ދުބާއީގެ ކުންފުންޏެއް މެދުވެރިކޮށް ދިވެހި ކުންފުންޏަކުން ރާއްޖެ އެތެރެކުރަން އުޅުނު، މަސް މަރާ 21 ބަޑި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މި މަހުގެ 10 ވަނަ ދުވަހު ކަސްޓަމްސްއިން ހިންގި އޮޕަރޭޝަނެއްގައި، މިތަކެތި އަތުލައިގެންފައިވަނީ ކަސްޓަމްސްއަށް ޑިކްލިއާ ކުރި މުދާތަކެއްގެ ތެރެއިންނެވެ.

މި ތަކެތި ރާއްޖެ އެތެރެކުރަން މަސައްކަތްކުރީ، އެއީ ހެދުންތަކެއް ކަމަށް "އިންވޮއިސް" ގައި ޖަހައިގެންނެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް، ކަސްޓަމްސްއިން މައުލޫމާތުދެއެވެ.

މީގެއިތުރުން އެ ޝިޕްމެންޓްގެ ތެރެއިން ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ތިން ބުރުމާވެސް ވެސް އަތުލައިގެންފައެވެ.

ADS BY SHEESHA

މި މައްސަލަ ކަސްޓަމްސްއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ADS BY ASTERS

5 ކޮމެންޓް

  1. ކޮބާ ހީވެކަމެންހެން ކުޅަދާނަދޯ މިމުައްސަސާތަކުދަތިބިމީހުންބޭނުންވާކަމެއްމިއެގެނީ

  2. މަސްތުވާތަކެތި މިހާރިވެސް ބޯކޮށް ލިބެންހުރޭ. ވަކި ލައިސަންސް އެއްެގެ ދަށުން މަސްމަރާބަޑިވެސް ގެންގުޅުމުގެ ހުއްދަ މަދު ބަޔަކަށްނަމަވެސް ދިނިއްޔާ ކީއްތަ ވާނީ؟

  3. ޗަކަހަލަ އެއްޗިހި އަތުލޭގަންނަން ހާދަ ފަސޭހަޔޭ. ކޮބޭ މަސްތު

  4. ބުރުމާވެސް އަތުލަތީތަ؟

  5. ޑިމޮކްރަޓިސްޓް

    ކީއްވެތަ މިކަހަލަ މަކަރުހަދާމީހުން މި ސަލާމަތްކުތަނީ؟؟ ކަނޑައެޅިގެން މިމުދާ ކްލިއަރ ކުރާ ކުންފުންޏާ، ފިހާރައިގެ ނަމާއި، ކުންފުނީގެ ތައްގަނޑާއި، އެ ތައްގަނޑުގެ ޒިންމާދާރު ފަރާތާއި، ކްލިއަކުރަން އަންނަ ފަރާތާއި އެނގޭއިރުވެސް މީހަކު ހައްޔަރުކޮށް ފިޔަވަޅެއްނޭޅޭ!! ކީއްކުރާބައެއްތަމީ ބޮޑުމުސާރަކައިގެންތިބޭ!!