ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރައްވާނެ ދާއިރާއެއް ކަނޑައެޅުމުގެ ހައްގު ލިބިވަޑައިގަންނަވަން ޖެހޭނެ ކަމަށް ދާދި ފަހުން ފުލުހުންގެ ވަޒީފާއިން ރިޓަޔާކުރެއްވި ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.
އަހުމަދު ފައިރޫޝް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނެ ދާއިރާ އިހްތިޔާރުކޮށް ކަނޑައެޅުމުގެ ހައްގު އޭނާއަށް ލިބިދޭން ޖެހޭނެ ކަމަށެވެ. އަދި އެ ހައްގު އަތުލައިގަތުމުގެ ހައްގެއް ދައުލަތުގެ އެހެން އެއްވެސް ވެރިޔަކަށް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ފައިރޫޝް ވިދާޅުވިއެވެ.
I am free to choose a profession of my choice. No official can snatch away that right.
— Phairoosch, PhD (@Phairoosch) January 9, 2021
ފައިރޫޝް މިހެން ވިދާޅުވެފައިވަނީ އޭނާ ރިޓަޔާ ކުރެއްވި މައްސަލަ ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް އެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވަނިކޮށެވެ.
ރައީސް ނަޝީދު މި މައްސަލަ 241 ކޮމިޓީއަށް ހުށަހެޅުއްވީ، ފުލުހުންގެ ޚިދުމަތުގެ ގާނޫނު ފާސްކޮށް އެ ގާނޫނު ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ތަސްދީގް ކުރެއްވުމުން އެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކު ރިޓަޔާ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގެންނެވެ.
އެހެން ނަމަވެސް މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ރައީސް ސޯލިހް ތަސްދީގް ކުރެއްވި އެ ގާނޫނުގައި އޮންނަ ގޮތުން އެ ގާނޫނަށް އަމަލު ކުރަން ފެށުމަށް އޮންނަނީ ގާނޫނު ތަސްދީގްކޮށް، ގެޒެޓުގައި ޝާއިޢު ކުރާތާ ތިން މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެން ކަމަށެވެ.
ފުލުހުންގެ ވަޒީފާއިން ފައިރޫޝް ރިޓަޔާވެފައި މިވަނީ އެ މުއައްސަސާގައި 20 އަހަރު ދުވަހު ގައުމަށް ޚިދުމަތް ކުރެއްވުމަށް ފަހުގައެވެ.
މީގެ ކުރިން ފައިރޫޝް ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. އެއީ އޭރުގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެ އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެށްޓެވީ ޑިސެމްބަރު 2018 ގައެވެ. ޖެނުއަރީ 2019 ގައި އޭނާ އެސިސްޓެންޓް ކޮމިޝާނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވުނެވެ.
ފުލުހުންގެ ވަޒީފާއަށް ނުކުމެވެޑައިގަތުމަށް ފަހު، އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން ފައިރޫޝް ޕީއެޗްޑީ ހާސިލް ކުރެއްވިއެވެ. އެ ޔުނިވާސިޓީއިން ގްރެޖްއޭޓްވި ފައިރޫޝް ޕީއެޗްޑީގެ ތީސީސް ލިޔުއްވާފައި ވަނީ އިންޓެލިޖެންސް ބޭނުން ކޮށްގެން ފުލުހުންގެ މަސައްކަތް ކުރުމާ ގުޅޭ ގޮތުންނެވެ.
