ޖަލުތައް ހުރީ ނަޖިސް ހާލަތުގައި ކަމަށާ އެތަނުގައި ނަމާދު ކުރެވޭނެ ގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވިއެވެ.

އިިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި ހަ މީހުން ދޫކޮށްލުމުން އެ ސަރަހައްދުގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ސަރުކާރާއި ހޯމް މިނިސްޓަރ ޝޭހް އިމްރާން އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އަދި އިއްޔެ ހައްޔަރު ކުރި މީހުންނަށް އަނިޔާ ކުރި ކަމަށް ވެސް ޕީޕީއެމް އިން ބުނެއެވެ. ޝުޖާއު ވަނީ ފުލުހުން މަސައްކަތް ކުރަނީ ޒިންމާދާރުކޮށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ފާހަނާތައް ހުރީ ނަޖިސްކޮށް. މި ސަރުކާރުގަ ނެތް މި ފެންވަރު. ނަމާދެއް ނުކުރެވޭ. ބޭސްފަރުވާ އެއް ނުދެވޭ. ޝޭހް އިމްރާން ކީއްތޯ ކުރައްވަނީ. މިކަންކަން ނުބެލޭ. އެމަނިކުފާނަށް އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވޭ އިރު ފިޔަވަޅެއް އެޅޭތޯ؟" އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އިއްޔެ ކުރިއަށް ދިޔަ ވަގުތު އެ ކޯޓުގެ ސަރަހައްދަށް އެމަނިކުފާނުގެ ވަރަށް ގިނަ ސަޕޯޓަރުން ޖަމާވެ ތިއްބެވެ.އޭގެ ތެރެއިން ހައްޔަރު ކުރީ ފަސް މީހުންނެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ތިން އަންހެނުން ވެސް ހިމެނޭ އިރު ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރު ފާތިމަތު ފަޒުލާއާއި ކައުންސިލް މެންބަރު ސޫދާ އަބްދުﷲ ހިމެނެއެވެ. އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އެ މީހުން ހައްޔަރު ކުރި ފުލުހުން ކޯޓު ސަރަހައްދު ބަލަހައްޓަމުން ދަނިކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށް ވީނަމަވެސް އެ މީހުން ދޫކޮށްލީ ކޯޓަށް މުއްދަތު ޖަހަން ނުގެންގޮސް އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އީސާ ތައްކާނު

  ކަލޯ ފުރަ މާލޭ ގަ އި ސާފު ކުރާ ތަނެ އް ނެތިގެންތަ ނަމާދު ނުކުރާ މީހުން ނަމާދު ނުކުރަނީ! ކަލޯ މެންގެ ވެރި ކަމުގަ އި ބަންގި ގޮވަމުން ދިޔަ އިރު ހަވާ އަރުވަމުން ދިޔަ އީ

  15
  3
 2. ބޯހަލާކު

  ބޮޑުމުނާފިގުސިފަލިބިފަހުރި ނުލަފާމީހެއް.

  10
  3
 3. އަލްޖިބްރާ

  ކަލޭމެންގެ ވެރިކަން އޮތްއިރު ޖަލުތަށް ހުރީ 5ތަރީގެހޮޓަލަށް ހަދާފަތަ ؟ އަގަގޅޭތޯ ބަލާތި !

  27
  4
 4. ވގ

  ނިމިދިޔަ ވަގު ޔނ ވެރިކަމުގަވެސް ތިބުނާ ޖަލުތައް ހުރީހަމަ މިހާރުވިސް ހުރިގޮތައް ކީއްވެބާ އެކަން ރަގަޅުނުކުރީ ސުޖައުމެން އުޅުނީ އެހެންކަނެއް ކުރަންވެގެން އެކަން ނިކަން ރަގަޅައް ކުރެވުނޭނު ތީ އަމިއްލަޔައް އަންބޮނޑި ބޮޑުކުރަން އުޅުނުމީހުން މިހާރު ތިތެޅެނީ އެކަންތައްތައްނުވާތީ މީހަކައް ހެޔޮއެދިގެން ނެއްނޫން ތިތެޅެނީ

  17
  4