މާލޭގައި އިދިކޮޅު ފަރާތްތަކުން މިއަދު ބާއްވަން ތައްޔާރުވަމުން އަންނަ އެއްވުން ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމަށާއި އެ އެއްވުން ބާއްވަން ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރާއްކާތެރި ކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފެބްރުއަރީ 13 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަން ދެން މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ ނޫޅުމަށް ވަނީ އަންގައިފައެވެ.
އެ އެންގުމާ ހަވާލާދީ ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އަދި ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނާ ވެސް ހިލާފަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ކޮވިޑް-19 ފެތުރުން އިންތިހާ އަށް އިތުރުވެފައިވާ މި ދަނޑިވަޅަކީ އެންމެހައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ.
އެހެންކަމުން މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ އެންމެހާ ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލުތައް ބަހައްޓާ މީހުންނާ މެދުގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ދީފައެވެ.
ގާނޫނާ ޚިލާފް ކަމެއް ރާއްޖޭގަ ނުޖުންނާނެ
ގާނޫނާ ޚިލާފެއްނޫން!! ގާނޫނު އަސާސީން ލިބިދީފައިވާ ޙައްގުގެ ބޭނުން ކުރެވޭނެ!! ގާނޫނު އަސާސީއާއި ޚިލާފް ގާނޫނުތަކަކީ ބާޠިލް ގާނޫނުކަން ގާނޫނު އަސާސީގައި އެބައޮތް ލިޔެފަ!! އެހެންވީމަ އެއްވެވޭނެ!! ސުލްޙަވެރިކަމާއެކު ޚިޔާލުފާޅުކުރެވޭނެ!!! ރައްޔިތުންނަކަށް މިކަން އޮޅިފައި ނެތް!!
ޑްރޯން އަކުން ވީޑިޔޯ ކޮށްބަލަ. ތި ފުލުހުންގެ ޚަރަކާތްތަށް ބަލާލަން ބޭނުމީ.
ފުލުހުން ގޮސް ނަޝީދުއާއި މަޖްލިސް މެންބަރުންގެ ޕަޓީ ހުއްޓުވާ. ކުތުނބާ ކައިރީބއޮތް ބޯޓެއްގައި މަޖާކުރާ ޕާޓީއެއް ބާއްވައިގެން އެއޮއްއުޅެނީ. ރައްޔިތުން ރަތަށް އަރާވަެެއް ނުވޭތަ؟ ހުތިހާ ރައްޔިތުން ނުކުމެ މިސަރުކާރު ނިމުމަކަށް ގެންނަންވީ.
މަޖްލިސް މެންބަރު އެތިއެސްޓުންގެ ރައްޔިތުންގެ ލޯބިވެރިޔާ ބުނެފައިވަނީ މުޒާހަރާއޭ ކިޔައިގެން ލާހޫރެނީ 10 މީހުންކަމަށް. ދެން 300 ފުލުހުހުން ތިނެރުނީ އެ 10 މީހުންނަކީ ބްރެއިން ޗިޕްޑް ސުޕަހިއުމަނުންނަށްވާތީތަ؟
ޤާނޫނުގަ އޮވޭ ސުލްޙަވެރި އެއްވުންތަކާއި ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލޭނެ ކަމަށް. ޚޮންމެޗރައްޔިތެއްގެ ޙައްޤެއް ތަމެންގެ ވެރިކަމުގަ ތަމެންނަށް ބޭނުން ގޮތެއް ހެދިދާނެ. ޤާނޫނު ގައި ލިޔެވިފަ އޮންނަ އެއްޗެއް ރަނގަޅަށް އަކުރުން އަކުރަށް ކިޔާލަން ފެނޭ. ތިޔަ ބައިގަނޑަކީ އިލާހީ ޤާނޫނުވެސް ބަދަލުކުރަން އުޅޭ ބައިގަނޑެއް މުޅިންވެސް ރައްޔިތުންނަށް އޮޅުވާލާ ބައިގަނޑު
ޕޕމ ގެ އޮފީސްނދޮތު ބަންދުކޮށްގެން ތިބި ފުލުހުންގެ މައްޗަށް ޓޯޓުގެ ދައުވާކުރެވޭނެ. ގާނުނާ ހިލާފަށް ބަޔަކު ތިނއއްގައިބހައްޔޜުކޮށްގެން އެފުލުހުން އެތިބީ. އެމީހުންގެ ވަނަވަރު ނަގާތި.
