ކޮވިޑް-19 ޖެހުނު އިތުރު މީހަކު އައްޑޫގައި ހުންނަ ކޮވިޑް ފެސިލިޓިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އޭއީއޯސީ) ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ނާރުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު އަދުސަރު ވިދާޅުވީ، ފައްސިވެގެން އިތުރު ފަރުވާއަށް އައްޑޫ ކޮވިޑް ފެސިލިޓީއަށް ގެންނަނީ ފުވައްމުލަކުގައި ހުރި ބޭފުޅެއް ކަމަށެވެ.
އަދުސާރު ވިދާޅުވީ، އެ މީހާއަކީ އައްޑޫ ބޭފުޅެއް ކަމަށާއި ހާލަތު ހުރިގޮތުން އިތުރަށް ބަލަން ޖެހޭތީ ފެސިލިޓީއަށް ގެންނަނީ ކަމަށެވެ.
"ފަސްވަނަ ބޭފުޅެއް މިހާރު އެބަ ގެނެވޭ. އެބޭފުޅާއަކީ އަސްލު ހިތަދޫ ބޭފުޅެއް، ފުވައްމުލަކަށް މި މަހުގެ 7 ވަނަ ދުވަހު ދަތުރު ކުރައްވާފަ، ފުވައްމުލަކުގަ ހުއްޓާ ޕޮޒިޓިވްކަން އެނގިގެން އޮބްޒާވް ކުރަން ޖެހޭ ބޭފުޅަކަށްވާތީ އެ މަސައްކަތް އެބަ ކުރެވޭ" އަދުސަރު ވިދާޅުވިއެވެ.
އައްޑޫ ކޮވިޑް ފެސިލީޓީގައި މިވަގުތު ފަރުވާ ދެމުން އަންނަނީ ހަތަރު ބޭފުޅަކަށެވެ. އޭގެ ތެރޭގައި 79 އަހަރުގެ، އިތުރު ބަލިތަކަށް ބޭސް ކުރަމުން އަންނަ ބޭފުޅަކުވެސް ހިމެނެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި ފަރުވާ ދެމުން އަންނަނީ 3 ދިވެހިންނާއި ބިދޭސީ އެކަކަށެވެ.
އައްޑޫގައި މިވަގުތު ކޮވިޑް-19 ގެ 2 އިހާ އުޅޭއިރު، މި ދެ އިހަލުން ފައްސިވި މީހުންގެ އަދަދު މިވަގުތު ވަނީ 58 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހިތަދޫ 20 ވޭދަނަ، މަރަދޫ ފޭދޫ 4 ވޭދަނަ، ފޭދޫ 9 ވޭދަނަ އަދި ހުޅުމީދޫގެ 25 ވޭދަނައެވެ.
އިތުރު ތަފްސީލް އަންނަނީ،،