މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތައް ލިބެން ޖެހޭ ފައިސާގެ ތެރެއިން 781 މިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވި ކަމަށް އަމިއްލައަށް މިއަދު ޝަރީޢަތުގައި އިއުތިރާފުވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އެންމެ 11 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވަން ދައުލަތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ޚިޔާނާތުގެ 32 ދައުވާއެއް ކްރިމިނަލް ކޯޓުގައި ވަނީ ކޮށްފައެވެ. އެހުރިހާ ދައުވާތަކަކަށް ވެސް ޒިޔަތު މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އިއުތިރާފު ވެފައެވެ. އެ ދައުވާތަކުގައި ޒިޔަތު ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ ޖުމްލަ އަދަދުު 50.7 މިލިއަން ޑޮލަރު (781 މިލިއަން ރުފިޔާ) އަށް އަރަ އެވެ.
ޒިޔަތުގެ މައްޗަށް އުފުލާފައިވާ އެ ދައުވާތަކަށް އޭނާ ކްރިމިނަލް ކޯޓުގައި މިއަދު އެއްބަސްވީ ދައުލަތާއި އޭނާއާ އެކު ހަދާފައިވާ އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޒިޔަތުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހުރިހާ ދައުވާއެއް ވަކިވަކިން އިއްވުމުން ޒިޔަތު ވަނީ އެ ދައުވާތަކަށް އިއުތިރާފްވާ ކަމަށް ވިދާޅުވެފަ އެވެ. އެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވުމަށް ފަހު އެމްއެމްޕީއާރުސީއާ ހަވާލު ކުރުމުގެ ބަދަލުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ އޭނާ އެންގެވި ފަރާތްތަކާ އެ ޗެކްތައް ހަވާލު ކޮށްފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތުގެ މައްޗަށް ޙުކުމް ކުރާނީ އަންނަ ހަފްތާގައެވެ.
ޒިޔަތު ވިދާޅުވި ގޮތުގައި އެ ޗެކްތަކުން ލިބުނު އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައެއް ނުވެ އެވެ. އެ ފައިސާ އަދީބު އެންގެވި ފަރާތްތަކާ ހަވާލުކުރަމުން ދިޔައީ ސަރުކާރުގެ އެކި ކަންކަމަށް އެ ފައިސާ ޚަރަދު ކުރާ ކަމަށް އަދީބު ވިދާޅުވެފައިވާތީ ކަމަށް ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު އެއިން ކޮންމެ ދައުވާއަކަށް އެއްބަސްވަނީ އެއްވެސް މަޖުބޫރު ކަމެއް އޮވެގެންތޯ އާއި އިއުތިރާފްވަނީ އަމިއްލަ އިހްތިޔާރުގައި ތޯ ވަކިވަކިން ގާޒީ ސުުވާލު ކުރެއްވި އެވެ. ޒިޔަތު ވިދާޅުވީ އޭނާއަށް އެއްވެސް މަޖުބޫރު ކަމެއް ނެތް ކަމަށާއި ދައުވާތަކަށް އެއްބަސްވަނީ އަމިއްލަ އިހްތިޔާރުގައި ކަމަށް ޒިޔަތު ވިދާޅުވި އެވެ.
އަމިއްލަ އިއުތިރާފުގެ މައްޗަށް ބިނާކޮށް ހުރިހާ ދައުވާތަކެއް ޒިޔަތުގެ މައްޗަށް ސާބިތުވާ ކަމަށް މިއަދު ވަނީ ކަނޑައަޅައިފަ އެވެ.
ދައުލަތުން އެދުނީ އެ ދައުވާތަކެއްގެ ޖުމްލަ އަދަބެއްގެ ގޮތުން ޒިޔަތުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. އެއީ ޚިޔާނާތްތެރިވެފައިވާ ފައިސާގެ އަދަދަށް ބަލައި ގާނޫނުލް އުގޫބާތުގެ ދަށުން އަދަބުގެ ދަރަޖަ މަތި ކުރުމަށް ފަހު އަދިި ޒިޔަތު ތަހުގީގަށް އެއްބާރުލުން ދެމުންދާތީ އަދަބުގެ ދެ ދަރަޖަ ދަށް ކުރުމުންނާއި ގާނޫނުލް އުގޫބާތުގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުންނެވެ.
ގާނޫނުލް އުގޫބާތުގެ 1006 ވަނަ މާއްދާގައި ބަޔާންކުރާ އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެ އެވެ. އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމަށެވެ. ދައުލަތުން މިއަދު އެދުނު ގޮތައް ޒިޔަތުގެ މައްޗަށް އަދަބު ކަނޑައެޅުމުން 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެ އެވެ.
ޒިޔަތު ކުރި ކުށާއި އަޅައި ބަލާއިރު އޭނާގެ މައްޗަށް އަންނަ އަދަބު އާދަޔާއި ހިލާފަށް ކުޑަވި ނަމަވެސް ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދުމުގެ ދައުވާތައް ވަކިން ކުރިއަށް ގެންދާނެ ކަމަށް ދައުލަތުން މިއަދު ޝަރީޢަތުގެ މަޖިލީހުގައި ބުންޏެވެ.
އެ ދައުވާތަކުގެ އިތުރުން ޚިޔާނާތުގެ އެހެން ދައުވާއެއް 2016 ވަނަ އަހަރު ޒިޔަތުގެ މައްޗަށް ސާބިތުވެ، އަށް އަހަރުގެ ޖަލު ހުކުމެއް އޭނާ ގެންދަނީ މިހާރު ވެސް ތަންފީޒު ކުރަމުންނެވެ.
ޒިޔަތުގެ މައްޗަށް ޖަލު ޙުކުމެއް އޮތް ނަމަވެސް ރައީސް ޞާލިހަށް ވެރިކަން ލިބިވަޑައިގެންނެވި ހިސާބުން ޒިޔަތު ހުންނަވަނީ ގޭބަންދުގައެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގައި ދެން އެންމެ ބޮޑު ދައުރެއް އަދާކުރި ކުރީގެ ނައިބު ރައީސް އަދީބު ވެސް ވަނީ ދައުލަތާ އެކު ހެދި އިއުތިރާފްގެ އެއްބަސްވުމެއްގެ ދަށުން ދައުވާތަކަށް އެއްބަސްވެފަ އެވެ. އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް އިއްވައިފަ އެވެ. އަދީބު ވެސް ހުންނަވަނީ ގޭބަންދުގައެވެ.
މަށައް 11 އަހަރުވެސް މާގިނަ. 11 މަހައް ހަދާލަދީ
އެވެސް ގޭގަ
781 މިލިއަން ރުފިޔާ ވަގަށްނަގައިފިއޭ މިއޮތީ، ދެން އުތުރު ރަށެއްގެ ސޮރަކު ރިހާކުރުފުޅިއެއް ވަގަށްނެގިވާހަކަ ފަތުރާފަ ވައްކަންކުރަން މަޝްހޫރީ އުތުރުމީހުނޭކިޔާ އަޑުއަރުވާލާނެ. މިކަމަށް ސަމާލުވެ ހުރިހާ ބޮޑެތި ވަގުންނަކީ ކޮން ރަށެއްގެ މީހުންކަން ދަނެގެން ތިބެންޖެހޭ.
ހަމަ ސަދޫމުގެ ގާނޫނު
މިވެސް ފިލްމެއް ދޯ. މިގައުމުގާ ވައްކަން ކުރުމަކީ ޝަރަފު ވެރިކަމެއް.
އޭނަ އެކަންކުރީ މުލުވަގު ޔާމީންގެ އޯޑަރަށް
ޔާމީނު ބުނެފިއްޔާ އޮރިޔާމާ މަގުމަތީވެސް ދުވާނެތާ އެހެންވިއްޔާ. ހަމަ އަހާލީ...
މިމީހުން ޝަރީޔަތް ކުރާގޮތާ ވެރިކަން ކުރާގޮތާ ހާރިޖީ ސިޔާސަތު ނިންމަވާ ގޮތާ މިހަރަ ހުރިހާ ކަމަކީ ވަރައް މޮޅައް ނިންމަވާ ކަންތަކެއް މި ސަރުކާރުގެ ހިޔާލާ މަޝްވަރާ ރަށިޔާގެ ކޭޖީބީއިންވެސް ހޯދާކަމައްވަނީ މީވާ ވެރިކަމެއް ކުރާށޭކިޔާފަ ބަލާވެރިކަމެއް ކުރަނީ
ތިއީދެން މާ ރަނގަޅުގޮތެއް! 700 މިލިޔަނުން އާއިލާ މުއްސަދިވީ، 11 އަހަރުވިޔަސް ނުވިޔަސް ރާއްޖެއިން ބޭރަށް މެޑިކަލް ހޮލިޑޭ ހެދޭނެ، އަޗާ ތެޅޭނެ! 5 އަހަރުން މަޢފްލިބޭނެ ދެން ހަދާ ޑިލަކުން!
