އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް އަތުން ރިޝްވަތު ނަންގަވާފައި ނުވާނެ ކަމަށާއި އަދީބުގެ އަތުން އެއް ރުފިޔާ ވެސް ނަންގަވާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް އިއުތިރާފްވެ ދައުލަތާ އެކު އަދީބު ވެފައިވާ އެއްބަސްވުމާ އެކީ ދީފައިވާ ސިއްރު ބަޔާނެއް މީސްމީޑިއާއަށް ލީކުކޮށް ދަނީ ދައުރު ކުރަމުންނެވެ.
އެ ބަޔާނުގައިވާ ގޮތުން ފަނޑިޔާރަކު ވަކިކުރަން ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރާ ގޮތަށް އެމްޑީޕީގެ މެންބަރަކު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅުއްވަން އޭރުގެ ރައީސް އަބްދުﷲ ޔާމީން ލަފާ ދެއްވުމުން އަދީބު ވަނީ ޝަރީފްއާ ބައްދަލު ކުރައްވައިފައެވެ.
ބަޔާނުގައިވާ ގޮތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅުއްވައިފިނަމަ ޝަރީފަށް 20 މިލިއަން ރުފިޔާ ދިނުމަށް އަދީބު ހުށަހެޅުއްވިއެވެ. އަދި މަޖިލީހަށް އެ ބިލު ހުށަހެޅުއްވުމުގެ ކުރިން އެޑްވާންސްގެ ގޮތުގައި ޝަރީފަށް ފަސް މިލިއަން ރުފިޔާ އަދީބު ދެއްވާފައިވާ ކަމަށް ވެސް އޭގައިވެއެވެ.
އެއާއެކު ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް މަޖިލިހުން މެންބަރުން ލައްވައި ވޯޓު ހޯދަން ޖެހޭ ގޮތާއި، އެ ކަމަށް ޓަކައި ވާހަކަ ދައްކަން ޖެހޭ މެންބަރުން ފާހަގަކޮށް ވޯޓު ލާނެ މީހުންގެ ޕެކޭޖެއް މެންބަރު ޝަރީފް ތައްޔާރު ކުރެއްވި ކަމަށް އަދީބު ވިދާޅުވެއެވެ.
މި ކަން ދޮގުކުރައްވައި ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަން އަދީބު މަޝްވަރާ ނުކުރައްވާ ކަމަށާއި އެ ކަމަށް އަދީބު ފަސް މިލިއަން ރުފިޔާ ދެއްވާާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެއް ރުފިޔާ ވެސް އަދީބުގެ އަތުން ނަންގަވާފައި ނުވާ ކަމަށެވެ.
އެ އިސްލާހުތަކަކީ އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ހުށަހެޅުއްވި އިސްލާހުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ނޫން ގޮތަކަށް އެ ކަން ހިނގި ނަމަ އެނާއާ މެދު އެމްޑީޕީން ފިޔަވަޅު އެޅީސް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރުއީ ކޯޓުތަކުން ވަކި ގޮތަކަށް ހުކުމް ނެރުމަށާއި ރައްޔިތުންގެ މަޖިލީހުން ވަކި ކަމެއް ފާސްކުރުމަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުން ކޮށްފައިވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބު ވިދާޅުވެފައިވެއެވެ. އަދި އެ ފައިސާ ރާއްޖޭގެ ކޮންމެ ސިޔާސީ ޕާޓީއަކަށް ދެވުނުއިރު ފައިސާ ހަރަދުކޮށްފައި ވާނީ ރައީސް ޔާމީންގެ އެންގެވުމާ އެއް ގޮތަށް ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އަދީބަށް 20 އަހަރުގެ ޖަލު ހުކުމަކާއި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދެއްކުމުގެ ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފައިވެއެވެ. އަދި ރައީސް ޔާމީނަށް ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމަކާއި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދައުވާތަކެއްގެ މައްސަލަ ވެސް ކުރިއަށް އެބަދެއެވެ.
