ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ މައްސަލައެއް ނެތް ކަމަށާއި މިނިސްޓަރުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައަކީ "ސިޔާސީ ކަމެއް" ކަމަށް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަލީހްގެ އިތުބާރު ނެތް މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން މެންބަރު ރިޔާޒު ވިދާޅުވީ އޭނާ ވާހަކަ ދައްކަވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކަމަށާއި މި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ސްޓޭންޑް ހާމަ ކުރައްވަން ބޭނުންވާ ކަމަށެވެ. އެއަށް ފަހު، ރިޔާޒް ވަނީ މިނިސްޓަރު މަލީހު ދިފާއު ކުރައްވައިފައެވެ.

މިހާތަނަށް އާންމު ފޯރަމެއްގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެންބަރަކު ވާހަކައެއް ނުދައްކަވައެވެ. އަދި ޕާޓީގެ ލީޑާޝިޕްއިން ވެސް މާ ބޮޑު ވާހަކައެއް ނުދައްކަވައެވެ. އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރާއްޖޭގެ ރައީސް އިބްރާހިމް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ހުންނެވީ އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ.

ރިޔާޒު ވިދާޅުވީ މިނިސްޓަރު މަލީހަކީ ވަރަށް އިޚްލާސްތެރި އަދި ވަޒީރު ކަމަށް ގާބިލް ބޭފުޅެއް ކަމަށެވެ. ވަޒީރު ކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ސްލޮޓެއް ވަޑައިގެންފައިވާއިރު މަލީހް ޒިންމާ އަދާ ނުކުރައްވާ ކަމަށް ރައީސްގެ ފަރާތުންނާއި އަދި ސަރުކާރުގެ ފަރާތުން ވެސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕްއާ ހަމައަށް އައިސްފައެއް ނުވާ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"މަލީހް ވަކި ކުރުމަށް މަޖިލީހުން ކުރާ މަސައްކަތަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން، އިތުބާރު ނެތް ކަމަށް ސަރުކާރުން މިހާތަނަށް ވެސް ވިދާޅުނުވާ ކަމެއް، މަޖިލީހުގައި ކުރާނީ ސިޔާސީ މަސައްކަތެއް، ސިޔާސީ ގޮތުން މަލީހްއާ ދޭތެރޭ ކަންކަން ކުރަނީ، މަލީހް މަސައްކަތެއް ނުކޮށްގެން ނޫން ވަކިކުރަން މި އުޅެނީ،" ރިޔާޒު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރު ކަމުގައި ހުންނެވި މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް އިސްވެ ހުންނަވައި އެ ޕާޓީގެ 14 މެންބަރުންގެ ސޮޔާ އެކުގައެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ އިތުރުން އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްއިން ވެސް ފާސްކޮށްފައިވަނީ މަލީހްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވުމަށެވެ. މަޖިލީހުގައި ތިއްބަވާ 87 މެންބަރުންގެ ތެރެއިން 65 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ. ޕީޕީއެމް އާއި ޕީއެންސީގައި ނުވަ މެމްބަރުން ތިއްބައެވެ.

މަލީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ގަރާރުގައިވަނީ ކޮމިއުނިކޭޝަން މިނިސްޓްރީއިން އެކުލަވާލަން ޖެހޭ ބައެއް ގަވާއިދުތައް މިނިސްޓަރު ކަމުގައި މަލީހް މިހާތަނަށް ހުންނެވި ދެ އަހަރު ދުވަހުގެ މުއްދަތުގައި ވެސް އެކުލަވާލެވިފައި ނުވުން ފަދަ މައްސަލަތަކެވެ. މިއަށް ޖަވާބުދާރީވެވަޑައިގަންނަވަމުން މަލީހް ވިދާޅުވަނީ މިނިސްޓަރުގެ މަގާމުގައި ހުންނަވާ އަދާ ކުރައްވަން ޖެހޭ ޒިންމާއެއް އަދާ ނުކުރައްވާ ނުހުންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބޯހަލާކު

    ރ ޔާމީންގެ މައްސަލަޔޯ...؟ ސިޔާސީ ނޫންތޯ..؟
    ދެކޮޅުން ކަމުންދުވޭ އަދި އިންސާފްއަރާ ހަމަކުރާނެ އިންސާﷲ.

    16
    • Anonymous

      ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެ ހުއްޓާ ކެނެރީގޭ ބުއްޅަބޭ ހެދި ވަރަށް ޅައެއްޗެއް.

  2. ކޮވިޑް

    " މަލީހްގެ މައްސަލައެއް ނެތް، އިތުބާރު ނެތް މައްސަލައަކީ ސިޔާސީ ކަމެއް " މިހެން ބުނެފަ ހެވިދިލިފަ ހުއްޓާ ދެވަނަ ޖޕ ގެ ވަޒީރު ބޭރު ކޮށްލީ އަދި ވެސް ޖޕ ސަރުކާރު ކޯލިސަނުގަ .ލިބޭ މަންފާގެ ދަހިވެތި ކަމުގަ. އަމިއްލަ ޖީބު ބަރުކުރަން.

    18
    • ޙަސަން

      ތިންވަނަ ވަޒީރު

  3. ރީޝާ

    މީނަވެސް މީ އަފްރާޝީމާއި ރިޟުވާނުގެ މަރުގެ ޒިންމާ ރައީސް ޔަމީންގެ ބޮލަށް ކަނޑާލާ ވަގުތުޖެހުމުން ކަންކަން ހާމަކުރާނޭކަމަށްބުނެފައިހުރި ފާސިޤެކެވެ. މާތްﷲ ގެ އިރާދަފުޅާއެކު ތިބާޔަ އަދި އެދުވަސް ބައްދަލުކުރާނެއެވެ. ޤާނޫނުގެ ދިގުއަތް ތިބާޔަހަމައަށް ފޯރާނެއެވެ. ތިބާގެމައްޗަށް ޖިނާޢީ ދަޢުވާ އުފެލޭނެއެވެ.

    17
    1
  4. ޖަނާޒާ

    ޖުމްހޫރީ ޕާޓީއޭ! އެނަންކިޔާ ޕާޓީއެއް އޮވޭތަ މި ރާއްޖޭގައި؟ ރިޔާޒުއޭ އެ ކޮންރިޔާޒުޢެއް! މަލީހުއޭ އެ ކޮންމަލީހުއެއް! ނަޝީދުއޭ އެއީ ކޮން ނަސީދުއެއް! ހަމަ އަހާލީ

    16
    3
  5. އއއ

    ސިޔާސީ މީ ހާދަ ސަޅި އެއްޗެކޭ ދޯ ، ސިޔާސީ ވީމާ ދޮގުވެސް އޯކޭ، ސިޔާސީ ވީމާ ޖަވާބު ދާރީވާކަށްވެސް ނުޖެހޭ . ހަމަ ހިތްހަމަ ނެޖުހުނި ބޭރު

    18
  6. ފައްކާ

    ހީހީ ހަލާކުވާވަރުދޯ؟ ބޯގޯސް. އެމްޑިޕީ ގަންނާނެގަނޑެއްގަންނަނީއެ! ބީތާ ގަނޑާ

    5
    1