ކޮވިޑް-19 ޖެހުނު މީހުންނަށް ފަރުވާ ދިނުމަށް އެންމެ މުހިންމު ރޯލެއް އަދާ ކުރި އެކަކަކީ އައިޖީއެމްއެޗްގެ މެޑިކަލް އޮފިސަރު ޑރ. ޝިރާނީ އަބްދުއްރަހީމެވެ. ބަލީގެ ހާލަތު އެންމެ ގާތުން ފެނުނު އެއް ބޭފުޅަކީ ވެސް ޝިރާނީއެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ބައެއް މީހުން ނިޔާވެގެން ދިޔައީ ވެސް ޝިރާނީ ލޯ މަތީގައެވެ. އެއީ އޭނާ އަށް ދިމާވީ އެންމެ ހިތްދަތި އެއް ވަގުތުތަކެވެ.
ރާއްޖެ އިން ކޮވިޑް-19ގެ ވެކްސިން އެންމެ ފުރަތަމަ ޖަހަން ފުރުސަތު ލިބުމަކީ ޑރ. ޝިރާނީ ގަބޫލު ކުރައްވާ ގޮތުގައި ވަރަށް ބޮޑު އުފަލެކެވެ. ބަލިން އަރައިގަތުމުގައި ހަމައެކަނި އޮތް ގޮތަކީ ވެކްސިންކަން ގަބޫލު ކުރުމުގެ މުހިންމު ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ޝިރާނީ ވިދާޅުވި ގޮތުގައި ވެކްސިން ޖަހަން ފެށުމުން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވެކްސިނާ އެކު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދު މަދު ކުރެވުމެވެ.
ކޮވިޑް ޖެހޭ މީހުންނަށް ފަރުވާ ދެމުން އަންނަ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ޑރ.ޝިރާނީ ވިދާޅުވީ ކޮވިޑްގެ ބަލި މަޑުކަމުގައި މީހުންގެ ފުރާނަ ގެއްލުމަކީ އެއީ އެންމެ ހިތާމަ ކުރައްވާ ކަންތައް ކަމަށެވެ.
އަދި މި ވަގުތު ވެކްސިން ދިނުމަކީ ކޮވިޑުން ރައްކާތެރިވާން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވާއިރު، ވެކްސިން ޖެހުމުން ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު ދަށް ކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
" އަޅުގަނޑުމެން ވެކްސިން ޖަހާށޭ ބުުނުމަށްވުރެ އަޅުގަނޑުމެން ވެކްސިން ޖެހީމަ އާއްމުންނަށް ވެސް ލިބޭ މެސެޖު އެބަ ރަނގަޅުވޭ. އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ނޯމަލް އަށް އަނބުރާ ދާން. އެކަމަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިން." ޝިރާނީ ވިދާޅުވިއެވެ.
ރާއްޖޭގައި ދިނުމަށް ހަމަޖެހިފައި ވަނީ އިންޑިއާ އިން ހަދިޔާކޮށްފައިވާ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިނެއް ކަމަށްވާ "ކޮވިޝީލްޑް"އެވެ. މި ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހުއްދަ ދިނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅެވެ. އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދިނީ ވެކްސިންގެ 100،000 ޑޯޒްއެވެ. މި ޑޯޒް ބޭނުންކޮށްގެން ވެކްސިން ޖެހޭނީ 50،000 މީހުންގެ ގަޔަށެވެ. އެއީ ކޮންމެ މީހެއްގެ ގަޔަށް ދެ ޑޯޒް ޖަހަން ޖެހޭތީއެވެ.
ކޮވިޝީލްޑް ވެކްސިންއަކީ އޮކްސްފޯޑުގެ އެސްޓްރާޒެންކާއިން ތަރައްގީކޮށް، އިންޑިއާގެ ސީރަމް އިންސްޓިއުޓުން އުފައްދާފައިވާ ވެކްސިންއެކެވެ. އިންޑިއާގެ ސީރަމްއަކީ ދުނިޔޭގައި ވެކްސިން އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.
