ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުން ތާއިދުކަން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލާއި، ހެލްތް މިނިސްޓަރ އަހުމަދު ނަސީމު (ކެރަފާ ނަސީމް) ހާމަކުރައްވައިފިއެވެ.

ކޮވިޑް-19 ޖެހިގެން ލަންކާގައި މަރުވާ މުސްލިމުން އަންދާ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. އެ މައްސަލަ ބޮޑުވެފައިވަނިކޮށް، އެ ގައުމުގައި ކޮވިޑް-19 ބަލީގައި މަރުވާ މީހުން ރާއްޖޭގައި ވަޅުލެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭން ލަންކާ ސަރުކާރުން ވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންނަވާފައެވެ. އަދި އެކަމުގެ މަޝްވާރަތައް މިހާރު ރާއްޖެއިން ވަނީ ފަށާފައެެވެ.

މިކަމާއި ގުޅިގެން އެކި ބޭފުޅުން އެކި ގޮތްގޮތަށް ދަނީ ވާހަކަދައްކަމުންނެވެ. މިކަމާއި ދެކޮޅަށް އެންެމެ ބޮޑަށް ވަކާލާތު ކުރައްވަނީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

ރައީސް މައުމޫން މިކަމާއި ދެކޮޅަށް ވާހަކަދައްކަވަމުން ދަނިކޮށް، އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ، ލަންކާގައި މަރުވާ ދިވެހިން އެ ގައުމުގެ ގަބުރުސްތާންތަކުގައި ވަޅުލާތީ އެކަމާއި ޝުކުރު އަދާ ކުރާ ކަމަށެވެ.

އަދި މިއަދު އެ ފަރާތްތަކުން އެހީއަކަށް ބޭނުންވެފައި އޮތް ދަނޑިވަޅެއްގައި، ރާއްޖެއިން ދެވެން އޮތް އެހީ ދޭން ތައްޔާރަށް އޮތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ކުރި އެ ޓްވީޓް ރީޓްވީޓް ކުރައްވަމުން މިނިސްޓަރ ނަސީމުވެސް ވަނީ އެކަމަށް ތާއިދު ކުރައްވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ މުހައްމަދު ނަޝީދުވެސް ވަނީ ވިދާޅުވެފައެވެ.

ފޮރިން މިނިސްޓްރީން އިއްޔެ ވިދާޅުވީ ކޮވިޑް-19ގައި ލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެ ގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އަންގާފައިވާ ކަމަށެވެ.

އެހެންވެ، ރާއްޖޭގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމުގައި އެހީތެރިކަން ހޯއްދެވުމަށް، ލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ، ރައީސް ސޯލިހަށް ސިޓީފުޅެއް ފޮނުއްވާ ކަމަށް ބަޔާނުގައިވެއެވެ.

އަދި މިހާރު އެކަމާއި ގުޅޭ މަޝްވަރާތައް ކުރަމުންދާކަަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އަލްޖިބްރާ

    ތިޔަކަމުން ބޮޑު ފައިދާގަޑެއް ނަގަން ރާވާ މީހުން މިފެންނަނީ ! ކަލޭމެންގެ ޖީބުފުރުނީމަ ނިމުނީތަ ؟ ތިއުޅެނީ މިޤައުމު މިހާރު އޮތް ހާލަތުގައިވެސް ނުބާއްވަން އުތަ ؟މުޅިމިޤައުމު ހަލާކުގެ ތެރެއަށް ވައްޓާލަން އުޅޭ ބައެއްމީ !

    53
  2. ކޮވިޑް

    ބަލަ ތާއީދު ނުކޮށް ކީއްހޭ ކުރާނީ ކައުންސިލް އިންތިހާބަށް ޝަރިފް އަށް ވެސް އެއްޗެއް ދޭން އެބަޖެހޭ... ، ދެން މިނިސްޓަރ އެއީ 03 ނޮވެމްބަރ ގެ ދާދާ، ދެންއެހުރީ އިސްލާމް ދީނަށް ހަޖޫ ޖަހާ މީހެއްގެ ކޮށްކޮ،،،،، ދެން އެއްބަސް ނުވެ ކީއްކުރާނީ؟

    42
    • ބާގީ

      ވަންސް އަ ބާގީ އޯލްވޭސް އަ ބާގީ

  3. ރައްރިތުމީހާ

    އަހަރެން ތާއީދެއްނޫން.
    ލަންކާ އަކީ މުސްލިމް ޖަމާއައްތައް ތިބިތަނެއް ބިން އޮތްތަނެއް.

