ރާއްޖެއިން ނިކަރާގުއާ އާއެކު އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭ މަޝްވަރާތައް ކޮށްފިއެވެ.
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު މިއަދު ވަނީ ނިކަރާގުއާގެ ފޮރިން މިނިސްޓަރ ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުން ގުޅުއްވައި މަޝްވަރާކުރާތަކެއް ކުރައްވާފައެވެ.
މި މަޝްވަރާތަކާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ވިދާޅުވީ، މި މަޝްވަރާތަކުގައި ފޯން ކޯލްގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ތިމާވެށީގެ ދާއިރާފަދަ ދާއިރާތަކުގައި ބައިނަލްއަގްވާމީ މަސްރަހުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި، އިގްތިސާދީ އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތާ ބެހޭ މައުލޫމާތު، ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރ ޝާހިދު އެރުވިކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ.
އަދި މީގެ އިތުރުން އދގެ ނިޒާމުގެ ތެރޭގައި ގުޅިގެން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެ ވަޒީރުންވެސް އަރުވާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވިއެވެ..
ރާއްޖެއިން ނިކަރާގުއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވަނީ 11 މެއި 2010 ގައެވެ.
އާރ ޔޫ ލޮސްޓް ބޭބީ ފައިފުހި 🥺
މީނަ އާދޭސް ކޮއްކޮއް ދުނިޔޭގެ އެއްވެސް ތަނަކުން ފައިސާ ފޮއްޗެއް ނުދިން
ނިކަރާގުއާގެ ކަނޑުތަކުންވެސް ދޮގުވައުދު ވެގެން "ހިބަރުވަޢުދު" ގައި ކުރުމަސް ބޭނޭނެކަމަށްތޯ ނޫވާޏެ ތިކަމެއް