ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އެޗްޕީއޭއިން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ޓެކްސީތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ނުދާ މައްސަލަ ފާހަގަކުރެވޭ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ މާސް އިންސްޕެކްޝަނެގެ ތެރެއިން މާލޭގައި ޚިދުމަތް ދެމުންދާ ތަންތަން އިންސްޕެކްޓްކޮށް ބެލުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު އެ މަސައްކަތުގެ ތެރެއިން ޓެކްސީތައް ހުރީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށްތޯ ޗެކްކޮށްފައިވާކަމަށެވެ.
އެގޮތަށް ބެލި ބެލުމުން ޓެކްސީގެ ކުރިއަށް މީހުން އެރުވުން މަނާކޮށްފައި ވަނިކޮށް އެއާއި ޚިލާފަށް އަމަލު ކުރާކަމާއި، ޓެކްސީގެ ކުރީ ސީޓާއި ފަހަތު ސީޓާއި ދެމެދު ގައިޑްލައިނާއި އެއްގޮތަށް ޖަހަން ޖެހޭ ޕާޓްޝަން ޖަހާފައި ނުވާ މައްސަލަ ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް އަމަލު ކުރަނީ މާލެ ސަރަހައްދުގައި ބަލި ފެތުރުން ކުރިއަށް ވުރެ މަދުވެފައިވާތީ ކަމަށް އިންސްޕެކްޓް ކުރާ މީހުންނަށް ޓެކްސީ ޑްރައިވަރުންގެ ވާހަކަތަކުން އެނގޭ ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެެވެ.
"ބައެއް ބޭފުޅުންގެ ޚިޔާލު އެބަހުރި މިހާރު މާލޭގައި ކޭސްތައް މަދެއް ނޫންހޭ. އެހެންވީމަ ގައިޑްލައިންގައި ހުންނަ ކަންތައްތަކަށް އަމަލު ކުރަން ނުޖެހޭނެއޭ." ޑރ.ނަޒްލާ ވިދާޅުވިއެވެ.
މާސް އިންސްޕެކްޝަންގެ މަސައްކަތް އެޗްޕީއޭއިން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެގޮތުން ސަރުކާރާއި ޕްރައިވެޓް އޮފީސްތައް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކަށް ފެތޭތޯ މި އިންސްޕެކްޝަންގެ ދަށުން ބަލާފައި ވާއިރު ބައެއް ތަންތަނުގައި ގައިދުރުަކަމެއް ނެތި މާސްކް ނާޅާ އުޅޭކަން ފާހަގަކުރެވުނު ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އަދި ވޭދަނަތައް (ކޭސްތައް) މަދުވާތީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މެދު ފަރުވާކުޑަކުރެވޭކަން ޑރ.ނަޒްލާ ވަނީ ފާހަގަކުރައްވަފައެވެ.
ކޮވިޑް-19 ގެ ސަބަބުން އޮފީސްތަކުގެ އިތުރުން ސްކޫލްތަކާއި އާންމުން އެއްވާ ސަރަހައްދުތަކުގައި ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ގައިދުރު ކުރުމާއި މާސްކު އެޅުން ފަދަ ކަންކަން ވަނީ މަޖުބޫރު ކޮށްފައެވެ. އަދި އޮފީސްތަކުގައި ސެނެޓައިޒާ ފަދަ ތަކެތި ބޭނުން ކުރުމަށްވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.
މީގެ ކުރިން ފުލުހުންނާ ގުޅިގެން އެޗްޕީއޭއިން ވަނީ އާންމުންނަށް ހިދުމަތް ދޭ ތަންތަން ވެސް ގަވާއިދާއެއް އެއްގޮތަށް ހުރިތޯ ބެލުމަށް ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައެވެ.
އެގޮތަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަނުގައި އުސޫލުތަކަށް ނުފެތޭ ތަންތަން ފުލުހުން ވަނީ ބަންދުކޮށްފައެވެ. އެގޮތުން ބަލާއިރު، 343 ތަނެއް އިންސްޕެކްޓްކޮށް، އުސޫލުތަކާ ހިލާފަށް ހިދުމަތް ދެމުން ދިޔަ 11 ތަނެއް ފުލުހުން ވަނީ ބަންދު ކޮށްފައެވެ.
ތީ ބޭކާރު ބައެއް މިހާރު... ކާކު އަޑުއަހާނީ...
އެހެންވިއްޔާ ބަލިމީހުން އުފުލަން ބަނދަރުމަތީ ގާޑިޔާތަށް ތަށްޔާރުކޮށްފަ ބަޔަކުފޮނުވަންވީނު އަހަރުމެން ރަށްޔަތުން އެއަށްއަރައިގެން ހޮސްޕިޓަލަށް ހިގައިދަފާނަން .
އާންމު ރައްޔިތަކައް ބަލާއެއް ޖެއްނޫން ކަމެއް މިސަރުކާރުން އެބަކުރޭތަ؟ ސަރުކާރުން ބޭނުންވާ މީހުން ރައްރަށައް ދާންވީމަ ދާންވީ، ޖަލްސާ ބާއްވަންވީމަ ބާއްވައްވީ އޭރު ގަވައިދު އޮންނަނީ އޮންނަތަނެއްގަ.
ޑުރައިވަރު ގަވައިދާހިލާފު ޕާޓީހަވާއަރުވާއިރު މާލޭ ރައްޔިތުން އެށްތަނެށްގަ ގައިޑުލައިން އޮތީ ފައި ދޮށުގަ ނަޒުލާމިބަލަނީ ކޮންދިމައެށްތަ
ޑރ.ނަޒްލާ ފުރަތަމަ ތިޔަބޭފުޅުން މަސައްކަތް ކުރައްވާތަން އިސްލާހު ކުރައްވާ އޭގެ ފަހުގަ އެހެން ބޭފުޅުންގެ ވާހަކަ ދައްކަވާ.
އަނގަ އޮތިއްޔާ ހަމަ ކޮންމެ އެއްޗެކޭވެސް ކިއިދާނެ. މިހާތަނަށް ދުނިޔެއިން ކޮވިޑް ކޮންޓްރޯލް ކޮށްފައިވާ ޤައުމުތަކުން އެކަން ކުރީ ފަރުދީ ޒިންމާ ގެ ކެމްޕެއިން ބޭނުން ކޮށްގެނެއްނޫން. ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ޤަވާޢިދުތައް ތަންފީޒު ކޮށްގެން. ފަރުދީ ޒިންމާއޭ ކިޔާފަ ބޮލުން ނައްޓާލަނީ. ހަމައެކަނި ފަރުދީ ޒިންމާއަކުން މިކަމުން ސަލާމަތެއް ނުވާނެ. ވެރިންގެވެސް ކޮންމެވެސް ހަރުދަނާ ކަމަކާއި އުރަތްޕެއް ހުރެގެން ވާނީ. 4 ލައްކަ އާބާދީއެއްގައި މިކަން ކޮންޓްރޯލް ކުރަން ނޭނގެންޏާ އެއީ ފަރުދުންގެ އިހުމާލެއްނޫން. ފަރުދުންގެ ޒިންމާއެއްވެސް ނޫން.
ނަޒުލާދެން ޓެކްސީތައް ހުއްޓާލަންއަންގަންވީނު ކަބުލޮއަކަށްނުފެނޭތަ ހޯރަފުށަޕީއެއަރޕޯޓުހުޅުވިރަސްމިއްޔާތުގަ ގައިދުރުކުރުންހުރިމިންވަރެއް
ނަޒުލާމެން ކޮވިޑް ގައިޑްލައިން ގިރައިގެން ބޮއެބަލަ.
ޙިލާފުވީމަ ހިލާފުވޭ ތިބުނަނީ ޕްރައިވެޓް ކާރަށް 100 މީހުން އެރިއަސް އޯކޭ އެކަމު ޓެކްސީއަށް 2 މީހުން އެވެސް ދޮރުފޮތި ދަމައިގެން މިއީ ކޮންވަތަރު ގަވާއިދު
ދެލޯގައުވީތަ! ސަރުކާރުގެ ފަރާތްތަކުން ގައިޑުލައިނާ ޚިލާފުވާތަން ނުފެންނަނީ!
ޓެކްސީ އެކަނި އެެއްނޫން
ތަންތަނަށް ވަދެ ބެލީމަ އެނގޭނީ ސްކޫލު ތަކުގަ ވެސް ނުބަލާ މިންގަނޑަކަށް
މާލޭގައި ދުއްވާ ޓެކްސީތަކުން ގަވަދާ ޚިލާފަށް ޢަމަލުކޮށް ކޮވިޑް ކޭސްތައް އިތުރު ކުރުމުން ހުރިހާ ދުއްޕާނެއް ރިޒޯޓް ސްޓާފުންނާއި އެހެން ރަށްރަށުގެ މީހުންނަށް. އެޗްޕީއޭ ފެއިލް!
