މި ބްލޮގުގައި ޝާޢިއުކުރެވެމުން ދާނީ ރާއްޖެ އާއި ދުނިޔޭގެ މަޝްރަހުން ލިބެމުންދާ ކޮވިޑް-19 ގެ އެންމެ ފަހުގެ މަޢުލޫމާތާއި ޚަބަރުތަކެވެ.

22:06

މިއަދު ރާއްޖެ އިން 124 މީހަކު ފައްސިވެއްޖެ.

17:06

ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ޚިލާފަށް އެތެރެވެގެން ސައްހަ އެއްވެސް ލިޔެކިޔުމެއް ނެތި އުޅެމުންދާ ބިދޭސީންނަށް ކޮވިޑް-19 ގެ ވެކްސިން ދޭން ފަށައިފި

13:23

ސ. މީދޫން ކޮވިޑް-19 އަސް ފައްސިވި މީހަކު އިތުރު ފަރުވާ ދިނުމަށް ހިތަދޫ ކޮވިޑް ފެސިލިޓީ އަށް ގެންގޮސްފި.

13:01

ގަވައިދާ ހިލާފުވުމުގެ ސަބަބުން ޏ. ފުވައްމުލަކުގައި ކާބޯތަކެތީގެ ހިިދުމަތްދޭ ބައެއް ރެސްޓޯރަންޓުތައް ޖޫރިމަނާކޮށްފި.

12:30

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އުސޫލުތަކާ ހިލާފަށް މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެއްޖެ ނަމަ، އިހުމާލުވީ މުވައްޒަފަކަށް ފިޔަވަޅު އަޅާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) މުވައްޒަފުންނަށް އަންގައިފި.

10:19

ހއ. ދިއްދޫގައި ކަރަންޓީންގައި ތިބި ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރެމުން އަންނަތާ އެތައް ދުވަހެއް ވެގެން ދިޔައިރުވެސް މި ބަލިމަޑުކަމުގައި އަދި ރާއްޖޭގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ޢާންމު ގޮތެއްގައި ސަތޭކައަށްވުރެ ގިނަ މީހުންނަށް ރާއްޖެއިން އަލަށް މި ބަލި ޖެހެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެހެން ޤައުމުތަކެކޭވެސް އެއްފަދައިން ރާއްޖޭގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. މިގޮތުން ބަލި ފެތުރޭ ރަށްތަށް ފުރަބަންދުކޮށް ބައެއް ރަށްރަށުގައި ވަނީ އިތުރު ފިޔަވަޅުތައްވެސް އަޅާފައެވެ. ހަމައެހެންމެ މިބަލިމަޑުކަމުން އަރައިގަތުމަށް މިވަގުތު ރާއްޖޭގައި އަންނަނީ އިންޑިއާއިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިންވެސް ދެމުންނެވެ.

ރާއްޖޭގައި ކޮވިޑް-19 ގެ ވެކްސިން ދިނުމުގެ ޕްރޮގްރާމްތައް އެކި ސަރަޙައްދުތަކުގައި މިހާރު ކުރިޔަށް ދާއިރު މިހާތަނަށް 85000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މި ވެކްސިނަކީ ދެ ޑޯޒް ފުރިހަމަ ކުރުމުން މެނުވީ ބަލިން ރައްކާތެރިކަން ލިއްބައިދޭ ވެކްސިނަކަށް ނުވާތީ، ފުރަތަމަ ޑޯޒްއަށްފަހުވެސް ރައްކާތެރިކަމުގެ މިންގަނޑުތަކަށް ސަމާލުވުމަކީ މުޙިންމު ކަމެކެވެ.

ހެލްތު ޕްރޮޓެކްޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެވެސް ރާއްޖެއިން އިތުރު 108 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 76 މީހަކު ފައްސިވެފައި ވަނީ މާލެ ސަރަޙައްދުންނެވެ. އަދި އަތޮޅުތެރެއިން 76 މީހަކު ފައްސިވެ، ރިސޯޓުތަކުން 20 މީހަކު ފައްސިވެފައި ވެއެވެ.

ރާއްޖެއިން އިއްޔެވެސް އިތުރު ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވުމާއެކު މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 19038 އަށް އަރާފައެވެ. އަދި މިވަގުތު ފަރުވާދޭ 2400 އަށްވުރެ ގިނަ މީހުން ތިބިއިރު އޭގެތެރެއިން 167 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.

ދުނިޔޭގައި ކޮވިޑް-19 ފެތުރޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސްވެފައި ވާއިރު ބަލީގެ އާ ނުރައްކާބޮޑު ވޭރިއެންޓުތަކެއް ފެތުރޭކަން ފަހުގެ ހޯދުންތަކުން ވަނީ ހާމަވެފައެވެ. މި ބަލީގެ އާ ވޭރިއެންޓެއް މިހާރު ރާއްޖޭގައި ވެސް ފެތުރެމުން އަންނަކަން އެނގިފައި ވެއެވެ. ފާއިތުވެދިޔަ ދުވަސްތަކުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖޭގެ ހާލަތުވެސް ގޯސްވީ މި ސަބަބާއި ގުޅިގެން ކަމަށް ބެލެވިފައި ވެއެވެ.

ޗައިނާގެ ހުބޭއި ޕްރޮވިންސުގެ ހުއާން ސިޓީން 2019 ވަނަ އަހަރުގެ ފަހުކޮޅު ފެނުނު ކޮވިޑް-19 މިހާތަނަށް ދުނިޔޭގެ 219 ޤައުމަކުން ނުވަތަ ސަރަޙައްދަކުން ފެނިފައި ވެއެވެ. މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 112 މިލިއަނަށް އަރާއިރު އޭގެތެރެއިން 2.4 މިލިއަން މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް ތިރީގައިވާ ބްލޮގް އިން ފެންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު