މިއަދު އިރުއޮއްސުމާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 44 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑް-19 އަށް މާލޭ ސަރަހައްދުން 34 މީހުން ފައްސިވިއެވެ. ދެމީހަކު ރިސޯޓްތަކުން ފައްސިވިއިރު 08 މީހަކު މިއަދު ވަނީ ހަދަމުންދާ ރިސޯޓްތަކުން ފައްސިވެފައެވެ.

އިއްޔެ އިން ފެށިގެން ކޮވިޑް-19 އަށް ފައްސިވާ ދިވެހިންނާއި ބިދޭސީންގެ އަދަދު އެޗްޕީއޭ އިން އިއުލާނެއް ނުކުރެއެވެ. އެހެންކަމުން މިއަދު ވެސް ކޮވިޑް-19 އަށް ފައްސިވީ ކިތައް ދިވެހިންކަމެއް ސާފެއް ނުވެއެވެ.

މިއަދު ކޮވިޑް-19 އިން ރަނގަޅުވީ 21 މީހުންނެވެ. މިއަދު ވަނީ ރާއްޖޭގައި މިހާރު ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު 1120 އަށް އަރާފައެވެ.

މިއަދުގެ ތަފާސް ހިސާބުތައް ބަލާއިރު މިހާރު ވެސް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައި 95 މީހުން އެބަތިއްބެވެ. އިއްޔެ އެޑްމިޓް ކޮށްފައި ތިބީ ވެސް 95 މީހުންނެވެ. އެހެންކަމުން މިއަދަކީ އެޑްމިޓް ކޮށްފައި ތިބި މީހުންގެ އަދަދު އިތުރުވަމުން އަންނަތާ 10 ދުވަސް ފަހުން އެއަދަދު ހުއްޓުމަކަށް އައި ފުރަތަމަ ދުވަހެވެ.

ރާއްޖެ އިން ކޮވުޑް-19 ޖެހިގެން މިހާތަނަށް 46 މީހަކު ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހުމަދު

    މާލެ ހުޅުވާ ވަގުތު ޖެހިއްޖެ! 24 ގަޑިއިރައް ވުރެ ގިނައިރު ނުވާ ނައްސި ޕީ.ސީ.އާރު. ޓެސްޓު ހިފާގެން ރަށަށް އައުމުން 14 ދުވަސް ކަރަންޓީން ވާން ނުޖެހޭ ގޮތަށް! މިހާރު ހާލަތު ނިވް ނޯރމަލް!!

    5
    5
  2. ވަހީދު

    އިއުލާނެއް ނުކުރާނެ ދިވެހިން ނާއި ބިދޭސީން ވަކިން ނެއް ވީހާވެސް ބޮޑަކަށް އޮޅުވާލާ ވާ ވައްދަން ބޭނުންވަނީ