ޝިރާނީ ވިދާޅުވީ ވެކްސިން ޖެހުމަކީ ބިރުގަތް ކަމެއް ނޫން ކަމަށާއި ވެކްސިންގެ ކަށިޖަހާލީމާ އެވީ ތަދު ނޫނީ އިތުރު ތަދެއް ނުވާ ކަމަށެވެ.
"ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކޮށްގެން ވެކްސިން އަޅުގަނޑުމެންނާ ހަމައަށް މިއައީ. ޕްރޫވްޑް ވެކްސިން އެއް މިއީ. އެހެންވެ ޖެހިލުމެއް ނުވޭ. އަޅުގަނޑަށް ހީވަނީ (މި ވެކްސިނުން) ރައްކާތެރިކަން ލިބޭނެ ހެން،" ޝިރާނީ ވިދާޅުވިއެވެ.
ޝިރާނީ ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތް ކުރައްވާއިރު ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ވެކްސިންޖަހާ މީހަކަށްވުމަށް ހުށަހެޅުން ލިބުމުން އެކަން ގަބޫލު ކުރެއްވީ އެ ސަބަބާހުރެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 15،841 އަށް އަރާފައި ވާއިރު އޭގެ 14،1 ތެރެއިން39 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 52 މީހުން ވަނީ ނިޔާވެފައެވެ.
އުފަލާ ހިތްހަމަ ޖެހުން އޮތީ ތިޔަ ޖަހައިގެން ފައިދާ ވީމާތާ އަދި ތިޔަ ޖެހިޔަސް ކޮވިޑް ނުޖެހޭތަ ކޮވިޑް ނުޖެހެނާ ތީ ހަމަ އުފާކުރަން ވީ އެކަމަ އަދި އެއްވެސް ގައުމެއް ގައިނެ ތީގެ ގެރެންޓީއެއް
އަހަރެންވެސް ބޭނުން ތިވެކސިން ޖަހަން
ކަމަނާ ކާރި އަހާލަދީބަލަ ކަމަނާޖެހީ އިންޑިޔާގެ ވެކުސިންތޯ ނޫނީ ފައިޒާ ވެކުސިންތޯ
ފައިޒާ ވެކްސިނަކީ މައިނަސް ޑިގުރީގައި ގެންގުޅޭވެކުސިނެއް. މިގޮތައް އައިސްބޮކުސްގައި އެވެކުސިން ނުގެންގުޅެވޭނެ.
ކިތަންމެ ވަރަކަށް ބޮލަށް އެރުނަކަސް ތިޔަ އިންޑިޔާގެ ޖީޖީ (ގެރިގރު) ވެކުސިނެއް ނުޖަހާނަން އެނގިއްޖެ..! މިބުނީ ހަމަ ނުޖަހާނަން..! ދެން ލަލަލަ
ކަމަނާ ވިދާޅުވެއްޖެ ބަލިން އަރައިގަތުމައް ހަމައެކަނި ތިޔަ ވެކްސިން ނޫން ގޮތެއް ނެތްކަމައް ، އަޅުގަނޑު ވަރައް ގިނައިން އަޑުއިވޭ ބަސްކޮޅެއް މީ ( ބޭސްފަރުވާ އައްވުރެ މޮޅީ ރައްކާތެރިކަން ކަމައް ) އަޅުގަނޑަކީ ކޮވިޑް ގައި މުޅި ރާއްޖެ ލޮކްޑައުން ކުރި ދުވަސް ނޫން ޖެހިގެން އައިދުވަހު މަގުމަެްޗައް މަސައްކަތުގައި މިއަދާހަމައައްވެސް ނިކުމެގެން އުޅޭ މީހެއް ، ކުރަމުން އައި މަސައްކަތަކީވެސް ކުނި ނެގުން ، މާތް ރަސްކަލާންގެ އިރާދަފުޅުން އަދި ވަރައް ބަލައިގެން މިއަދާ ހަމައައް އުޅެމުން އައި އިރުވެސް ކޮވިޑް އެއްވެސް އަލާމާތެއް ނުފެނޭ. ބުނަން މިއުޅެނީ ވެކޮސިން ނުޖެހިޔަސް ކޮވިޑް ނުޖެހޭނެ ގޮތައް އުޅެވޭނެ ވާހަކަ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
ކަމަނާޖެހީކޮންއިރަކު
ވެކްސިން ޖެހުމުން ޑރ. ޝިރާނީ އަށް އުފަލާއި ހިތްހަމަޖެހުން! އަޅުގަނޑަށް ހީވަނީ (މި ވެކްސިނުން) ރައްކާތެރިކަން ލިބޭނެ ހެން،" ޝިރާނީ ވިދާޅުވިއެވެ. މި ކިޔާއެއްޗެއް ރައްޔިތުންނަށް ސާފްނުވި!