ކޮންތާކުބއޮތް ކޮން ގާނުނަކާ ހިލާފީ؟ ޑިމޮކްރަސީ ނެތިކޮށްލާ ސަރުކާރެއް އެއީ ގާނާ ހިލާފު ސަރުކާރަކަށްވާނީ. އެހެންވީމަ އެއްވުން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރު ބަދަލުކުރުން ކަލެމެންގެ މައްޗަށް ލާޒިމް ވާނެ.!
މިވަރަށް ތެޅޭނީ ހަރުނުލާތީ. ވަރަށް ބޮޑަށް ހެލި ހެލިއޮތް ބަލިސަށިސަރުކާރެއްކަން އެބަ އެނގޭ. ތަޅުވާލާ ވެއްޓިދާނެ.
ކިވިޑަކީ މިނިވަންކަން ދުއްވާލަން ޖައްސާ ފޭކެކޭ ބުނެވެނީ މިހެން ތެޅިގަންނާތީ.
9 މީހުންނާ މީހެއްގެ ދެބައިކުޅަ އެއްބައި އެއްވީމަ އެވީނު. މި ފުލުހުން މިއުޅެނީ ހޭބަލިވެގެން. މައިތިރިވާނެ ދުވަސް ވކައިތި އިންޝާﷲ.
މުޒާ ހަރާއަށް ހުރަސް އެޅިޔަސް މުޒާ ހިރާ ކުރާނަށް.
ފިދަން ޕޮލިސް
ރައްޔިތުންބޭނުންވާ އެއްޗެއް ރައްޔިތުންނަށް އިއްވެން ޖެހޭނެ
ސަރުކާރުބަލިކަން އެނގޭ. ކޯވިޑްއޭ ކިޔައިގެން އަޑުގަދަކުެަނީބރައްޔިތުން ކޮށިކޮށީގައި ބައިތިއްބައިގެން ވެރިކަންކޮށް، ޒައިނިސްޓުންގެ އަތުން ޑޮލަރުކޮޅެއް ހޯދަން. ބަލަ ޑޮލަރު ވެއްޓި ގައުމު އެނުބައި ޝައިޓާނުނގެ އަތްމައްޗަށްދާއިތު ތި މޑޕގެ އެންމެންވެސް ތިބޭނީ އަޅުންގެ ގޮތުގައި. އެވެރިން ދިން އެއްޗެއް ކައިގެން، ތާހިރުވާނެ. ބުރާންތިކައިފަ ތިބޭ.
ސަރުކާރު ވެއްޓިދާނެތީ ތެޅި ފޮޅެނީ
ބަލަ ޤާނޫނާޤަވާއަދު ތަންފީޒު ކުރަންޖެހެނީ ސަރުކާރާއިދި ކޮޅު މީހުންގެ މައްޗަށް އެކަނިތޯ
ތިޔަ އެއްވާ މީހުން ކަރަންޓީނަށް ގެއްދެބަލަ ، ތިޔަކަމަކާހެދި ވިޔަފާރިތައް ފުޑެނީވިއްޔަ
ބަލަ މުޒާހަރާގެ މީހަކު މިހާތަނަށް ޕޮޒިޓިވް ނުވާއިރު ކޮން ބޭކާރު އަނގައެއް ތި ތަޅަނީ.
ގާނޫނާ އެއްގޮތައް ކުރެވޭނެ އެއްވުމެއް ނޯންނާނެ މިރާއްޖޭގަ ނޯންނާނެ
ކޮވިޑް ނިމިގެން އެއްވުން ބޭއްވޭނެ ދުވަހެއް އަދި އަންނާނެ! އެދުވަހަކުން އަޅުގަނޑުވެސް ނުކުމެ ޚިޔާލު ފާޅުކޮށްލާނަން. އަދި މިއަދު ކެތްތެރިކަމާއިއެކު އަޅުނޑުފަދަ އެތައްހާސް އިނގޭތޯ އެތައްހާސް ރައްޔިތުން ނެތް ގޭގައި މިވަގުތު ތިއްބަވާނެ! މިކަންނިމި (ކޮވިޑް19) އެންމެންނަށް ނުކުމެވެދުވަހަކުން ރަނގަޅު މުޒާހަރާއެއް ޖައްސާލެވޭނެ! ރަގަޅަށް އަޑު އުފުއްލާނެ! # ޝުކުރިއްޔާ
ކޮވިޑް ދުއްމީހަކު އެބަހުރިތަ؟ ބަލިވާނެ. ބައްޔަށް ޝިފާވެސް ލިބޭނެ. އެކަމަކު އަޅުންގެ ދިރުއުޅުން އުޅުމަކީ އިންސާނުން ރުހޭނެ ކަމެއްނޫން. ސަބްމިޝަން އޮންނާނީ ﷲތަޢާލާށް. ލުސިފާއާ އޭނާގެ ކޮވިޑަކަށް ނޫން.
