މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހާއި ގުޅިގެން ސްކޫލްތައް ބަންދުކޮށް ދަރިވަރުންނަށް ކްލާސްތައް ނަގައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ޓީވީ މެދުވެރިކޮށް ގެނެސްދޭން ފެެސި ޓެެލެކިލާހަށް އޭޝިއާ ހިސާބުގެެ ޝަރަފުވެރިކަމުގެ އެވޯޑެއް ލިބިއްޖެ އެެވެ.
މި ޕްރޮގްރާމަށް އެވޯޑު ދީފައި ވަނީ ވަނީ ޔުނެސްކޯގެ ވެންހޫއިންނެވެ. މި އެވޯޑު ދީފައި ވަނީ މެދުކެނޑުމެއް ނެތި ގައުމީ ޓީވީން ފިލާވަޅުތައް ދައްކައިދީގެންނެވެ. މި އެވޯޑާއައި އެކު 20،000 ޔޫއެސް ޑޮލަރު ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ އައިޝަތު ކުރެއްވި ޓްވީޓެއްގައި ވަނީ އެ އެވޯޯޑު ދެއްވީތީ ޝުކުރު ދަންނަވާފައެެވެ. އަދި ޓެެލެ ކިލާސް އުފެއްދުމަށާއި ގެނެސްދިނުމަށް އެކި ގޮތްގޮތުން އެހީވެފައިވާ ފަރާތްތަކަށް މިނިސްޓަރގެ ޓްވީޓުގައި ވަނީ ހާއްްސަ ޝުކުރެއް ދަންނަވާފައެވެ.
ޓެލެ ކިލާސްތައް ގެނެެސްދެމުން އަންނަނީ ޕީއެސްއެމްގެ "ޔެސް ޓީވީ" މެދުވެރިކޮށެވެ. މި ކްލާސްތައް ނަގައިދެމުން އަންނަނީ ހުރިހާ ގްރޭޑްތަކަކަށް ވެސް ވަކިވަކިންނެވެެ. ކޮންމެ ދަރިވަރަކަށްވެސް ގޭގައިި ތިބެގެން މި ކްލާސްތަކުގައި ބައިވެރި ވެވޭނެއެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއި އެކު އެ ބައްޔަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމުން ގިނަ، މީހުން އެއްވުން ހުއްޓުވުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން އަދިވެސް އަންނަނީ ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންދިއުމުގެ ބަދަލުގައި ގޭގައި ބައިތިއްބައިގެން އޮންލައިންކޮށް ކިޔަވައިދެެމުންނެވެ.
ހޫ ގޭވް؟ އެންޑް ވައި؟
ސާބަހޭ އައިޝާ ތިޔާ ވަރުގެ ޕްރޮގްރާމެއް ނުހިއްގޭ ތިޔަވަރަށް ހުޝާމަދު ނުކުރިޔަސް ބޮޑުވަރު ރި÷ީޓު ނޫން އެއްޗެއް ނުފޮނުވާ