ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތަކުގެ ދަށުން ފްލެޓު ދިނުމަށް ކަނޑައެޅި ތިން ކެޓަގަރީއެއްގެ ފޯމްތައް ބާޠިލްކޮށް ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމައިފިއެވެ.
ފްލެޓް ނުދިނުމަށް ސަރުކާރުން ނިންމައި ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ފްލެޓް ނުދިނުމަށް ކަނޑައަޅާފައިވަނީ އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީ ތަކުންނެވެ.
އެ ކެޓަގަރީތަކުން ފްލެޓަށް އެދި ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ދިނުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައިވެއެވެ. ނަމަވެސް މިސަރުކާރުން ފްލެޓް ނުދިނުމަށް ނިންމާ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައިވާ ކެޓެެގަރީތަަކީ:
- H11- އަށާރަ އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
- H13- މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރި)
- H15- އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރި)
މި އިއުލާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު "ހިޔާ" މަޝްރޫޢަށް އިޢުލާންކުރެއްވިއިރު، އެ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން 1 ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން 1 ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހުގައި ކަމަށެވެ.
އެގޮތުން ހައުސިން މިނިސްޓްރީއިން ވަނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައި ކަމަށާއި، އެ މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ސަރުކާރުން ގަތުމަށް ލިބެންހުރީ ހަމައެކަނި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އިން ސަރުކާރަށް އެލޮކޭޓްކޮށްފައިވާ 36 ފްލެޓްކަމަށްވެސް ސަރުކާރުން އާންމު ކުރި އިޢުލާނުގައި ބުނެފައިވެއެވެ.
އެހެންކަމުން މިހާރު ސަރުކާރަށް ގަތުމަށް ލިބެންހުރި 36 ފްލެޓް، "ހިޔާ" މަޝްރޫޢުގެ H14 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ (1ކޮޓަރި) ކެޓަގަރީއަށް ހުށަހަޅުއްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެލޮކޭޓްކުރުމަށްފަހު، ބާކީވާ ފްލެޓްތައް، "ހިޔާ" މަޝްރޫޢުގެ H12 (މާލޭ ރަށްވެހިންނަށް ޚާއްސަ (1 ކޮޓަރި)) ކެޓަގަރީއަށް އެލޮކޭޓްކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.
އިއުލާނުގައި ބުނެފައިވަނީ ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އިތުރު ފްލެޓް ގަންނަން ލިބެން ނެތުމުގެ ސަބަބުން އެ ކެޓަގަރީތަކަށް ހުށަހަޅާފައިވާ ފޯމުތައް ބާޠިލްކުރުމަށް ނިންމާފައިވާކަމަށެވެ.
ސާބަހޭ.. މުޒާހާރާޔާށް ދާންވިދޯ..
ކިބޫ އަވަހަށް ފައިބާ
ސަރުކާރުން ހުރިހާފުލެޓެއް ހިފާ ބަލަބ
މިމީހުންނެ އް ރަ އްޔިތުންނަކަ އް ބޯހިޔާވަހިކަމެ އް ނުދޭނެ 5 އަހަރު ދު އްވާލާނީމިގޮތަ އް
މީދެން ކޮންކަމެއް ؟؟ ޙާދަ ވިޔާނިދާ ސަރުކާރެކޭ މީ
ނޫނޭ، މީ އޯގާތެރި ސަރުކާރު. މާދަންވެސް މިމީހުނަށް ވޯޓްލާން ދާންވާނެ.
