ސިޔާސީ ބޭފުޅުންތަކެއް އިސްވެ ތިއްބަވައިގެން ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހިނގައިދިޔަ ކަންކަން އޮޅުވާލައި މަސްރަހު ހަލަބޮލި ކުރަން މަސައްކަތް ކުރާ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅީ ވެސް އެ ބޭނުމުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު އިމްރާންގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކުރިއިރު، އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިން މި މައްސަލަ ހުށަހެޅީ ވެސް އެ ސަފާރީގައި ކެންޔާ އަންހެން މީހާ ރޭޕް ކުރި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެނެވެ. އިމްރާން ވިދާޅުވެފައިވަނީ އެ ސަފާރީގައި ހިނގީ އާންމު ތަނެއްގައި ކުރެވޭ ވަރުގެ ކުޑަ ކަމެއް ކަމަށާއި ރޭޕްގެ އަމަލެއް ނުހިނގާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިމްރާން ވިދާޅުވީ އިތުބާރު ނެތް މައްސަލައަކީ ސިޔާސީ މަސްރަހު ހަލަބޮލިކޮށް ސަރުކާރު ބަލިކަށި ކުރުމަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އިތުބާރު ނެތް މައްސަލައިގައި ހިމެނޭ ކަންކަމަކީ ހަގީގަތެއް ނެތް ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ގޮތުން ސަފާރީގައި ހިނގި މައްސަލަ ވިކްޓިމްއާ ހަވާލާދީ ރާއްޖޭގެ ނޫހެއްގައި ޝާއިއުކުރިއިރު އެހެން ނޫހަކުން ރިޕޯޓް ކުރީ އެ ކަން ދޮގުކޮށްފައި ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ މެދުގައި މައްސަލަ ހިނގައިދިޔަ ގޮތް އޮޅިގެން ގޮސް ސަރުކާރާ މެދު ވެސް ނަފުރަތު އުފެދިގެން އައި ކަމަށް އިމްރާން ވިދާޅުވިއެވެ.

"ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީގައި ހިނގި މައްސަލަ ރާއްޖޭގެ ނޫހެއްގައި ޝާއިއު ކުރިއިރު އެހެން ނޫހަކުން އެ ކަން ދޮގު ކުރި. ފަހުން އެނގިގެން ދިޔައީ ފުރަތަމަ ރިޕޯޓް ކުރީ ވިކްޓިމް ނޫން ކަން. އެއީ ސިޔާސީ ބަޔަކު ދެއްކެވި ވާހަކައެއް. ސިޔާސީ ބަޔަކު ވެގެން މުޅި މައްސަލަ އޮޅުވާލަން ހިންގި ކަމެއް ކަން." މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އަންހެނަށް ޖިންސީ އަނިޔާ ކުރުމާއި އެ ނޫން ޒާތެއްގެ އަނިޔާއެއް ކުރުމަށް ވެސް ހިތްވަރު ނުދެއްވާނެ ކަމަށެވެ. ރޭޑިއޯ ޕްރޮގްރާމްގައި ވެސް އެ ކަމަށް ހިތްވަރު ދެއްވާ ވާހަކަ ނުދައްކަވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެކަމަކު ދެއްކެވި ވާހަކައިން އެފަދަ ކަމެއް ދޭހަވާ ނަމަ ކުރިން ވެސް މައާފަށް އެދިވަޑައިގެންނެވި ކަމަށާއި މިއަދު ވެސް ރައްޔިތުންގެ ކިބައިން އެ ކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިޔާސީ ގޮތުން ކުރިމަތި ކުރާ މިފަދަ ފިއްތުންތަކުގެ ސަބަބުން ކުށްކޮށްފައިވާ މީހަކު ޖަލުން މިނިވަން ކުރުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން އިޝާރާތް ކުރެއްވީ މަނީ ލޯންޑަރިންގެ ކުުށުގެ ދައުވާ ސާބިތުކޮށް މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން އިދިކޮޅު ފަރާތްތަކުން ކިތަންމެ ފިއްތުންތަކެއް ކުރިމަތުކުރުވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިމްރާނަށް ހަވާލު ކުރައްވާފައިވާ ދާހިލީ ވުޒާރާ ހިންގެވުމުގެ ޒިންމާ އަދާ ކުރައްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ބަލާނެ ކަމަށް ވިދާޅުވިއެވެ. ހަރުކަށި ފިކުރުގެ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ވިދާޅުވިއެވެ. ހިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ކަށަވަރުކުރާނެ ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށާއި ޖަލުގެ ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ށުކުރު

