ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ގަބޫލު ކުރާ މީހުންނާ ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އައިއެސްއާ ގުޅުން އޮތް ކަމަށާއި ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތައުލީމީ މަރުކަޒުގައި މިދިޔަ އަހަރު އޯލެވެލް އިމްތިހާން ހަދަމުން ދަނިކޮށް ސްކޫލްގެ ލެބޯޓަރީ ގޮއްވާލަން އެ މީހުން ރޭވި ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.
ނިރުބަވެރި އަމަލުތަކެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ތެރޭ އޮޕަރޭޝަނެއް ހިންގައި އެންމެ ފުރަތަމަ ބަޔަކު ހައްޔަރުކުރީ މާލެ ކައިރީގައި އޮތް "ނަސާހް 3" ކިޔާ ދޯންޏަކުންނެވެ. އޭރުގައި ފުލުހުން ވިދާޅުވި ގޮތުގައި އެ ދޯނީގައި އައިއީޑީއެއް ހަދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބުނު އިރު އެކަމަށް ބޭނުންކުރާ ބައެއް ސާމާނު ވެސް ދޯނިން ވަނީ ފެނިފައެވެ. އެގޮތުން ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ވެސް ފުލުހުންނަށް ވަނީ ފެނިފައެވެ.
އައިއެސްއާ ގުޅިގެން އެ ޖަމާއަތުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި ޓެރަރިޒަމްގެ އަމަލްތައް ހިންގުމަށް ހިތްވަރުދީ ރާވަމުން ދިޔަ މީހުންނަކީ ދަތުރު ދިއުމުގެ ނަމުގައި ފަޅުރަށްރަށަށްގޮސް ތަމްރީނުތައް ހަދައި ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފެތުރުމުގެގޮތުން ރަށުގެ ބައެއް ގޭގޭގައި ހަރުކަށި ފިކުރުގެ ކްލާސްތައް ހިންގައި އޮންލައިންކޮށް ހަރުކަށި ފިކުރުގެ ދަރުސްތައް ބާއްވައި ކުޑަކުދިންނަށް އަމާޒުކޮށްގެން އެ ކުދިން ހަރުކަށި ފިކުރަށް ލެންބުމަށް މަސައްކަތްކުރާ ބައެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މީހުން ވަކި ޖަމާއަތް ހަދައިގެން ނަމާދުކުރަމުންދިއުމާއި ހަރުކަށި ފިކުރުގެ ފަރާތްތަކާ ގުޅުން އޮންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ދޯނީގައި އައިއީޑީ ހަދަން އުޅޭ ކަމާއި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައި ވާއިރު ދޯނިން ހައްޔަރުކުރި މީހަކު އައިއިސްއާ ގުޅިގެން ހަނގުރާމަ ކުރުމަށް ޝައުގުވެރިކަން ފާޅުކޮށް، ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް އިންޓަނެޓުން ސާޗްކުރަމުންދާކަމަށް ބައިނަލްއަގުވާމީ އިންޓެލިޖެންސް އިދާރާއަކުން ވެސް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.
މި މީހުންނަށް ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދިނުމަށް ހިތްވަރު ލިބިގަތީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާއަތުގެ ފަރާތުން "ޖަޒީރާގެ ޒުވާނުން" ނަށް މުޚާތަބުކޮށް ދީފައިވާ މެސެޖަކާއި ގުޅިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އައިއެސްގެ ފަރާތުން ދިން މެސެޖްގައި "ޖިހާދުގެ މައިދާންތަކަށް ތިބާއަށް ދަތުރު ނުކުރެވިއްޖެ ނަމަ، ދެން ސަލީބީ ދައުލަތްތަކުގެ ރައްޔިތުންވަނީ ތިޔަބައިމީހުންގެ ކުރިމަތީގައެވެ. އެހެންކަމުން މަތިވެރިވެގެންވާ ﷲ ގެ ޙަޟްރަތުން ވާގި އެދޭށެވެ. އެބައިމީހުން ގަތުލުކުރުމަށާއި، ޗިސްޗިސްކޮށްލުމުގައެވެ. އަންދާލުމުގަޔާއި، ދަންޖެއްސުމުގައެވެ." މިފަދައިން ގޮވާލައި ޓެރަރިޒަމްގެ ޢަމަލެއްކުރުމަށް ހިންގުމަށް ގޮވާލައި ހިތްވަރު ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އައިއެސްގެ ތަރުޖަމާނުގެ ހިތާބާ ގުޅިގެން ރާއްޖޭގައި އެ ޖަމާއަތަށް ތާއީދު ކުރާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދިޔަ ކަމަށެވެ.