ކޮބާ އަތް ޖަހާ ، އަތް ޖަހާ.އަދިވެސް ތަރައްގީ އޭ ކިޔާފަ ވޯޓް ދޭތި.ތަމެންނައް މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސްކެވިފައޭ ނުބުނަން މަމެން ނެތިން.ބަޔަކަށް އެއްޗެއް ދީފަ އަނެއްކާ އަތުލާފަ އަނެއްކާ ދީފަ ހެދީމަ މަމެން ކުޑައިރު ކިޔަނީ ''ދެރަފެއި ދެރަފެއި ގައްފޭރާ''.ތަމެން ގާތައް ދެން ވޯޓޭ ކިޔަމުން އައީމަ ތަމެންވެސް ރަނގަޅު ތަރާދަކުން ކިރާލާތި.ވ.ވެދުން
ދިވެހިން ބޭނުންވަނީ މިގޮތް
ކޮބާ އަތް ޖަހާ ، އަތް ޖަހާ.އަދިވެސް ތަރައްގީ އޭ *** ކިޔާފަ ވޯޓް ދޭތި.ތަމެންނައް މިހާރު ހުންނާނީ ރަނގަޅަށް ރާކަނިމަސްކެވިފައޭ ނުބުނަން މަމެން ނެތިން.ބަޔަކަށް އެއްޗެއް ދީފަ އަނެއްކާ އަތުލާފަ އަނެއްކާ ދީފަ ހެދީމަ މަމެން ކުޑައިރު ކިޔަނީ ''ދެރަފެއި ދެރަފެއި ގައްފޭރާ''.ތަމެން ގާތައް ދެން ވޯޓޭ ކިޔަމުން އައީމަ ތަމެންވެސް ރަނގަޅު ތަރާދަކުން ކިރާލާތި.ވ.ވެދުން
އިނސާފު ނެއް ހަމައެއްނެތް މޮޅުމީހާއައށް މޮޅުގޮއި 😓
ވަގުން ބާ އަޅާގޮތަށް ބަހާލަ އި އެތިކޮޅެ އް ދިރުވަ އިލެވޭތޯ ބަލަނީ
ބޮޑު ފެއިލަރު ހިންނަވަރު އިބޫ
މި ސަރުކާރުގެ އެންމެ ބޮޑު ފެއިލްވުނަވޯޓު ވެސް ނުދޭން ޒުވާނުން ނިންމައިފި، ބަލަ އެއްކޮޓަރިއެއް ނުހުންނާނެ ތި 25 ބުރީގެ ތަންތަނަކު އެތަންތަންހުރީ ކުންފުނިތަކުން އެޅި ފުކެޓުތަކުގެ ފުރަތަމަ 4 ފުލޯގަ.. ފަހި ދިރިއުޅުން ކޯޕަރޭޝަން ކިޔާ ޓެރަރިސްޓް ކޯޕަރޭޝަނަކުނަ އެތަންތަން ކުންފުނިތަކަށް ދޫކޮށްލީކަމަށްވަނީ މި ޖަރީނާ ހިންހި އަނިޔާވެރިންނަށް ދަޢުވާކުރަންޖެހޭނެ..
ކަލޯ ގަޔާ ފުލެޓުތައް ގިރާ ބޮނީ ދޯ
ކުރިޔަށް އޮތް 2 އަހަރުގެ ވޯޓް ޔަގީން ކޮށްލީދޯ. 😡😡😡 ވޯޓް ހޯދަން ނާންނާތި މިގެއަށް 😡😡😡
7000 ހާސް ފުލެޓަ ހަދާނެ ގޮތެ އް ނޭނގިގެން އެ އުޅެނީ ކޮމެވެސް ކު އްޖަކު ހަދާނެ ގޮތެ އް ބުނެލަ ދީބަލަ.
ހަ އްގުތަކަ އް އަރާ ގަންނަތަން މިފެންނަނީ.
ބޯންވާނެ ބޮވެން ޖެހޭނެ ފުލެޓް ވެސް ބޯލަ
ހޭބަލި ވެދާނެ! ކުރީސަރުކާރުން ނިންމާފަ އޮތްގޮތަށް ފްލެޓްތައް ނުދެވިގެން ތިޔައުޅެނީ އަޅެ ފަހެ ކީއްވެގެންހޭ؟ ރައްޔަތުންނަށް ރަގަޅަށް ކަމަށޭ ބުނެ ކުރާކޮންމެ ކަމެއްގައި ތިޔަ ބޭލެނީ އަމިއްލަ ސޯޓޭ... މިހާރު ރައްޔަތުންނަށް "ކ" އެބަ ފެނެއެވެ.
