އަދާލަތު ޕާޓީގެ ލީޑާޝިޕްގައި އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ ޕާޓީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްސް އަލީ ޒާހިރު އިންތިހާބަކާއި ނުލާއި ހަތަރު އަހަރު ތިއްބެވި މައްސަލައެއް އެ ޕާޓީގެ އާންމު މެންބަރުން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހެޅުމުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

އީސީގެ ރައީސް އަހުމަދު ޝަރީފް "ވަގުތު" އަށް ވިދާޅުވީ އަދާލަތު ޕާޓީގެ ބައެއް މެންބަރުން ހުށަހަޅާފައިވާ ޝަކުވާއަކީ އިންތިހާބަކާއި ނުލައި އިމްރާނާއި އަލީ ޒާހިރު މަގާމުގައި ތިބެވޭނެ ކަމަށް ބުނެ ޕާޓީގެ ދުސްތޫރަށް ގެނެވުނު އިސްލާހެއްގެ މައްސަލައެއް ކަމަށާއި ކޮމިޝަންގެ ލީގަލް ޓީމުން އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށެވެ.

"މިހާރު އެ މައްސަލަ ވާނީ ކޮމިޝަންގެ ލީގަލް ޓީމްގައި، ލީގަލް ޓީމުން މައްސަލަ ދިރާސާކޮށް އަޅުގަނޑުމެން މެންބަރުންނަށް ލަފައެއް ދިނުމުން މެންބަރުން ގޮތެއް ނިންމާނީ، ކޮމިޝަނުން ގޮތެއް ނިންމާނީ، ޕާޓީއަށް ފިޔަވަޅެއް އަޅާނަމަ އެ ކަމެއް ނިންމާނީ ވެސް އެ ލަފާ ލިބުމުން ލަފާގައިވާ ގޮތެއްގެ ވެސް މަތިން،" އަހުމަދު ޝަރީފް ވިދާޅުވިއެވެ.

އަދާލަތު ޕާޓީގެ ރައީސް ކަމުގެ މަގާމާއި ނާއިބު ރައީސް ކަމުގެ މަގާމުގެ މުއްދަތުގެ ޖުލައި 16، 2016 އަށް ވަނީ ހަމަވެފައެވެ. އެއީ ޖުލައި 17، 2011 ގައި ފެށުނު އެ ޕާޓީގެ ދެވަނަ ދައުރުގެ މުއްދަތެވެ. އޭގެ ފަހުން އެ ޕާޓީން އިންތިހާބެއް ބާއްވާފައެއް ނުވެއެވެ. އަދި އިންތިހާބަކަށް ހުޅުވާލާފައެއް ވެސް ނުވެއެވެ. އޭގެ ބަދަލުގައި އޮގަސްޓް 2016 ގައި ޕާޓީގެ ދުސްތޫރަށް އިސްލާހެއް ގެނެސް އެ މަގާމުގައި އިމްރާނާއި އަލީ ޒާހިރު އަދިވެސް ދެމިއެބަތިއްބެވިއެވެ.

އަދާލަތު ޕާޓީގެ ދުސްތޫރަށް 2010 ގެ ފަހުން ގެނެސްފައިވާ ގިނަ ބަދަލުތަކަށް ފާޑުކިޔުންތަކެއް އަމާޒުވެގެން މި އުޅެނީ އެ ޕާޓީގެ ރައީސްއާއި ނައިބު ރައީސް އިންތިހާބު ކުރަން ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހު ބާއްވަން ނިންމާފައިވަނިކޮށެވެ. ޕާޓީގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް އަންހެނަކު ކުރިމަތިނުލެވޭ ގޮތަށް އޮތުމުން ވެސް ފާޑުކިއުންތަކެއް އަމާޒުވިއެވެ. މިހާރު އިމްރާން ވަނީ އެއަށް އިސްލާހު ހުށަހަޅުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ގުންޑޮޅި

  އެއްވެސް ކަމެއްނުވާނެ!

  14
 2. ސސ

  ޢަދާލަތު ޕާޓީއާއި އަޅާއިގަނެގެން އުޅޭއިރު އެހެން ޕާޓީ ހިންގަނީ ކޮންގޮތަކަށްތޯ، އެޕާޓީ އަކަށް ހަމަ ފެންނަ ގޮތަކަށް ޕާޓީތަށް ހިގުވަނީ އަބަދު ހަމަ އެއްބަޔަކު ތިބެނީވެސް ހޮވަނީވެސް !

  5
  27
 3. ކޮވިޑް

  މިފަދަ ނާއިންސާފް ކޮންމެ ކަމެއްގަ މި ސޭކު އިމްރާން ހުންނާނެ ނޫސްވެރިން މިހާރުވެސް މިކަން ދިރާސާ އެއްކޮށްބަލަ މި އިމްރާން ނުހިމެނޭ ޖަރީމާ އެއް ނާއިންސާފުން ކޮށްފައިވާ ކަމެއް ލާހިކެއްނޫން ހޯދާކަށް ބެޓް ކޮށްފަ މި ބުނީ ، އެކަމް ދީނީ ޝޭހެކޯ ، މިރާއްޖެ އަށް ދިމަވެފައިވާ ބޮޑު މުސީބަތެއް މީ ހުވާ.

  29
 4. ޕުޗުސް

  ހޫން. ތި މައްސަލަ ބަލަ ބަލަ ހުރޭ. ރަނގަޅު އެކަކުވެސް ނެތް ތިތާކު.