ޓެކްސީ ތަކާ އާއްމުރައްޔަތުން ގެ ފަރާތުން ކަމެއް ފެނޭތޯ ތިބޭ ބަޔެއްތަ މީ؟ ކިހާ ވަރުގަދަ ވެއްޖެ ކަމެއް މީ ރައްޔަތުން އުޅެނީ ކެވޭނެ ކުލި ދެއްކޭނެ ވަރު ނެތިގެން ނޭ. ރައްޔަތުން ނަށް ޓީވީ ތަކުން ނާ ނޫސް ތަކުން ހުއްޓުމެއްނެތި މިފެންނަނީ މި ސަރުކާރުގެ މީހުން ރައްތަކަށް ގޮސް ނާޗަރަންގީ ކުޅެތަން ޑރ.ނަޒްލާ އަށް މި މަނަޒަރު ނުފެންނަނީ ބާ؟ ނޫނީ ބަލަން ބޭނުން ނުވަނީ ބާ؟އެއްމެފަހަރަކުވެސް ތިހާ ރައްޔަތުންނަށް ހެޔެއެދެންޏާ ސަރުކާރުން މިހިންގާ ހަރަކާތްތައް ހުއްޓާލުމަށް ބުނެބަލަ މަޤާމުގެ ދަހިވެތިކަމުގާ ނުހުރެ.
ޑރ ނަޒްލާ އަދި މައިމޫނާއަށް ކޮންތަނެއްތޯ މިފެންނަނީ؟ އިއްޔެ ހުވަރަފުށީ އެއަރޕޯރޓް ހުޅުވަން ދިޔަ ބޭފުޅުން މިއަދު ކުޅުދުއްފުށީ ހޮޓާތަކުގަ ސަިހިއްޕަވަން އެބަތިބި..މީ ޚާއްޞަހުއްދަ ދެއްވާފަ ތިބި ބޭފުޅުންނޯ.ކޮވިޑްއަށް އެނގޭ ދެއްތޯ މައިމޫނާ ދެއްވާ ހުއްދައޮންނަ ބޭފުޅުންނާ ނޯންނަ ބޭފުޅުން..އަނެއްކޮޅުން ސްކޫލްތަކުގަ އެއްވެސް ހަމައެއް ލަމައެއް ނެތް ޓީޗަރުން އުޅޭއުޅުމުގަ އެއްވެސް ގައިދުރުކަމެއް ސެނެޓައިޒަރއެއް ބޭނުމެއް ނުކުރޭ..ކޮންކަހަލަ ސާރވޭއެއް ތިހައްދަވަނީ..ޓެކްސީތަކުން ކިތައްމީހުން ޕޮޒިޓިވް ވިތޯ ކިތައް ޑްރައިވަރުން ކަރަންޓީނު ކުރިންތޯ؟ޓެކްސީ ޓެކްސީ ނޫން އެއްޗެއް ކިޔަން ދަސްކުރަންވެއްޖެއްނު.ދެންކޮބާ އެމއެރިކާއިން އައިސޮރާ އިންޑިޔާއިން އައިސޮރު..މައިމޫނާ ކޮންޓްރޯލްކުރާޢެއްޗެއްތޯ ކޮވިޑްއަކީ..ޑރ.ނަޒްލާމެން ޕީސީއާރޓެސްޓްކިޓްތައް ހަލާކުކޮށްލީ ދެން ކޮންވާހަކައެއް. 40 މިލިޔަން ރުފިޔާ ..ދުއްވާލީ..ވެންޓިލޭޓަރ ނަންވާނީ ..ކާކު މިކަންކަން ބަލަނީ..އިންޑަސްޓްރިއަލް ތަރމޮމިޓަރ ގެނައީ.ޑރ ސާހުބުނެގެން .ކެރިއަރނަމުގަ 1500ރއަށް އާދައިގެ ފުޅިމަދުފޮށި ޤަބޫލުކުރީ އެންމެ 60ރއަށް ލިބޭ އާދައިގެ ފުޅުމަދުފޮށި..ކޮބާ އޭސީސީ ކޮބާ އޮޑިޓް އޮފީސް ނިދާފަ ކޮބާ ފުލުހުން..ބޭކާރު ވާހަކަނުދައްކާ މާއަނގަގަދަވަންޏާ މިހެންވާނީ
ކިހާ ދެރަ ކަމެއް ނަޒްލާ. ދެން ގޭގަ އޮވެބަލަ. ރައްޔިތުންނަށް ދަތި ކުރަން ނޫޅެ. ތިހެން އުޅުނީމަ ކަލޭ މެނަށް ލާރި ލިބުނަސް އެހެން ރައްޔިތުން ހަނާ ވަނީ. ކިހާ ބޮޑު ވެއްޖެ ކަމެއް.. މާ ދެން ފްރަންޓް ލައިން ވެގެން. ގައިމު މާލެ ފުރަބަންދު ކުރީ މާލެއިން 1 މީހެއް ފެނިގެން މިހާރު ދެން މީ މާ ބޮޑު ކަމެއް ހެން ވެސް ހިއެއް ނުވޭ. ބޮޑުވަރު