އެމްޕީއެލްގައި ބިއްލޫރި ޕެލެޓެއް ދަށުވެ ތާށިވި މީހަކު ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިހާދިސާ ހިނގައިގެން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައި ވަނީ މިރޭ 19:45 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ކޮންޓެއިނާ ތެރޭގައި ހުރި ބިއްލޫރި ޕެލެޓް އަރިއަޅާލައިގެން ކަމަށެވެ.

ފުލުހުން ވިދާޅުވީ، އެމްޕީއެލް ތެރޭގައި ހިނގި ހާދިސާއެއްގައި ބިއްލޫރި ޕެލެޓެއް ވެއްޓި މީހަކަށް އަނިޔާވުމާއި ގުޅިގެން އޭނާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށެވެ.

"ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު އާއި ޕެރެމެޑިކްސް އެ ތަނުގައި ދަނީ ހަރަކާތްތެރިވަމުން" ފުލުހުން ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާ ލިބުނު މީހާއަށް އަނިޔާގެ ތަފްސީލެއް އަދި ނުލިބެއެވެ.