ގައުމަށް ބޭނުންތެރި ޒުވާނުން ގައުމުން ގެއްލިގެން ދަނީވެސް އަދި ގައުމު ދޫކޮށް ދާން ޖެހެނީވެސް މިނަސިދުގެ ސަބަބުން. ވިސްނަބަލަ މިނަސިދު ދިވެހިގައުމަށް އައިއިރު އެމްޑިޕީ އުފެދި ބަޔަކު އެތައްގުރްބާނިއެއްވެއްޖެ .އައިސް އެމްޑިޕީގެ ރައިސްކަމަށް އަންނަ ހުރިހާ މީހުން މީނާގެ ނުފޫޒުން ޕާޓީންބޭރުކޮށް މީނާ ރައީސްކަމަށް އައިސް ޕާޓީއަށް ސަވާރު ވެއްޖެ. މިހާރު މިއުޅެނީ ގައުމު ނާމާންކޮށްފަ ގައުމުގެ ދަރިންގައުމުންބެރުކޮށްފަ ގައުމަށް ސަވާރު ވެވޭތޯ.
ބުއްޅަބޭ ޖެހޭނީ ހަމަ މޮޔަވާން! ފައިރޫޝް އަތު ނުޖެހި މިމީހުންގެ ބޮލަށް ގުއިރީފަ ބެޗީމާ ވަރަށް އަސަރުކޮށްފިތާ!! ފުލުހުންގެ ގާނޫނެއް ހަދާ ޖެހި ހުރިހާ މަޅިއަކުން ފައިރޫޝް ދެމިގަތީމާ ހަމަ މޮޔަވަނީ!! މީނާ މީ ކާކުތަ؟ މިނޫން ވެރިަކަމެއް މިގައުމުގައި ދެން އޮންނައިރަކުން ބޯ އުފުލަންވެސް ދެން މިއިން މީހަކަށް ނުލިބޭނެ ފުރުސަތެއް! ކުރިން ބޭސް ފަރުވާއޭ މުންޖޭ ކިޔައިގެން އުޅުނީމަ މީނަ އާއި މީނަގެ އައުވާނުން ބޭރަށްދާން ފުރުސަތު ދީ ސަކަރާތްޖަހަން ފުރުސަތު ދިނީމާ ހެދިގޮތް ފެނުނު!! ދެން މި ބުއްޅަބޭ އާއި މީނާގެ އައުވާނުންގެ ގޮތުގަ ބްލެކްލިސްޓް ކުރެވިފައިވާ ބަޔަކު އެބައުޅޭ! އެއީ ބުއްޅަބޭ، ޖީޕީ ޝަމީމް، ހަސަން ލަތިފް، ބުނިގޮތަށް ޙުކުމް ކުރީމާ ޕްރޮމޯޝަން ދީ ސްޕްރީން ކޯޓަށް ލީ ފަނޑިޔާރު، ޖޭއެސްސީގައި އުޅޭ ޙިޝާން، އިމްރާން، އީސީ ޝަރީފް، އިންތިޔާޒު ފަހުމީ، އީވާ، ރައިސް އޮފީހުގެ އުޅޭ އަލީ ޒާހިރު! މިމީސް މީހުން މިނޫން ސަރުަކާރެއްގައި ވަރަށް ޙާލުގައި އުޅޭތަން ފެންނާނެ!! މިހާރު ތިހެދި ހުރިހާ އެއްޗަކާއި ކުރަމުންދާ ހުރިހާކަމެއް ޚާއްސަ ޓީމަކުން އެބަބަލާ ރިކޯޑް ކުރޭ!!
ނަޝީދަކީ ބަދަލުހިފަން ކެތްމަދުވެފައި ހުރި މީހެއްކަން އެނގިއްޖެ. ޢިލްމީ ދަރިން ގައުމާ ދުރަަށް ދަނީ ބޮޑުންގެ ނޭއްގާނީ ޢަމަލުތަކާހުރެ.
ސާބަހޭ ބްރަދާ ވާންކޮއްފަ ބަހައްޓާތި.ވީ އާ ރައިޓް ބިހައިންޑް ޔޫ.ވ.ވެދުން
ބާޣީއެއް!
ތިބުނާ ކަހަލަ އެއްޗެއް އިނީ މަޖުލީހުގެ ރައީސްއަށް..