އެމް.ޑީ.ޕީ ސަރުކާރުން 2500+1ކޮޓަރީ އެޕާރޓްމަންޓް+ 280 ފުލެޓް ކާލާފި. މިފުލެޓްތަކަކީ އެމް.ޑީ.ޕީ ސަރުކާރުގެ އިސްފާރާތަކަށް ދޭން ބަހައްޓާފަ ހުރި ފުލެޓް ތޯ؟
މިސަރުކާރު ވެއްޓޭނެ ގޮތް މެދުވެރި ކުރއްވާށި އާމީން މަގޭ ވޯޓެއް ދެން ދުވަހަކު ވެސް މިސަރުކާރަކަށް ނުލިބޭނެ ހަލާކު ހުރި އާޓު ދައްކާ ބޮޑާ ސަރުކާރު އިސްތިއުފާ
ފްލެޓް ދޮންބެއޭ ކިޔާފައި ފޮނިކަނޑާފައި އެހެން މީހަކު އަޅާފައި ހުރި ފްލެޓްކޮޅުވެސް ހަވަޔަށް ދުމަށް އަރުވައި ދުއްވައިލީ. ފޮނިކެނޑުމާއި ސަޅިބައިސާ ކެނޑުމާއި އަކަޔަންބޯ ހެދުމުގައި މި ހައުސިންގ މިނިސްޓަރާ އެއްވަރު މީހަކު ދުނިޔޭގައި ނުހުންނާނެ. އިންސާފުން ހައްގުވެރިންނަށް މިއޮތީ ފްލެޓް ބަހާ ނިމިފައި. ވައުދުވެ ވައުދު ފުއްދާ ޕާޓީން މިއޮތީ އަތްފޯރާފަށަށް ބޯހިޔާވަހިކަން ގެނެސްފައި. ވަލްހަމްދުލިއްލާހި.
ދެން އަވަހަށް އެމްޑީޕީ ރޯޔަލް ކުދިންނަށް ދީ... 👏👏👏👏... އެމްޑީޕީ ވެރިންނަށް އެކަނި ތިތަން ހައްގީ
އަނިޔާ ވެރިންނަށް ކޮށްފަ ނުކުރާނެ ކަމެއް ނޭގުނެއްނު ރައިސް ޔާމީން ދިވެހި ރައްޔިތުންނަށް ދިނުމަށް ކަނޑައެޅި ބޮޑު ހަދިޔާ ވެސް ފޭރިގަތީ ބަނީ އިސްރާއީލުންނަށް ދިމާވި ގޮތް ދިވެހިންނަށް ދިމާވީ ޝުކުރުވެރިވާން ނޭގުމުގެ ހިތިކަން ތިފެންނަނީ މާ މޮޅުގޮތް ހޯދަން ވެގެން ލިބުނު އެތިކޮޅުވެސް ނަގާލީ ކެރަފާ އާއިލާ އަށްލައުނަތް ހުރި އިސްތިއުފާ މަގޭ ފްލެޓް ބުއްޅަބޭގެ އަހުވާނުން ކާލައިފި
ހިޔާ 1 ކޮޓަރި ތަންތަނާއި ގުޅޭ
މިދިޔަ އަހަރު 1 ކޮޓަރި ތަންތަނާއި ބެހޭ ގޮތުން ސުވާލު ކުރުމުން އަސްލަމް ވިދާޅުވީ އެތަންތަން ވުޖޫދުގައި ނެތް ކަމަށެވެ. އެއް ކޮޓަރި ތަންތަން ހިޔާ މަޝްރޫއުގެ ދަށުން އަޅާފައި ނެތްކަން އަޅުގަނޑު "ވަރަށް ސާފުކޮށް ދަންނަވަން"
އިއްޔެ 1 ކޮޓަރި ތަންތަނާއި ބެހޭ ގޮތުން މަޖިލިސްގައި ސުވާލު ދެންމެވުމުން އަސްލަމް ވިދާޅުވީ 1 ކޮޓަރި ތަންތަން ނިންމުނީ MWSC އަށް އެކަނި ކަމަށެވެ. އެއީ 36 ފްލެޓު ކަމަށެވެ. މިއަދު ރައީސް އޮފީހުން ނެރުނު އިއުލާނުގައި ވަނީ 1 ކޮޓަރި ތަންތަން ބާތިލް ކޮށްފި ކަމަށެވެ.
