17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގިނަ އަދަދެއްގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބަލަން ނިންމީ ކޮވިޑް-19 ފެތުރި ސަރުކާރު ބަންދު ކުރި މުއްދަތުގައި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތްތައް މެދުކެނޑުމެއް ނެތި ފޯރުކޮށްދޭން ސުޕްރީމް ކޯޓާއި ޖޭއެސްސީ އިން އާންމު ކުރި ސާކިއުލާތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ކަމަށެެވެ.

ޖޭއެސްސީން މި މައްސަލަތައް ބަލަނީ އެ ކޮމިޝަންގެ އަމިއްލަ އިސް ނެގުމުގެ މަތިންނެވެ.

https://twitter.com/maldivesjsc/status/1364485481694515204?s=21

ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން ވަނީ ޖަނަވަރީ ތިން ވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ވަނީ އެކުލަވާލައިފައެވެ.

ސުލޫކީ މައްސަލަ ބަލާ 17 ފަނޑިޔާރުން:

1. ސިވިލް ކޯޓުގެ ގާޒި އާދަމް އިބްރާހިމް އިސްމާއީލް

2. ޑްރަގްކޯޓުގެ ގާޒީ ހުސައިން ޝަހާމަތު މާހިރު

3. ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ހުސައިން އިބްރާހީމް

4. ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު

5. ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހްމަދު އާމިރު

6. މ. މުލީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް

7. ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހްމަދު

8. ކ. ގުޅި މެޖިސްޓްރޭޓްކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމަދު ނަސީމް އަލީ

9، ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު

10. ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފް

11. ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ހަސަންމަނިކު

12. ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހްމަދު ސަޢީދު ޢަލީ

13. ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހްމަދު ޝަރީފް

14. ރ. ވާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ނަދީރު މުހައްމަދު

15. ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސާދިގު

16. ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު

17. ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އިބްރާހީމް ޒާހިރު

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތުއްރަވާސް

    ތީ ޖޭއެސްސީ އެއް ނޫނެއްނު... އެމްޑީޕީ އޭ ކިޔާ

  2. ޚ

    ވަރަށް ބޮޑު އިއްތިފާގެއް ހަމައެކަނި އަރަބި އިސްލާމީ މަންހަޖަށް ކިޔަވައިގެން ތިއްބެވި ފަނޑިޔަަރުންގެ ބަޔަކު ތިމައްސަލައިގައި ހިމެނޭކަން.
    އެމްޑީއެންގެ ރިޕޯޓުގައި އޮތް އިސްލާމީ ފަނޑިޔާރުން ވަކިކުރަންޖެހި މަޅިއެއްތީ

  3. ލލ

    ނަމުން އަދުލު އިންސާފު ކަމުން ބޭއިންސާފު ފަޑިޔާރުން ގެ ބަދުނާމު ކުރުން ފަޑިޔާރުން ބަދުނާމުކޮށް އަބުރު ކަތިލުން އެއީތޯ އަދުލު އިންސާފާއި ފަޑިޔާރުގޭގެ އިސްލާހަކީ ؟

  4. ލާހި

    ދުނިޔޭގެ ތަހުޒީބް ޤައުމުތަކުގައި ވެސް ފަޑިޔާރުންގެ ސުލޫކު ބަލަނީ ހަމަ މިގިތަށް މީޑިޔާގައި އިޝްތިހާރު ކޮށްގެންބާ ؟

  5. ޖުޑިޝަރީ ސުޓާފް

    ސުލޫކީ ކޮ މިޓީ ކިޔަންވީ، އަބަދުވެސް ފަނޑިޔާރުންގެ މައްސަލަ ބެލުން. ކަ މަކީ، ހިސާން އަކީ އާދައިގެ ޑިގްރީ ހޯލްޑަރެއް، ވަކާލާތު ކޯޓެއް ނެތް، ފަނޑިޔާރުކަން ކުރި ކޯޓެއް ނެތް، ފަނޑިޔާރުންގެ ހުންނަަންޖެހޭ ސުލޫކީ މިންގަންޑުތައް ނުބަލައި ކިޔާކަށް ނޭނގޭނެ. މިވަރު މީހުން ބޮޑެތި ޕްރެފެސަރ ފެންވަރުގެ ފަނޑިޔާރުންނަށް ފިޔަވަޅޔ އަޅަން މިއުޅެނީ.. ހީވަނީ ޝަރުއީ ދާއިރާގެ ފަހުބަސް ބުނަނީ ޖޭއެސްސީ ހެން. ފަނޑިޔާރުން ތިބެނީ ބިރުވެރިކަ މެއްގެ ތެރޭގައި..