ފުލުހުންވެސް ތި ތިބީ ޤާނޫނާއި ހިލާފުވެފަ! ކޮބާ ގައިދުރުކަން؟
ފުލުހުންނަށްވެސް ތިބޭނީ އެއްފަަހަރާ ގިނަވެގެން 10 އެއް؟ ފުލުހުންނަށްވެސް ފިޔަވަޅު އަޅަން ޖެހޭނެ!
ފުލުހުން ސައިޑް އަނބުެާލާ. ވެރިކަން ވެއްޓިދާނެ. ގިނަ މީހުން އަދިވެސް ނެރޭ. މުޒާހަރާގެ ބައިވެތިން ފުލުހުންނަށް މިސަތުކާރުގެ އެޖެންޑާ ކިޔައިދީ. ޒައިނިސްޓުންގެ އެންގުން ތަންފީޒުކުެާ ސަރުކާރެއްކަން ކިޔައިދީ.
މާ ގިނަ ދުވަހެއް ނުވާނެ. އިންޝާ ﷲ.
ވައްޓާލާ!!!
ގައުމުގައި އަދުލުބއިންސަމާފެއްނެތް. ވެރިކަމުގައި ހުތި މީހަކީބކަނު މަންމަން ބީރެެއް. ރައްޔިތުންގެ ޝަކުވާއެއްއަޑެއްނާހާ ފެންނަކަމަކަށް ނުހަދާ. މަޖްލިސްގެ ރައީސް ރައްޔިތުންނަށް ކުރަނީ ފުރައްސާރަ. އެކަމަކު ވޯޓް ލިބޭނެއޯ. ވޯޓު ދެނީ އީސީ ޝަރީފުވީމަ ވޯޓް ލިބިދާނެ. އެކަމަކު ކޮވިޑް ފޭކުގައި ޖައްސާ ރައްޔިތުން ނުހުއްޓުވޭނެ ހ
ފުލުހުން ތަޅުވާލާ. ޑިއުޓީ ބަހައިގެން 100 އިން 100 އިން މުޒާހަރާކުރޭ. މިރޭ 10 ޖަހަންދެކަށް ހިފަހައްޓާލާ. ނުވާރުކަން ގަދަ ބައެކޭދޯ މި ފުލުހުންނޭ ކިތައިގެން ޒާތެއްގެ ޔުނިފޯމެއް ލައިގެން ނެރެފަ މިތިބެނީ.
ފުރުޞަތު ދޭނަން ހުންނާށޭ
އެކަމް ގުރުއާނާ ހަދީސާ ހިލާފް ހުރިހާ ކަމަކައް ޖާގަ ދެވޭ.. ކަލޭމެންގެ ތިޔަ ނަޖިސް ގާނޫނު މާ މަތީތޯ ގުރުއާނާ ހަދީޝްބަސް ފުޅައްވުރެ ؟!؟!؟
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީނޫން އެހެން އެއްޗެއްދޯ ފުލުހުންނަށް ފެންނަނީ. ތަޅާ އަނިޔާކުރަމުން ތިގެންދަނީވެސް ދިވެހިނަށް. އެކަން ހަނދާންބަހައްޓާތި. ތިކުރާ އަނިޔާގެ ބަދަލުހިއްޕަވާ ފަރާތުން އެކަން ކުރިމަތިވެގެން އަންނަވަގުތު ދިއްކުރާނެ އައްޑަނައެއް ޖަހާނެ ކަރުނަގޭހެއް ނުލިބޭނެ. އަޑުއުފުލާ ބައެއްގެ ގައިގައި ތިތަޅާ ސުންނާފަތިކުރަނީ އިންސާނީކަރާމަތަށްވެސް ބެލުމެއްނެތި.
ސަރުކާރުގެ އިސްވެރިން ޕާޓީކުރަންވީވަ ޤާނޫނެއް ނެތް އެކަމަކު ޢާއްމު ރައްޔިތުމީހާ ޚިޔާލުފާޅުކުރީމާ ޤާނޫނާއި ޚިލާފު
ކަލޭމެންތީ ޕާނެއް