ހިޔާ އެއް ކޮޓަރި ތަންތަނަކީ ސަރުކާރާއި SOE ތައް އެއްބަސްވުމެއްގެ ދަށުން ފެށުނު އެއްޗެކެވެ. ސަރުކާރުގެ ކުންފުނި ތަކުން އަޅާ ބިނާ ތަކުގެ 1-4 ފަންގިފިލާ އެއީ ހިޔާ 1 ކޮޓަރީގެ ފްލެޓު ތަކަށް ހާއްސަ ބައެވެ.
ސަރުކާރު ބަދަލުވެގެން އެ މަސައްކަތް އެގޮތަށް SOE ތަކުން ކުރިއަށް ނުގެންދިޔައޭ ބުނެ ސަރުކާރަކަށް ނިންމާ ނުލެވޭނެ އެވެ. ސަބަބަކީ އަސްލަމް އެ ވިދާޅުވާ SOE އަކީ މާދުރުގައި ތިބި ނުދަންނަ ބަޔަކަށް ނުވީމައިއެވެ. SOE އަކީ ސަރުކާރުގެ ކުންފުނިތަކެވެ. އެ ކުންފުނިތަކަށް ޒިންމާ ވަނީ ސަރުކާރުންނެވެ. އެ މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދަން ބޭނުންވި ނަމަ ކުރިއަށް ގެންދެވޭނެއެވެ
ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ މާލީ ހާލަތު ދަށްވެގެން މަސައްކަތް ކުރިއަށް ނުގެންދެވި، ފްލެޓުތައް ނޭޅި ދެ އަހަރު ގޮސް، ނޭޅެނޭ ކަން ޔަގީން ވީމައި، އެ ފްލެޓުތަކަށް އެޕްލައި ކުރި މީހުންގެ ފޯމު ބާތިލްކޮށް، އެ ކެޓެގަރީތައް ނައްތާލުމަކީ ވަރަށް ލަދުވެތި ހުތުރު އަމަލެކެވެ. "ނުކުރެވުނު، ކުރާނެ ގޮތެއް ނޭގުނު" ތެދުވެރިކަމާއި އެކު މިހެން ބުނުން މާ ރީތިވެފައި ޒިންމާދާރު ވާނެއެވެ.
އެއް ކޮޓަރި ފްލެޓު އަސްލަމް ކުރިން ވިދާޅުވިހެން ވުޖޫދުގައި ނެތީއެއް ނޫނެވެ. ވުޖޫދުން ގެއްލުވާލީއެވެ. ސަރުކާރުގެ ނާގަބިލް ކަމުން ކުރިއަށް ނުގެންދެވުނީއެވެ. އެހެން ނޫނީ މިއީ ބިންވެރިންނާއި ކުލި ވެރިންގެ އެދުމުގެ މަތިން އެވެރިންގެ ރެންޓު ވިޔަފާރި ސަލާމަތްކުރަން، 1،600 ސޯޝަލް ހައުސިން ފްލެޓު މާކެޓެއް ނެރުންް ހުއްޓުވުމަށް ސަރުކާރާއި ގުޅިގެން ހިންގުނު "ޖަރީމާ" އެކެވެ.
މާލެ ސިޓީ މޭޔަރުގޮނޑި ނުލިބިދާނެތީ ތެޅި ފޮޅެނީ........ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
މުއިއްޒު ހޮވިދާނެތީ ގަންނަ ބިރު
ނުވާނެ އެއްކަމެއްވެސް މިސަރުކާރަކަށް. ތެޅިތެޅި ތިއްބަ ވެރިކަން ނިމިގެންދާނީ.
ޥޯޓޭ ކިޔާފަ އާދެބަލަ ދެން ނިކަން!
