ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ދިވެހި އަސްކަރިއްޔާއާ މެދުގައި ގެންގުޅުއްވާ ތަސައްވުރުގެ އެންމެ މުހިންމު އެއް އަސްލަކީ ހުރިހާ ހާލަތެއްގައި ވެސް ރާއްޖެ އާއި ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެގޮތަށް ވިދާޅުވީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި އޮންނަ އުތުރު ތިލަފަޅުގައި ކޯސްޓްގާޑްގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް ރާއްޖެ އާއި އިންޑިއާ އިން އެއްބަސްވުމެއް ހަދާފައި ވަނިކޮށެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާ އަސްކަރިއްޔާގެ ސިފައިން އުތުރު ތިލަފަޅުގައި ތިބޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔަ ނަމަވެސް އެމްއެންޑީއެފް އިން ވަނީ އެކަން ދޮގުކޮށްފައެވެ.

އެމްއެންޑީއެފް އިން ނެރެމުން އަންނަ "އައްޑަނަ" މަޖައްލާގައި މާރިޔާ ލިޔުއްވާފައިވާ ގޮތުގައި ދިވެހި އަސްކަރިއްޔާއާ މެދުގައި ރައީސް ސޯލިހް ގެންގުޅުއްވާ ތަސައްވުރުގެ އެންމެ މުހިންމު އެއް އަސްލަކީ ހުރިހާ ހާލަތެއްގައި ވެސް ރާއްޖެ އާއި ދިވެހިންގެ މަސްލަހަތު ހިމާޔަތް ކުރުމެވެ. އަދި ކުރިއަށް މިދަނީ މަސްލަހަތު ވިސްނައިގެން ސަރަހައްދުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ޕާޓްނަރުންނާ ގުޅިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެތައް އަހަރެއް ވަންދެން ބައިނަލްއަގުވާމީ އެކި ޕާޓްނަރުންގެ ކިބައިން އެކަމަށް އެދުމަށް ފަހު، އަވަށްޓެރި އިންޑިއާ ސަރުކާރާ ގުޅިގެން "ސިފަވަރު" މަޝްރޫއުގައި ހަގީގީ ކުލަ ޖެހި އެމްއެންޑީއެފް ކޯސްޓްގާޑަށް އަމިއްލަ ޑޮކްޔާޑަކާއި ބަނދަރެއް މިއަދު ލިބިގެން މިދިޔައީ ވެސް ސަރުކާރުން ގެންގުޅޭ "ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން" ގެ ހަރުދަނާ ސިޔާސަތުގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މިއީ ކޯސްޓް ގާޑުގެ ސިފައިންނަށް ލިބުނު ވަރަށް ބޮޑު ލުއިފަސޭހަކަމެކެވެ. އަދި ދިވެހި ކޮންމެ ރައްޔިތަކަށް ލިބުނު އުފާވެރި ޚަބަރެއްވެސްމެއެވެ." ދިވެހި ސިފައިންގެ އައްޑަނަ މަޖައްލާގައި މިނިސްޓަރު މާރިޔާ ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުގެ ދުއާއަކީ، މި ނޫ ކަނޑާއި ފެހި ޖަޒީރާ ރަށްތަކާއި އެރަށްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހިމާޔަތުގައި، ޖާނުން ފިދާވާން ޖެހުނަސް، އެކަމަށް ތައްޔާރަށް ތިބި، ދިވެހި އަސްކަރިއްޔާގެ ސިފައިން، އިހްލާސްތެރިކަމާއި ސާބިތުކަމާއެކު، ގައުމީ ވާޖިބު އަދާކުރުންމަތީ ދެމިތިބުމުގެ ހެޔޮ ތައުފީގު، މާތްﷲ މިންވަރުކޮށްދެއްވުމެވެ. އާމީން،"

އެމްއެންޑީއެފްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ކޯސްޓްގާޑަށް ކަނޑުގައި ދުއްވާ އުޅަނދުފަހަރު ލިބެން ފެށި ފަހުން، ބަނދަރެއްގެ މުހިންމު ކަން އެކިއެކި ސަރުކާރުތަކަށް ދަންނަވަމުން ދިޔަ ކަމަށެވެ. އެމްއެންޑީއެފްގެ އެދުމާ އެކު ބައެއް ސަރުކާރުތަކުން އެހީތެރިކަން ވެސް ފޯރުކޮށްދިން ކަން އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އެމްއެންޑީއެފް ކޯސްޓްގާޑް އުޅަނދުތައް "ބަނދަރު" ކުރުމަށް "ގަލުފަޅު" ކިޔާ ފަޅެއް ސަރުކާރުން މީގެ ކުރިން ދިނެވެ. އަދި އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދުތައް ބެހެއްޓުމަށް ފޭދޫފިނޮޅުން ބައެއް ވެސް އެމްއެންޑީއެފަށް ހަމަޖައްސައި ދިނެވެ.