ރަނގަޅު ދޮގުކުރޭ ސާބިތު ނުވަންޏާ އަދަބެއް ނުދެވޭނެ.
ވަގުން ވަށްކަންކޮއްފަ ބުނޭތަ މަށޭ ވަށްކަންކުރީ.
ޝަރީފޫ އިތުރުފުޅު ނުހައްދަވާ! ތިޔަ ހުންނެވީ އެފައިސާގެ ބޭނުން ކުރައްވައިގެން. މިހާރުން މިހާރަށް އެމްޕީ ގެ މަޤާމުން ތިބޭފުޅާ އިސްތިއުފާ ދެއްވާ ހުރަގޭގައި އޮންނެވުން މާ އައުލާކަން ބޮޑު. ވަރަށް ސަލާމް.
ތެދެއް އަދީބު ނުދޭ. އެހެން މީހަކު ޑޮލަރު ބަސްތާ ފެން ގޮސް ދިނުމުން އަދީބު ނުދޭކަމަށް ނޫންދޯ ވާނީ. މިއީ ބަޔާ ހަރާމް މީހުން ހުސް.
ޝަރީފް ކިތައްމެ އަޑުހަރުކޮށް ތިޔަވާހަކަ ދެއްކިޔަސް ޝަރީފުއަށް ތިޔަކަމުން ބަރީއަ ވެވޭނޭ އެއވެސް ގޮތެއް ނެތް. ސަބަބަކީ ސުޕުރީމް ކޯޓުގެ ބެންޗް 7-5 އަށް މަދުކުރަން ހުށަހެޅީ ކަނޑައެޅިގެން ފައިސާ ނަގައިފާ ކަމަށް ވާތީ. އެވަގުތު ޝަރީފް މާލީ ގޮތުން ވަރަށް ބްރޯކް ވެފަ ހުރިކަން މުޅި ދިވެހި ރާއްޖެ ދެނެހުރި. އެކަމަކު ޝަރީފުގެ ވާހަކަ ގޯހެއް ނޫން. ސީދާ އަދީބު އަތުން ޝަރީފު އަތަށް ފައިސާ ނުލިބޭ ކަމަށް ވަންޏާ ބުނަން ޖެހޭނީ ޝަރީފް އަދީބުގެ އަތުން އެއް ރުފިޔާ ވެސް ނަގަވާފައި ނުވާނެ ކަމަށް. ނެގި ފައިސާއެއް ވިއްޔާ ނެގީ އަދީބު ފޮނުވި މީހެއްގެ އަތުން އެހެން ނޫންތޯ ދެއްތޯ؟
އަދީބު ސިއްރުހެކިބަސް ދިންވަރަކަށްދަނީ އަތައްގޮވަމުން އެއީ ދޮގުހަދާތީ
ކީކޭ ދޯދެންބުނާނީ. އަޅުގަނޑުމެންގެ ރައީސް ޞާލިޙް އަށް ވެސް ރިސްވަތުގެ ބައެއް އަޅާފައި ނެތިއްޔާ ހަމަ ސާބަސް.. ބައެއް އެޅިޔަސް އެނގޭނެ އެހެން ސަރުކާރެއް އަންނަ ހިސާބުން ދޯ ކުދިން ނޭ....
ދިންކަމެއް ނޫނީ ނުދޭކަމެއް ނޭގޭ! ޔަޤީނުންވެސް އަދީބަނީ 12 ދުވަހު ލާރިބަހާހެން 1 ރުފިޔާއިން 1 ރުފިޔާއިން ލާރިބެހި މީހެއްނޫން! އޭނާ އެ ބެހީ 500 ގެ ބަންޑަޅިން! އެވެސް ވަކިކަހަލަ ބަޔަކަށް!
އެމްޑީޕީގެ ރައީސް ވެސް މިކަމުގައި ޝާމިލުވާކަމަށް މިއިން އެނގެނީ.
ބުރޯ ކަލެއަށް އަދީބު ދިނީ ކީ އެއްރުފިޔާއެއް ނޫންކަން ކަލޭ ނުބުންޏަސް އަހަރުމެނަށް އިގެޔޭ.