މިދިޔަ ހޮނިހިރު ދުވަހު ބޯމައްޗަށް ސީލިންގް ވެއްޓިގެން ސީރިއަސް އަނިޔާތަކެއް ލިބުނު ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާންގެ ކަނާތު ފައި ބުރިކޮށްލާފައިވާ ކަމަށް އާއިލާއިން ބުނެފިއެވެ.
ފިރުޝާންގެ ބޯމައްޗަށް ސީލިންގް ވެއްޓިފައިވަނީ ރަހުމަތްތެރިންނާއި އެކީ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ އެ އަތޮޅު ލޮނަދޫހުއްޓާއަށް ދަތުރު ގޮސްހުއްޓައި އެތަނުގައި ހުރި އިމާރާތެއްގެ ތެރޭ ސަކަރާތް ޖަހަން އުޅުމުގެ ތެރޭގައެވެ.
މި ހާދިސާގައި ފިރުޝާނަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. އެގޮތުން ކަނާތު ފައިގެ ތިން ތަނެއް ބިންދައިގެން ގޮސްފައިވެއެވެ. މީގެ އިތުރުން ބޮލަށާއި އެތެރެހައްޓަށްވެސް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.
"ވަގުތު" އަށް މައުލޫމާތު ދެމުން ފިރުޝާންގެ ދައްތަ ބުނީ، ތިނަދޫ ހޮސްޕިޓަލުން ގެނައި ފަހުން ފިރުޝާންގެ އިތުރު ދެ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އިއްޔެ ކުރި އޮޕަރޭޝަނުން ފިރުޝާންގެ ކަނާތު ފައި ކަކުލު ހުޅަށްވުރެ ތަންކޮޅެއް މަތިން ބުރިކޮށްލާފައިވާ ކަމަށެވެ.
ތިންތަނުން ބިންދައިގެން ގޮސް ހުރި ފިރުޝާންގެ ފައި ބުރިކޮށްލާފައިވަނީ ލިބުނު އަނިޔާތަކުގެ ސަބަބުން ފުރާނައަށް ނުރައްކާ އޮތުމުން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނާގެ ދައްތަ ވަނީ ބުނެފައެވެ.
"ކަކުލު ހުޅަށްވުރެ ކުޑަ ތަންކޮޅެއް މަތިން ފައި ބުރިކޮށްލަން ޖެހުނީ. ފުރާނައަށް ނުރައްކާވާނެ ވާހަކަ ޑޮކްޓަރުން ވިދާޅުުވީ" ފިރުޝާންގެ މަންމައާއި އެއްބަނޑު މީހެއްގެ ދަރިފުޅު ބުންޏެވެ.
ފިރުޝާންގެ ދައްތަ ބުނީ، ފިރުޝާނަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި އަދިވެސް ހާލު "ކްރިޓިކަލް" ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަމަށެވެ. އަދި ފައިގެ އޮޕަރޭޝަނަށްފަހު 48 ގަޑިއިރު ފަހުން އަދި އޭނާގެ ބަނޑުގެ އޮޕަރޭޝަނަކާއި އަތުގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ފިރުޝާންގެ ދައްތަ ވަނީ ބުނެފައެވެ.
ފިރުޝާންގެ ދައްތަ ބުނީ، ކުރިއަށްވެސް ފިރުޝާންގެ އެކިއެކި އޮޕަރޭޝަންތައް ކުރަން ޖެހިފައި އޮތުމުން އާއިލާ އެދެނީ ހެޔޮއެދޭ ފަރާތްތަކުން ފިރުޝާންއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުން ކަމަށެވެ.
އެކެއް އަނެކާއަށް އެހީތެރިވަމާ ❤️☝️🤲 pic.twitter.com/rShnW4uF7p
— احمد نسيم (@ammads07) February 8, 2021
ފިރުޝާންއަކީ އެ އާއިލާގެ އެންމެ ބޮޑު ފިރިހެން ކުއްޖާއެވެ. މަންމަގެ ހަރަދާއި ދެ ކޮއްކޮގެ ހަރަދު ފިރުޝާން ކުރަމުން އަންނަނީ މަސްވެރިކަން ކޮށްގެންނެވެ.
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)
މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699
މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."
އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.
މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން
އަވަސް ޝިފާއަކަށް އެދެން
މާތްﷲ ފިރުޝާނަށް އަވަސް ޝިފާއެއް މިންވަރުކުރައްވާށި.. އާމީން
ޢަވަސް ސިފާ އަކަށް އެދެން.