ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ އަހުމަދު މާޖިދުގެ ނަމުގައި ފައިސާ ހޯދަން އޮޅުވާލައިގެން ބޮޑު ހަރަކާތެއް ހިންގައިފިއެވެ.

ރޭ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ފެންނަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މާޖިދު ލަވަކިޔާ މަންޒަރެވެ. ފޭސްބުކް މެދުވެރިކޮށް ލަައިވްއެއް ގޮތަށް އެ ވީޑިއޯ ފެނުނު ނަމަވެސް އެ ވީޑިއޯ އިން ފެނުނު މަންޒަރަކީ މާ ކުރިން މީރާ ކިޔާފައިވާ ލަވައެއްގެ ވީޑިއޯއެވެ. އެ ވީޑިއޯ އާއެކު ހިއްސާ ކުރި މެސެޖުގައި ވަނީ އެ ވީޑިއޯއިން ފެންނަ ނަމްބަރު ދިމާ ކުރާ ފަރާތަކަށް 10،000 ޑޮލަރު ދޭނެ ކަމަށެވެ.

އިއްޔެ ފޭސްބުކްގައި ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ނަމުގައި ފައިސާ ހޯދުމަށް އޮޅުވާލައިގެން ބޮޑު ހަރަކާތެއް ވެސް ހިންގާފައިވެއެވެ.

ފޭސްބުކުން އެ ވީޑިއޯ އަކީ ލައިވް ވީޑިއޯއެއްގެ ގޮތުގައި ފެނުނު ނަމަވެސް އެއީ އެފަދަ ވީޑިއޯއެއް ނޫނެވެ. އެއީ އިސްލާމިކް މިނިސްޓްރީގެ ޗެލެންޖެއް ގަބޫލުކޮށް، މީގެ ކުރިން އޭނާ އާންމު ކުރި ގުރުއާން ވީޑިއޯއެކެވެ.

އެ ވީޑިއޯ އެކު ޕޭޖުތަކުން ލައިވް ކުރަމުން ދާއިރު އެ ވީޑިއޯގެ ތިރިއަށް "ސަލާމް" މިހެން ލިޔެލާ ކޮމެންޓްކުރާ ފުރަތަމަ 500 ފަރާތަކަށް 5000 ޑޮލަރު ލިބޭނެ ކަމަށް ވީޑިއޯގައި ކެޕްޝަންގައި ލިޔެފައިވާ ލިޔުމުގައި ބުނެފައި ވެއެވެ. ނަމަވެސް އެ ވީޑިއޯ އަށް "ސަލާމް" މިހެން ކޮމެންޓް ކުރުމުން އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖްގައި، އެ ފައިސާ ހޯދަން ކުރަން ޖެހޭ އިތުރު ކަންތައްތަކެއް ވަނީ ހިމަނައިފައެވެ.

އަދި އެ ފައިސާ ހޯދުމަށް ކޭޝްކާޑުގެ މައުލޫމާތު ހޯދަން އެދިފައިވެއެވެ. މިއީ ކާޑުގެ މައުލޫމާތު ހޯދަން ހިންގާ ޖަރީމާއެއްކަން ފަޅާ އެރުމުން މިހާރު މިފަދަ އެހެން ވީޑިއޯތައް ބޭނުންކޮށްގެން އޮޅުވާލަން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ވީޑިއޯތަކަށް ކޮމެންޓް ކުރުމުން އެ ޕޭޖްގެ ފަރާތުން ލިބޭ މެސެޖުގައި ބުނެފައި ވަނީ 15 ގްރޫޕަކަށް އެ ވީޑިއޯ ޝެއާކުރުމަށް ފަހު "އޯކޭ" މިހެން ލިޔުމުން ރެޖިސްޓްރީ ވެވުނީ ކަމަށެވެ. އަދި އެ ކޮމެންޓު ފޮނުވުމުން ލިބޭ ލިންކަށް ފިއްތާލުމުން އެއީ ގިވްއަވޭ އެއް ކަމަށް ބުނެ ދައްކަނީ އިނާމު ލިބުނު ކަމަށް ބުނާ މީހުންގެ ފޭކު ކޮމެންޓުތަކެކެވެ. އެއަށް ފަހު އީމެއިލް އާއި ކާޑުގެ މައުލޫމާތު ހޯދަން އެދެއެވެ.

މިއީ އަނެއްކާވެސް މީހުންގެ އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ ނަމުގައި ހިންގާ ބޮޑު ޖަރީމާއެކެވެ. މިގޮތަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ރާއްޖޭގައި ދޭތެރެ ދޭތެރެއިން ދަނީ ފެންމަތިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުގާ

    އައްޗީޑި ދެން. މައްޝޫރު ލަވަ ކިޔުންތެރިންނޯލަ. އައްޕަ ލަވަކިޔަސް، ޗަކޮޔަކައް ލަވައެއް ނުކިޔޭ. އަޑެއް ނުނިކުމޭ. ކުސްކުސްލައްވަނީ އަބަދު

    11
    3
  2. ކިޔާލު

    ވީޑިއޯ ކަމަށް ހިތަށް އަރައިގެން މި ފިއްތާލީ

  3. ބޯޖަލީލު

    ފޭރޭ ސަރުކާރު ލޫޓުވާ ސަރުކާރު