ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި އިނގުރައިދޫ ދާއިރާގެ މެންބަރު އަހްމަދު ހަސަން (ހަސަންޓޭ) ޚިޔާލު ތަފާތުވެ ޒުވާބު ކުރަން ފެށުމުން، އެ ދެ މެމްބަރުން އިށީނދެ ތިއްބަވާ ތަން ބަދަލުކުރަން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަފާ ދެއްވައިފިއެވެ.

ހަސަންޓެ އާއި ޝިޔާމްގެ މެދުގައި ޚިޔާލު ތަފާތުވުން އުފެދިފައި ވަނީ މިއަދު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ޝިޔާމް ވަނީ ހައުސިން މިނިސްޓަރު މެމްބަރުންގެ ސުވާލަށް ޖަވާބުު ދެއްވުމުގެ ބަދަލުގައި މަޖިލީހުގައި ކެމްޕެއިން ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

" ޕްލޭނިން މިނިސްޓަރު މިތަނަށް ވަޑައގަންވާ ކޮންމެ ދުވަހަކު ބޮޑު ސިންގާ ސްޕީޗެއް ދެއްވަނީ 4 ވަރަކަށް މެމްބަރުންނަށް ސުވާލު ކުރެވެނީ. ކުރިއަށް އިންތިޚާބެއް އޮތީމަ ބޭނުން ވާހަކައެއް ދައްކަނީ. ރައްޔިތުންނަށް ކޮށްދޭން ހުރި ކަންތަކާއި ރައްޔިތުންނަށް ވީ ވައުދުތަކުގެ ވާހަކައެއް ނުދައްކާ." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް އެގޮތަށް ވިދާޅުވުމުން އެމްޑީޕީގެ މެމްބަރުން ނުރުހުން ފާޅުކޮށް، ޝިޔާމަށް ރައްދު ދޭން ފެށިއެވެ. ޚާއްސަކޮށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަންޓެގެ ހޫނު ބަހުގެ ހަމަލާތަކެއް ޝިޔާމް އަށް ރައްދުކޮށް، އެ ދެ މެމްބަރުންގެ މެދުގައި ވަނީ ޒުވާބެއް ހިނގައިފައެވެ. އެ ހިސާބުން މަޖިލީހުގެ ރައީސް ނަޝީދު ވަނީ އެ ދެ މެމްބަރުންގެ ޒުވާބުގެ ސަބަބުން މަޖިލީހުގެ ނިޒާމަށް އުނދަގޫވާތީ އެ ދެ މެމްބަރުން އިށީނދެވަޑައިގެން ތިއްބަވާ ތަރުތީބު ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

" އެހެންވެ އަޅުގަނޑު މި ދަންނަވަނީ މަޖިލީހުގެ ގޮނޑި ޖަހާފައިވާ ގޮތް ބަދަލު ކުރަން. ޚިލާފެއް މި އުފެދެނީ، އުނދަގޫވެގެން މިއުޅުއްވަނީ ދެ ބޭފުޅުން އެއް ރޯއެއްގައި ތިއްބަވައިގެން މި ބަހުސް ކުރިއަށް ގެންދަވާތީ. އެހެންވެ އެބައޮތް އާއްމު ކޮމިޓީ އިން މިތަނުގައި ގޮނޑިޖަހާފައި ހުރި ގޮތާއި ބެހޭ ގޮތުން ރިޕޯޓެއް ހައްދަވާފައި. މިހާރު މިގޮތަށް މަޖިލިސް ހިންގަން ނިޒާމީ ބޮޑު މައްސަލައަކަށް ވެއްޖެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ޝިޔާމް އާއި ހަސަންޓެ އައި ޒުވާބުކުރުން ހުއްޓާލީ ރައީސް ނަޝީދު އެ ދެ މެމްބަރުން ވެސް އިށީނދެވަޑައިގަތުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގަތުމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަލިބެއްޔާ

    އެންމެނަށްވެސް އެނގޭ ތި ދެމީހުން ތެރެއިން އެއްވެސް ޢިލްމެއް، ހިލްމެއް ނެތް މީހަކީ ކާކުކަން..

    34
    3
  2. ކޮވިޑް

    ހަސަންޓޭ އަކީ މަގުމަތީ މީހެއް އޭނަޔަށް އެގޭނީ މުޒާހަރާކުރަން . މީމިކަޏް ވާނެ ގޮތް އެމްޑީޕީ އިން ތިޔަ މަޖިލީހަށް ހޮވާފައި ތިބި ގިނަމީހުނަކީ މަގުމަތީ ކުދިން.

    51
    6
  3. ދުންތަރި

    ލާދީނީ ބުއްޅަބެ ރޯނު އެދުރަށް ކަންކަން ކުރަން ނޭނގުނީމަ ގޮނޑި ނުބައިކުރާނެ އަދި ޖަލްސާކުރާ މާލަމް ހުރިގޮތް ކަމު ނުދާނެ މަސްނުބޭނުނީމާ ކަނޑު ނުބައިކުރާ އުސޫލު ލާދީނީ މުރަނގަގަހުމާލިމީ ގެންގުޅެނީ ލަދުން ބޯހަލާޚުވާވަރުވޭ މިކަހަލަ މީހުން ކަންކަމަށް އިސްކޮށްގެން މުޅި ޤައުމު ސުންނާފަތިމިވަނީ

    38
    5
  4. ބާރީ

    އަލިފުށި މީހުން ޙަސަންޓޭއަށް ވަނަމަކަށް ކިޔައިއުޅެނީ ހުޅުނބު ޙަސަނު ކަމަށްވަނީ، މިއަދު މާ ފެންމައްޗަށް އަރައިގެން ތިމާވަރެއް ނެތުގެން އަނގަ އަރުވަން އުޅޭތީ ހަމަ ޙައިރާން ވަމެވެ. އޭ ޙަސަނާއެވެ. ޢިލްމާ ހިލްމު ވެރިކަމަކީނ ރައްޔިތުންގެ ޙައްޤުގައި ވަލާލާތުކުރަން ހުން މީހެއްގެ ކިބައިގާ ކޮންމެ ހެން ހުރުން ލާޒިމު ކަމެކެވެ. އަދި މިދެކަމުން ކަމެއް ނެތްނަމަ ރިވެތި އަޚުލާޤު ހުރިނަމަ އެހެން ތިމާއަށް މާބޮޑު މަސައްކަތެއް މަޖިލީހުގައި ނުކުރެވުނަސް ހަމަގައިމުވެސް އެހެން މީހުންނަކަށް ބޮޑު ތުރާލަކަށް ކަލޭ ނުވީހެވެ. އޭ ޙަސަނާއެވެ. ކަލެއަށް އަމިއްލައަށް މިކަންކަން ޤަބޫލުކުރެވޭނަމަ އަވަހަށް އިސްތިއުފާދޭށެވެ. އޭ ޙަސަނާއެވެ. ކަލޭމެންކަހަލަ މީހުން ތިފަދަ މަތީ މަޤާމުތަކަށް ނުފޫޒާއެކު ދިއުމުން އޭގެން އެނގޭ އެއްޗަކީ މިއަދުގެ ޤައުމުގެ ސިޔާސީ މަސްރަހު އޮތް ދަށް ޙާލަތެވެ. އޭ ޙަަނާއެވެ. ޤައުމަށް ދާއިރާއަށް ރަށަށް ހެވެއްކަލޭ އެދޭނަމަ އަނގަނުތަޅާ މަޑުން އިންނާށެވެ.

  5. އިނގުރޭ

    ހަސަންޓޭމެން ކިތައް މީހުނައް ދަރާފަބާ

  6. ސާބިތު

    ތިޔަ ހަސަންޓެއަކީ ތަނެއްގަހުރި ބީތާއެއް ލަދެއް ގޮތެއް ފޮތެއްނެތް ނުލަފާ މީހެއް

  7. ހުސެން

    ހަސަންޓޭ ނަޟީދު ޕްރޮގްރާމް ކޮށް ޗާޖްކޮށްފަ ހުންނަ ބުދެއް.

  8. ޖަމީލުބެ

    އަނެއްކާ އެހެން ދެމީހަކު ޒުވަބު ކުރާއިރަށް ގޮނޑި ބަދަލު ކުރަންވީ؟ މީ އަޅެ މޮޔައެއްތަ؟

  9. ހުސެން5

    ޖާބެ ބުނީ ރަނގަޅަށް. މެމް.ޑީ.ޕީ ކުދިންނަށް އިނގޭނީ މުޒާހަރާކޮށް މަގުމަތީ ގެ ކަންތައްތަށް. ސަރުކާރެއް ހިންނާކަށް ނޭނގޭނެ.

    5
    1
  10. ޣަތަމް

    ކެ ރަފާ އަބޫޖަހުލު......

  11. ބަރުގޮނު

    އެއް ރޯ އެއްގައި ތިއްބަވާގެން ދެ މެމްބަރުން ޒުވާބު ކުރައްވާތީ ދެ މެމްބަރުން ގެ ދެ ގޮޑި ދެތަނަކަށް ލިޔަސް ޢިލްމެއް ޙިލްމެއްނެތް މީހުން ޒުވާބު ކުރާނެ.