ރާއްޖެއިން މިއަދު ކޮވިޑް-19 އަށް 108 މީހަކު ފައްސިވެއްޖެ އެވެ.
މިރޭ އެޗްއީއޯސީން ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، މިއަދު ފައްސިވި 108 މީހުންގެ ތެރޭގައި ހިމެނެނީ ފައްސިވި މީހުންނާއި ގާތުން އެއްތާވި 58 ފަރާތަކާއި، އަދި ވަކިވަކި 50 ވޭދަނަތަ ކަމަށެވެ.
މީގެ ތެރެއިން އެކްޓިވް ސަވަޔަލެންސް އިން ފެނުނު ފަރާތަކާއި،ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރެވުނު 22 ފަރާތެއް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ރިސޯޓްތަކާއި ގެސްޓްހައުސްތަކުން ފައްސިވި 10 މީހުންވެސް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި މާލެ އަށް ރާއްޖެ އިން ބޭރުން އައި އެއް ފަރާތަކާއި، މަސައްކަތް ކުރަން ދިޔަ ފަރާތެއް ފަރާތެއް ކަރަންޓީން ނިންމުމަށްފަހު ޓެސްޓު ކުރުމުން ފައްސިވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
އަދި ރިސޯޓަކުން ބަލީގެ އަލާމާތްތައް ފެނިގެން ޓެސްޓު ކުރެވުނު ފަރާތެއްވެސް ފައްސިވެފައިވާ ކަމަށް، ޑރ. ނަޒްލާ ވިދާޅުވިއެވެ.
މިއަދު ފައްސިވި މީހުންގެ ތެރެއިން މާލެ އިން މި ވަނީ 80 ވޭދަނަ ފެނިފައެވެ. ރިސޯޓްތަކުން 23، މީހަކު ފައްސިވިިއިރު، އަތޮޅު ތެރެއިން ހަތަރު މީހަކާއި، އުޅަނދަކުން އެކަކު ފައްސިވެފައި ވެއެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 14993 އަށް އަރާފައެވެ.
ރާއްޖެއިން މިހާތަނަށް މި ބަލީގައި 51 މީހަކު ވަނީ ނިޔާވެފައެވެ.
އިދިކޮޅުގެ ހަރަކާތް ފަށޭއިރަށް އިތުރުވަނީ ޖާދުލެއް ދޯ.
ވެކްސިން ބޮޑު ފޮއްޓަށްލާ ތަޅުލައިގެން ތިބެންވީ ވަގުތުބާ؟ ސިހްހީ ދާއިރާގައި އުޅޭ ސިޔާސީ މީހުން ލަނޑުދޭން ތަޅުވާ އަގައަށް ނުހެއްލި ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެކްސިން ޖެހޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަންވެއްޖެ. ޑަބްލިއު އެޗްއޯގެ ބޮލަށް ކަނޑާލަ ކަނޑާލާ ތިބެގެން ނުވާނެ . ފަހު ބަސް ވެސް އިސް ބަސް ވެސް އަދި މަރު ބަސް އެޗް.ޕީ.އޭ އަށް ދޫކޮށްލައިގެން ސޯލިހު އެހެރީ ހަމަ ގަމާރުކަމުން ވާނުވާ ނޭންގޭތީ ކުޅަދާނަ ވިސްނުންތެރި އިލްމީ ހުށިޔާރު ވެރިއެއް ނެތް ކަން އިހްސާސްވަމުން މިދަނީ.
އެކަމަކުވެސް ލުއިލިބެނީ، ދެވެނީ...!! ކިހިނެއްމިވަނީ؟..! ޢިގްތިސޯދު؟...!!
އަދިވެސް ހޮޓާތަކާއި ސަރުކާރުގެ އިވެންޓުތައް ފުލް ގިޔަރަށްލާފަ، އެންމެ ތުއްތު ތުއްތު ކުދިންވެސް ކިޔަވައިދޭންށޭކިޔާފަ ކޮމިއުނިޓި ތެރެއަށް ނެރެންތޯވީ؟ ސަރުކާރުން މިދައްކާ ވާހަކަތަކާ ޢަމަލީގޮތުން މިފެންނަ ކަންކަން ވަރަށް ތަފާތު. ޤައުމުގެ ޙާލަތު ކިހާހިސާބަކަށް ދުއްވާލަންތޯ ތި މަސައްކަތް ކުރައްވަނީ؟
މީހުންތައް ބިރުގަންނަވައިގެން އިންޑިޔާ ވެކްސިން ޖަހަން މަޖުބޫރުވާވަރު ކުރާނެ! ބަލަން ތިބޭ! ތިއީ އެމީހުން ކުޅޭ ސިޔާސީ ކުޅިވަރެއް!
ވެރިކަން ވެއްޓިދާނެކަމުގެ ބިރުން ކޮވިޑު އިތުރުވަނީ ސޯލިހަށް މިޔަށްވުރެ ބިރުވެރިކަމަކާ ކުރިމަށްޗެއްނުވާނެ އެހެންތާވާނީ ވެއްޓޭގޮތަށް ދާންޖެހޭނޫ އުމުރަށް ޖަލަށް......!
ހުސްދޮގު ތިހަދަނީ ތިވަރަކަށް ބައްޔެއް މީހުންމަކަށް ނުޖެހޭ
ނިއުއިޔާ ފާހަގަ ކޮށް އިނގިރޭސިވިލާތަށްގޮސް އެތަނުގައި ޕާޓީ ކޮށްފަ އެވަރުން ނުވެގެން ރާއްޖެ އައިސް މިތާ ޕާޓީކުރީމަ އޭގެ އަސަރު ތިޔަ ފެންނަނީ
އިދިކޮޅުން ސީދާ ޙަރަކާތައް ނުކުންނަން ވާހަކަދައްކާލުމާއެކު ހާހުން މިހިރަ އަރައިގެން ދަނީ. އެކަމަކު ކެފޭތައްވެސް ރެސްޓޯރެންޓްތައްވެސް ސްކޫލްތައްވެސް ޓިޔުޝަންތައްވެސް ސިނަމާތައްވެސް ހެސްކިޔާފަ ކުރިޔަށްގެންދަންވިއްޔޯ!
މަ ގޮލާ ހިނިގަޅާ ގަޅާ.