ރައްޔިތުން މަޖިލީހުގައި ޤުރުއާނުގެ އާޔަތްތައް ނުކިއުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދުމުން ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ސަރުކާރަށް ތާއިދުކުރާ ބައެއް އިލްމުވެރިންނާއި މިއަދު ސުވާލެއް ކުރިމަތި ކުރައްވައިފިއެވެ.
ސަރުކާރު ދިފާއު ކުރަން މަސައްކަތް ކުރާ ޑރ.މުހައްމަދު އިޔާޒް، ޝައިހް އަލީ ޒައިދު، ޝައިހް އިލްޔާސް ހުސައިން އަދި ޝައިހް މުހައްމަދު އަނީލް ޓެގް ކުރައްވާ ޑރ.މުއިއްޒު ކުރެއްވި ސުވާލަކީ "ކީރިތި ޤުރުއާން އަޑުއިވޭ މީހާއަކީ ޤުރުއާން ހިތުދަސް މީހަކަށް ވާންޖެހޭނެތޯއެވެ."
ޑރ.މުއިއްޒުގެ ސުވާލަށް ޖަވާބު ދެއްވަމުން ޒައިދު ވިދާޅުވެފައި ވަނީ ކީރިތި ޤުރުއާން އަޑުއިވޭ މީހާއަކީ ޤުރުއާން ހިތުދަސް މީހަކަށް ވާން ނުޖެހޭނެ ކަމަށެވެ. އެހެން އިލްމުވެރިޔަކު މިސުވާލަށް ޖަވާބު ދެއްވާފައެއް ނުވެއެވެ.
Keerithi Quran kiyavaa adu ivey meehaa akee Quran hithudhas meehakah vaanjeheytho? @shkilyas @dr_iyaz @alizaid1000 @aneelmv
— Dr Mohamed Muizzu (@MMuizzu) November 24, 2020
އިއްޔެ ބޭއްވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް މަރުހަލާގައި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގުރްއާނުގެ އާޔަތެއް ވިދާޅުވެ އޭގެ މާނަ ވިދާޅުވާން ފެއްޓެވުމުން ނަޝީދު ވަނީ އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގައި އާޔަތްތައް ވިދާޅުވާ އިރު ކުރިން ވެސް ސައްހަ ނޫން ގޮތަށް ބައެއް ފަހަރު އާޔަތްތައް ވިދާޅުވާކަން ފާހަގަ ކުރައްވާފައެވެ.
އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑު ގުރުއާން ހިތު ދަހެއް ނޫން އެހެންވީމަ މިތަނުގައި އަޅުގަނޑު ރިޔާސަތުގައި އިނދެ އިއްޒަތްތެރި މެމްބަރުން ގުރުއާނުގެ އާޔަތްތައް ވިދާޅުވަމުން ގެންދަވާއިރުގައި އަޅުގަނޑަށް އޭގެ ސައްހަކަން ކަށަވަރެއް ނުކުރެވޭ. އިއްޒަތްތެރި މެމްބަރުން، މިތަނުގެ ޝޭހުން މަދު ދީނީ އިލްމުވެރިންނެއް ނޫން އިއްޒަތްތެރި މެމްބަރުންނަކީ. އެހެންވީމަ އެ މަގަށް ވާހަކަ ގެންދަވާތީ މިހެން މިދެންނެވީ،" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގައި ޤުރުއާން ނުކިޔަވަން ރައީސް ނަޝީދު އެދިވަޑައިގެން، އަދި އެކަމަށް އެދިވަޑައިގަތީ އެމަނިކުފާނަކީ ޤުރުއާން ހިތުދަސް ބޭފުޅަކަށް ވެވަޑައިނުގެންނެވުމުން ކަމަށް ވިދާޅުވުމުން ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ރައީސް ނަޝީދު މީގެ ކުރިން ވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި އިޓަލީ ބަހުން ވާހަކަފުޅު ދައްކަވަން ވެސް ފުރުސަތު ދެއްވާފައެވެ. ނަމަވެސް ރައީސް ނަޝީދަށް އިޓަލީ ބަސް އެނގިވަޑައެއް ނުގަންނަވައެވެ. އަދި ރައީސް ނަޝީދު މީގެ ކުރިން ވަނީ މަޖިލީހުގެ މެންބަރުން އަވަހާރަ ކޮށްލުމާއި ގުޅޭ ގޮތުން ވެސް ވާހަކަ ދެއްކެވޭނެ ކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދު ދީނީ ކަންކަމާއި ގުޅޭ ގޮތުން ފާޅުކުރައްވާ ގިނަ ޚިޔާލުތަކަށް މީގެ ކުރިން ވެސް ގިނަ އާއްމުންގެ ފާޑުކިޔުން އަމާޒުވެފައެވެ. ނަމަވެސް އެމަނިކުފާނު އެފަދަ ވާހަކަފުޅު ދެއްކެވުން ހުއްޓައެއް ނުލައްވައެވެ.