އަދިވެސް ވޯޓްދޭނީ ރީދޫ ކުދިންނަށް އެއއއ އީ ކެވިފަ ހުރި ބޮނޑިބަތަކުން ހޮވޭނީ ވެސް އެމީހުން ކުރިޔަށް އޮތް ތަނުގަ ވެރިކަން ކުރާނީވެސް އެމީހުން
ހަމަ އައީ ދިނީ ދޯ؟
ފޮނުއަރުވައަރުވާ ތިބެންޖެހޭނީ. ތިރަންގާ ވައިތެރޭ ހުރިހާހިނދަކު މިސަރުކާރު ދެމިއޮންނާނެ.
މީދެން ނުހުއްރުއްޕާނެއްނު
ނަޝީދަށާ ސޯލިހައް ވޯޓުކާނދީ.
ކަލޭ މެންނަށް ކޮން އިރަކުތަ ވިސްނޭނީ؟ ވެރިކަމަށް ކޮންމެ ބަޔަކު އެރިޔަސް ރައްޔިތުން މަތިން ހަނދާން ނައްޓާލާނެ ވޯޓު ދީ ވެރިކަމަށް ހޮވުނީމަ. ނެތް ރަނގަޅު އެކަކުވެސް. މައުމޫނަށް ވުރެ ޔާމީން ނުލަފާ. ޔާމީނަށް ވުރެ އަންނި ނުލަފާ. އަންނިގެ ޕަޕެޓެއް އިބޫ. ދެން ވެރިކަމަށް އަރާނެ ބަޔަކު އައިސް ގައުމު ވިއްކާލާނެ.
ދެންކީއްވެގެންތޯ ރައްރަށުގަ ގޯތިދޭހެން މިމާލޭގެ ޒުވާނުންނައް ގޯޓި ނުދެވިގެން އުޅެނީ ކޮބާތޯ ގާނޫނު އަސާސީގަ އެވާ މަކިމީހަކައް ވަކިއާއިލާޔަކައް ވަކިރަށަކައް އުފަންވީތީ ތަފާތް ކޮއްގެންނުވާނޭ ރައްރަށުގެ ޒުވާނާޔައް ބިންކަނޑާ ހިލޭ 2000 އަކަފޫޓް ދެވޭ މާލޭގެ ޒުވާނާޔައް ނުލިބޭ ރައްރަށުގެ ޒުވާނާޔައް ގެސްޓްހައުސް އަޅަން ބިންލިބިފައި މާލޭގެ ޒުވާނާޔައް އެފުރުސަތު ނުލިބޭ ވޯޓްލާންވީމަ މާލޭގެ ޒުވާނާގެވޯޓް ބޭނުން ގޯއްޗެއް ދޭންވީމަ ރައްރަށުގެޒިވާނާޔައް ލިބޭ ދެވޭ މާލޭގެ ޒުވާނާޔައް ނުލިބޭ ނުދެވޭ މީކޮންކަހަލަނާއިންސާފް އަމަލެއްތޯ މިނަތަހުޒީބު އަމަލު ފެއްޓީ އެބުނާ 30 އަހަރުގައި މިހާރު ހުރިހާ ސަރުކާރުތަކުން މިބަލަނީ ސަގާފަތަކައް ހަދައިގެން މިކަން ފުޅާކޮއް ބޮޑުވިޔަފާރި ގަނޑަކައް
ރައްރަށުގަ ގޯތި ދެނީ ޝަރުތު ހަމަވާ ކޮއްމެ ސަތޭކައަކުން ދޭއް ނުވަތަ ތިން މީހުނަށް. މުޅިރާއްޖޭގެ %79 މީހުން ތިބީ އަމިއްލަ ބޯހިޔާވަހިކަމަށް ނުލިބި.
ވާވް އިބޫ! ހަމަ އަޖައިބުވެއްޖެ.ސަރުކާރުން އިއުލާންކުރީމަ އެތައް އިރަކު ކިއުގަހުރެގެންލީ.3 އަހަރުފަހުން ބާތިލް.ވަރަށް ވެދުން.