"މިގޮތަށް 2020 ވަނަ އަހަރު ތ. އަތޮޅު ތައުލީމީ މަރުކަޒުގައި އޯލެވެލް އިމްތިހާން ހަދަމުންދާ ވަގުތާ ދިމާކޮށް އެ ސްކޫލްގެ ލެބޯޓަރީ ގޮއްވާލުމަށް ރޭވި ކަމާއި މި ދުވަސްވަރު ސްކޫލްގެ ލެބޯޓަރީގެ ކެމިކަލް ރައްކާ ކުރާ ގުދަން ފަޅާލާފައިވާކަން ތަހުގީގަށް ފާހަގަ ކުރެވިފައިވެއެވެ،" ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
ފުލުހުން ބުނި ގޮތުގައި މިމައްސަލާގައި ތިމަރަފުށިން 16 ގެއެއް ބަލައި ފާސްކޮށް، "ނަސާހް-3" ދޯންޏާއި، ތިމަރަފުށިން އިތުރު ދެތަނެއް ފާސްކުރި އިރު، ތުހުމަތަށް ހައްޔަރުކުރި މީހެއްގެ ފޯނުން އައިސިސް ޖަމާއަތުގެ ޚޮރާސަން ޕްރޮވިންސްގެ ފަރާތުން އަމީރެއްގެ ގޮތުގައި ތ.ތިމަރަފުށީ ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފް އައްޔަންކޮށްފައިވާ ކަމުގެ ލިޔުމެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ:
- އަބްދުﷲ ޝަރީފް، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަހްސަން މުހައްމަދު، ތ. ތިމަރަފުށި/އަސްރަފީވިލާ
- އަލީ މުނީޒް، ތ. ތިމަރަފުށި/ކެނެރީގެ
- މުހައްމަދު އާސިރު، ތ. ތިމަރަފުށި/އަސުރުމާގެ
- އަލީ އަރުހަމް މުހައްމަދު، ރ. ކަނދޮޅުދޫ/ފެހިވިލާ
- ޝަމާހް ޝަރީފް، ތ. ތިމަރަފުށި/ސައިމާ
- އިބްރާހިމް ލޫތު، ނ. ކުޑަފަރީ/ރޯޒްމީޑް
- އަބްދުﷲ އިމާދު، ރ. މަޑުއްވަރީ/ބީޗް ހައުސް
މި މައްސަލައިގައި ހައްޔަރުކޮށްފައި ތިބި މީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އިއްޔެ ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވައިފައެވެ. އަދި އިތުރު ބަޔަކު މި މައްސަލައިގައި ހިމެނޭތީ އެކަން ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ތިމަރަފުށީގައި ހަރުކަށި ފިކުރު ފަތުރަން މަސައްކަތްކުރާ އިސް ފަރާތްތަކުގެ މައިގަނޑު މަގްސަދަކީ ފުލުހުން ވިދާޅުވި ގޮތުގައި އައިއެސް ޖަމާއަތަށް ތާޢީދުކުރާ ބަޔަކު ރާއްޖޭގައި އުފައްދައި އެ މީހުން ލައްވާ ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާތައް ދިނުމެވެ.
މޮޔަ ވާހަކަ. އައިއެސް މީހުން އެބައުޅޭތަ ރާއްޖެއާއި ހެދި.
