ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މުޒާހަރާ ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ވިދާޅުވެ ކުރައްވާ ކޮސް ދައުވާ ހުއްޓާލުމަށް ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަަހުމަދު ސިއްދީގު ގޮވާލައްވައިފިއެވެ.

މުޒާހަރާތައް ކުރިއަށް ގެންދަން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެންގުޅުއްވާ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް އިމްރާން ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވާ ސިއްދީގު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ގެންގުޅުއްވާ ސްޓްރެޓެޖީ އިމްރާން ގެ ވިސްނުމަކަށް ނާންނާނެ ކަމަށެވެ. އަދި ސަރުކާރު ތަޅުވާލުމުގެ ގާބިލްކަން އިދިކޮޅުގައި ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

" ތިމާތީ މާ މޮޅަށް މުޒާހަރާ ކުރަން ދަންނަ މީހެއް ކަމަށް ތިކުރާ ކޮސް ދައުވާ ހުއްޓާލާ. ޕީޕީއެމްގަ، ސަރުކާރު ތަޅުވާލެވިދާނެ ކެޕޭސިޓީ އެބަހުރި." ސިއްދީގް ވިދާޅުވިއެވެ.

ސިއްދީގު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ގާނޫނީ އިމުގެ ތެރެއިން އިދިކޮޅު ޕާޓީން ކުރަމުންދާ ސުލްޙަވެރި އިޙްތިޖާޖަށް ހުރަސްއަޅަނީ ސަރުކާރުން ކަމަށެވެ.

އެކަން ކުރަނީ ގާނޫނާ ޚިލާފަށް ފުލުހުން މެދުވެރިކޮށް ކަމަށާއި އެހެން މީހުން ގާނޫނަށް އަމަލުކުރަން ބުނުމުގެ ކުރިން، ފުރަތަމަ ތިމާމެން އަމިއްލަޔަށް ގާނޫނީ އިމުގެ ތެރޭ ތިބެ، މިސާލު ދައްކަވަން ސިއްދީގު ވަނީ ގޮވާލައްވައިފައެވެ.

އިދިކޮޅު ފަރާތްތަކުން ދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ އެކަމާއި މެދު އަޑު އުފުލަމުންނެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިޔާ ފްލެޓް ލިބުނު މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދީފައި ވަނިކޮށް ލިސްޓަށް ބަދަލު ގެނައުމުން ފެލެޓް ގެއްލުނު ފަރާތްތަކުގެ ހައްގު ހޯދާ ދިނުމަށް މުޒާހަރާތަކުގައި ދަނީ ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ައަހުމަދު

  މީދެންކާކުތަ މާވެގަނެގެން ތިއުޅެނީ.

 2. ކޮވިޑް

  އިމްރާން ގެ ސްޓްރެޓަޖީ މިހާރު މި ޤައުމުގެ ރައްޔަތުން ނަށް އެންގޭ.އެއީ ސްޓްރެޓަޖީ ، ޕޮލިސްގަ މަސައްކަތް ކުރާ ސިވިލް އަންހެންކުދިން ގެ ސްޓްރެޓަޖީ ، ސުންނަތް ނަމާދު ކުރަން ދަސްކޮށްދޭ އަދާލަތު އޮފީހުގެ ސްޓްރެޓަޖީ ، ރޯޔަލް ކޮށް ރޭޕް ކުރުމުގެ ސްޓްރެޓަޖީ ، ރޭޕް ކުރަން މަގުމަތީގަ އާމްތަންތާގަ ގެންގުޅޭނެ ސްޓްރެޓަޖީ، މުނާފިޤު ކަން ދެމެހެއްޓޭނެ ސްޓްރެޓަޖީ، މައިން ބަފައިންށް ހަރާމް ކޯރު ވާ ގޮތުގެ ސްޓްރެޓަޖީ،

 3. ތުލުސްދޫ ދާއިރާ

  ބަލަދަ ސިއްދީގު މޮޔަފުޅުވީތޯ!؟...ތުލުސްދޫ ދާއިރާއަށް ކުރިމަތިލާގެން ޗޮކުންދިޔަމީހެން ތިޔައީ ދެންކޮންއެއްޗެއް ތެޅުވޭނީ ،.. ދެންވެސްކުރިމަތިލިޔަސް ހަމަ ޗޮކުންދާނީ.

 4. ބާބުލްއަވާލީ މަލިކު

  އެއްކަމެއް ވެސް ނުވާނެ!

 5. ވގ ޔނ

  ބާގަރ ސިއްގީ ހެޔޮނުވާނެ ނުތަޅުވާތި އާދެސްކޮއްފަބުނަން ބަންޑުންވެދާނެ ސިއްދީގް އައް ރަގަޅައް އެގޭނެ ތެޅުވީމަވާގޮތް