ގިނަބަޔަކު ފައްސިވި ގއ. ދެއްވަދޫއަށް ޖެންޑާ މިނިސްޓްރީގެ ފަރާތުން ކެއަރ ޕެކޭޖް ފޮނުވައިފިއެވެ.

އެ މިނިސްޓްރީން މިއަދު ވިދާޅުވީ، އެރަށް މޮނީޓަރިންގ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށުގައި ދިރިއުޅެމުންދާ ފަރާތްތަކަށް ކެއަރ ޕެކޭޖް ފޮނުވާފައިވާ ކަމަށެވެ.

ކެއަރ ޕެކޭޖް ފޮނުވާފައި ވަނީ، މޮނީޓަރިންގ ހާލަތުގައި ތިބި ރަށްތަކަށް ގުޅައި މައުލޫމާތު ސާފް ކުރުމަށް ފަހު އެވެ.

ދެއްވަދޫން އިތުރު ބަޔަކު ފައްސިނުވާތާ ތިން ދުވަސް ވަނީ ވެފައެވެ. އެރަށުން މިހާރު ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް ވަނީ 57 އަށް އަރާފައެވެ.

މިހާރު އެރަށުން 63 ގެ ހުރީ ކަރަންޓީންކޮށްފައެެވެ.

ދެއްވަދޫން ކޮވިޑް-19 ފެނިފައި ވަނީ މިދިޔަ މަހު 24ވަނަ ދުވަހު ކަރަންޓީންގައި ހުރި ކުއްޖަކު ފައްސިވި ފަހުންނެވެ. އެރަށުން ފަހުން ވަކި ތަރުތީބެއް ނެތި ސުންކު ނަގާފައި ވެއެވެ. އަދިއެރަށުން ގިނަބަޔަކު ފައްސިވެެސް ވެފައި ވެއެވެ.