ތިކަހަލަ މޮޔަ ވާހަކަ ދައްކައިގެން ރައްޔިތުން ބިރުގަންނުވަން ނޫޅި އެހެން ކަމަކާ އުޅެބަލަ
އެހެން... ބޭފުޅާގެ އާއިލާ މީހަކަށް އެކަހަލަ ކަމެއް އަމާޒް ވީމާ ހޭރެން ނާންނާތި
🤣🤣🤣🤣🤣
ކަލޯގަޔާ ކެނެރީގެ ބުއްޅަބޭ ގެ ކުޅިގަޑު. ދެން އިންޑިޔާއިން ޑަޒަން ޑަޒަނަށް ސިފައިން ގެނެސް ރާއްޖޭގައި ބައިތިއްބާ 2030 އަށް ރާއްޖެ އިންޑިއާގެ ސިޓީ އަކަށް ހަދާލަން.
އައިއެސްގެ ދުއްޕާން މާ ބޮޑުވަނީ. ޤައުމު ސުންނާފަތި ނުވަނީސް މިމީހުން ބޭރު ކުރަން އުޅޭ ހަމަ މިހާރު. ގޮސް އެހެން ޤައުމުތައް ގޮއްވަބަލަ ކީއްވެތަ ރާއްޖޭއާ އަޅައިގަނެގެން ނުނެއްޓިގެން. އައިއެސް ކޭން ގޯ ޓު ހެލް
އައިއެސް އޭކިޔައިން ބުައްޅަމެން އުޅެނީ ލާރި ގަނޑު ގަނޑު ދިރުވަން ނުލިބިގެން ނޫސްވެރިންނައްވެސް މި ތިބެނީ ބީތާ އަރާފަ ތިބި ބައެއް
ރައްޔިތުންގެ އަނގަ ގޮއވަން މިސަރުކާރުންވެސް ރޭވި.
ކަލޭނޭ މިހާރު މިއޮއް ކީއެއްޗެއް..
ލޮލް.
އަދި އެވެސް ތ އަތޮޅު ތަޢުލީމީ މަރުކަޒޯ.
މީހަކު ހޭބަލިވާނެ
ގޮއްވާލަން ދޫކޮއްލިނަމަ؟! މިރާއްޖޭގަ މިހާތަނައް ފަޓާހާ، ގަތުލުއާމާ، މީހުން މެރުމާ، މާރާމާރީ ހިންގި އެންމެން އެތިބީ މިނިވަންވެ ރަށުތެރެއައް ދޫކޮއްލާފަ.
އަފުރާސީމު މަރާލި އެންމެން މިނިވަން. ރިލްވާނު މަރާލި އެންމެން މިނިވަން. ޔާމީނު ރަޝީދު މަރާލި އެންމެން މިނިވަން.
ޔާ ﷲ ، އައިއެސް ގެ ބަލާވެރިކަމުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ. އަދި އައިއެސް ގެ މަޤްސަދު ނާކާމިޔާބު ކުރައްވާނދޭވެ. އާމީން
އަންނިގެ ޕްރަޕަގަންޖާ.
ތިކަ މުގެ ފަހަތުގައި ތިބޭނީ މިސަރުކާރުގެ ބޮޑުން. ވޯޓަށް ވީމ މަ ޖަހާ ހާސަރު. އަންނިއަކީ ފިތުނަ ފަސާދަ ކުރު މުގެ އެކްސްޕާޓެއް. ކެރަފާ މީހުން ބޭނުންވާނީ ރައްޔިތުން މަރައިގެންވެސް ވެރިކަން، އަދި އި މްރާންފަދަ މީހުންނަކީ މިކިޔާ އައިއެސްގެ ބޮޑުން. ސީރިއާއަށް މީހުން ފޮނުވައިގެން ލާރި ހޯދު މަކީ މިމމ މީހުން އަބަދުވެސް ކުރާކަ މެއް،
އެ މްޑީޕީ އާއި އަދާލަތު ޕާޓީގެ ބޮޑުންޖަލަށް ލީ މަ ރާއްޖެ އަ މާންވާނެ.
