަށްވާނެބާ!..އެންމެންކަނީ، މި އުޅެނީ ބޮޑުބަލިގަނޑެއްގަ، އެކަމަކުވެސް ސިޔާސީ ގޭމް ކުޅުއްވުމުގަ!.....! ދެރަކަމެއް!
ޔާމީނުގެ 5 އަހަރުގައި ތަރައްގީގެ ބިޔައެތަކެއް މަސްރޫ ހިންގީ! އިބުރާހިމް މުހައްމަދުގެ ސަރުކާރުގައި ހިންގި ބަޔައެއްވެސް މަސްރޫޢުއެއް ބުނެދީބަލަ! އެކަމަކު ދެއަހަރުގެ ބަޖެޓް ގާތްގަޑަކަސް 60 ބިލިޔަހެއްހާ ރުފިޔާ ދިރުވާލި! ފައިސާ ކެވުނީކާކައްތޯ؟ ރިޒަވުގައިހުރި ދޮލަރުތައް ދިރުވާލި! ވަގަކީ ކާކުތޯ؟ ތިޔަދައްކާވާހަކަ ހޯރަފުށީ ރައްޔިތުންނަށް ރަގަޅަށް އިގޭ! ކައުންސިލެއް ހަމަހިލައިނުދޭނަން!
އިބުރާހިމާ ކަލޭ ދޮގު ހަދަނީ ކަލޭގެ ނަމަކަށް ސޯލިހުއޭ ކިޔާތީތަ ކަލެޔަކީ މިދުނިޔޭގަ ހުރިހަމަ އެކަނި ނަމުންސޯލިހު ކަމުން ވަށްކަންކުރާ މީހެއް ﷲ އިރާދަފުޅާއިއެކު ވަށްކަމުގެ ބޮޑުތުހުމަތު ނަމުން ސޯލިހުއަށް ތުހުމަތުކޮށް ވަރަށްއަވަހަށް ޖަލަށްވަނުމުގެ ނަސީބު ލިބޭނެ ބާކީ 3...........!!!!!!
މިއީ ހަމަ ރަނގަޅަށްވެސް މޮޔައެއް. މައްސަަލައެއް ނެތް ތިޔަ ވިދާޅުވާގޮތުން ޔާމީނު ސަރުާރުން 5 އަހަރުން 34 ބިލިއަން ރުފިޔާގެ ދަރަނި. އިބޫ މޮޅުކޮށްލަން ތިބުނީ 2 އަހަރު ތެރޭގައި 15 ބިލިއަން ދަރަނިކަމަށް. 5 އަހަރުވާއިރު 37.5 ބިލިއަން. މިމީހުންނަށް ކިހިނެތް ގައުމެއް ހިންގޭނީ
ދެން ކޯއްޗެކޭކިޔާކަށް މާލޭމީހުނަށް ހުވަފެންދައްކަން ..އެންމެފަހުން އެމްއެންޑީއެފް ގެ ފްލެޓް ލިބިފައިތިބި މާލެ ކުދިންކޮޅު ބާކީކުރަން މާ ރިއާލައްވައި އަޅުން ފްލެޓް އިއުލާން ކޮށްފި އޭގައިވެސް ގަވައިދު ހަދާފަ އޮތީ މާލޭ ރައްޔިތުންބާކީ ވާގޮތައް..ތިޔަގޮތައް އިންސާފޭކިޔައި ބޭނުންހުރިހާކަމެއް ތިޔަކުރަނީ..
ޔާމީނު ވިއްކައިގެން ދޮއްތަ މިކަލޭގެ ވެރިކަން ހިންގަނީ ތިޔައީ އެންމެނަށް ވެސް އެނގިފަ އޮތް ކަމެކޭ، ނޭނގި އޮތް ކަމަކީ އަދީބު ބެހިފައިސާ ލިބުނުބަޔެއް، އެމީހުންް ގެ ނަން އާއްމު ކޮށްދީ ބަލަ އަދީބު ބުނި ކުރީގެ ރައީސުންނާ މަޖްލިސް މެމްބަރުން ނަށް ދިން ވާހަކަ އެއިރުގެ މަޖްލިސް މެމްބަރެއް އިބޫއަކީ ވެސް
ޔާމީނަށް އެއްޗެތި ކިޔައިގެން ރައްޔިތުންގެ ތާއީދު ލިބޭނެ ގޮތެއް ނެތް. ޔާމީން " ލާރި ކެއީ" އެ ކަމަކު ތަރައްގީގެ ބާރު މިން ފުލް ސްޕީޑުގައި ވިޔަފާރިތައް ހިނގާ ތަނަށް ތިޔާގެކަން ވަތް. މިހާރު ކިހިނެތްތޯ. ތިޖޫރީގައި ހުރި ފައިސާ ގާތްމީހުންނަށް ބަހާ ދައުލަތް ދަވާލައިފި. ތަރަޢްގީގެ މަސައްކަތްތައް ހުއްޓިފައި. ރާއްޖޭގެ މިނިވަންކަން ގެއްލޭވަރަށް އިންޑިއާ ހީލަތްތެރި ދަރަނީގެ ދަންތުރާގައި ޖެހި ދައުލަތާ ރައްޔިތުން ބަނގުރޫޓު ވެއްޖެ.އަދުލު އިންސާފު ވަޅުޖެހިއްޖެ. ވަޒީރުންނަށް ތިބީ ނާގާބިލު އަމިއްލަ އެދުމުން ފޯވެފައި ތިބި ހިތައް އެރި ގޮތަކަށް ކަންކުރާ ބައެއް. ކޮރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ގާދޫ ކޮލުން ބޭރުވެއްޖެ. ދެބޯގެރި ނުދުއްވާ ނާގާބިލުކަމަށް އެއްބަސްވެ އިސްތިއުފާ ދިނުން މާބުއްދިވެރި.
އއއއއެހެންވީމަ ދޯ އިމާރާތަކާ ދޮންވެ އިޔާ ބަންޑާރަބިމާ ވިކަނީ ފާބާ ދެން ފުދިޖެ އިސްތިއ އުފާ
އިސްތި އުފާ
ތިމާ ވައްކަން ކުރަން ވީމާ އަނެކަކުވެސް ވައްކަން ކުރިވާހަކަ ދައްކައިގެން އެއީ ހުއްޖަތެއް ކަމަށް ދައްކަންތޯ ތިޔައުޅެނީ، ހައްތާހާވެސް ސިޔާސީ ވަފާތެރި ކެހިވެރިން މާލިއްޔަތުން ފައިސާ ނެގުން ރައްޔިތު މީހާ ފަޤިރުކަމުގައި!
ނޯނޭ އަދި ޔާމިނައް ކެވޭ ވަރު މަދު ބޮޑު ވަގު