ރާއްޖޭގެ ފަޅުތަކުގައި ބިން ހިއްކައިގެން "ޕްރައިވެޓް އައިލެންޑް" ގާއިމު ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަޅުތަކުގެ ބައިތައް ކުއްޔަށް ދޫކުރާނެ އުސޫލުތަކެއް ކަނޑައަޅައި އެ އުސޫލުތައް ޓޫރިޒަމަށް އިސްލާހު ގެންނަ ބިލުގައި ހިމަނައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހަޅުއްވާފައިވާ ބިލުގައިވާ ގޮތުން ރާއްޖޭގެ ފަޅުތަކުގައި "ޕްރައިވެޓް އައިލެންޑް" ހަދައިގެން ވިޔަފާރި ކުރުމަށާއި ދިރިއުޅުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފަޅުތައް ދޫކުރާނެ ގޮތްތައްވެއެވެ. އެ ކަން ކުރާނީ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކުންފުންޏަކުން ކަމަށް ވެސް އެ ބިލުގައިވެއެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އާޒިމް ހުށަހަޅުއްވާފައިވާ ބިލް ދިރާސާކުރުމަށް މުޅި މަޖިލިސް އެއްކޮށްގެން މިއަދު ބޭއްވި ކޮމިޓީއަށް ބިލާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހާޒިރުވެވަޑައިގެން އިންނެވިއެވެ.
އެ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ފަޅުތަކުގައި ބިން ހިއްކައިގެން ޕްރައިވެޓް އައިލެންޑް ހަދަން ދޫކުރާނީ ޓޫރިޒަމްގެ ބޭނުމަށް ވުރެ ބޮޑަށް އަމިއްލަ ބޭނުންތަކަށެވެ. އޭގައި ވިޔަފާރީގެ ބޭނުންތައް ވެސް ހިމެނިދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ވަރަށް ކާމިޔާބު ކޮންސެޕްޓެކެވެ. މިއިން ދައުލަތަށް އާމްދަނީ އިތުރުވާނެ ކަމަށެވެ.
"ލަފާކުރެވެނީ މަދު ރަށްތަކެއް އުފައްދައިގެން ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް ޖެނެރޭޓް ކުރެވޭނެ ކަމަށް، ތިން ހެކްޓަރު، ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން 15 މިލިއަން ޑޮލަރުގެ އެކުއިޒިޝަން ފީއެއް ލިބޭނެ ކަމަށް، 20 އެއްހާ ރަށް ދިގު މުއްދަތަށް ލީސްކޮށްލިޔަސް ބައިލައްކައެއްހާ ޑޮލަރު ލިބޭނެ ކަމަށް ބެލެވޭ،" ފައްޔާޒު ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުންޏަކުން އެ ކަން ކުރަން ބިލުގައި އޮތް އޮތުމުގެ ސަބަބުން ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށް ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރެއްވުމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިލުގައި އޮންނާނީ އާ ކުންފުންޏެއް އުފައްދާ ވާހަކަ ނޫން ކަމަށެވެ. މިހާރު ހުރި ސަރުކާރުގެ ކުންފުނިތަކުން ވެސް އެ ކަން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ގުދުރަތީ ގޮތުން އުފެދިފައިވާ ރަށްތަކާއި ރިސޯޓްތަކުގެ ގޮތުގައި ތަރައްގީ ކޮށްފައި ހުރި ރަށްރަށް އެ ބޭނުމަށް ދޫނުކުރާނެ ކަމަށެވެ. އެ ގޮތަށް ދޫކުރާނީ ހަމައެކަނި ފަޅުގައި ބިން ހިއްކައިގެން ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މި ކޮންސެޕްޓުގެ ދަށުން ރަށްރަށް ކުއްޔަށް ދިނުމުން އެކުއިޒިޝަން ފީގެ އިތުރުން ކޮންމެ އަހަރަކުވެސް ލޭންޑް ރެންޓާއި އެތަނުގައި ކުރާ ވިޔަފާރިތަކުން ދައުލަތަށް އާމްދަނީ ލިބޭނެ، މިއީ ރާއްޖެއަށް ވަރަށް އާ ކޮންސެޕްޓް އަކަސް ދުނިޔޭގައި ހިނގާ ވަރަށް ކާމިޔާބު ކޮންސެޕްޓްއެއް،" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ޕްރައިވެޓް އައިލެންޑް ކޮންސެޕްޓްގެ އިތުރުން ރާއްޖޭގެ ރަށްރަށުގައި ލަގްޒަރީ އެޕާޓްމަންޓްތައް ގާއިމްކޮށް ދިގު މުއްދަތަށް އެ ތަނުގައި "ސެކަންޑް ހޯމް" ގޮތަށް ދިރިއުޅެން ދޫކޮށް ރިއަލް އެސްޓޭޓް ފަތުރުވެރިކަން ތައާރަފު ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވެސް ހިމަނާފައިވެއެވެ.
ތީ ރަނގަޅު ކަމެއް. ފައިސާ ހުރި މީހުން ފަޅުތައްގަނެލާނެ. ފަހުން އަންނަ ދަރިންނަށް އެކައްޗެއްވެސްނެތް
ގައު މު އިންޑިޔާގެ މުއްސަދިންނާއި ޔޫރަޕްގެ ވިޔަފާރިވެރިންނަށް ވިއްކާލަނީ މިއީތޯ ރައްޔަތުންނަށް އިހުލާސްތެރި ވުމ މަކީ!