    50
  4. ބުރޯ

    ފައްޔާޒް އެއީ ދެން ކާކު އޭނަގެ ތާއީދު މިކަމަށް އޮތްތޯ ބަލަން

    35
  5. މަބޭ

    ކައުންސިލް އިންތިހާބައް ލާރިހަދާލަނީ

    34
  6. އަހުމަދު

    ބުރޯ އޯކޭވީމަ ހުރިހާ ކަމެއްވެސް ހަމަޖެހޭނެދޯ؟

    30
  7. ހުސްނުވި ސޫދު

    މިތަނުން އެކަކު މި އަނގަވައްތަރު ޖައްސަނީ ކީއްވެބާ. ހީވަނީ ރުލިއައިސްގެންހެން.

    23
  8. ރައްޔިތުމީހުން

    ތި ހާދަ ހީވެއޭ ގަނޑެއް ގަންނަން އުޅޭހެން.
    ސަންދޯކަށްއަޅައިގެން އެހެން އެޗެއް ގެންނަނީބާ...

    30
  9. ކެނެރީ

    މީ ކެރެފާ ނަސީމް ެަދި ފައްޔާޒުގެ އެކަނި ގައުމެއްނޫން ކަލޭމެއް މާތާހިރުވާނެ ތި ކަމްކުރަން މި ސަރުކާރުން މީހުން ފޮނުވިއްޔާ މިހާރު ވާނީ ތިކަމުގެ ފުލުގަ ޖާހިލު މަކަރުވެރި ރޭވުމެއް

  10. ޚިޔާލު 3

    އެންމެ ހެޔޮކަށްބޮޑީ އެމީހުން ރާއްޖޭގައި ވަޅުލުންކަމަށް ކަޑައެޅިފައިވާ ދަލީލެއްނެތްނަމަ ރާއްޖޭގައި އެމީހުންވަޅުލާކަށް ހެއުނުވާނެއެވެ. ޢެބައެއްގެ ބިމުގައި އެބަޔަކު ވަޅުނުލާ އެހެންގައުމަކަށް ފޮނުވުމަކީ ނިކަމެތި ކަމެކެވެ. ލަންކާ ސަރުކާރުގަ އެދެންވީ ދީނީ މިނިވަންކަން އެގައުމުގެ މު ސްލިމުންނަށް ދިނުމަށް ވަގުތުން ވަގުތަށް އެހެންނޫނީ ރާއްޖެއިން ސިޔާ ސީ ގުޅުން ކަޑާލާނެކަމަށް.

  11. ނިޒާމު

    މމަސްއޮޑިގޭގަ އާއި ބޯގަންވިލާގައި ނުވަތަ ހިކިފިނިފެންމާގޭގައި ވަޅުލެވޭގޮތައް ނިން މަބަލަ ލަދުހަޔާތް ކުޑަކަން..ގޮތެއް ފޮތެއް ނެތިގެން ފައިސާ ނުކެވިގެން އުޅޭ ބައިގަންޑެެއް މީ

  12. ޒާ

    މިމީސްމީހުންނަކީ ދީންވެސް އެންމެ ރަނގަޅަށްދަންނަ އިސްލާމްދީން އެންމެ ރަނގަޅަށް އުޅޭމީހުން. ޙެހެ

  13. އައިސާ

    މިއީ އެޅިހާ ބަތަކަށް ދިހަ ކިޔަން ތިބި ބައެއްތަ

  14. ވ

    ހޭބަލިތަކާ ކޮބާ އދ.ކޮބާ ހިއުމަންރައިޓްސް މިމީހުން ބީރީތަ

  15. ޝްރީމަތީ މޯޑީ

    މިއީ ބްރޯ އެއްގެ ލަޤަބު ލިބިފައިވާ މީހެއް. ބްރޯ ބުނާ ގޮތް ކަލޭމެންކުދިން ހަދާތި.

    1
    2
  16. ދެބަން

    ތިޔަކަމުގެ ފަހަތުގައި ތިބި ބައިގަނޑު ވަރަށްސާފުވޭ މިހާރު އެބަ!