ބަހުގެ ބޭރުފުށަށް ބަލާއިރު ވަރަށް ހަރުދަނާ ވާހަކަ އެއް ނަޝީދު އެބުނީ...އޭނައެތާ ރިޔާސަތުގަ އިނދެ އަޑުއަހާ އެއްޗެއްއެއީ އެވަގުތުގެ މައްސަލައަށް އޭނަ ރިއާ އަތް ކުރަން ޖެހޭ އެއްޗެއް ކަމަށްވަންޏާ އެހެން ބުނެވިދާނެ...އަދި މައްސަލަތަކުގައި ދީނީ ދަލީލުތައް ގެނެސްގެން އޭގެމައްޗަށް ގޮތް ނިންމޭނީ އިލްމުވެރިންނަށް ދޯ...ދީނީ އިލްމުނެތް ބަޔަކު ދީނީ ދަލީލުތައް ނަގަން ޖެހޭ ގޮތަށް ނޫން ގޮތަކަށް ނަގަމުންދާނަމަ އެކަން ހުއްޓުވަންވެސް ޖެހޭނެ...
އެހެނަސް ދިވެހި ގާނޫނު އަސާސީ އަށްބަލާއިރު މަޖްލިސްގަ ތިބެން ޖެހެނީ އިސްލާމީ ޝަރީއަތް އެނގޭ މީހުން...ނަޝީދު އެބުނިބަހުން އޭނާއަށް އެ އިއުތިރާފުވެވުނީ ގާނޫނު އަސާސީގަ ބުނާގޮތަށް ކަންކަން ކުރުމުގެ ގާބިލްކަމެއް ތިމަންނަ ގެ ނެތްކަމަށް...
ދިވެހި ގާނޫނު އަސާސީގެ 1:10 ގައި މި އިންނަނީ އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް...މިހެން އޮތް އިރު މިކަން ކުރަން ތިބެން ޖެހޭނީ އިސްލާމީ އިލްމުވެރިންކަން ހާމަވޭ...އެއީ އިލްމުވެރިންނަށް އެކަންކަން ފިގުހީ ގޮތުން ގާއިދާތަކަށް ބަދަލުވާނެ ގޮތާއި ދެންވެސް ހުރި ރިއާއަތް ކުރަން ޖެހޭ ކަންކަމާއި ދަލީލުނަގަންޖެހޭ އުސޫލުތައްވެސް އެނގޭނީ...
މަޖުލިހުގެ ރިޔާސަތުގަ އިންނަ މީހަކީ ގޮތްނިން މަންއިންނަ މީހެއްނޫން..އަދި އެއީ ރިޔާސަތަށް ލިބޭބާރެއްވެސްނޫން..ރިޔާސަތުގަ އިންނަ މީހަކީ ވާހަކަދައްކާ މެ މްބަރަށް ރައްދުދޭންޖެހޭވެސް މީހެއްނޫން..ގޮތްނިން މަނީ މަޖުލިހުގަނަގާ ވޯޓުން. ވޯޓުދޭންޖެހެނީ ރިޔާސަތުން އެދޭގޮތަކަށް ބޭނުންވާގޮތަކަށްނޫން.. އޮޅުވާލަން ބަހަނާ ނުދައްކާ... ހިންދީބަސް އިގޭތީ އޭގެ ސައްހަކަން ކަށަވަރުވެ ޔަގީންވާތީތަ މޯދީ ހިންދީބަހުން ވާހަކަދެއްކީ..ޖިންނިޝައިތާނުން އެއް މެ ބިރުގަންނާނީ ގުރުއާނުގެ އަޑުއިވުނީ މަ..