    ރޯ ބުހުތާން ދޮގު ހަދާ މީހެއް ތީ، ކަލޭ ދައްކާ ވާހަކަ އަޑު އަހާނީ ކަލޭ ކަހަލަ މީހުން ( ކަންނި، ކިބޫ ކީވާ މެން ) އަނބި ދަރިންނަށް ރަހުމް އެއް ކުލުނެއް ހުރި މީހެއްވެސް ނޫން ތީ

    38
    3
  2. ކަނަމަނަ

    ޢިމުރާނުހީނުކުރާތިޔާމީނު އުމުރައްޖަލުގަހުއްނާނެކަމައް ޖަލުން ނިކުތުމާއިއެކު އިމުރާނުއައް ވާނެ ގޮތެއް ނޭގެ މާފުއްޕާފަ ތިޔައުޅެނީ ސައިޒް އޮޅިގެން ކާފަރު ސޭކު އިމުރާނު

    29
    1
  3. ސޫއޫދު

    ޢިމްރާންގެކުރީގެ ފޮޓޯތަކުން ފެއްނަނީ ގައުމައްޓަކާދީނައްޓަކާ ތުނބުޅިދިގުކޮއް ބޮލުގަ ތާކިހަލެއް އަޅާގެންމުޒާހިރާތަކުގަ ގޮނޑި ނޫނީ މަގާމެއްލިބުނީމަ ހުރިތަފާތު މިފޮޓޯއިންފެންނަނީ ވެދާނެ އެމްޑީޕީ އައްޓަކާ އެންޑީއެމް ދިފާއުގަ ކަމަތްވެސް ރާއްޖެގެ އެއްމެ މޮޅު ދިރިއުޅުމަކީ މީބާގެ މަންޒަރުތަކުން ފެއްނާނެ ޔޫސޭ އެކިއުމުރު ފުރާގަ ރޯލްތައްގެނެސްދޭތަން ތުއްތޫދިބެ ޕާޓޭއެއް މަންމަންސޮރެއްގެ ގޮތުގަވެސް މިއީސިޔާސީ ޑުރާމާއެއްބާ އަދާލަތުގެ.

    34
    1
  4. މަބޭ

    އިމްރާންތިޔަވާހަކަނުދައްކާ ރައްޔިތުންނައް ވަރައްސާފުކޮއްއެންގޭ ކޮންބަޔެއްކަން ސަފާރީމައްސަލަ އޮއްބާލަންމަސަތްކަތްކުރަނީ

    39
  5. އައްޔަ

    ކަލޯ ކަލޭ ހަމަ ނަޝީދު ބުނާ އެއްޗިހި ކިޔާލަކިޔާލަ ހުރޭ...

  6. ސަހަރޯ

    ހަރުކަށި ފިކުރުގެ ހަރަކާތްތައް ހުއްޓުވާނެ ކަމަށް ވިދާޅުވިއެވެ. އެމް.ޑީ.އެން ރިޕޯޓު ލިޔުނު މީހުން އެއީ ހަމަ މަޑުކަށި މީހުންތޯ. އިމްރާން ތިހާ މުނާފިގު ވެދާނެ ކަމަށް ގަބޫލު ކުރަންވެސް ދަތި

  7. ގެރި މޯދީ

    ކަލެޔަކީ އަންހެނުންނަށް ޖިންސީގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ މީހެއް، ކަލޭ ދައްކާ ވާހަކަ ގަބޫލުކުރާނި ހަމައެކަނި އިޔާޒް އާއި ޒައިދު

  8. އިންތިހާ

    ނޫނޭ މޮޅު.

