ހުޅުމާލޭގައި މިރޭ ހިނގި ދެވަނަ އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާވެ އެކެއްގެ ހާލު ސީރިއަސް ވެގެން ފަރުވާ ދޭން ފަށައިފިއެވެ.
މިއެކްސިޑެންޓް ހިނގީ މިރޭ 21:50 ހާއިރުއެވެ. އެކްސިޑެންޓްގައި އަނިޔާވި ދެޒުވާނަކަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އެކެއްގެ ހާލު ސީރިއަސް ކަމަށް އާސަންދަ ކުންފުނިން މައުލޫމާތު ދެއްވައެވެ.
ނަމަވެސް އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.
މިރޭ ހުޅުމާލޭގައި ވަނީ އިތުރު އެކްސިޑެންޓެއް ވެސް ހިނގާފައެވެ. އެއެކްސިޑެންޓް ހިނގީ މިރޭ 20:45 ހާއިރު ޕީޕީއެމްގެ ޖަގަހަ ކައިރިންނެވެ. އެއެކްސިޑެންޓްގައި ދެމީހަކަށް އަނިޔާވިއެވެ. އަނިޔާވި ދެމީހުންނަށް ފަރުވާ ދިނުމަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އެއެކްސިޑެންޓް ހިނގީ ހިނގާފައި ދިޔަ މީހެއްގެ ގައިގައި ސައިކަލަކުން ޖެހިގެންނެވެ.
އެއްލަކިން ދޯ ލައިސަންސް ލިބުނީ.؟
ހުކުރު ދުވަސް އެއީ ޔޫތުސިޓީގެ އީދު ދުވަސް.ނުދުއްވެނީ ހަމަ..
ޢެއްލަކި
އަހަރުމެން 100އަށް ދުއްވިޔަސް ކޮއްކޮމެންނަކަށް ނުދުއްވޭނެ.
ޔަގީން ތިޔަ އިޅެނީ އެއް ލަކި ޖަހާފަ ލައިސެންސް ނެގި ގުރޫޕް ކަން
ކޮންމެ ކަމެއްގެވެސް ނާޖާއިޒް ފައިދާ
ވާންޗޯއިން ގިނަވާވަރަކަށް ތިޔާހެން ވާނީ މަމެން އަޭރުވެސް ބުނީ ތިޔާ ވާހަކަ!