ޝަރީފްގެ ގޭގެ ނަމާއި ފޮޓޯގައިއިންގޭގެ ނަމަކާ ދިމައެއްނުވޭ..
އދ މާމިގިލީގަ ވެސް އެބައުޅޭ ތީގެ ބައިގަނޑެއް.
މިގައުމުގެ އިސްލާމް ދީނަށް ބަޔަކު އުޅެންޔާ ސަރުކާރަށް ކަމަކު ނުދާނެ ޔޫރަޕް ހެދުމާއި އެޅުން އުޅުނީމަ އެވީ މުސްލިމަކަށް މީ އެމް ޕީ ރިޔާޒުގެ ހީލަތްތެރި ރޭވުން ބަޔަކު ދުވަސް ދުއްވާލަށްވެގެން.
ޢައިއެސް ޖަނަވާރު ސްޕޮޓެޑް
ކައެ ތީ އައިއެސް މީހެއް. ތިރަށު މީހެއްގެ ވައިބާރް ޕްރޮފައިލް ޕިކް ގަވެސް އައިއެސް ދިދަ އިންދާ ދެކުނިން، އަރަބިން ނަންޖަހާފަ، މައުލޫމާތު ހާމަކުރާކައް ނެތިން
އައި އެސް އަކީ އަބްދުﷲ ރިޔާޒާއި މޮހޮއްމޮދޮ ރަޔާޒުތޭ؟
އައިސިސް އަކީ އެމެރިކާ ސީއައިއޭ އިނގިރޭސި ޖާސޫސް އާއި އިންޑިއާ ގެ ރޯ ޔަހޫދީ ޒަޔަނިސްޓުންގެ މޮސާޑު ގުޅިގެން މުސްލިމު ޤައުމުތަކުގައި ޓެރަރިޒަމް ފަތުރައި އެބައިމީޙުން ބޭނުންވާ ގޮތަށް މުސްލިމުންގެ ކަންކަން ބައްޓަން ކުރުމަށްޓަކައި ހަތިޔާރާއި އެންމެހާ ހަނގުރާމަ ތަކެތި ގެންގުޅޭ ޑްރިލް ދަސްކޮށްދީ އަޤީދާ ފިޤުހީ މައްސަލަ ނުދަންނަ ހަކުރު ބޯ ކުދިންނަށް ފާއިސާ ދީގެން ދީނުގެ ނަމުގައި މުސްލިމުންގެ ބޮލުގައި ހަރުކަށި ޓެގު އަޅުވައި މުސްލިމު ގައުމުތައް ފުޑާލައި އިސްލާމީ ޟަރީއަތަށް އެކީ އެކަށް ތަންފީޒު ވިޔަ ނުދިނުމަށްޓަކައި ރޭވިގެން ހިންގޭ އެކަމުގެ އަޑީގައި ސިޔާސީ މީހުން ތިބެ ހިންގޭ ކަންތަކެއް.އަފްޤާނިސްތާނު ފަދަ ގައުމުތަކުގައި އުސާމާ ބިން ލާދިންމެންނަށް ހަތިޔާރު ދީ ރަޟިއާ ދެކޮޅަށް ނިކުތުމަށް އުފެއްދިމީހެއް ،އެންމެ ފަހުން އެމީހުނގެ ބޭނުން ފުދުނީމާ އޭނާ މަރާލީ.އެހެންކަމުން ދިވެހިން ވީހާވެސް ބޮޑަށް ހުށިޔާރުވާށެވެ.ހޭލާށެވެ.މި މަކަރުގައި ނުޖެހޭށެވެ.ހިކުމަތްތެރިކަމާ އެކު މިކަމާ ދިވެހިން ކުރިމަތިލާށެވެ
އެކަމަކު މި ކަމެއް މި ކުރަނީ މުހައަމަދު އާ އަބްދުއްލާ އާ ހުސޭނާ
މި ސަރުކާރުން ރާއްޖޭގައި ނެތް މިންވަރަކަށް ދީނީކަންތައް ބޮޑުކޮއްލައިގެން ބޭރުކަރަޔަށް ޓެރަރިޒަމް ވިއްކައިގެން ޑޮލަރު ހޯދާކަމީ ޙަޤީޤަތް. ހަގިގަތުގައި ތިހަބަރުވެސް ވާނީ ޕޮރެޕަގަންޑާ ގޭމަކަށް. ސުކޫލެއްގެ ލެބެއް ގޮއްވާލައިގެން ކޮއްޗެއް އެމީހުންނަށް ލިބޭނީ. ހެއްވާ ހަބަރެއް.