  12
 5. މާސްޓަރ

  ޕާޓީގެ އެތެރޭގެ އިންތިޚާބެއް، އެއްޑީޕީ ފިޔަވައި އިތުރު ޕާޓީއަކުން މިރާއްޖޭގައި ބާއްވާފައެއް ނެތް. މީހަޤީޤަތް. ކުލަ ކުލަ ޖެހިފަތިބި މީހުން ރުޅިއަޔަސް އެންމެ ރަގަޅު.

  18
  • Anonymous

   އައްޗީ ދައްކާ ވާހަކަ. އާނ އެންމެ މީހަކު ވާދަކުރާ އިންތިޚާބެއް ބާއްވައިގެން މާމޮޅަށް ހޮވުނު މީހަކު އުޅޭ. މިހާރު ބޮޑު ވަޒީރު ހެދިގެން ދުވަނީ. ޕޕމ އެކަނި ޕްރައިމަރީއެއް ބާއްވަން ކެރުނީވެސް
   މާރީތި އަނގަ ހުޅުވަން.

  • ހަމީދުބެ

   މާސްޓަރ ގެ ދެލޯ ސާފުކޮށް ކަންކަން ބަލާ ހަގިގަތް ހޮޑަން ދާން ފެނޭ. އެމްޑީޕީގައި ބާއްވަނީ ހުސް ނަޝީދު ބޭނުންވާ ގޮތަށް ކަންކަން ނިންމާ ވަގު އިންތިޚާބު

 6. ތަކުރުބެ

  މަށަށް މުޅި އުމުރުަގައިވެސް އެޅުނު އެންމެ ބޮޑު ޅަ އެއްޗަކީ މި އަދާލަތުގެ ޝޭކުންނޭ ކިޔާ މީހުންގެ ބަހަށް ހެއްލިގެން އަބަދު ކީރިތި ކުރައްވާ ސޯލިޙު ބޭފުޅަށް ވޯޓް ލުން.. ހުރެބަލަ ނިކަން ދެން ކުޅި ދައްކާލާނަން.. އަދާލަތު ޕާޓީއަކީ އިސްލާމްދީނަށްވެސް އޮތް ހުތުރެއް.. ދީނާ މެދު އެހެން ބޭނުން އެއްޗެއް ހަދަންދެން ބަލަހައްޓައިގެން ނުތިބޭނަން.. ތި އިމްރާނުގެ ސިޔާސީ ހަޔާތް ތިޔަހުރީ ނިމިފަ އިނގޭތޯ.. ބަލަންތިބޭ ބަޔަކަށް އެކަން ދައްކަވާނެ އިންޝާ ﷲ.

  11
 7. ރ

  ހުތުރު ކަންތަން މިހުންނަނީ ގާނޫނު ތަންފީޒު ކުރާ މީހުން ކުރާ ހުދު މުޚުތާރު މީހުންގެ ސިފައެއް އެއީ އަމިއްލަ އަށް ކަންކަމަށް ވެރިވެ ގަވާއިދުތައް ބަދަލު ކުރުން

  10
 8. ނާދިރު

  ބޮޑެތި ވަގުން

 9. ނަޖްވާ

  އެހެންވޭތަ ހަމަ ހުރެފަ؟ ވަކި ބަޔަކަށް އިންތިޚާބަކާ ނުލާ ހައެއްކަ އަހަރު ހުރެވޭ ގޮތަށް!

  12
 10. ފަހަރިލޯބި

  ތީހަމަ ބޮޑު ޖަރީމާއެއް. ސަރުކާރުން މުސާރަކައިގެން ޕާޓީ ހިސާރުކޮށްގެން ހުދުމުޚުތާރުކޮށް ތިބުމަކީ އަސާސީ ޕާޓީތަކުގެ ޤާނޫނާއި ޑިމޮކްރަސީ ފުނޑާލުން. ވަގުތުން ފިޔަވަޅު އަޅަން ގޮވާލަން.

 11. ސޭކު

  ނަންވާނީ ގޮޅާބޯ

 12. ގލ

  އއއ އަދާލަތު ޕާޓީ އެއ އް އ އޮތްކަމެ އް ނޭނގެ އެއއ އީ ކޮންކަމެ އް
  ކުރާ ތަނެ އްތޯ ބަލަން އެބަ ޖެހެހެއެވެ.

 13. ޝަފީޢާ

  މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ދިވެހި ރައްޔިތުންގެ މަސައްކަތުން ރައީސް ޔާމީން ނުވަތަ ޕީޕީއެމްޕީއެންސީ ދެވަނަ ފަހަރަށް ޤަވްމުގެ ރިޔާސަތު ކާމިޔާބުކުރައްވާތާ 24 ގަޑިއިރުނުވަނިސް މި ދެ ޖައްލާދުން ހައްޔަރުކުރެވި އިންޞާފް ޤާއިމުކުރެވޭނެ!
  އެކަކީ ރައީސް ޔާމީންއަށް ވަކިގޮތަކަށް ޙުކުމްކުރުމަށް ޤާޟިއަށް ކޮމާންޑުކުރި ޖައްލާދު!
  އަނެކަކީ ރައީސް ޔާމީނަށް ނޮހޮރުއްޕާންކުރުމަށް ސިފައިންނަށް ކޮމާންޑުކުރި ޖައްލާދު!