ކުރީ ސަރުކާރުން ތިކަން ކުރަން އުޅުނީ މަ މިހާރު ވެރިކަ މުގަ ތިބި މީހުން ބުނީ ކުރަން ހެޔޮވާވަރުގެކަ މެއްނޫނޯ، މިހާރު މިޖެހުނީ ކޮންތާކު ތޯ، އެހެންވީ މަ އަހރު މެން މމިބުނަނީ ރައީސް ޔާ މީން އަކީ ދުރުވިސްނޭ ގާބިލް ރައީސަކޭ
ވިއްކާ ހުސްކުރަނީ؟
ފަޅުތައް ވިއްކުމާ ކުއްޔަށް ދޫކުރުމަކީ ، ރައީސް މައުމޫނު ތާއީދު ކުރައްވާ ކަމެއްނޫން، ރައީސް މައުމޫން ، ރައީސް ޔާމީން ދޫކޮށްލީވެސް ފަޅުތައް ކުއްޔަށް ދިނުމުގެ ވިސްނުމެއް އެ ސަރުކާރުގަ ގެންގުޅުނު ކަމަށް ތުހުމަތުކޮށް.
އެހެންވީމާ މިހާރު ތިދެން ރައީސް މައުމޫނު އެމް ޑީ ޕީވެސް ދޫކޮށްލައްވާ ވަގުތު ކުޑަތަންވީ،
އެމް ޑީ ޕީ އެކަނިވެ، ޙާލުގަ ޖެހޭނެ މިފަހަރު،
ފ. އަތޮޅު ވިއްކާލީއޭ ކިޔައިގެން ޖެއްސިހާ ވައްތަރު. މިހާރު ކޯޗަކަށް މިވަނީ؟
މީގެ ސަބަބުން ދިވެހީންނަށް ވާނީ އެންމެ ގެއްލުންހުރިގޮތް.. ހުރިހާ މޮޅެއް ބޭރުމީހުންނަށް. ޢެންޑީޕީއަށް ސަލާމް
ބަލަ އިހަށްދުވަހު ތިމާވެށީގެ އައްޕަ ބުނީ ޔާމީނުގެ ވެރިކަމުގައި އެނބޫދޫ ފަޅުގައި ރިސޯޓް ތަރަށްގީކުރަން ފެށީމައި ތިމާވެށި ހަލާކުވަނީއޭ ފަރުތަށް ނެތެނީއޭ އެން ހުސްވަނީއޭ އަނެކައްޗެކޭ. މިހާރު މިކިޔަނީ ކީކޭތޯ؟
މީގެ ކުރިން ބުނަމުން އައީ ތަރައްގީ އަކީ ކޮންކްރީޓެއްނޫނޭ، މިހާރު މާލެ ވިލިމާލެ ގުޅީފަޅު ތިލަފުށީ ބްރިޖްވެސް ކަމުގޮސްފި.
މީ ރަންގަޅު ކަމެއްނުން. 3މިލިޔަން ރުފިޔާއަ ގޭއްވެސް ނޭޅޭނެ. ތިއުޅެނީ އިންޑިޔާ މީހުން ވަޒަން ވެރި ކުރުވަން.
މޮޔަބަޔަކު ސަރުކާރާ ހަވާލުވީމާ ދެން............. 200ރަށައް މ ހަރަދުކުރަންޖެހޭތީމިއުޅެނީ މިހާރުވެސް ކަންބޮޑުވެގެން ދެންތިކުރަނީކީއްތަ؟؟؟
މަ ހިތަށްއަރާ ކޮމެންޓު ކުރާމީހުންނަށް ދުނިޔެ ހިންގާގޮތް އެންގޭބާއޭ ހަމަގަމާރީ ޑްބާއީގެ %80 ކީބޭރުމީހުން ގެއާ ފްލެޓާ ގަނެގެން އުޅޭމީހުންނާ ކުޔަށްއުޅޭމީހުންނާ ވަޒީފާގަ އުލޭމީހުން އެތަނުގެ ދީނާ ތިކިޔާ މިނިވަންކަމާ ވަހުދަތާ ސިޔާދަތެއް ނުގެއްލޭ ގައުމު ދަނީ ފަތުއަޑުކިޔާފަ ކުރިޔަށް
ރައީސް ޔާމީންގެ އިގްތިސާދީ ތަސައްވުރު ނުއަގުގައި އިންޑިޔާގެ ކިބަޅި ފަރާތަށް ވިއްކަނީ ނަންބަދަލުކޮށްގެން. ވެރިކަން ހޯދަން މިވެރިން ގޮވި ގޮވެލިފަތި ރެކޯޑް ކުރެވިފައި އަދި އެބްހުރި. ބިންތަކާއި ފަޅުތައް ވިއްކަނީ ކޮންބައެއްބާ މިހާރު. އެއްވެސް އާޕްލޭނެއް މިބައިގަނޑު ނުކުރޭ. ރައީސް ޔާމީން ކުރައްވާފަ ޕްލޭންތައް ބޭނުންކުރަނީ. ދެންއަތްޖަހަގަ ބާރަށް.