ތިލަފުށީގައި ކުނި ނައްތާލުމަށް ކުރަމުން އަންނަ މަސައްކަތުގެ ވީޑިއޯއެއް ބީބީސީ އިން ގެނެސްދީ، އެވީޑިއޯގައި ދިވެހިރާއްޖެއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އިނގިރޭސިވިލާތުގެ ސައިމޮން ރީވް ރާއްޖެ އައިސް ތިލަފުށީގައި ނަގާފައިވާ ވީޑިއޯ އިން ފެންނަނީ ތިލަފުއްޓަށް ކުނި ބާލާ މަންޒަރާއި ލޮރީއެއްގައި ކުނިގޮނޑަށް ކުނި ހުރަސްކުރާ މަންޒަރެވެ.
ރީވް ބުނީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތް ކުރަން ހޭދަކުރާ ކަމަށެވެ. "ރާއްޖޭގެ ނުފެންނަ ފަރާތް" ކަމަށް ބުނެ ރީވް ގެނެސްދިން ވީޑިއޯގައި އޭނާ ބުނީ މިފަދަ މަންޒަރެއް ރާއްޖެ ފިޔަވައި ދުނިޔޭގެ އެހެން އެއްވެސް ތަނަކުން އޭނާ އަށް ނުފެންނަ ކަމަށެވެ.
"ބޮޑެތި ކުނިފުނިތަކެއް މިހުރީ މޫދުތެރޭގައި. މުޅި ސަރަހައްދުގައި މިއޮންނަނީ މެހި. 300 ވަރަކަށް ޓަނުގެ ކުނި ކޮންމެ ދުވަހަކު މިރަށަށް އަޅަމުން ގެންދޭ." ރީވް ބުންޏެވެ.
ރީވް ބުނީ ކުނިގޮނޑުތަކުން އަރަމުންދާ ވިހަ ދުމުގެ ސަބަބުން ވަރަށް އުނދަގޫވާ ކަމަށެވެ.
މާލެ އާއި ގިނަ ރިސޯޓްތަކުގައި އުފެދޭ ކުނި ނައްތާލަން ގެންނަނީ ތިލަފުއްޓަށެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ ބްލޮގަރުން ދޭތެރެ ދޭތެރެއިން ތިލަފުއްޓަށް ޒިޔާރަތްކޮށް ތިލަފުށީގެ ކުނީގެ ހާލަތާއި ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ތިލަފުށީގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނެއެވެ.
ތިލަފުއްޓަކީ ރައްކާތެރި، ސާފު، ދިރިއުޅެވޭނެ ފަދަ މާހައުލަކަށް ހެދުމަށްޓަކައި ކުނި މެނޭޖްކުރުމުގެ ހާއްސަ މަޝްރޫއެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށިއެވެ. އެމަޝްރޫއު ހިންގީ ތިލަފުށީގައި ކުނި އެންދުން ހުއްޓާލުމަށްޓަކައެވެ. އެމަޝްރޫއުގައި ފަސް އިންސިނެރާޓާއި ދެ ބެއިލިން މެޝިން ބެހެއްޓިއެވެ. ދެ ބެއިލިން މެޝިނަކީ ކުނި އެންދުން ހުއްޓާލުމުގެ ސަބަބުން މެއްސާއި މަދިރި އާއި މީދަލުގެ އުނދަގޫ ދިމާވެދާނެތީ އެކަން ހައްލު ކުރަން ބެހެއްޓި ދެމެޝިނެވެ.
ނަމަވެސް ވެރިކަން ބަދަލުވިފަހުން ތިލަފުށީގައި ކުނި ނައްތާލުމުގެ މަސައްކަތައް އަނެއްކާވެސް ތަފާތު މައްސަލަތައް ދިމާވެގެން ގިނަ ބަޔަކު އެކިފަހަރުމަތިން ޝަކުވާ ކޮށްފައި ވެއެވެ.
ދިވެހިންނާއި ދިވެހި ސަރުކާރުން ވަރައް ނައްޓާނެ ތިފާޑައް ކަނޑައެޅިގެން ހަގީގަތް ހާމަކުރާ ފަރަޖީ މީހުންދެކެ. ދިވެހިން އަބަދުވެސް ފަރައްޖީ މީހުން ކައިރީ ކިޔަނީ ފަރައްޖީ ގައިމުތަކުން ޖައްވައް ވިހަގޭސް ބޭރުކުރާތީ، މިރާއްޖޭގެ ތިމާވެށި ވީރާނާވަނީޔޭ، ރައްތައް ގިރިހުސްވަނިއްޔޭ، ތިމަންނަމެން މިއޮއް މަރުވަނިއްޔޭ. ދިވެހިން އަބަދު އުޅޭނީ ބުޑައް ގުއިލަިއގެން އެފޮރުވައިގެން.
މަ ހީކުރީ އިބޫސަރުކާރުން
މިސަރުކާރުގެ ކުނި މިނިސްޓަރު ބުނި ތިލަފުށީ ގޮނޑުން ދުންނާރާގޮތް ހަދާނަމޯ! ރީތިވެއްޖެއެއްނު! ތިއޮތީ އެކަމަށް ކަނޑައެޅި ލާރިކޮޅު ކާލާފަ! އަދި އުޅޭނެ އައިލެންޑް ޕްރެޒިޑެންޓޭ ކިޔާ ބޯބުރާންޗެއް! ބުއްޅަބޭގެ ހަޤީޤީ ސިފަ ބީބީސީއިން ތި ދެއްކީ!
ސަޅިބައިސާ ކަޑާ މީހުން ގިނަ ސަރުކާރެއް.
ގައުމާ ނުބައްދަލު ގިނަ މިނިސްޓްރީ އެބަހުރި.
ނަސީބެއްނުން މާލެތެރެ ވީޑިއޯ ނުކުރިކަން.
މަ ހީކުރީ އިބޫސަރުކާރުން ކުނިން އާމްދަނީ ހޯދާތީ އެވާހަކަ އިބޫސަރުކާރަށް ތައުރީފްކޮށް ބީބީސީން ދުނިޔެކުރިމަތީ ހާމަކުރީކަމަށް. އެކަމަކު މިވީ ގޮތަކީ އިބޫގެ ސޯޓް ބޭލުނީ. އިބޫ ފެއިލްވެފައިވާވަރު ދުނިޔެއަށް ހާމަވީ. އަދި ސަޅިވީސް ކ. މާފުށީގެ ކުނިގޮނޑު އޮތްގޮތް ދައްކާލާ މޫދު ކުނިވެފައިވާމަންޒަރު ގެނެސްދިންނަމަ. އޭރުން އެމްޑީޕީއަށް ރައްވެހިފަތިސް ދޭންޖެހޭވަރު ރައްޔިތުންނަށް ސާފުވީސް. އަދި އީޕީއާއި، އެންވައިރުމަންޓް މިނިސްޓަރާ ރައީސް އިބޫއާ މާލޭ މޭޔަރު ޝިފާއަށް ބީބީސިން މެޑެލްވެސް ދިނީސް.
ކުނި ނައްތާ މެޝިނުވެސް ޖަލުގަ، އިސްލާމް ދީންވެސް ޖަލުގަ، ކޮވިޑް ވެކްސިންވެސް ޖަލުގަ، އަޖައބެއް
އިނގިރޭސި ދައުލަތުގެ ޕުރޮޕެގެންޑާ ފަތުރާ ސްޓޭޓް ޓީވީ މިތަނަށް ފޮނުވައިގެން ރާއްޖެއާބެހޭ ގޯސް ޕުރޮޕެގެންޑާ ފަތުރާކަމުގައިވާނަމަ އިނގިރޭސި ސަފީރު ވަގުތުން ޑިޕޯޓުކުރަން އެބަޖެހޭ، އިނގިރޭސިންނަކީ މިއަދުގެ ދުނިޔޭގަ މާ މުހިއްމު ބައެއްނޫން.
ސައިމޮން ކައިރީ ބުނެބަލަ ދުނިޔޭގެ އެހެހ ހެން ގައުމެއްގެ ގޮނޑަށް ތިގޮތަށް ވަދެބަލާށޭ، އޭނައަށް އެތަންތަނުން ފެންނާނީ ލަގްޒަރީ ހޮޓަލެއްގެ ލޮބީތޯ ބަލަން.
ގްރީންޓެކްސް ނަގައިގެން ކުރި އެއްވެސްކަމެއްނެތް.
ތިލަފުއްޓައް ނުދިޔަނަމަ ދުމުގެ އަސަރު ނުކުރީސްދޯ..
ކުނިގޮނޑުތަކުން އަރަމުންދާ ވިހަ ދުމުގެ ސަބަބުން ވަރަށް އުނދަގޫނުވާނެ ތިލަފުއްޓައް ނުދިޔަނަމަ
ޥަރަށް ކުރީގެ ވިޑިއޯ އެއް.