އެކަމަކު، އެއިން އެއްވެސް ތަނެއްގައި ބަނދަރެއް ނުވަތަ ޑޮކްޔާޑެއް ހެދުމުގެ ފުރުސަތެއް އެމްއެންޑީއެފަކަށް ނުލިބެއެވެ. އެންމެ ފަހުން ސަރުކާރުން ވަނީ އުތުރު ތިލަފަޅު އެމްއެންޑީއެފަށް ދީފައެވެ. އެކަމަކު، އެތަން އަދި އޮތީ އުޅަނދު ފަހަރު، ލަފާ، ފުރާ ފަދަ ގޮތަކަށް ނޫނެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ހަމަޖެހިފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. އަދި އެ ތަނުގެ ހުރިހާ ހިދުމަތެއް ލިބޭ ގޮތަށް އަމާޒުކޮށްފައި އޮތީ ތިން އަހަރު ދުވަހުގެ ތެރޭގައެވެ. އުތުރު ތިލަފަޅުގައި ޒާމާނީ ހުރިހާ ވަސީލަތެއް ގާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ދަރަނި ދަންތުރަ

  ދިވެހިންގެ މަސްލަހަތު ހިމާޔަތްކުރަން ވަރުގަދަ ދުއްރައެއްބޭނުން ، މާރިދައްތާ

 2. ކެނެރީ

  އެހެންވެތޯ އިންޑިޔާއިން ރާއްޖެ ހިފަންގޮވާލީ ދުއްރަ

  10
 3. އަލީ

  އެހެންވެއްޖެއްޔާ ތިޔަ އެއްބަސްވުންތަކުގައި އޮތް އެއްޗެއް ރައްޔިތުންނަށް ހާ މަކޮށްދެއްވަބަލަ އަވަހަށް.

  11
 4. ޙުއްތު

  ތިއޭހީގެ ސަބަބުން ފަހުން ލައިގަންނަ އުނދަގޫ ބޮޑުވާނެ

 5. އފޕއއޑ

  ދިވެހިންގެމަސްލަހަތައްޓަކައިދިވެހި
  ފުލުހުންތަޅަންކުދިންކޮޅެއްހޯދީ
  ދިވެހިންގެމަސްލަހަތައްޓަކައި ޤައުމު
  ހުޅުޖެހީ ދިވެހިންގެމަސްލަހަތައްޓަކައި

 6. ނަސީދު

  ރިހިރަކަންތައްތައްވެސް ރައްއިތުންނާ މަސްވަރާކޮއްލައިގެން ތުކަންތައް ތައް ކޮއްލާނަމަ ނާސަޅިވާނެ

 7. އައުޓް

  އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް އިންޑިއާ އައުޓް މާރިޔާ އައުޓް

 8. ހުސޭނުބޭ

  ސިފައިންގެ ޕެރޭޑަށް ވަދެ އަވަގުރާނަ ގޮވީ އެއީ ކޮން ބައެއްގެ މަސްލަހަތު ހިފަހައްޓަން ކުރިކަމެއް! ޤައުމު ވިއްކާލާފައި ކޮން ހައި ގިނަ ވާހަކައެއް! ތިއީ ސިފައިންނަށް ހުރި ހުތުރެއް!

 9. މަބޭ

  މާރިޔާހަމާޔަތްކުރާނީ ނަސީދުގެ މަސްލަހަތުއެކަނި

 10. ބުހުތާން

  ޙުސް ދޮގު. ނޫންނަމަ ކަލޭމެން މިގަްއުމު ބަެިބައި ނުކުރީސް. ޢަމިެްލަ ދަހިވެތި އެދުމަށް ހުރިހާ ގަނޑެއް ތިގަންނަނީ. ކަލޭމެންގެ ތެރެއިން ޥެރިކަންކުރާ ހިއްވާ މީހާ ވެރިކަން ކުރަން. ގަންޖާ ބޯހިއްވާ މީހާ ބޯންވެގެން. ޢެއްޖިންސުން ގުޅުން ހިންގަންބޭނުންވާމީހާ އެގަނޑުގަންނަން. ނުހައްގުން މަހުޖަނުންނަށް ވާން ބޭނުންވާމީހާ ލާރިކާން. ޢެޔަށްޓަކާ އާ އިސްތިއުމާރަކަށް ތި ވެއްޓިގަންނަނީ.

 11. ނާރެސް

  ދަޅަދައްކައިގެން ރައްޔިތުން ހައްމަތަކުރަނީ މިއޮށްގެން! ނުބައެއް ނެތްނަމަ އެއްބަސްވުންތައް ހާމަކުރަން މި ގޮވަނީ! އެއްބަސްވުންތައް ހާމަކުރަން އެދުނީމަ ތި ބުނަނީ މަޞްލަޙަތު ފުށުއަރާތީ އެކަން ވާކަށްނެތޭ! މިޖެހުނީ ކޮންތާކުހޭ؟

 12. ވިސްނާ

  އިންޑިއާދެކިފާނެ ދިވެހިގައުމަކީ އިންޑިއާގެ ބައެއްކަމަށްވީމާ،ދިވެހިންގެމަސްލަހަތުހިމާޔަތްކުރުމަކީ
  އިންޑިއާވަރަށްރުހޭނެކަމެއް އަދި އިންޑިއާވަރަށް ބޭނުންވާނެކަމެއް ނޫންނަމަ އަމިއްލަގައުމުގެ
  ބައެއްރައްޔިތުން އެހާދަށުހާލަތުގައިވާއިރު އެހެންގައުމެއްގެ ބައެއްކަންތަކަށްއިސްކަންދެއްވާ އެހާބޮޑުޚަރަދެއްނުކުރާނެ އެދުމެއްނުވާނަމަ އިންޑިއާ މިގައުމަށްކުރާ ހޭދައަކީ އަމިއްލަގައުމުގެރަށްޔިތުންބިކަހާލުގައިވާއިރު ބަލައިގަންނަން ވަރަށްދަތިކަމެއް މިއީދެވެހިން ޚާއްސަކޮށް ގައުމުގެ ބައެއްމުއަށްސަސާތަކުން ވަރަށްވިސްނާލުން ބުއްދިވެރިކަމެއް ރަށްކާވެތިބިއްޔާ ދަތުރޭބުނެވޭނީ މިއީ ވަރަށްބޮޑުހަގީގަތެއް ވަގުތުފާއިތުވުމުން މާބޮޑުކަމެއް
  ނުކުރެވޭނެ