އަންނި ކަމަކު ނުދޭ... 200 ވޯޓް އިތުރަށް ލިބިގެން ހޮވިފަ ހުރި މީހާކު މަޖުލީހުގެ ރައިސް ކަމަށް ކަމަކު ނުދޭ... މީކައިލް މާ ރަގަޅު އެކަމަށް .... މީކައިލް އެހެރީ ގަލޮޅު ދެކުނުން މާ ގިނަ ވޯޓް ލިބިގެން ހޮވިފަ..... އަމިއްލަޔަށް ގޮނޑި އެއް ހަދައިގެން ނުލާހިކު މަދު ވޯޓަކުން ހޮވިފަ ހުރި މީހަކު ރަގަޅެއް ނޫން.... އަންނި ގެ އަމިއްލަ އެދުމާ ހުރެ ކަމަކު ނުދޭ
ގުރުއާން އަޑު އިވުނީމަ ޝައިތާނުން ނަށް ކެތެއް ނުކުރެވޭނެ އެހެންވީމަ ވަރަށްސާފު މިކަލޭގެ އަކީ ކޮންކަހަލަގެ މީހެއްކަން
ކީރިތި ގުރްއާން އަޑު އިވުނީމަ ޝައިތާނުން ނަށް އުނދަގޫވާނެ ބިރުވެސް ގަންނާނެ އެކަން މަނާ ކުރެވެން އޮތްގޮތަކަށް މަނާ ކުރަން އުޅޭނެ ތީފައްކާ ޖަހިލުންގެ ސިފަހިރި ކަޑުކޮހެއް ެެެެެެެެެެެެެ ްްްްްްްްްްްްްްްްްްްްްްްްްްްްްްް
ނަސީދުގެ ވާހަކައިން ދޭހަވަނީ އޭނާއަކީ މަޖިލީހުގެ ރައީސްކަމަށް ކުފޫހަމަވާ މީހެއް ނޫންކަމެވެ.
ތިޔަކަމާ ސުވާލް ކުރެއްވޭނެތޯ އޭގެ ޖަވާބް ވަރައްސާފް ކޮއްއެނގޭނެ ޑެންމާކްގެ ދައްކަފައިވާ ވީޑިއޯ އަޑު އައްސަވާލެއްވީމަ ވަރައްސާފްވާނެ އިސްލާމްދީނާއި ކީރިތި ގުރްއާނައް އިހުތިރާމް ކުރާވަރ ކީއްތޯ ކުރާނީ ބަޔަކު ވޯޓް ލައިގެން ހޮވާފައިއެހެރީ
ކީކޭ ބުނީ؟ ޑެންމާރކްގަ
ޤުރުއާން ހިތުދަސް، ތަފްސީރު ދަންނަ މީހުން މަޖްލީހަށް ކުރިމަތި ލުމުން ކަލޭމެން ބުނަނީ ދީނާ ސިޔާސަތު އެއީ ދޭއްޗަކޯ! އެފަދަ ބޭފުޅުން ބޭރުކޮށްލަނީ!!! މިހާރު މިޖެހުނީ ކޮންތާކުތޯ! ތިމާ އަކީ ދީނީ ޢިލްމްވެރިއަށް ނުވީމާ ދީނީ ވާހަކަ ދެއްކުންވެސް މަނަލީތޯ! ބޯހަލާކު! އަޅެ ބަޔަކު މީހުން އެބަޖެހޭ ބަޔަކު މީހުންނަށް ތެދުމަގު ދެއްކެވެމަށް އެދީ ދުޢާކުރަން!