ކޮބާތަ ތިމާވެޝީގެ ރައީސް ކަނޑުއަޑީގަ ކެބިނެޓް މީޓިންގް ބާއްވާ ސޮޓަންޓްމޭން ނަޝީދު.
2012 ވަނައަހަރު ސައިމޮން ރީވް ރާއްޖެ އައިސް ތިލަފުށްޓަށް ގޮސް ހެދި ރިޕޯޓެއް އަށެއްކަ އަހަރުން މިއަދު ނުވަތަ އިއްޔެ މިވާހަކަ ދެއްކުމެކޭ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީ އިސްލާހުކުރަން ފެށިތާ ސަތާރައަހަރުން ތަސްދީގުކުރުމެކޭ ތަފާތެއް އެބަހުރި ތޯއެވެ؟
ގޭގައި .ގެންގުޅޭހާ ގޮނޑިއެއްވެސް މިފަހަރު އެމްޑީޕީ ދޭންވާނެ. އޭރުން މައްސަލަތައް ހައްލުވާނީ
އަހަރެމެން ބަހައްޓަނީ އެއްތާކަށް އެއްކޮށްފައޭ އިންޑިއާހެން ފެންގަނޑުތައް ކުނިއަޅާ ފުރާ ކިލަނބު ކޮށްފައެއް ނޫނޭ.
ޔާމީން ފޯ ޕްރެޒިޑެންޓް 2023
ތިމާވެށްޓޭ މިކިޔަނީ ބުރާންތިތަކެއް! މި ހުޅަނގު މީހުން ދުނިޔޭގެ މީހުން މޮޔަކުރުވައިގެން ދައްކާ ވާހަކައެއް. ކުނި އުފެދުނީ ދުނިޔޭގައި. ކުނި އުފެއްދެވީ ދުނިޔޭގައި. މި ކުނިތައް ދުނިޔެ ފިޔަވައި ގެންދަން އޮތީ ކޮންތަނެއް! ދުނިޔެއިން މިކުނިތައް ފަޒާއަށް ގެންދަންވީނު. އޭރުން ފަޒާއަށްވާނީ ކިހިނެތް؟ މަރުމޯލަ މޮޔަ ބަޔަކު ބަޔަކު މޮޔަ ހައްދަން ދެއްކި ވާހަކައެއްގައި ޖެހިގެން ސަލާމަތްނުވެވިގެން މިއުޅެނީ. އެހެން ނޫނަސް ހުޅަނގުގެ މީހުން ތިންވަނަ ދުނިޔޭގެ މީހުން ހައިޖެކްކުރަން ދައްކާނީ ދެވާހަކަ. އެއް ވާހަކައަކީ ހިއުމަން ރައިޓްސް އަނެއް ވާހަކައަކީ ތިމާވެށި.
ތިޔާ ބޮޑައް ވައްތަރީ ކޮވިޑުގައި ރާއްޖޭގެ ޓޫރިޒަމައް ލިބުނު އެޓެންޝަން ހަލާކުކޮއްލަން އެކަމުން ގެއްލުން ލިބުނު ބަޔަކު ރާވާގެން ހިންގި ޕުރޮޕަގަންޑާ އެޕިސޯޑެއްހެން.
ތިލަފުށިވެސް އިންޑިމީހަކައް ވިއްކާލާފައި ދެން ތިބޭ އިންޑިޔާ އެމްބަސީ ބޭރުގައި ކިއޫ ހަދައިގެން ވިސާހޯދަން
99.7% ކަނޑު އޮންނަ ހުރިހާ އެއްޗެއް އިންޕޯޓް ކުރާ މި ކުޑަ ގައުމުންވީ ކުުނި އިގިރޭސި ވިލާތަށް އެކްސްޕޯޓް ކުރަންތަ؟ ގުދޯ ގުދޯ ނުގޮވާ. ކަލޭމެން ތިމާވެއްޓަށް ދޭ ގެއްލުމާ ބޭރުކުރާ ކެމިކަލް ތަކުގެ ވާހަކަ ދެއްކުން އައުލާކަން މާ ބޮޑު ކަމަށް ފެނޭ. ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
ތިބުރާންޗަކަށް ނުފެނުނެއްނު އިޒުރޭލް މީހުން ހިންގާ ޖަރީމާތަކެއް! ތިޔަވާނީ ޔަހޫދީ ދީން ފަތުރާ އެޖެންޓަކަށް!