ބަލަ އަހަހރެމެން އެންމެނަށްވެސް އެބަ އެގޭތާ ޒިޔަތާ އަދީބާއެކު ދައުލަތުން އެއްބަސްވުން ހަދައި ގެން އުޅެނީ ހު ރިހާ ކަމެއް ޔާމީނުގެ ބޮލަށް ކަނޑާލަންކަން އަދި އެފައިސާ ލިބުނު މީހުންގެ ނަންތައް ވެސް ސިއް ރު ކު ރަން ކަން ރީދޫކުދިން ބޭޒާ ރުވެދާނެތީ
މިހުރިހާ މައްސަލަތަކެއްވެސް އަލުންބެލޭނެދުވަހެއްއަންނާނެކަން ހަނދާނުގަބަހައްޓަވާތި ﷲގެހެޔޮރަހްމަތައެކު އިންސާފުވެރި ޝަރީޢަތެއްހިންގޭ އިންޝާﷲ
ތީ ހެއްވަކަމެއްތާ ވަކިމީހަކުބުނެގެންވިއަސް އަދި އަމިއްލައަށް އެނގިގެންވިއަސް އެކިމީހުންނަށް އެކިގޮތް ހަދާތީ ސަދޫމުކަން ޤައިމުވަނީ
“ޚިޔާނާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާތައް އަނބުރާ ހޯދުމުގެ ދައުވާތައް ވަކިން ކުރިއަށް ގެންދާނެ ކަމަށް ދައުލަތުން މިއަދު ޝަރީޢަތުގެ މަޖިލީހުގައި ބުންޏެވެ“ ހޯދާ އަމާނާތްތެރިކަމާއެކު ޚަރަދުކުރާނެ ސަރުކާރެއް ފެންނާނެ ދުވަހެއް އަންނާނެބާ ☹️
ހުރިހާ ފައިސާއެއް އަދީބުއާ ހަވާލުކުރިއްޔާ ކޮބާހޭ އަދީބު?
ހުރިހާ ފައިސާއެއް އަދީބުއާ ހަވާލުކުރިއްޔާ ކޮބާހޭ އަދީބު?
މަޖުބޫރު ކުރުމެއްނެތްތާ ސަރުކާރާއެކު ޑީލްހަދާ ސަރުކާރުބޭނުންވާ ބަޔެއްގެ ހެއްކެއްގެ ގޮތުގައި ބޭނުންކުރުމާ ސަރުކާރަށް ތާއީދުކުރާމީހުން ނުހިމެނޭކަމަށް ބުނުމުން ޒިޔަތާއި އަދީބު އެވަނީ ސަލާމަތްވެފައެވެ. މިހެންމިބުނީ އަދީބަށްވެސް 20 އަހަރަށް ހުކުމްކުރިއެވެ. އެކަމު އެމީހުންނަށް ގޭގައޮވެވެއެވެ. ރައްޔިތުންނަށްވި ފައިދާއެއްނެތެވެ. ރައްޔިތުން ބޭނުންވަނީ ފައިސާ ހޯދާށެވެ. އަދީބު އަތުންލިބުނީ 2 މިލިއަންރުފިޔާއެވެ.
ޒިޔަތުއަށް ހުކުމް މި އައީ ހޯލްސޭލް ރޭޓްގަ
ޔާމީނުއަށް ހުކުމް އައީ ރީޓެއިލް ރޭޓްގަ
ކޮންމެ މީހަކު ވިޔަސް ވައްކަމެއް ކޮއްފިއްޔާ މައްސަލަ ބެލެންޖެހޭނެ އިސްލާމީ ޝަރީޢަތް މިގައުމުގަ ހިންގާ ނަމަ ކޮންމެ މީހަކަށްވެސް ކުއްސާބިތު ވީމަ އަދަބް ލިބޭނެ ވައްކަން ކޮއްފި ނަމަ އޮންނަނީ ވައްކަން ކުރި އަތް ކުޑަހުޅާ ހިސާބުން ބުރިކޮއްލުން ގަސްތުގަ މީހަކު މަރައިފި ނަމަ އޮންނަނީ ޝަރީއަތުން ސާބިތު ކޮއްގެން އެމީހަކު މެރުން ދަންޖައްސައި މެރުން ކުޑަކުދިން ރޭޕް ކުރާމީހުންނަށް ވެސް އަދަބް ކަނޑައެޅިފަވޭ އިސްލާމްދީނުގަ އެއީ ވައަތު ފަޔާ ކަނާއަތް ބުރިކުރުން ނުވަތަ ގަތުލު ކުރުން