މިސްކިތެއް ގޮއްވާލައިގެން ކޯޗެއް ބާ ލިބެނީ.އެކަމަކު އެ ގޮއްވަނީ އެއްނު؟
ޓެރަރިސްޓުންގެ ބޭނުމަކީ ރާއްޖެއަކީ ބިރުވެރިތަނެއްކަން ދުނިޔެއަށް ދެއްކުން. ޓުއަރިޒަމްހުއްޓުވާ އިޤްތިސާދަށް ބުރޫއެރުވުން. އެކަންވާނެ އެކަހަލަކަމެއް ކޮއްގެން. ގަމާރުވިއަސް ބޮޑުވަރު
ދޯނި އަޅާފައި އޮތް ސަރަޙައްދުގެ 10 މީޓަރު މޫދު އަޑިން ބަޑިބޭސް އެކުލެވޭކަމަށް ބެލެވޭ ކާޓްރިޖްތަކެއް ......................
ފުލުހުން ވެއްޖެއެއްނު އިމްރާނު ކައިރިއަށް ގޮސްގެންވިޔަސް މި ބައްޔަށް ބޭސްކުރަން!
މިހެން ކިޔަންވެއްޖިއްޔާ ކަތްދައްތަގެ ގަރުދިޔަ ތެލީގައިވެސް ބަޑިބޭސް އެކުލެވޭކަމަށް ބެލެވިދާނެ!
އެންޓި ޓެރަރިޒަމްގެ ތިޔަރީއާވެސް ނުބައްދަލު ވާހަކަ ތަކެއް
އަޖައިބެއްނުވާނެތަ އައިއެސް ޖަމާއަތަށް މުޅި އޭޝިއާއިންވެސް އެންމެ މުހިންމުވަނީ ތިމަރަފުށީ ސްކޫލު ލެބޯޓަރީތަ. ތިޔާ ޔޫރޭނިއަމް ފައްކާކުރާ ތަނަކީތަ.
ޢައިސިސް އަށް ކީއްވެބާ އަފްގާނިސްތާނުގެ މިސްކިތް މުހިއްމު ވަނި
މާމިގިލީ މީހާ، އަކީ މާމިގިލީ ގައި އުޅޭ ލާދީނީ މީހުންގެ އަމީރު.އޭނާ މުޅި ރަށުގައި ލާދީނީ އެޖެންޑާ ފަތުރާ.
މާމިގިލި މީހާ ނަމުގައި ކޮމެންޓު ކުރި މީހާ އެއީ ފިތުނަ ފަސާދަ އުފައްދާ ލާދީނީ ވަގެއއ
އަންނި އަށް ހަމަލާއެއް ދޭކައް ހިތައްވެސް ނާރުވަންތަ އަދި..؟؟
ޓެރަރިޒަމް އަށް ހިއްވަރު ތި ދެނީ
ތަޅާކުދިން ނެރެގެން ތަޅާށޭ ބުނުމަކީ ވެސް ހިއްވަރުދިނުން
ރާއްޖޭގައި ގިނައީ އައިއެސް ފިކުރުގެ މީހުން. ދިވެހީންނަކީ ސުންނީ މަޒުހަބުގެ މީހުން. އައިސިސް އަކީވެސް ސުންނީން. މިއަކީ ދެބަހެއް ވެވޭނެ ކަމެއް ނޫން. ހަމަ އެކައްޗެއް.