ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތެރެއިން ދަބަސް ބަލައި ފާސްކުރަމުން ދަނިކޮށް، ދަބަސް ފާސްކުރަނީ ބޮމެއް އޮވެެގެންތޯ ސަމާސައަކަށް ސުވާލުކުރި ދިިވެއްސަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އެއާޕޯޓުގެ ޑޮމެސްޓިކު ޓާމިނަލްގެ ތެރެއިން ފުރަން ގޮސް ހުރި މީހަކު ދަބަސް ޗެެކްކޮށް ނިމުނު ފަހުން ބޭރަށް ނިކުތުމުގެ ސަބަބުން ދެ ވަނަ ފަހަރަށް ދަބަސް ޗެކް ކުރަމުން ދަނިކޮށް، "ދަބަސް އެވަރަށް ޗެކް ކުރަނީ ދަބަހުގައި ބޮމެއް އޮވެެގެންތޯ" އެހި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެެންގޮސްފައިވާ ކަމަށެވެ.

އެ މީީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީީރުގެ 16:38 ގައި ކަމަށް ވެއެވެ. ފުލުހުން ވިދާޅުވިީ މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 62 އަހަރުގެ ފިރިހެނެއް ކަމަށެވެ.

މި މީހާއާ ގުޅިގެން ބަލަން ޖެެހޭ ކަންކަން ބެލުމަށް ފަހު އޭނާ ވަނީ ރޭޭގެ ވަގުތެއްގައި ދޫކޮށްލާފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އޭނާ ހައްޔަރުކުރުމުގައިި އަމަލުކޮށްފައި ވަނީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އޭނާގެ ފަރާތުން ވަނީ ސިޓީއެއް އެެޗްއާރުސީއެމްއަށް ހުށަހަޅައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ނީނާނު

    ދިވެހިންގެ އަދަބެއް ސަދަބެއް ނުހުންނާނެ. އެތާގަ ބޮޑުކޮށް ލިޔެފަވެސް އިންނާނެ އެކަހަލަ އަނގަ ނުތަޅަން.

    42
    12
  2. ދެރަ

    ހިހީ.. މަޖަލަކަށް ވެސް ތިހެން ކިޔާކަށް ނުވާނެ

    42
    4
  3. ބޯގޯސް

    ލޮލް ބ އިން ފެށޭ ބަސް އެެއަރޕޯޓްގަ ބޭނުންކުރުން މަނާ

    38
    3
  4. ss

    Varah ragalhu. Beykaaru vaahaka dhakka meehunah thihin hadhan jehey

    7
    2
  5. އެއާޕޯޓް އެރާ

    އެއްޗެއް ބުނީމަ ބުނާ މީހާ ގޯސްވާނީ. ދަރަވަންދޫ އެއާޕޯޓްގެ ލަގެޖް ޗެކިންގ ސިސްޓަމް ހަލާކުވެފަ ހުންނަތާ ފަސްމަހަށްވުރެ ގިނަވީ. ހުރިހާ އެއްޗެއް ކަނޑާ ސޭލް އަޅުވާ. ވަގުތު މީހުން މި އެއާޕޯޓް ކުޑަކޮށް ދިރާސާ ކޮށްލާފަ ހާލަތު ރިޕޯޓެއް ލިޔެލަބަލަ ކެރެންޏާ.

    13
    4
  6. ވެއިޓަރު

    ރޭގަ ދޫކޮށްލިކަން ތީ ހަމަ ތިމީހެއްގެ ނަސީބު. އަޅުގަނޑު މިއީ މެލޭޝިއާ އެއަރޕޯޓްގައި ޗެކިންވެފައި އަޅުގަނޑުގެ ރައްްޓެހިންނާއެކު ޓަރމިނަލްތެރެ ކާންތިބެގެން މަޖަލަކަށް ލަގްގައި ބޮމެއްވެސް މިފަދަތަންނަނުން ގެންދަން އުނދަގޫވާނޭ ދޯއޭ ބުނިބުނުން އެތަނުން ވެއިޓަރަކު ކުރި ރިޕޯރޓެއްގައި ފުރުން ކެންސަލް ކޮށް 3 ދުވަސް އެއްކޮށް މީގެ 3 އަހަރުކުރިން ހަމަތިގޮތަށް ޑިޓެންޝަނެއްގައި ބެއިންދި މީހެއް. ނަމަވެސް ބުނެދެން މިއުޅެނީ އެވެއިޓަރަށް ދިވެހި ބަސް ނޭގުނު ނަމަވެސް ބޮމެއް ބުނި އަޑުއިވިގެން އޭނާ ކުރި ރިޕޯޓްއަކަށް އަޅުގަނޑުމެން ހިފެހެއްޓީ، ނަމަވެސް ދިވެހިން ދިވެހިންގެ ބޯހަރުގޮތުގައި އަމިއްލަ ގައުމުގައި ބޭނުންހާ އެއްޗެއްކިޔާ އުޅެފަ ބޭރުގައިމުގައި މިފަދަ ކަމެއްދިމާވީމަ ކީއްވެބާ އެގައުމުތަށް މާ ޕްރެފަޝަނަލްވާކަމަށްވަނީނަމަ އަޅުގަނޑު ދެން ބުނާނެ އެއްޗެއް ނެތް...ކަމެއް ނުވަތަ އެއްޗެއް ބުނުމުގެ ކުރިން ހަމަ ނުވިސްނަނީ....

    19
  7. ކުރަނޑި

    މިހާރު އެކަމަކު ރައްޔިތުން ތަންކޮޅެއް ހޭލުންތެރިވާނާޖެހޭ.
    ބައިނަލްއަގުވާމީ ވައިގެ ބަނދަރު ތަކުގަ އެބާވަތުގެ ކަންކަން ބަލަނީ އެހާއާދައިގެ ކަމެއްގެގޮތަކަށް ނޫން. މިރާއްޖޭގަ ނޫނަސް ދުނިޔެގެ ކޮންމެ ވައިގެ ބަނދަރެއްގަވެސް އެބާވަތުގެ ވާހަކަތައް ދައްކާފަރާތްތަކާމެދު ފިޔަވަޅުއަޅާނެ. .

  8. ޏގ

    ދިވެހިން ހަޔާތް ކަނޑުވާލީވެސް ހަމަ އެބައިގަނޑު.

    5
    1