އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިއީ އެ ޕާޓީގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރި ދެ ވަނަ ފަހަރެވެ.
އަދާލަތު ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަވީރު ހަތަރަކަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދާލަތު ޕާޓީގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، މިމަހު 30 ވަނަ ދުވަހުއެވެ.
އެ އިންތިހާބުގައި އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސް ހޮވާނެއެވެ.
އަދާލަތު ޕާޓީގެ ރައީސް ކަމަށް މިހާތަނަށް އައިރު ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ.
އިމްރާން އިއްޔެ ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރުގެ މުއްދަތަށް އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ވާދަ ކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި މިގޮތަށް ނިންމެވީ ގައުމުގެ ހާލަތު ހުރި ގޮތުން އަދާލަތު ޕާޓީ އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގައި އޭނާގެ ދައުރު މުހިންމު ކަމަށް ޕާޓީގެ ގިނަ މެމްބަރުން ފާހަގަ ކުރާތީ ކަމަށެވެ.
ސަރުކާރު ކޯލިޝަންގެ ހަތަރު ވަނަ އަށް އެންމެ ބޮޑު ޕާޓީ، އަދާލަތު ޕާޓީ ރަސްމީގޮތުން ރަޖިސްޓްރީ ކޮށްފައިވަނީ އޯގަސްޓް 18، 2005ގައެވެ. އެ ޕާޓީގައި މިވަގުތު 6،000 އަށް ވުރެ ގިނަ މެމްބަރުން އެބަތިބިއެވެ.
މިބައިމީހުން ފޮތް ހަރުގަނޑެއް ފަހަތަށް ލައިގެން މިތިބެނީ މާ ޢިލްމީ ބަޔަކު ކަމު ދެއްކުމަށް ޓަަކާތޯއެވެ.
ކަންދެކުމަކީ ޖާހިލު ކަމުގެ ސިފައެކެވެ.
އިމްރާނު ނޫން އެންމެން ނަން ނަގަންދެން އިތުރުކުރައްވަމުންގެންދަވާ #