ޤޤރްއާން ކިޔަވާ މާނަ ކިޔާއިރު ބައެއްފަހަރު މާނަ އޮޅެ އަނެއްބައިފަހަރު ޤްރްއާން ނުބައިކޮށް ކިޔޭ މިފަދަ ޙާލަތެއްގަ ކަން ހިނގާނެ ވާހަކަ ނަޝީދު އެބުނީ އަހަރެންމީ ނަޝީދު އާއި އެމްޑީޕީ އާއިވެސް އިދިކޮޅު މީހެއް އެކަން ނަޝިދު ވިޔަސް އެބުނީ ރަނގޅަށް
ހުސް ދޮގު ތިހެދީ.....
މަޖްލިހަށް ޝޭޚަކު ގެންދިއައިމަ އޭނާ މިހާރު ދީނީ ވާހަކައެއް ދައްކައެއްނޫޅޭ. ސަރުކާރަށް ސަނާކިއުން އޭނާ މަޖްލިހުގައި ކުރާ ކަމަކީ. ދެން މަޖްލިހުގެ މެމްބަރަކު ގުރުއާނުން އާޔަތެއް ކިޔާއިރަށް މަޖްލިސް ރައީސަށް މައްސަލައަކަށްވާންވީ ސަބަބެއް ނެތް. އެ އާޔަތާ އޭގެ މާނަ އަޑުއަހާލުމަކުން ލިބޭނެ ގެއްލުމެއް ނެތް. ގުރުއާނުގެ މާނަ އެބަހުރި ދިވެހި ބަހުންނާ އިނގިރޭސިންނާ އެނގޭ ގޮތަށް ރަސްމީކޮށް ޗާޕްކޮށްގެން ނެރެފަ. މެމްބަރު އަމިއްލައަށް މާނަ ހަދާކަށްނުޖެހޭ. ގުރުއާންގެ އާޔަތް ކިއެވުން ހުއްޓުވާލީމަ ދޭހަވަނީ ގުރުއާންގެ އާޔަތެއްވެސް އަޑުއަހަން އުނދަގޫވަނީ ކަމަށް. ގުރުއާނުގައި އޮވޭ އަންގަވާފަ ބައެއް މީހުން އާޔަތްތައް އަޑުއަހަން ބޭނުންނުވަނީ ކީއްވެކަމާ އެމީހުން އެކަމާމެދު ކަންކުރާ ގޮތްވެސް ގުރުއާނުގައިވަނީ ލިއެވިފައި.
ގުރުއާން ނުބައިކޮއްކިޔެވުމާ ނުބައިކޮއް މާނަކިޔުން އެންމެ ރަނގަޅު ތޯ؟ ނުބައިކޮއްކިޔެވުމައް ފުރުސަތު ދިނުމަކީ ރަނގަޅުކަމެއްތޯ؟
ނޫނީ ނުބައިކޮއްކިޔުމަށް ފުރުސަތު ނުދިނުންތޯ ރަނގަޅީ؟
މީހަކު ނުބައިކޮއް ކިޔާފާނެ އޭ ކިޔާފަ، ގުރުއާން ކިޔެވުން މަނާ ތޯ ކުރަންވީ؟
ނޫނީ އެނގޭ މީހަކު ރަނގަޅު ކުރުން ތޯ ރަނގަޅީ؟
ދަ ބޮޓޮމް ލައިން އިޒް، ޤުރުއާން ކިޔެވީމާ އެ ކިޔަނީ ރަނގަޅަށް ތޯ ބަލަން ނޭގޭ މީހުން އެފަދަ މަޤާމް ތަކަށް ކުރިމަތި ނުލާނީ!!!