އަޅޭ ފަހެ މިދެން ބޮޑު ވަރު ގޭ ކަމެއްދޮ! ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ
އެހެންމީހުން ގެ ހައް ގެއް ދޮ ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު
ތިނިޔުޅާ ގަންނަނީ ވަ ގު ސަރުކާރު! ބަލާ ސަރުކާރު
ކުންފުނިތަކުގެ ނަމުގަ ފުލެޓް މީހުންނާވެސް ނީންދެ ދަރިއެއްވެސް ނެއް މީހުންނަށް ދިން އިރު.. އަލަތު ކައިވެނި ކޮށްގެން 2ދަރިން ތިބި ޒުވާނުންގެ ހައްގު މި ސަރުކާރުން ނައްތާލުމީ އިންތިހާ ހިތާމަ ހުރި ކަމެކެވެ. މޑޕ ގެންނަން ޢާެއިލާ މެމްބަރުންނާ ޙުދު އަހަރެން އަމިއްލަޔަށް ކުރި މަސައްކަތުން ހާލުގަ އުޅެން މި ޖެހުނީ މަގޭ ދަރިންނަށެވެ...
މަ އާއިލާވެސް މަ ވެސް ދެން މޑޕ އަށް ދޭނެ ވޯޓު މި ނިމުނީ...
ރައްރަށުގަ ގޯތި ދެނީ ޝަރުތު ހަމަވާ ކޮއްމެ ސަތޭކައަކުން ދޭއް ނުވަތަ ތިން މީހުނަށް. މުޅިރާއްޖޭގެ %79 މީހުން ތިބީ އަމިއްލަ ބޯހިޔާވަހިކަމަށް ނުލިބި. އަނބިދަރިންނާ ދަރިންގެ ދަރިން ގޮވައިގެން ރިއަލް އެސްޓޭޓް ވިޔަފާރިވެރިންގެ ތޭރިތަކުގަ ގޮތްހުސވެފަ. މިކަމަށް ހައްލު ލިބޭނެ ކަމަށް މި އުންމީދުކުރަނީ. ދައުލަތުން ކޮށްދޭންވީ ކަމަކީ ބިނޮޅެއް ދިނުން.
ރާއްޖޭގަ 1200 އަށްވުރެ ގިނަ ރަށް އެބަހުރި. މީހުން ދިރިއުޅެނީ އެއްމެ 200 އެއްހާ ރަށުގަ. ބާކީ 1000 ރަށަކީ އެއީ ހަމަ އެކަނި ރިސޯޓް މަސް ފެކްޓްރީ ހަދަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ. ރައްޔިތުން މަގުމަތިވެ ރެފިއުޖީންނަށް ވާން ބައިތިއްބާފަ. ދެން ކޮންމެ ވެރިކަމެއްގަ ފުލެޓޭ ކިޔާ ބޮޑު އަގު އަތުލާ ރައްޔިތުން ފެލާފަ ޖަލުގޮޅިތަކަށްކަށް ވައްދާނީ. މިކަމަށް ހައްލު ހޯދައިދިނުމަށް ވިސްނާ ބަޔަކު ނޫޅޭ. ގޯތި ދިނީމަ އެބައެއްގެ ފެންވަރުން ގެ އަޅައިގެ ގޭގެ ހުސް ތަންކޮޅުގަ ސައިކަލް ޕާކުކޮއްގެން ތަރުކާރީއާ ނޭވާ އަޅާ ގަސް ބައްދައިގެން ލައިގެން ބޮއެގެން އުޅެވޭނީ. އަމިއްލަވަންތަ ދިރިއުޅުން ހޯދޭނެ. ރައްޔިތުންނަށް ގޯތި ދީ....
ޢެންމެ ކަަޑަ ސަރުކާރު .
ގަދަ ކަލޯ! ކުރިން ލިއުން ލިބި މިފަހަރު ކެޓި މީހުންގެ ތެރެއިން މި ސަރުކާރަށް ވޯޓު ދިން އެންމެނަށް ތަހުނިޔާއާއި މުބާރިކުބާދު އަރިސް ކުރަން.
މޮޔަވެގެން އުޅޭހެން ހީވަނީ.އަބަދުފުލެޓް ގައުމު ފުނޑިގެންދާއިރުވެސް ފްލެޓް.ފުރަތަމަ ގެއްލިގެން މިދާ އަހްލާގު ރަނގަޅު ކޮށްބަލަ.