ޝަރީޢަތުގެ ހުރިހާމަރުހަލާއެއް ނުނިމެނިސް ރައިސްސާލިހު އެއްވެސް ކުއްވެރިއެއްގެ ކުށުގެ ތެރެއަކަށް އަތެއްނުބާނާނެ އެކަން އަޅުގަނޑުވެސް ޔަޤީންކުރަން އެއީ
އެމްއެމްޕީ އާރުސީގެ ބޮޑުޙިޔާނާތުގެ މުލިވަގު އަމިއްލައިޢުތިރާފުން ސާބިތުވެފައިވާ(ސަރުކާރާއިއެކު ހެދި ޑީލެއްގެދަށުން) ޖަލުހުކުމް ގޭގަ
މްއެމްޕީ އާރުސީގެ ބޮޑުޙިޔާނާތުގެ އެސިސްޓެޑްވަގު އަމިއްލައިޢުތިރާފުން ސާބިތުވެފައިވާ(ސަރުކާރާއިއެކު ހެދި ޑީލެއްގެދަށުން) ޖަލުހުކުމް ގޭގަ
މްއެމްޕީ އާރުސީގެ ބޮޑުޙިޔާނާތުގެ ތެރެއަށް އަމިއްލައަށް ވެއްދި ރައިސްޔާމީނު ޖަލުހުކުމް ޖަލުގައި އެސީސީ އާއިއެކު ހެދު ހެދި އެކުސްކުރޯ އެއްބަސްވުން ޑަސްބިނަށް
މިއީތޯ މިއަދުގެ ކޯލިޝަން ލީޑަރުން އެބުނާ އިންސާފަކީ ؟
ތިވަރުންމަށައް ހީވަނީ އަތް ބުރިކޮށްލާވަރު ވެއްޖެހެން
ތިޔަ ކުރަށް 11 ދުވަސް ރަގަޅު. ނޫނީ 11 މިނެޓް ދެން މައްސަލެއްނެތް 11 ސިކުންތުވެސް . ބޭނުންވަނީ ޢަދުލުއިންސާފު # ސާބަހޭ ދަރިންނޭ.
ކުރިގެ ވެރިކަމުގައި ވެސް އަދި މިހާރުގެ ވެރިކަމުގައިވެސް މޮމިޓަރިން ފޭލް ވެފައި ވާކަން ދޭހަވޭ. ރއްޔިތުން ގެފަރާރުން ދަައުލަތް ހިންގަންދޭ މުސާރަ ހައްޤު ކުތުމަށް މަސައްކަތް ނުކުރާކަން ދޭހަވޭ.
އިންސާފް ކޯދުލާ ކެކިގެން އަރާތީއޭ ނާނާ ހުވަފެން ދުށީމޭ.
ހާދިސާ އިތުރުބަޔަކާ ނުވަތަ ފަރާތަކާ (ލޯޔަރެއްވިޔަސް، ނޫސްވެރިޔެއް ވިޔަސް) ހިއްސާކުރުން މަނާ ކުރާ އެގްރިމެންޓް އެއްގައި ސޮއެކުރާގޮތައް ހުކުމް ކުޑަކުރަނީ. ހަޑި ހާވާފައި ތިބި މީހުން ގިނަކަމުން، ކުރިއަށް އޮތް 2 ޖެނެރޭޝަން ގައިވެސް ރާއްޖޭގެ އިސްވެރިންނަށް ތިބޭނެމީހުން އެ ހަޑި ހާވާފައިވާތީ. މިއީހަމަ މިރާއްޖޭގެ 4 ލައްކަމީހުންގެ ހައްގަކަށް އަރައިގަނެފަ ތިބިހާ މީހުން. މީހެއްގެ ހައްގަކަށް އަރައި ގަނެފިމީހާ އަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ. އަލިފް ޙާ.
މިލިއަނުން މިލިއަނުން ލާރި ކާލީމަ 11 އަހަރު ނޫނީ 20 އަހަރުގެ ހުކުމެއްޖަހާލާފަ ގޭގަ ބަހައްޓާފަ ދުވަސްކޮޅަކުން ދޫކޮށްލަންވީ ކޮބާ ރައްޔިތުންގެ ބޭތަލްމާލުން ނެގިފައިސާ އެފައިސާ އެމީހުންގެ ހުރިއްޔާ ހުރި މުދަލެއް ވިއްކައިގެންވެސް ރައްޔިތުން ބޭނުންވާނީނެގި ފައިސާ ހުކުމެއްނޫން ބޭނުންވަނީ