މަޖިލީހުގެ ރިޔާސަތުގަ އިންނަމީހާއަށް ނޭގޭ އެއްޗެހި މެމްބަރުން އަބަދުވެސް ބުނެދެމުންދަނީ ބަލަ ތިޔަތާގަ އޮންންނީ މޮޅުމީހާ ރައީސްކަމައް އަރާގޮތައްތޯ ؟
ގުރުއާން އޑު އިވުނޭމަ ގައިން ހޫނުއެރުމަކީ ޝައިތާނުންނަށް ވާގޮތެއް. ވ.ސަލާމް
އަޅުގަނޑަކީ ގަލޮޅު ކެނަރީގެ މުހައްމަދު ނަޝީދު. އަޅުގަނޑުގެ ބައްޕަ އަކީ ކެނަރީގޭ އަބްދުއް ސައްތާރު. އަޅުގަނޑު މިހިރީ އިސްލާމް ދީން ގަބޫލު ކޮށްގެން. ދެން ހެންވޭރު ކަޅުބޭ އަބްދުއް ލަތީފްގެ ދަރިއަކު އަޅުގަނޑަށް އިސްލާމް ދީނަށް ގޮވާލަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ"
މުނާފިގު ގޮލައެއް.... ދިވެހި ރާއްޖޭގެ މަޖުލީހުގަ ނުއިދެ ޔޫރަޕް އަށް ދާން ފެނޭ..... ރާއްޖެ އަކީ އިސްލާމީ ގައުމެއް... މުހައްމަދު ނަޝީދޫ
އެހެންވީމާ މަޖުލީހުގައި ދީނީ ޢިލްމުވެެރިން ބައިތިއްބަން ކޮންމެހެންވެސް މުހިއްމު ކަމެއް.
ކީރިތި ޤުރުޢާން އަޑު އިވުނީމަ ކެނެރީގޭ މާފަތް އެދުރުކަލޭގެއަށް ވީގޮތަކީ ޝައިތާނާއަށްވެސް ޤުރުއާނުގެ އަޑު އިވޭއިރު ވާގޮތް ލާދީނީ މުސީބާތެއް މިގައުމަށް ފާކުރައްވާފައިވާ
ﷲ ވަޙީކުރައްވާފަވަނީ ތިޔަބައިމީހުންނައް ޤުރުއާންކިޔެވޭއަޑު އިވިއްޖެނަމަ ކަނުލައި އެއަޑުއަނހާށެވެ އެއަޑުއެހުމަކީ މީހާއައް އެކަމުންފައިދާކުރާކަމެއް ފުރަތަމަ މަޖްލިހުގެ ޖަލްސާތައްފެށުމުގެކުރިން. މީގެކުރިން ޤުރުއާންކިޔެވޭ އެހެންވީމާ މިހާރު ކިޔަވާއަޑުއިވުނީމަ ބިރުގަންނަނީތާ
ކެނެރީގޭ ނަސީދަކީ އިސްލާމެއްބާ ؟
ރައީސް އޮފީހުގެ ޓްވިޓާ އެކައުންޓް ޓެގް ކުރުމަށްފަހު މައުމޫން ދެންމެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޤައުމީ ބިމުގެ ވަޙްދަތަކީ ޤައުމުގެ ސިޔާދަތުގެ ވަރަށް މުހިންމު ބައެއް. ވީމާ ޤައުމީ ބިން ފޮތިފޮތިވާފަދަ މަފްހޫމަކަށް ތާއީދު ލިބޭ މޭރުމަކުން ވާހަކަދެއްކުމަކީ ސިޔާސީ ބޭނުމެއްގައި ނަމަވެސް އެއްވެސް މީހަކު ކޮށްގެންވާނެ ކަމެއްނޫން ކަމަށެވެ.
އަންނި ރައީސްކަމަށް ކުފޫހަމަނުވޭ ރައީސަށް ވިސްނަދީ
ގުރުއާން ހިތުހުރި ގޮތަކަށް ކިޔެވުން ރަނގަޅުތޯ،؟
މާނަވެސް ހިތަށް އެރިގޮތަކަށް ކިޔަން ވީތޯ؟
މިއީ ގައި އެންމެ މުހިއްމު ސުވާލަކީ މާތް ވެގެންވާ ކީރިތި ގުރުއާނަށް ދޭންވާ އަދަބު އިޙްތިރާމް ކުރުން.
ޏނަޝީދެއް، ސަލީމެއް، މުއީޒެއް ނުވަތަ ސިޔާސީ އެއް ނޫ ކަންދަނެގެން އުޅުން ، މުސީބަތެއްގެ ތެރޭތިއްބާ، އަނެއްމުސީބާތެއް ނުޖައްސަވާންދޭވެ، އާނީން
އެކެމަކު އެމީހާގެ ޖާދޫގައި ޖެހިގެން އެމީހާގެ ފަހަތުން ކޯލީޝަންހަދައިގެންތިބެ ދެން ކޮން ވާހަކައެއްތޯއެވެ؟