ކަލޭ އައްޕަވެސް އެއީ ބާއީއެއް.
އެއުޅެނީ ހިނދުކޮޅުގަ ހުރެ އިސްތިއުފާ ދިންދުވަހު ބަގާވާތް ކުރީޔޭ ކިޔާފަ އަދަބުދީ ޖަލަށް ލާން ވެގެން . ބަދަލު ހިފުމުގަ މިސާލެއް ނެތް މީހެއް ބުރާންޗާ އެދުވަހު ހަމަ އިސްތިއުފާ ދިނީ ތިމާގެ ސިކުނޑި ކުޑަކަމުން ހޭ ދެބައިވެފަ ހުރެގެން ކުރި ކަމެއް ތިމާ ނުރުހޭހާ ބަޔެއްގެ ބޮލުގަ ބަޣާވާތުގެ އިލްޒާމް އަޅުވާފަ ޖަލަށް ލުމަށްވުރެ ތާހިރުވާނެ ދައުލަތުގެ މުދަލަށް ގެއްލުން ދިން މީހުނަށް ދައުވާ ކުރިއްޔާ ގަންޖާ
އެޤަވާޢިދު ފާސްކުރީ ފުލުހުންގެ ތެރެއިން ނަޝީދު ހިތްޕުޅާނުވާ ބަޔަކަށް ލޮޓިދޭން. ތިމާމެން ފާސްކުރާއެތި އަމިއްލަ ފޫކޮޅަށް ހެރިފަތިއޮތީ. އެއްޗެއްހަދާއިރު ކުޑަކޮށްނަމަވެސް ވިސްނާލިނަމަ ތިގޮތަކަށް ބޭޒާރެއްނުވީސް. ކޮބާ އެމްޑީޕީގެ މޮޅެތި މެމްބަރުކަމުގަ އުޅޭ ވަކީލުން. އެއްޗެއް ވިސްނިދާނެ މިހާރު.
ނަޝީދު ގެ ޑިމޮކްރަސީ ގައި އޮންނަގޮތް ތޯއްޗެ. މިކަލޭގެ އަށް ދޭންވީ ދުނިޔޭގެ ވެރިކަން. އޭރަށް ކަންނޭނގެ މައިތިރި ވަނީ.
ކޮބާތޯ އެހެން މީހުންގެ ޙައްޤުތައް.
އަބަދުވެސް ޙައްޤު ތަކަށް ވަކާލާތުކުރާމީހެކޯ.
ފުލުހުން ގެ ބަލަދުވެރިޔާތަ މީނާއަކީ.ނުބެހޭ ކަމެއް ނޯވެ އޭ
ކޮންމެ ކަމަކާއި އެބަ ބެހިގަނެއޭ. ޅެންވެރި އަކު ވިދާޅުވެފަ އޮވޭ
"ތިމާއާއި ނުބެހުނަސް ވަރިހަމަ
ދިމާލަށް ފެންނަހާ ކަމަކާ
ތިފާޑުން ފޮށިގަތީމާ ދެން
ކިޔާނީ ގުއިއުނދުޅި ބާނާ "
ތުނޑު ހަސަނާއި ކެންނާރި ބަޢީއާއި ދެމީހުން ފޭހުނު އިލޮށި އަމިއްލަ ލޮލަށްހެރި ފައިރޫޝް ޖައްސަން ދެމި ގުއިރޮދީގައިވެސް މިދޭތި ޖެހުނީމަ މިހާރު ރައްޔިތުންގެ މަޖިލިސް ނަހަމަގޮތުގައި ބޭނުންކޮށްގެން ކުރަން އުޅޭ ދަށުދަރަޖައިގެ ނުބައި ނުލަފާކަންތައް ދިވެހިރާއްޖޭގެ އިންސާފާއި ހަމަ ދެނެތިބި އެތަކެއް ރައްޔިތުން މިތިބީ ބަލަން މިހާރު ތިޔަ އުޅެނީ ނުޖެހުނީމަ ގަދަކަމުން ގުއިރިދީގައި ޖައްސަން ފައިރޫޝް ރިޓަޔަރވި މައްސަލަ ކޮންގޮތަކަށް ބަލަންތޯ ތިޔަ އުޅެނީ؟ އެއީ ކޮންމެ ފުލުހަކަށްމެ ލިބިގެންވާ އިޙްތިޔާރެއް ފައިރޫޝް ރިޓަޔަރވީ ގަވައިދާއި ހިލާފަށް ކަމުގައި ވަނީނަމަ ސީޕީ އެމްޑީއެން ހަމީދަށްވެސް އިމްރާނަށްވެސް ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިޔާ އިބިރިހިމާއަށްވެސް ފިޔަވަޅު އަޅަން ޖެހޭނެ ގާނޫނާއި ހިލާފަށް ފައިރޫޝް ރިޓަޔަރވާން ހުށަހެޅީމަ އެކަން ގަބޫލުކޮށް އެޕްރޫވްކުރި މީހުންނަށް ފިޔަވަޅު އަޅާ ނިކަން ކެރެންޏާ އަޅެ މިބުނިކަން ކޮށްބަލަ
ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވަރެއް އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަލުން ވަޒީފާ ދިނުމަށް ދައުލަތުން އެއްބަސްވުމުން އެގޮތަށް އަމަލުކުރަން ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުވަރީ މަހުއެވެ. އޭނާ ވަނީ ފުލުހުންގެ މުއައްސަސާގައި 20 އަހަރު ދުވަހު ހިދުމަތް ކުރައްވާފައެވެ.
މީގެ ކުރިން ފައިރޫޝް ފީއެޗްޑީއަށް ކިޔަވައި ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށް، 2017 ވަނަ އަހަރު ފައިރޫޝް ފުލުހުންގެ ވަޒީފާއިން ވަކިކުރިއެވެ. އެއީ އޭރުގެ ސަރުކާރާ ބެހޭ ގޮތުން ނުބައި ތަސައްވުރެ އުފެދޭ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެއެވެ.
ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ފައިރޫޝްއަށް އަލުން ފުލުހުންގެ ވަޒީފާ ދިނުމަށް ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލޫޝަން ޑިވިޝަނުން ހުކުމްކުރިއެވެ. މި ހުކުމާ އެކީ ފައިރޫޝް ފުލުހުންގެ ވަޒީފާއަށް އަލުން ނުކުމެވަޑައިގަންނަވަން ފެށްޓެވީ ޑިސެމްބަރު 2018 ގައެވެ. ޖެނުއަރީ 2019 ގައި އޭނާ އެސިސްޓެންޓް ކޮމިޝާނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަން ކުރެވުނެވެ.
ޕްރައުޑް އޮފް ޔޫ ސަރ.
ޗުއްޓީއަށް ދިޔަ އީމަ ކުރާނެ ކަމެއް ނެތުނީތޯ
ފައިރޫޒް 20 އަހަރު ޚިދުމަތް ކުރިއޭ ބުނާއިރު ގިނަވާނީ ކިޔަވަން އަބަދުވެސް ދޫވެފައި ހުންނަ ދުވަސްތައް.. މަތީ މަޤާމެއްވީމަ އޯކޭ.. ފުލުހުންގެ ވަޒީފާގައި 20 އަހަރު ވާން ކައިރިވެފައި ތިބި އެތައް ފުލުހުންނެއް ތިބިއިރު އޭގެ ތެރޭގައި އަދިވެސް ކޯޕްރަލް ރޭންކް ނުވަތަ ސަރޖަންޓް ރޭންކް ނުވަތަ އެއަށްވުރެ ދަށު ރޭންކުތަކުގައި ފުލުހުން އެބަތިބި.. ދަށް މަޤާމެއްވީމަ ނުވަތަ ނުފޫޒެއް ނެތީމަ ނިކަމެތިކަން މަތީގައި.. ކޮބާ އިންސާފު
ވާނުވާ އެނގިގެން ކޮމެންޓް ކުރޭ. 20 އަހަރު ވި ކޯޕްރަލްއެއް ނުހުންނާނެ. އަދި އެއަށްވުރެ ދަށް ރޭންކްއެއްގަ އެއްވެސް ނުހުންނާނެ.
ގައުމަށް ހަދާނެ އެއްޗެއް ހަދާފަ އިސްތިއުފާ ދިނުމަކުން ނުނިމޭނެ
މީނަޔާދޭތެރޭ ފިޔަވަޅު އަޅާނެ ކަން އެނގޭތީވެ، ކުރީބައިގަ ލާރި ގަނޑަކާ އެއްކޮށް އެވަހަށް ރިޓަޔަރ ކުރީ! އަދި އުމުރުދުވަހަށް ލިބޭ ޕެންސަނެއްވެސް އޮންނަ ކަމަށް ވަނީ! ހަޤީޤަތުގެ އޭން އެއްވެސް ކަމެއް މީނާޔަށް ލިބިދީގެން ނުވާނެ! މީނަޔަކީ ޤައުމަށް ޤައްދާރުވި މީހުންގެ ތެރޭގައި ހިމެނޭ މީހެއް! 7 ފެބްރުއަރީ 2012 ގައި، މީނަ ވަނީ އޭރުގެ ޕޮލިސް ކޮމިސަނަރަކަށް ބޭފުޅަކު ހުންނަވަނިކޮށް، އެ ބޭފުޅާއަށް އަލްޓިމޭޓަމެއް ދިނުމަށްފަހު އަމިއްލަޔަށް އެ މަސްއޫލިއްޔަތާ ހަވާލުވެފަ! މީކީ އެއްވެސް ޕޮލިސް އޮފިސަރަކަށް ކުރެވިގެން ވާނެ ކަމެއް ނޫން! މީނަޔާ ދޭތެރޭ ފިޔަވަޅު އެބަ ޖެހޭ އަޅަން! ސީޕީ ހަމީދު އެބަޖެހޭ ލީޑަރސިޕް ދައްކަން!
ނަޝީދުއަށް އައްޑޫ ރައްޔިތުންގެ ތާއީދު ގެއްލެނީ އައްޑުއަށް ނިސްބަތްވާ ތައުލީމީ ގާބިލް ދަރިންނާއި ޖައްސާލައިގެން އުޅޭތީ. ފައިރޫޝް އަކީ އައްޑުއަށް ނިސްބަތްވާ ތައުލީމީ ގާބިލު މީހެއް. ނަޝީދުމެންނަށް ފައިރޫޝް މެން ހިނގާމަގުންވެސް ނުހިނގޭހާ ތައުލީމީ، ގާބިލުކަމުގެ ތަފާތު ހުންނާނެ... ގާނޫނު ހަދާ މަޖިލިހުގެ ރައީސް ގާނޫނީގޮތުން މީހުންނަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމުން އެއައި ޗެލެންޖުކުރުމަކީ މަޖާކަމެއް.. ނިމޭއިރު އަތަށްގޮވާނީ.. ރައްޔިތުންގެ ކުރިމަތީ ލަދުގަންނަން ޖެހުން ނޫން ގޮތެއް ނީންނާނެ.
ތިމާމީހާ އަރާއިނދެ ފާސްކުރި ގާނޫނަށް އަމަލުކުރަން ފަށަންއޮތީ ކޮންއިރަކުކަމެއްވެސް ބީތާއަކަށް ނޭނގޭ. ބޮލުގަ ބަޑި ޖައްސާފަތަ ބިލު ފާސް ކުރުވީ؟ ކެކެކެކެ
100% ރަގަޅު