23:38

ރަޝިއާގައި ކޮވިޑް-19 ވެކްސިން ދިނުމަށް ބޮޑު ޕްރޮގްރާމެއް ފަށައި، ފުޅާ ދާއިރާއެއްގައި ގިނަ ބަޔަކަށް ވެކްސިން ދޭން ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އެގައުމުގެ ކަމާބެހޭ ފަރާތްތަކަށް މިއަދު އަމުރު ކުރައްވައިފި.

22:00

ރާއްޖެ އިން އިތުރު 21 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

17:48

16:42

އިނގިރޭސިވިލާތަށް އުފަން ދުނިޔޭގެ އެންމެ މަޝްހޫރު އެއް ރޭސް ކާރު ދުއްވާ އެއް ފަރާތް ކަމުގައިވާ ލެވިސް ކާލް ޑޭވިޑްސަން ހެމިލްޓަން ކޮވިޑް-19 އަށް ފައްސި ވެއްޖެ

16:04

ކޮވިޑް-19ގެ ސަބަބުން ކަރަންޓީނު ކުރުމުގެ މުއްދަތު ހަތް ދުވަހާއި 10 ދުވަހުގެ މުއްދަތަކަށް ވަރަށް އަވަހަށް ކުޑަ ކުރާނެ ކަމަށް އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޗަން ސެންޓަރު (ސީޑީސީ)އިން ވައިޓް ހައުސް އަށް އަންގައިފި.

14:20

ރަށްރަށަށް ހިދުމަތް ދިނުމަށާއި، މަޝްރޫއުތަކުގެ މަސައްކަތް ހިންގުމަށް ހުއްދަ ލިބިގެން ކުރާ ދަތުރުކުރާ ފަރާތްތަކަށް ދެން ދެވޭނީ ނައްސި (ނެގެޓިވް) ޕީސީއާރް ނަތީޖާއާއެކު އެކު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ.

13:24

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފި.

13:21

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި 14 ދުވަހަށް ކަރަންޓީން ކުރަމުން އައި އުސޫލަށް ބަދަލު ގެނެސް ދެން ކަރަންޓީން ވާން ޖެހޭނީ 10 ދުވަހަކަށް ކަމަށް ނިންމައިފި.

12:32

އެމެރިކާގެ ފައިޒާ އާއި ޖަރުމަންވިލާތުގެ ބައޯއެންޓެކް ގުޅިގެން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އާއްމުކޮށް ބޭނުން ކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ދެންމެ ދީފި.

12:22

ޗައިނާ އިން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުންއަށާއި އޭނާގެ އާއިލާއަށް ކޮވިޑް-19 ވެކްސިން ދީފި ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފި.

12:11

ސިންގަޕޯ އެއާލައިންގެ ދަށުން އޮޕަރޭޓް ކުރަމުން އަންނަ "ސިލްކު އެއާ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި.

10:31

އެމެރިކާގައި ކޮވިޑް-19 ވެކްސިން ދިނުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ދާއިރު އެންމެ ފުރަތަމަ ވެކްސިން ދޭނެ ފަރާތްތައް އެމެރިކާގެ ސީޑީސީ އިން މިއަދު ކަނޑައަޅައިފި.

09:49

ކައިވެނި ކުރަން އުޅެނިކޮށް ކޮވިޑަށް ފައްސިވުމުން ކައިވެނި ކުރިގޮތް މުޅިން ތަފާތު!


މިއަދަކީ ރާއްޖެ އާއި އަދި ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ ގިނަ ދުވަހެވެ. އަދި ހާލަތު ގޯސް ގިނަ ގައުމުތަކުން މަރުވި މީހުންގެ އަދަދު ވެސް މިއަދު ވަނީ ވަރަށް ބޮޑަށް އިތުރު ވެފައެވެ.

މިހާރު އެންމެ ހާލަތު ގޯސް އެއްގައުމު ކަމަށްވާ އިޓަލީވިލާތުން މިއަދު ވަނީ 785 މީހުން މަރުވެފައެވެ. މިއަދަކީ ފާއިތުވި ހަތަރު ދުވަސްތެރޭގައި އިޓަލީވިލާތުން އެންމެ ގިނަ މީހުން މަރުވި އެއްދުވަހެވެ. އިނގިރޭސިވިލާތުން ވެސް މިއަދު 603 މީހުން ވަނީ މަރުވެފައެވެ. މިއަދަކީ ފާއިތުވި ހަދުވަސް ތެރޭގައި އިނގިރޭސިވިލާތުން އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ރަޝިއާ އިން މިއަދު 569 މީހަކު މަރުވެފައި ވާއިރު މިއަދަކީ ރަޝިއާ އިން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

މިއަދު މިހާތަނަށް 322,289 މީހަކު ކޮވިޑް-19 އަށް ފައްސިވެ، 7,113 މީހަކު ވަނީ މަރުވެފައެވެ.

ރާއްޖޭގެ އިތުރު އަދަދުތަކަށް ބަލާއިރު މިއަދު ކޮވިޑް-19 އަށް ފައްސިވި މީހުންނަށްވުރެ ބަލިން ރަނގަޅުވި މީހުންގެ އަދަދު މަދެވެ. މިއަދު ކޮވިޑް-19 އިން ރަނގަޅުވީ 29 މީހުންނެވެ. ނަމަވެސް މިއަދު ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މަދުވެފައެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ގެންދަނީ 89 މީހުންނަށެވެ. އިއްޔެ 94 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު