ޖެންޑާ މިނިސްޓްރީން އިދިކޮޅުގެ ސިޓީއަށް ޖަވާބު ނުދިން ކަމަށް އިދިކޮޅުން ދައްކަމުން އަންނަ ވާހަކަ އެ މިނިސްޓްރީ އިން ދޮގުކޮށްފިއެވެ.
ޖެންޑާ މިނިސްޓްރީގެ ޑައރެކްޓަރ އޮފް ކޮމިއުނިކޭޝަން އިބްރާހިމް މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ މުއްދަތުގައި، ޕީޕީއެމްގެ ފަރާތުން ޖެންޑަރ މިނިސްޓަރ އައިޝަތު ދީދީ އާއި ބައްދަލުކުރެއްވުމަށް އެދި 19 އޮކްޓޫބަރު 2020ގައި ވަނީ އެ ފަރާތުން ސިޓީ ފޮނުއްވާފައި ކަމަށެވެ. އަދި އެ ސިޓީ މިނިސްޓްރީ އަށް ލިބިފައި ވަނީ އޭގެ އެއް ދުވަސް ފަހުން ކަމަށާއި އެ މުއްދަތުގެ ތެރޭގައި މިނިސްޓަރ ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާތީ، ފަހުގެ ތަރީޚެއްގައި އެ ފަރާތާ މުޢާމަލާތު ކުރާނެ ވާހަކަ 22 އޮކްޓޫބަރު 2020ގައި އީމެއިލް މެދުވެރިކޮށް ވާނީ އެންގިފައި ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އެ ސިޓީއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަކުރާނެ ކަމަށާއި އަދި އެ ފަރާތްތަކާ ބައްދަލުކުރާނެ ކަމަށް އިބްރާހިމް ވިދާޅުވިއެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ, އޮކްޓޯބަރު 19 ވަަނަ ދުވަހު ޖެންޑާ މިނިސްޓަރ އައިޝަތު ދީދީ އާ ބައްދަލުކުރުން އެދި ފޮނުވި ސިޓީއަށް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.
އަދި އެކަމާއި ގުޅިގެންނާއި ރޭޕް އާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކަށް އިންސާފު ހޯދުމަށް ގޮވާލައި މިއަދު ޖެންޑާ މިނިސްޓްރީ ކުރިމަތީގައި ވަނީ މުޒާހަރާކޮށްފައެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ހުޅުމާލެ ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއެވެ.
އެ މައްސަލައިގައި ސަރުކާރުގެ ނުފޫޒު ގަދަ ދެ ބޭފުޅެއް ހިމެނޭ ކަމަށް ވެއެވެ. އެ މައްސަަލައަށްފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވިއެވެ. އަދި އެއީ ރޯޔަލް ރޭޕް ކޭސްއެއްގެ ގޮތުގައި ގިނަބަޔަކު ސިފަވެސް ކުރެއެވެ.
ދެންކީއްވެ ބައްދަލު ކުރަންނުކެރިގެން ތިއުޅެނީ
ނުކެރޭނެ.ފިނޑި މީހެއް
ޢިދިކޮޅުން އެބުނަނީ ތެދެއްކަން ޑައރެކްޓަރ އޮފް ކޮމިއުނިކޭޝަން އިބްރާހިމް މުހައްމަދު ވިދާޅުވި ވާހަކައިން މާރަނގަޅަށްވެސް އެނގިއްޖެ. އަދިވެސް މިނިސްޓަރ ވަޑައި ނުގަންނަވަނީތޯ؟ ހާދަވދިގު ދަތުރުފުޅެކޭދޯ
"ތިޔަފަރާތުން ފޮނުވި ސިޓީ މި މިނިސްޓްރީއަށް ލިބިއްޖެ" މިއީތޯ ތިޔަ ވިދާޅުވި ޖަވާބަކީ؟
ޔަގީންވާއެއްކަމަކީ މިސަރުކާރުގެ އެއްސްމަގާމެއްގާ ހުރިމީހަކު ދިގެއް ހެދެންއޮއްވާ ތެދެނަހަދާނެކަން މިނިސްޓަރުގެ ވާހަކައިން ޔާގީންވެއްޖެ
މިނިސްޓަރު ރާއްޖެ ވަޑާގަތީމާ ޖަވާބެ ދޭނަމޭ ބުނުމަކީ ސިޓީގެ ޖަވާބު ދެވުނީކަމަކަނުވާނެ ތިހާނާގާބިލުމީހުން ތިފަދުގެމަގާމުތަކައް ކުފޫހަމަ ނުވާނެކަން ހިންނަވަރުއިބުރާހީމައް ނޭގުމަކީ އިދިކޮޅުގެ ކުށެބާ
މީނަމީ މައުމޫނުގެ ނޮހޮރުއްޕާނުން ސަލާމަތްވުމަށް މިތަނަށް ވައްދާފަހުރި ދޮޅުރޯނާއެކެވެ.
އޮފީހުގައި މަސައްކަތްކުރާ 7 ގަޑިއިރުތެރޭގައި ި މިނިސްޓަރު 4 ފަހަރު ހެދުން ބަދަލުކުރެޔޯ ! މިވަރުން މިނިސްޓްރީ ހުންނާނެ ހިންގިފަ!
މިހާރުޖެންޑައް މިނިސްޓުރީހިގަނީ ފަށޫބުނާގޮތައްދޯ
ބެޭކާރު ތަނެއް.ވާ ކަމެއް ހަރާން.ރައްޔިތު މީހާގެ ޓެކްސް ލާރި ކާލައިގެން މި މީހުން އަޗާ ތަޅަނީ