މާރުކޭޓު ސަރަހައްދުގައި ހުރި އުމުރުން ދުވަސްވީ މީހެއް ވެއްޓި ބޯފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިއްޖެ އެވެ.

ފުލުހުން "ވަގުތު" އަށް ވިދާޅުވީ މި މީހާއަށް އަނިޔާ ލިބިފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައި ކަމަށެވެ. އަދި ބޯފަޅާގެން ގޮސްފައި ވަނީ އެނބުރާގަނެގެން ވެއްޓިގެން ކަމަށް ވިދާޅުވިއެވެ.

މި މީހާ ވެއްޓުމާއި އެކު އެ ސަރަހައްދުގައި ތިބި ފުލުހުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި އޭނާ ވެއްޓިފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރުން އެސަރަހައްދުގައި މުޒާހަރާކުރަމުން ދަނިކޮށްކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އޭނާއަކީ މުޒާހަރާއާއި އެއްވެސް ގުޅުމެއް ނެތް ފަރާތެއް ކަން ފުލުހުން ވަނީ "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ.

މި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. އަދި ވެއްޓި އަނިޔާ ލިބިފައި ވަނީ އުމުރުން 78 އަހަރުގެ ފިރިހިނަކަށް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އަނިޔާ ލިބިފައިވާ ފަރާތާއި ގުޅޭ ގޮތުން އައިޖީއެމްއެޗްގެ ބަހެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު