ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނި ފިޔަވަހީގައި އެޅި 7000 ހައުސިންގް ޔުނިޓްގެ ތެރެއިން ފްލެޓް ގެއްލުނު އެންމެ ފަހު މީހާއާ ޖެހެންދެން ހައްގު ލިބެންދެން މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ހައުސިންގެ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"އަވަސް" ނޫހުން ގެނެސް ދިން ޕްރޮގްރާމެއްގައި ބައިވެރިވަޑައިގެން މުއިއްޒު ވަނީ މި ސަރުކާރުން ފުލެޓު ލިސްޓު މުރާޖަޢާކުރަން އެކުލަވައިލި ކޮމިޓީން ފުލެޓު ލިސްޓު ދިރާސާކުރުމަށްފަހު ނެރުނު ލިސްޓަށް ފާޑު ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އެއްވެސް ރައްޔިތަކީ ގެދޮރުވެރިކަމުން މަހްރޫމް ކުރެވިގެން ވާނެ ބައެއް ނޫން ކަމަށެވެ. އަދި ގިނަ ބައެއްގެ ނަން މި ސަރުކާރުން އެކުލަވާއިލި ލިސްޓުން އުނިކޮށްފައި ވީނަމަވެސް، ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި އެފަރާތްތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ފްލެޓް އަތުލި މީހުންގެ ހައްގުގައި ވަކާލާތުކޮށް އެ ވާހަކަ ދައްކަމުންދާތީ ވާދަވެރިން ބަހުގެ ހޫނު ހަމަލާތައް އަމާޒު ކުރަމުންދާކަން މުއިއްޒު ފާހަގަކުރެއްވިއެވެ. ނަމަވެސް އެފަރާތްތަކުގެ ފާޑުކިޔުންތަކަށް ބެލުމެއް ނެތި ހައްގު ގެއްލުނު އާއިލާތަކުގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ފްލެޓް ހައްގު ނިގުޅުޅައިގަނެފައިވާ އެންމެ ފަހު މީހާއަށް އިންސާފް ލިބެންދެން އަޅުގަނޑު މި މަސައްކަތުގައި ދެމި ހުންނާނަން. ހައްގު ގެއްލުނު ކޮންމެ ރައްޔިތެއްގެ ދިފާއުގައި ވާހަކަ ދައްކަވާނަން. ޕީޕީއެމްގެ ދެން އަންނަ ވެރިކަމެއްގައި އެންމެ ފުރަތަމަ އިމާރާތް ކުރެވޭ ފްލެޓްތައް ލިބޭނީ މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނިޔާވެރި ކަމުގައި ފްލެޓްތައް ނިގުޅައިގެން ފަރާތްތަކަށް. އެ ޔަގީންކަން ރައީސް ޔާމީންގެ ފަރާތްޕުޅުންނާއި އަޅުގަނޑުމެން ޕީޕީއެމް ޕީއެންސީގެ ފަރާތުން ދެން" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގެދޮރުވެރި ކުރުމުގެ ގޮތުން އެންމެ ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އަދި އެ ފަސް އަހަރުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގޭ ގެދޮރުވެރުކުރުމުގެ ބިޔަ މަޝްރޫއުތަކެއް، ދެ ފަޅެއް ހިއްކައިގެން ފެށި ކަމުގައި ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާ މުއިއްޒުގެ އިތުރުން ދެން މޭޔަރު ކަމަށް ކުރިމަތިލައްވާފައި ވަނީ އާއި އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހޫ

    އަޅޭ ހެޔޮނުވާނެ ތިބޭފުޅާ މީގެ ކުޑަ ދުވަސް ކޮޅެއްގެ ކުރިން ފުލެޓް ބެއްސެވީ އިންސާފުންތޯ ތިބޭފުޅާ ލަނދު ހަޔާތުގެ ކުޑަވެސް މިންވަރެއް ނެތީމަ ނޫންތޯ މިއަދު ފުލެޓް ވާހަކަ ދައްކަން އަގަ ހުޅުވަން ކެރިވަޑައި ގަންނަވަނީ . ތިބޭފުޅާ ފުލެޓް ބެއްސެވިގޮތް ތިބޭފުޅާ ހަނދުމަފުޅު ނެތް ކަމުގައި ވަނީ ނަމަ ހުރިހާ ތަފްސީލް އަކާއި އެކީގައި ތިބޭފުޅާ ކިޔާލަ ދެވިދާނެ.

    5
    4
  2. ބޮނޑާ ބެ

    ކަލޯ ތިޔަ ކަމެއް ނުވާނެ@ ވެރިކަމެއް ވެސް ނުލިބޭނެ@ މޭޔަރު ކަން ވެސް ދެން ނުލބޭނެ

    4
    3
  3. ރއްޔިތުމީހާ

    މަގޭ ބޭބެގެ 5 ދަރިން ތިބި ބޭބެޔަކީ މާލޭގަ ދިރި އުޅޭތާ 45 ވަރަކަށް އަހަރު ވެދާނެ އޭނަ ގެ ދަރިން ސްކޫލްގަ ކިޔެވުމަށް ވެސް ވަރަށް މޮޅު އެކަމަކު ކުއްޔަށް ތިބެން ޖެހުމުން ދަތި ބޮޑުވެގެން އަންހެނުންގެ ރަށަށް ދިރިއުޅުން ވަގުތީ ގޮތުން ބަދަލުކުރީ އެހިސާބުން އާއިލާ ބައްޕަޔާ ދަރިން ދެތަނެއްގައި ދިރިއުޅެން ޖެހުމުން ކުދިންގެ އަޚްލާގު ގޯސްވެ ކިޔެވުން ހަލާކުވީ ދަނޑި ވަޅުގެ ބޭނުން ހިފާ ދޮންކާފަކުޔަކު މައުސޫމް ކުދި އަންހެން ކުދިން ކޮޅެއް ރޮލުން ކާލީ އެއީ ބޭބެގެ އަންހެނުންގެ ދޮން ބައްޕަ މިހިސާބުން އެވެރިން އަނެއްފަހަރު ވީ ހާލެއްގައި ވާން ބައްޕަގެ ކައިރިޔަށް މާލެ ޔަށް ބަދަލުވި ފަގީރު ކަމާ ގެދޮރުނެތުމާ އެކުދިންގެ ބައްޕައަށް ލިބޭ ކުޑަ މުސާރަކޮޅުގެ ސަބަބުން އާއިލީ ހަމަނުޖެހުން ބޮޑުވެ އާއިލާ ރޫޅި ކުދިންތައް ވިއްސިވިހާލިވި ބޮޑު ފިރިހެން ދަރި ޕާޓޭ ގްރޫޕަކާ ގުޅުނު މިއީ ހަގީގަތެއް ދެންވެސް ބުނަންވީތޯ އިންސާފުންނޭ ގެދޮރު ވެރި ކުރުވަނީ މިފަދަ ކިތައް އާއިލާ މި ދިވެހި ރާއްޖޭގަ އުޅޭނެބާ މިއީ މާލޭގެ ރައްވެއްސަކަށް ދަފްތަރުގަ ޖެހިގެން 45 އަހަރު ދިރިއުޅުމުން ދިމާވި ގޮތް އައިޝަތު ސޯލިހާ އޭނަ ގެ އަހުވާނުންނަ ށް ހަމަ ހަގީގަތުގައިވެސް ފުލެޓް ހައްގުތަ ކޮބާ ފަގީރުންނަށް އެބުނާ ހައްގުތައް އިންސާފު ދިރި އުޅުމުގެ ހައްގު އިންސާނިއްޔަތު ރައްކާ ތެރިކަން ކުޑަ ކުދިންގެ ކުރިމަގު މިއީ ހަމަ އެކަނި ބޮޑުންގެ ހައްގެއްބާ

  4. ޖަޒީރާ ރަންނަމާރި

    މަގޭ ފުލެޓް ހޫނު ރޮށި ކާ ހެން ކާލީތަ

    2
    2
  5. ރެފިއުޖީ ގާލް

    މުއިއްޒުބޭ އެޗް ތޭރަ ކެޓަގަރީ ކުދިން ނަށްވެސް ފުލެޓް ހޯދަދެންވާނެ މުއިއްޒުބެ ހަމަ ބެސްޓް

    4
    6
  6. ޓައްޕު

    މަ ބަލާނަށް އޭނަޔަށް މޭޔަރު ކަން ލިބޭތޯ ހިލޭ ސާބަހަށް ދިވެއްސަކަށްވީތީ މީހުންގެ ސިކުނޑިޔަށް އަމާޒު ކޮށްގެން ކެމްޕޭން ޖައްސަދޭނަށް ފަހަރެއްގަ ކުނަމެއްސެއް މަދިރިއެއްފަދަ އެއްޗަކަށް ވެސް ކުރެވިދާނެ ކަމެއް އޮވެދާނެ އިޚްލާސް ތެރި ކަމާއެކު ތެދުވެއްޖިއްޔާ ބަލަން ހުންނާތި

  7. ބޮކި

    މިޔަދު ދޯ އެގުނީ ހައްގު ވާހަކަ ދައްކަން ؟

  8. ބުއްޅަބެ

    ކޮތަރު ކޮށި ، ފްލެޓަށް ވެއްޖެ، ދެން ވިސްނާ މި ސަރުކާރުގެ ފެންވަރު ވަރަށް ވާހަކަ މީ

  9. ދިއްދޫ ފުތޫރު

    އަމިއްލައަތުން ހައްޤްތަކަށް އަރައިގަނެފަ މިބުނަނީ އެންމެ ފަހު މީހާއާ ޖެހެންދެން ހައްގު ލިބެންދެން މަސައްކަތް ކުރައްވާނެ ކަމަށް، މީ ގަރުނުގެ ބޮޑު ޖޯކުދެއްތޯ. ހއ ދިއްދޫގެ ފުލެޓް ހައްޤްވެރިންގެ އަތުން ފުލެޓްތައް އަތުލާފަ ޕާޓީކުދިންނާ ޕާޓީކުދިންގެ އާއިލާތަކަށް ބަހާލީ، ތުބުޅި ސުޖާގެ މުޅި އާއިލާއަށް ގުރުއަތުލުމަކާނުލާ ބޭނުންތަނަކުން ފުލެޓް ނަގަންދިނީ އެއީވެސް ކޮންޑިޝަން އެންމެ ރަނގަޅު ފުލެޓްތައްބަލާފަ. މީތޯ ތިބޭފުޅާ ހައްްޤްތައް ހޯދާދޭގޮތަކީ