ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް އަތުލާގަތް ބޭރުގެ މަސްބޯޓު މާލެ ގެނެސްފިއެވެ.

އެމްއެންޑީއެފް އިން މިއަދު ހެނދުނު ވިދާޅުވީ އިއްޔެ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ޤަވައިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ފެނިގެން އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ދޯނިން އެކަން އެމްއެންޑީއެފް އަށް ރިޕޯޓް ކުރި ކަމަށެވެ.

މި ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައި ކަމަށާއި އަދި އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީގެ ބެލުމުގެ ދަށަށް ގެނައި ކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.

ބޯޓުގައި 6 ފަޅުވެރިން ތިއްބިކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މަސްބޯޓެއް ކަމެއް އެމްއެންޑީއެފް އިން ވިދާޅެއް ނުވެއެވެ.

އެމްއެންޑީއެފް އިން މިރޭ ވިދާޅުވީ،މަސްބޯޓު މިއަދު ހަވީރު 5:15 ހާއިރު ހުޅުމާލެ ޖެޓީއަށް ގެނެސްފައި ވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙާލި

    ތިވާނީ ގެރިމޯދީގެ ބޯޓަކަށް. އެހެންވެ ކޮން ޤައުމެއްގެ ބޯޓެއްކަނ ބުނަން ނުކެރިގެނ އެ އުޅެނީ..

    9
    4
  2. އަޙްމަދު

    ކޮންގައުމެއްގެބޯޓެއްކަންވަގުތަށްއަދިވެސްއެގޭވަރެއްނުވޭދޯ

    11
    3
  3. ހ

    އެއީ ކޮން ގައުމެއްގެ ބޯޓެއްކަން ބުނެފިއްޔާ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެތީ ތޯއްޗެ..

    7
    2