ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކު މާލޭގެ ގެސްޓު ހައުސްއަކަށް ގެންގޮސް އޭނާ އަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށް އޭނާގެ މައްސަލަ ތަޙްޤީޤު ކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އެމައްސަލަ ފުލުހުންނަށް ރިޕޯޓް ކުރީ ރޭ 19:30 ކަންހާއިރު ކަމަށެވެ. މައްސަލައިގައި ހައްޔަރުކުރީ 40 އަހަރުގެ މީހެކެވެ.
ހައްޔަރު ކުރި މީހާ ގެސްޓްހައުސްގެ ތެރޭގައި އިންދާ ފުލުހުންނާއިއެކު ބަޔަކު އެތަނަށް ވަދެ، ނަގާފައިވާ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އެތަނުގައި ތިބި ބަޔަކު ވަނީ ގެސްޓްހައުސްގެ އެނދުމަތީގައި އިން މީހާ އާއި ސުވާލުކޮށް، ޖިންސީ ގޯނާ ލިބުނު މީހަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއްކަން އެނގޭތޯ ސުވާލު ކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފިރިހެނަކަށް ގެސްޓްހައުސެއްގައި ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ ފުލުހުންނަށް ހުށަހަޅާފައި ވާއިރު އިއްޔެ ފުލުހުން ވަނީ ކާފަ ދަރިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އުމުރުން 66 އަހަރުގެ މީހަކު ހައްޔަރު ކޮށްފައެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މިގައުމު ދެވަނަ އިންޑިޔާއައް ހަދާނަން.
ހެޔޮނުވާނެ، މިކަހަލަ ޖަރީމާތަކަށް އަރައިގަންނަ މީހުންނަށް އެހެން މީހުންނަށް އިބްރަތަކަށްވާވަރުގެ ހަރުކަށި އަދަބެއް ދޭން ގޮވާލަން.
ގާނޫނެއްގައި ލިޔެގެން އާންމުކުރަންވާނެއޭ ޖިންސީ ކަންކަން ހުއްޓޭނެއޭ ކިޔާ ހެދި ގާނޫނުގެ ދަށުން ހެދި ލިސްޓެއް އާންމުކޮށްފައި ޖެންޑަރ މިނިސްޓްރީގައި އޮވޭ. މިހާރު އެ ލިސްޓުގައި ނެތް މީހުންނަށްވުރެ ތިބި މީހުންގެ އަދަދު ގިނަވެއްޖެއޭ ބުންޏަސް ދޮގެކޭ ބުނާކަށް ނުވާނެ. ހުޅަނގުގެ މީހުން ހަދާހައި ގާނޫނަކަށް ގާނޫނެއް ހަދާފައި ހުޅަނގުގެ މީހުން މަސާޖްޕާލާ ހިންގާތީ މަސާޖް ޕާލާ ހުޅުވީމާ ކަމެއް ހައްލުވާނަމަ އެ ގައުމުތަކުގައި މިކަންކަން ހައްލުވެފައި އޮންނާނީ. ކޮންމެ ދުވަހަކު ޅަފުރައިގެ ކުއްޖަކު ވީނުވީ ގޮތެއް ނޭގިގެން އެ ގައުމުތަކުގެ ނޫސްތަކުގައި ލިޔާކަށް ނުޖެހޭނެ.
ރަޖަމު ކުރަންޖެހޭނީ