ޝިރާނީ ތިޔަ ކުރައްވާ ބުރަ މަސަތްކަތައް އައްސެރިބަހާ ސާބަސް.
ހަމައެކަނި ވެކްސިނޭ ވިދާޅުވެ ނުލައްވާ.
ﷲއަށް ދުއާ ދެންނެވުން ހުއްޓާ ނުލައްވާ. ހެނދުނާއި ހަވީރުގެ ޛިކުރުތައް ވިދާޅުވުން ހުއްޓާނުލައްވާ. ވެކްސިން ވެސް ރަނގަޅު ވެކްސިނެއް ވިއްޔާ ޖަހަންވީ ހުރިހާ ރައްޔިތުން ވެސް.
އަޅަމެންނަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ލެއްވި ހެޔޮރަޙްމަތްފުޅުގެ ބޮޑުކަމާއެވެ.
އުފާވެގެން މީހަކު ނަށާވަރުވާވަރެއް އަދިނުވޭ. ނަތީޖާ ފެނުމުން ނަށާބަކަ
ވެކުސިންޖެހި އަސް ނުޖެހިއަސް އެމީހަކަށް ބަލި ޖެހެން ހުރިއްޔާ ޖެހޭނެ މަރުވެސް ވާނެ .... އިލާހީ ގާނޫނު ބަދަލެއް ނުކުރެވޭނެ....
ކަމަނަ އުފާވި ވާހަކަތިޔަބުނަނޫ މީހަކުބުނެގެންކަން ގެރަންޓީ އެހެންނާފަހެ މިއުޅެނޫ އަލަށް ދަރިޔަކުލިބިގެންތަ އުފާވާން އަދި މިވެކުސިނަކީ ގެރަންޓީ އޮތްއެއްޗެއްވެސް ނޫން އެހާއަވަހަށް އުފާވާން.
ތިހާ ހިސާބުން ތި ގޯސްވީ، ވެކްސިނަކުން ރައްކާތެރިކަން ލިބޭނެކަމަށް ހީކުރުމަކީ ވަރަށް ގޯސްވިސްނުމެއް. ވެކްސިން މަތިމައްޗަށް ޖަހައިގެން ހުއްޓަސް ﷲ ގެ ވާގިފުޅާ އެކު ރައްކާތެރިކަން ނުލިބޭހާ ހިނދަކު ރައްކާތެރި ކަމެއް ނުލިބޭނެ.
ކަމަނަޔަށް އަނެއްކާ އިންޑިއާގެ ވެކުސިންކިޔާދަރިޔަކު ލިބުނީތަ ތިހާއުފާވާން މީހީވަނީ އަލަތު ދަރިލިބުނީހެން މީހަކުބުނެގެން އުފާއިއުލާންކޮށްލުމަކީ ނުރަށްކާތެރިކަމެއް ވިސްނާލުން ބުއްދިވެރި.