  9. ކާފަބޭ2020

    ނަގޫފިތިފަ ދެންވާނީވާނެގޮތެއް ވާނީއާދަނުބުނިގޮތެއް މި5އަހަރު ނިމޭއިރު އިންޖީނުއުނދުނުފުލެކޭ ތިޔަކަލޭގެތުނބުޅިއެކޭތަފާތެއް ހުންނާނެބާ؟؟؟؟؟؟؟

  10. ބިތު

    ނުލަފާ ގޮލަައެއް.

  11. އައްޑޫ މީހާ

    އޮޅުވާލައިގެން ވާހަކަ ދައްކަނީ އިނގޭތަ އެކަން ކަލޭ ދެއިރު ދެއެތި ކިޔާފައި އޮޅުވަނީ

  12. ހުސޭނުބޭ

    އެހެންނޫންތޯ ވާނީ!
    ރިޕޯޓްކުރީ ރޭޕްކޮށްގެން.
    ރޯޔަލް ފެމިލީގެ މަޖިލިސް މެމްބަރު މިކަމު ތެރެޔަށް ވަނުމުން މިކަން ބަދަލުވީ ޖިންސީ ގުނަވަނުގައި އަތްލީކަމަށް!
    ރޯޔަލް ފެމިލީ ރައީސް ގޮތެއް ހަދާލުމުން ވީ ޖިންސީ ގުނަވަނާ ދިމާލަށް ބަލާލިކަމަށް!
    ރޯޔަލް ފެމިލީ ބުއްޅަބޭ އަތްބޭނުމުން ވީ ޖިންސީ ގުނަން ހިތަށްއެރުވީކަމަށް!
    އިމުރާނޫ! ކަލޭ ތީ ކޮންކަހަލަ ބުރާންޗެއް! މި މައްސަލަ އޮޅުވާލަން މަސައްކަތްކޮށްފައި މިއޮތީ ސިޔާސީ މީހުން ނޫނީ ދެން އަޅެ ކޮން ބައެއް!

  13. ތ

    ބަލަ ސަފާރީ މައްސަލާގައި ފުލުހުން ބުނީ އެމީހުން ތިބީ މަސްތުވެފައޭ އަނެއްކާ އެމީހާގެ ފަރާތުން ގާނޫނީ ވަކީލުން މިއަދުވެސް އެތިބަ އެކަމުގެ ހައްގުހޯދަން މަސައްކަތް ކުރަނީ ކޮބައިތަ ދޮގަކަށް ވެފައި ހަމަ ރޯޔަލްވިމާ ކަލޭމެން ފޮރުވީ ކޮބާ ދީނަށް ފުރައްސާރަ ކުރާ މައްސަލަ ގާނުނު ތަންފާޒް ކުރެވޭތަ ދިވެހިންގެ ދީން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން ފިޔަވަޅު ނޭޅުނީ ކީއްވެ ޒިންމާ ވެ ޖަވާބު ދާރީ ވާންޖޭހޭ ދުވަސް އެބައާދޭ ކަލެއެއް ނޫން ހުކުމުގައި ޖަލުގައި ތިބޭ މީހުން ދޫކޮށް މައާފު ދޭ މީހަކީ އެއީ ކަލެއަށް ގާނޫނޫނުން ދޭ ބާރެއް ނޫން ގާނޫނު ނުދަަންނަ ހޯމް މިނިސްޓަރ ކަލޭ ނޫންތަ މިގައުމުގެ ދިވެހި ދިދައިގެ ގަދަރާ ހައިބަތު ނަގާލީ އެ އުސޫލު އުވާލީ.... ކަލެއަކީ ގައުމުގެ ގައްދާރެއް ކަލެއަށް ރަނގަޅުވާނީ އެމްޑީޕީ ދިދަ ކަލެއަށް ރަނގަޅުވާނީ މޯޑީގެ ދިދަ

  14. ޢިމްރާން

    ޢިމްރާން ދޫ ނުދެއްވި ޔަސް ހަމަ ގައިމު ވެސް އިގޭ ކަމަކީ ތިޔަ ބާރުތައް ދާނެ ދުވަހެއްވެސް އަންނާނެކަން އަދި ޔާމީން ވެސް ސަލާމަތް ވާނެކަން އަދި ހަގީގަތާ ވެސް ކުރިމަތި ލާން ޖެހޭނެ ކަން

  15. ނުކިޔަވާ ސޭކު

    ކަލޭ ރައީސްޔާމީންއާ އަދީބު ބޮލުގަ ކިހާބޮޑެތި މަރުތަކުގެ ދޮގުއިލްޒާމު އެޅުވި އެއިންއެއްވެސް މަރުގެ މައްސަލަޔެއް ކަލެޔަެއް ނިންމާނުލެވުނު ދެއަހަރު ދިޔައީ ސީދާ ތޮޅިޔައް

  16. ރ

    ޖަލުން މީހުން މިނިވަން ކުރުމުގެ ބާރު ކަލެއަށް ލިބިގެނެއްނުވޭ ގާނޫނު ދަސްކުރައްވާ ކޮން ގާނޫނެއްގެ ދަށުންތޯ ކަލެއަށް މީހަކު ބޭސް ފަރުވާގެ ނަމުގައިގޭގައި ބެހެއްޓިދާނެ މިހާރުވެސް މަގާމުގެ ނުފޫޒުން ޒިޔަތު ޖަލު ހުކުމް ގައި ގޭގައި ތިޔަ ބަހައްޓަނީ މިކަމާއި ސުވާލު ކުރަން މަޖިލީހަށް މީނާ ގެންދަން ޖެހޭ

  17. ފަހަރި ވަޒީރު

    ރަނގަޅަށް ތިބުނީ. މައްސަލަ އޮޅުވާލަން އުޅޭ ސިޔާސީ މީހަކީ ކަލޭ. ކިތަންމެ ވަރެއް ވިޔަސް އޮޅުވައެއްނުކެވޭނެ. ކަލޭ އަސަރު ކުރާނެ.

  18. ދީދީ

    މިހިރަ ލަދު ހަޔާތްކުޑަ ޖާހިލު މީހާ ކަލެއާއި ހެދި އަދާލަތުޕާޓީ ވެސް އަދި މިގައުމުގައި ދެންތިބި ދީނީ އިލްމްވެރިނަށްވެސް ގަންނަނީ ލަދު.
    މިއަދުގެ ދުނިޔޭގައި އިސްލާމްދީނާއި އިދިކޮޅު ފަރާތްތަކުން މިކުރާކަމަކީ ގައުމުތަކުގައި ތިބި ދީނީ އިލްމް އުނގެނިގެންތިބި އިލްވެރިން މަޑުމަޑުން އެމީހުންގެ ބަޔަށްވައްދަނީ، ފުރަތަމަދޭނީ މަގާމް، ދެން އެމަގާމްގެ ތެރެއިން އެކިގޮތްގޮތުން އެއްކަލަ އިލްމްވެރިޔާ ބަދަލުކޮށްލަނީ އެއްކަލަ ދީނާއި އިދިކީލަމީހުން ބޭނުންވާގޮތަށް.
    ބޭނުމަކީ މީސްތަކުން މެދުގައި ދީނީ އިލްމްވެރިންނަށް އޮތްލޯތްބާއި އެބޭފުޅުން އެދައްކާވާހަކަ ތަކަށް އެލިބޭ އަހައްމިއްޔަތު ނައްތައިލުން، އެގޮތުން އެއްކަލަ ދީނީ އިލްމްވެރިޔާ މެދުވެރިކޮށް އޭނާ އަމިއްލަޔަށް އޭނާ ހަލާކުވާން އެދޫކޮށްލަނީ. މިއަދު އިމްރާނަށްވެސް ވެފައިމިހިރީ އެގޮތް.

  19. ސާދާ

    މޮޔަ އިމުރާން