22:35

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން ޖަހަން ބޭނުންވާ މީހުން ރެޖިސްޓްރީ ކުރަން ހުޅުވާލައިފި.

22:35

ރާއްޖެ އިން އިތުރު 51 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ.

19:40

ކޮވިޑް-19 ހަލުވި ކަމާއި އެކީ ފެތުރެމުން އަންނާތީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އޮމާނުން އެ ގައުމުގެ އެއްގަމު ހުރިހާ ބޯޑަރުތަކެއް އަނެއްކާވެސް ބަންދު ކުރާނެ ކަމަށް އެގައުމުން ހާމަ ކޮށްފި.

19:39

ކޮވިޑް-19ގެ ސަބަބުން އޮސްޓްރިއާގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) ގެ މުއްދަތު އެގައުމުން އިތުރު ކޮށްފި.

18:01

ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިއްޔެ އިތުރު 1،219 މީހަކު މަރުވެއްޖެ.

17:21

ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 481 މީހަކު މަރުވެއްޖެ.

15:03

ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާގައި އުފެއްދި ވެކްސިން އިމަޖެންސީ ހާލަތުގައި ޕާކިސްތާންގައި ބޭނުން ކުރުމުގެ ހުއްދަ ޑްރަގް ރެގިއުލޭޝަން އޮތޯރިޓީ އޮފް ޕާކިސްތާން (ޑީއާރުއޭޕީ) އިން ދީފި،

12:14

ސްރީލަންކާ ޤާނޫނު ހަދާ މަޖިލީހުގެ މުވައްޒަފުންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެ.

11:42

ކޮވިޑް-19 ދުނިޔެއަށް އެނގުމުގެ ހަފްތާތަކެއް ކުރިން ޗައިނާ ލެބްގެ ބަޔަކު ބަލިވި!

10:07

ވަރަށް އަވަހަށް ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނަން - އިންޑިއާ


ކޮވިޑް-19 އަށް މިއަދު ރާއްޖެ އިން 87 މީހަކު ފައްސިވިއިރު އޭގެތެރެއިން 41 މީހަކު ފައްސިވީ ރިސޯޓްތަކުންނެވެ. މިހާރު ކޮންމެ ދުވަހަކު ރިސޯޓްތަކުން ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އައި ނަމަވެސް ރިސޯޓްތަކުގެ ރައްކާތެރިކަން ބަލައި ޗެކް ކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވެމުންނެއް ނުދެއެވެ. އިނިސްޕެކްޝަންތައް ހިންގައި، ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ މާލޭގައި އެކަންޏެވެ. މިހާރު ވެސް މާލޭގެ އެތައް ކުދިވިޔަފާރިތަކެއް ޖޫރިމަނާކޮށް އަދި ވަގުތީ ގޮތުން އެތައް ތަނެއް ބަންދުވެސް ކޮށްފިއެވެ.

މިއަދު 87 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 3331 މީހަކު ކޮވިޑް-19 އަށް ޓެސްޓް ކޮށްގެންނެވެ. މިއަދަކީ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު 150 މީހަކު ކޮވިޑް-19 އަށް ފައްސިވި ފަހުން ރާއްޖެ އިން އެންމެ ގިނަ މީހުން ފައްސިވި ދުވަހެވެ.

ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ އަދަދު ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 901 އަށް އަރާފައެވެ. މިއީ ޑިސެމްބަރ މަހުގެ 03 ވަނަ ދުވަހަށް ފަހު އެކްޓިވް ކޭސްތަކުގެ އަދަދު 900 އަށްވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ. މިހާރު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް އަންނަނީ ދުވަހުން ދުވަހަށް އިތުރު ވަމުންނެވެ. މިހާރު 68 މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އެބަގެންދެއެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޯގޯސް

    ލޮލް އެޗްޕީއޭ އަކީ ކޮވިޑް އު ފައްދާ ނައްތާލާތަނެއް ދުވަސްކޮޅަކުން ތިޔަ އަދަދުތައްވެސް ތިރިކޮއްލަ ފާނެ ހާސްބުވެބަލަ

  2. އަޙްމަދު

    ބައެއް ރިސޯޓް ތަކުގައި މާބޮޑު ސަލާމާތީ ފިޔަވަޅުތަކެއް ނާޅާ! ބައެއްތަންތަން ހިންގަނީ ވަރަށް ރަނގަޅަށް! މިކަމުގައި ރިސޯޓްތަކުގެ ގޯސްވާހަކަ ދެއްކުމުގެ ބޭނުމެއްނޫން މުހިން ކިހިނެއްވެގެންތޯ މިކަންވަނީ! ސިޔާސީ މީހުން ހެދިފައިވާ ޤާނޫނުތަކަށް ބޯނުލަނބާ ތިމާމެން ބޭނުން ގޮތަކަށް ޤަވާއިދު ބަދަލު ކުރަންނާޏާ ވާނީމިހެން!!!

  3. .....

    ދެން ވިސްނާލަބަލަ މީހުން ދިރިއުޅޭ ރަށްރަށް ޓުއަރިސްޓން އެރުވީމަ ވާނެގޮތް.